Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ-ޔޫކްރެއިން ހަނގުރާމަ

އިންޑިއާގެ ޚާރިޖީ ވަޒީރު ޔޫކްރެއިނަށް، ޒެލެންސްކީއާއެކު މުހިންމު މަޝްވަރާތަކެއް

4 ސެޕްޓެމްބަރު 2026 | ހުކުރު 10:00

އިންޑިއާގެ ޚާރިޖީ ވަޒީރު ޖައިޝަންކަރު ޔޫކްރެއިންގެ ރައީސް ޒެލެންސްކީއާ ބައްދަލުކުރައްވައި، ރަޝިއާ-ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށާއި ކަޅު ކަނޑުގެ ސަލާމަތާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރައްވައިފި. މި ބައްދަލުވުމުގައި ހަނގުރާމައިގެ މައިދާނުން ހައްލެއް ނުފެންނާނެ ކަމަށާއި، މަޝްވަރާގެ މަގުން ސުލްހަ ގާއިމުކުރުމަށް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ޖައިޝަންކަރު ވަނީ ދެއްވާފައި

ނިއުސް ޓީމް
ނިއުސް ޓީމް | 4 ސެޕްޓެމްބަރު 2026 | ހުކުރު 10:00

އިންޑިއާގެ ޚާރިޖީ ވަޒީރު ސުބްރަމާނިއަމް ޖައިޝަންކަރަށް، ޔޫކްރެއިންގެ ވެރިރަށް ކީވްއިން އެ ގައުމުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ މަރުހަބާ ވިދާޅުވަނީ | އެކްސް/ޒެލެންސްކީ

އިންޑިއާގެ ޚާރިޖީ ވަޒީރު ސުބްރަމާނިއަމް ޖައިޝަންކަރު ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ވަޑައިގަންނަވައި، ރައީސް ވޮލޮޑިމީރް ޒެލެންސްކީއާއި އެ ގައުމުގެ ޚާރިޖީ ވަޒީރާއެކު މުހިންމު މަޝްވަރާތަކެއް ކުރައްވައިފި އެވެ. މިއީ، ޖައިޝަންކަރު ވަކިން ކީވްއަށް ދަތުރުފުޅެއް ކުރެއްވި ފުރަތަމަ ފަހަރެވެ.

ޖައިޝަންކަރާ ބައްދަލުކުރެއްވުމަށްފަހު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒެލެންސްކީ ވިދާޅުވީ، ދެ ބޭފުޅުން "މުހިންމު ކަންތައްތަކަކާ" ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ރަޝިއާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް އިންޑިއާއިން ގެންގުޅޭ ސިޔާސަތަށް ޓަކައި އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވަމުން ޒެލެންސްކީ ވިދާޅުވީ، މިއީ ހަނގުރާމަ ކުރަންވީ ވަގުތެއް ނޫން ކަމަށާއި، މި ވަގުތަށް އެންމެ މުހިންމީ ސުލްހަކަމަށް އިންޑިއާއިން ވެސް ގަބޫލުކުރާ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. މީގެއިތުރުން، ދުނިޔޭގެ ބޮޑެތި ބާރުތަކުން ވެސް މި ހަނގުރާމަ ހުއްޓާލައި، ދެމެހެއްޓެނިވި ސުލްހަ ގާއިމުކުރުމަށް ސާފު ސިޔާސަތެއް ގެންގުޅޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދެ ބޭފުޅުންގެ ބައްދަލުވުމުގައި ކަޅު ކަނޑުގެ ހާލަތާއި، އާންމު އުޅަނދުފަހަރަށް ކުރިމަތިވެފައިވާ ނުރައްކާތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ވިދާޅުވެ، ޒެލެންސްކީ ވަނީ ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައިވާ ސަރަހައްދުތަކަށް ކަނޑުމަގުން ކާބޯތަކެތި ފޯރުކޮށްދިނުމަށް ހުރަސްއެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ދެ ގައުމުން އެއްބަސްވާ ކަމަށް ވިދާޅުވެފަ އެވެ. "ޔޫކްރެއިންގެ ބަނދަރުތަކާއި، ކާބޯތަކެތި ފޮނުވާ މަގުތައް ބަންދުކުރުމަށް ރަޝިއާއިން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ބައިނަލްއަގުވާމީ ގުޅުންތަކަށް ބޮޑެތި ހުރަސްތަކެއް ދަނީ ކުރިމަތިވަމުން. އެހެންކަމުން، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ،" ޒެލެންސްކީ ވިދާޅުވި އެވެ.

