ފަހު ވަގުތު އެސްޕަންޔޯލް ބަލިކޮށް، ރެއާލް އަށް ރަނގަޅު ފެށުމެއް
23 އޯގަސްޓު 2026 | އާދީއްތަ 04:09މިއީ ރެއާލްގެ ކޯޗުކަމާ ދެ ވަނަ ފަހަރަށް ހޯސޭ މޮރީނިއޯ ހަވާލުވީ ފަހުން އެ ޓީމުން ކުޅުނު ރަސްމީ ފުރަތަމަ މެޗު. ލީގުގައި ރެއާލްގެ ދެ ވަނަ މެޗުގައި އަމިއްލަ ދަނޑުގައި ނުކުންނާނީ ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށް


މެޗުގައި ލަނޑު ޖެހުމަށް ފަހު ރެއާާލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ގެޓީ އިމޭޖަސް
ސްޕެނިޝް ލީގުގައި އެސްޕަންޔޯލްއާ ދެކޮޅަށް ކުޅުނު މެޗުން ފަހު ވަގުތު މޮޅުވެ، ރެއާލް މެޑްރިޑުން ލީގުގެ ފެށުން ރަނގަޅުކޮށްފި އެވެ.
އެސްޕަންޔޯލްގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެރޭ ދަންވަރު ކުޅުނު މެޗު ރެއާލް އިން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި ރެއާލް އިން ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށް، އެސްޕަންޔޯލް އިން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް ފަހު ވަގުތު ލަނޑު ޖަހައިގެން ރެއާލް ވަނީ މެޗުން މޮޅުވެފައި އެވެ.
މެޗު ފަށައިގެން ނުވަ ވަނަ މިނެޓުގައި ރެއާލް އަށް ލީޑު ނަގައިދިނީ ޖޫޑް ބެލިންހަމް އެވެ. އެއީ އާޑާ ގުލާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. ނަމަވެސް، މެޗުގެ 30 ވަނަ މިނެޓުގައި އެލެކްސް ކަލަޓްރަވާ ޖެހި ލަނޑުން އެސްޕަންޔޯލް ވަނީ ނަތީޖާ ހަމަހަމަ ކޮށްފައި އެވެ. މެޗުން ރެއާލް މޮޅުވެފައި ވަނީ، މެޗުގެ 90 ވަނަ މިނެޓުގައި ކާލޯސް އެސްޕީ ވަނީ ރެއާލްގެ ދެ ވަނަ ލަނޑު ޖަހައި އެ ޓީމު މެޗުން މޮޅު ކޮށްދީފައި އެވެ.
މިއީ ރެއާލްގެ ކޯޗުކަމާ ދެ ވަނަ ފަހަރަށް ހޯސޭ މޮރީނިއޯ ހަވާލުވީ ފަހުން އެ ޓީމުން ކުޅުނު ރަސްމީ ފުރަތަމަ މެޗެވެ. ލީގުގައި ރެއާލްގެ ދެ ވަނަ މެޗުގައި އަމިއްލަ ދަނޑުގައި ނުކުންނާނީ ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށެވެ.