އިންޑިއާގެ ޚާރިޖީ ވަޒީރު ސުބްރަމާނިއަމް ޖައިޝަންކަރަށް، ޔޫކްރެއިންގެ ވެރިރަށް ކީވްއިން އެ ގައުމުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ މަރުހަބާ ވިދާޅުވަނީ | އެކްސް/ޒެލެންސްކީ

ޔޫކްރެއިންގެ ޚާރިޖީ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި، ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޖައިޝަންކަރު ކީވްއަށް ވަޑައިގަންނަވައި، އެ ގައުމުގެ ޚާރިޖީ ވަޒީރު އަންދްރީ ސިބީހާއާ ވެސް ބައްދަލުކުރެއްވި އެވެ. މި ބައްދަލުވުމުގައި ބައިނަލްއަގުވާމީ ސުލްހައިގެ މަސައްކަތްތަކާއި، ކަޅު ކަނޑުގެ ސަލާމަތުގެ އިތުރުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެވެ. މި ގޮތުން ޔޫކްރެއިންގެ ބަނދަރުތަކަށާއި ބަނދަރުގެ ވަސީލަތްތަކުގެ އިތުރުން ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރަށް އަމާޒުކޮށް ރަޝިއާއިން ދެމުންދާ ހަމަލާތައް ވަރުގަދަކޮށްފައިވާ ކަމުގެ މައުލޫމާތު ސިބީހާ ވަނީ ޖައިޝަންކަރާ ހިއްސާކުރައްވާފަ އެވެ. މީގެއިތުރުން، ދެ ގައުމުގެ ވަޒީރުން ވަނީ ސުލްހައިގެ މަރުހަލާއާ ގުޅޭގޮތުންނާއި، ހަނގުރާމަ ހުއްޓުވުމަށް ކުރެވޭ ބައިނަލްއަގުވާމީ މަސައްކަތްތަކުގައި އިންޑިއާގެ ބައިވެރިވުން އިތުރުކުރެވިދާނެ ގޮތްތަކާ މެދު ވެސް މަޝްވަރާ ކުރައްވާފަ އެވެ.

"އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދާދިފަހުން ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިންގެ އަރިހުގައި ވިދާޅުވީ، މިއީ ނިމުމެއް ނެތް މި ހަނގުރާމަ ހުއްޓާލަންވީ ވަގުތު ކަމަށް. އަޅުގަނޑުމެން އެ ނިންމުމަށް ތާއީދުކުރަން. ޔޫކްރެއިން އޮތީ ހަނގުރާމަ ހުއްޓާލަން ތައްޔާރަށް، އަދި އެ ކަމަށް ޓަކައި އަމަލީ ގޮތުން ކުރެވިދާނެ ކަންކަން ވެސް އެބަހުރި. މިއީ ޑިޕްލޮމެސީގެ މަގު އިޚްތިޔާރު ކުރަންވީ ވަގުތު،" ސިބީހާ ވިދާޅުވި އެވެ.

މި މައްސަލައަށް ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް އިންޑިއާއިން އަނެއްކާ ވެސް ގޮވާލާފައިވާއިރު، ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖައިޝަންކަރު ވިދާޅުވީ، ހަނގުރާމައިގެ މައިދާނުން ހޯދޭނެ އެއްވެސް ހައްލެއް ނޯންނާނެ ކަމަށާއި، ހަނގުރާމަ ހުއްޓާލުމުގެ މަގު ހޯދަންޖެހޭނީ މި ކަމުގައި ޝާމިލުވާ ފަރާތްތަކުން މަޝްވަރާ ކޮށްގެން ކަމަށެވެ. "އެއްވެސް ގޮތަކުން އިންޑިއާއަށް މި ކަމުގައި އެހީތެރިކަމެއް ފޯރުކޮށްދެވޭނެ ނަމަ، އަޅުގަނޑުމެން މިތިބީ އެ ކަމަށް ތައްޔާރަށް،" ޖައިޝަންކަރު ވިދާޅުވި އެވެ.

މަސްދަރު: އަނަދޯލް އޭޖެންސީ

ސުބްރަމަނިއަމް ޖައިޝަންކަރުވުލަޑިމިއަރ ޒެލެންސްކީނަރެންދުރަ މޯދީ އަންދްރީ ސިބިހާރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

4

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

5

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

އިތުރަށް ކިޔާލަން

03 ސެޕްޓެމްބަރު 2026

ލައިޕްޒިގަށް ދިން ހަމަލާއާ ގުޅިގެން ރަޝިޔާ އަށް ފިއްތުން އިތުރު ކުރަން ނޭޓޯ އިން ނިންމައިފި

03 ސެޕްޓެމްބަރު 2026
ލައިޕްޒިގަށް ދިން ހަމަލާއާ ގުޅިގެން ރަޝިޔާ އަށް ފިއްތުން އިތުރު ކުރަން ނޭޓޯ އިން ނިންމައިފި
02 ސެޕްޓެމްބަރު 2026

ޕުޓިން: ޔޫކްރެއިންގެ ސަރުކާރާ މަޝްވަރާކުރުމަކީ ކުރެވޭނެކަމެއް ނޫން

02 ސެޕްޓެމްބަރު 2026
ޕުޓިން: ޔޫކްރެއިންގެ ސަރުކާރާ މަޝްވަރާކުރުމަކީ ކުރެވޭނެކަމެއް ނޫން
01 ސެޕްޓެމްބަރު 2026

ޔޫކްރެއިންގެ ކީވްއަށް ރަޝިއާއިން ދިން ހަމަލާތަކެއްގައި 12 މީހުން މަރުވެއްޖެ

01 ސެޕްޓެމްބަރު 2026
ޔޫކްރެއިންގެ ކީވްއަށް ރަޝިއާއިން ދިން ހަމަލާތަކެއްގައި 12 މީހުން މަރުވެއްޖެ
01 ސެޕްޓެމްބަރު 2026

ޝީ، މޯދީ އަދި ޕޫޓިން އެސް.ސީ.އޯ ސަމިޓުގައި: އެޖެންޑާގައި އޮތީ ކޮން ކަންތައްތަކެއް؟

01 ސެޕްޓެމްބަރު 2026
ޝީ، މޯދީ އަދި ޕޫޓިން އެސް.ސީ.އޯ ސަމިޓުގައި: އެޖެންޑާގައި އޮތީ ކޮން ކަންތައްތަކެއް؟
30 އޯގަސްޓު 2026

ޔޫކްރެއިން އަށް ދެމުން އަންނަ ހަމަލާތައް ވަރުގަދަ ކުރުމަށް ޕުޓިން ތައްޔާރުވެއްޖެ

30 އޯގަސްޓު 2026
ޔޫކްރެއިން އަށް ދެމުން އަންނަ ހަމަލާތައް ވަރުގަދަ ކުރުމަށް ޕުޓިން ތައްޔާރުވެއްޖެ
29 އޯގަސްޓު 2026

ޔޫކްރެއިންގެ ކީވް ސަރަހައްދުގައި ހުރި ހަތިޔާރު ގުދަންތަކަކަށް ރަޝިޔާއިން ވަރުގަދަ ހަމަލާތަކެއްދީފި

29 އޯގަސްޓު 2026
ޔޫކްރެއިންގެ ކީވް ސަރަހައްދުގައި ހުރި ހަތިޔާރު ގުދަންތަކަކަށް ރަޝިޔާއިން ވަރުގަދަ ހަމަލާތަކެއްދީފި
24 އޯގަސްޓު 2026

ބޮޑު ވަޒީރުގެ ގޮތުގައި ބާންހަމްގެ ފުރަތަމަ ދަތުރުފުޅު ޔޫކްރެއިން އަށް، އެ ޤައުމަށް މިސައިލް ބްލޫޕްރިންޓް ދެއްވަނީ

24 އޯގަސްޓު 2026
ބޮޑު ވަޒީރުގެ ގޮތުގައި ބާންހަމްގެ ފުރަތަމަ ދަތުރުފުޅު ޔޫކްރެއިން އަށް، އެ ޤައުމަށް މިސައިލް ބްލޫޕްރިންޓް ދެއްވަނީ
23 އޯގަސްޓު 2026

ޒެލެންސްކީ ކޮރަޕްޝަނާ މެދު ޖަވާބުދާރީވާންޖެހޭ: ކުރީގެ ޑިފެންސް މިނިސްޓަރު

23 އޯގަސްޓު 2026
ޒެލެންސްކީ ކޮރަޕްޝަނާ މެދު ޖަވާބުދާރީވާންޖެހޭ: ކުރީގެ ޑިފެންސް މިނިސްޓަރު
21 އޯގަސްޓު 2026

މޯދީގެ ކެބިނެޓް ވަޒީރުންނަށް ސޯޝަލް މީޑިއާ ސްކޯ ދީފި، އެންމެ މަތީ ސްކޯ ހޯއްދެވީ މޯދީ

21 އޯގަސްޓު 2026
މޯދީގެ ކެބިނެޓް ވަޒީރުންނަށް ސޯޝަލް މީޑިއާ ސްކޯ ދީފި، އެންމެ މަތީ ސްކޯ ހޯއްދެވީ މޯދީ
20 އޯގަސްޓު 2026

ރަޝިޔާއިން ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ދިން ވަރުގަދަ ހަމަލާތަކެއްގައި 16 މީހުން މަރުވެއްޖެ

20 އޯގަސްޓު 2026
ރަޝިޔާއިން ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ދިން ވަރުގަދަ ހަމަލާތަކެއްގައި 16 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް