Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

މަލާގާ ބަލިކޮށް، ރެއާލްގެ މޮޅުވުން ކުރިއަށް

31 އޯގަސްޓު 2026 | ހޯމަ 04:10

މޮޅާއެކު ރެއާލް އިން މި ވަނީ އެ ޓީމުގެ ފުރަތަމަ ތިން މެޗުން ވެސް މޮޅުވެފައި. މިވަގުތު ރެއާލް އެއް ވަނައިގައި އޮތީ އެ ޓީމު ކުޅެފައިވާ ތިން މެޗުން ނުވަ ޕޮއިންޓާ އެކު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 31 އޯގަސްޓު 2026 | ހޯމަ 04:10
މެޗުގައި ލަނޑު ޖެހުމަށް ފަހު ރެއާލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ރެއާލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ | ގެޓީ އިމޭޖަސް

ސްޕެނިޝް ލީގުގައި މަލާގާއާ ދެކޮޅަށް ކުޅުނު މެޗުން ވެސް މޮޅުވެ، ރެއާލް މެޑްރިޑުން އެ ޓީމުގެ މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި އެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކޮށްފައި ވަނީ 4-0 އިންނެވެ. މެެޗުގެ ފުރަތަމަ ހާފުގައި ރެއާލް އިން ތިން ލަނޑު ޖެހިއިރު، އަނެއް ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗު ފަށައިގެން 19 ވަނަ މިނެޓުގައި ރެއާލް އަށް ލީޑު ނަގައިދިނި ޖޫޑް ބެލިންހަމް އެވެ. އޭގެ ފަހުން މެޗުގެ 26 ވަނަ މިނެޓުގައި ރެއާލްގެ ދެ ވަނަ ލަނޑަކީ މަލާގާގެ އަލްފަންސޯ ހެރޭރޯ އަތުން ބައި ކޮޅަށް ވަތް ލަނޑެކެވެ.

އޭގެ ހަތަރު މިނެޓު ފަހުން ރެއާލް އަށް ކުޅެމުން އަންނަ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ ވަނީ އެ ޓީމުގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. އެއީ ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެމްބާޕޭ ޖެހި ލަނޑެކެވެ. މެޗުގައި ރެއާލްގެ ފަހު ލަނޑު، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ޖެހީ އާޑާ ގުލާ އެވެ.

މި މޮޅާއެކު ރެއާލް އިން މި ވަނީ އެ ޓީމުގެ ފުރަތަމަ ތިން މެޗުން ވެސް މޮޅުވެފަ އެވެ. މިވަގުތު ރެއާލް އެއް ވަނައިގައި އޮތީ އެ ޓީމު ކުޅެފައިވާ ތިން މެޗުން ނުވަ ޕޮއިންޓާ އެކު އެވެ.

ސްޕެނިޝް ލީގުރެއާލް މެޑްރިޑް

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

5

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

އިތުރަށް ކިޔާލަން

31 އޯގަސްޓު 2026

ޕީއެސްޖީ މީހަކަށް ބެލެންޑިއޯ ދެންޏާ ދޭންވީ އެންރީކޭ އަށް، ސްޕެއިން މީހަކަށް ދެންޏާ ފުއެންޓޭ އަށް: މޮރީނިއޯ

31 އޯގަސްޓު 2026
ޕީއެސްޖީ މީހަކަށް ބެލެންޑިއޯ ދެންޏާ ދޭންވީ އެންރީކޭ އަށް، ސްޕެއިން މީހަކަށް ދެންޏާ ފުއެންޓޭ އަށް: މޮރީނިއޯ
27 އޯގަސްޓު 2026

އެމްބާޕޭގެ ހެޓްރިކާ އެކު ރެއާލް އަށް ދެވަނަ މޮޅު

27 އޯގަސްޓު 2026
އެމްބާޕޭގެ ހެޓްރިކާ އެކު ރެއާލް އަށް ދެވަނަ މޮޅު
24 އޯގަސްޓު 2026

ފަސް ލަނޑުގެ މޮޅާ އެކު، ޗެމްޕިއަން ބާސެލޯނާ އަށް ވަރުގަދަ ފެށުމެއް

24 އޯގަސްޓު 2026
ފަސް ލަނޑުގެ މޮޅާ އެކު، ޗެމްޕިއަން ބާސެލޯނާ އަށް ވަރުގަދަ ފެށުމެއް
23 އޯގަސްޓު 2026

ފަހު ވަގުތު އެސްޕަންޔޯލް ބަލިކޮށް، ރެއާލް އަށް ރަނގަޅު ފެށުމެއް

23 އޯގަސްޓު 2026
ފަހު ވަގުތު އެސްޕަންޔޯލް ބަލިކޮށް، ރެއާލް އަށް ރަނގަޅު ފެށުމެއް
14 އޯގަސްޓު 2026

ލަލީގާ: ބާސެލޯނާ ތިންވަނަ ތަށި ހޯދުމަށް ދެކޭ ހުވަފެން ހަގީގަތަކަށް ވުމަށް ކުރެވޭ މުހިންމު ސުވާލުތައް

14 އޯގަސްޓު 2026
ލަލީގާ: ބާސެލޯނާ ތިންވަނަ ތަށި ހޯދުމަށް ދެކޭ ހުވަފެން ހަގީގަތަކަށް ވުމަށް ކުރެވޭ މުހިންމު ސުވާލުތައް
06 އޯގަސްޓު 2026

ރެއާލްގައި ވިނީޝިއުސް ބެހެއްޓުމަށް އެންމެ ބޮޑަށް ބާރުއަޅަނީ މޮރީނިއޯ

06 އޯގަސްޓު 2026
ރެއާލްގައި ވިނީޝިއުސް ބެހެއްޓުމަށް އެންމެ ބޮޑަށް ބާރުއަޅަނީ މޮރީނިއޯ
28 ޖުލައި 2026

ޒިދާން ފްރާންސްގެ ގައުމީ ޓީމުގެ ހެޑް ކޯޗަކަށް

28 ޖުލައި 2026
ޒިދާން ފްރާންސްގެ ގައުމީ ޓީމުގެ ހެޑް ކޯޗަކަށް
22 ޖުލައި 2026

އިންފަންޓީނޯ ދަނީ މުޅި ފުޓުބޯޅަ ހަލާކު ކުރަމުން: ސްޕެނިޝް ލީގުގެ ރައީސް ޓެބާސް

22 ޖުލައި 2026
އިންފަންޓީނޯ ދަނީ މުޅި ފުޓުބޯޅަ ހަލާކު ކުރަމުން: ސްޕެނިޝް ލީގުގެ ރައީސް ޓެބާސް
17 ޖޫން 2026

އެމްބާޕޭ ފްރާންސްގެ ތާރީޚުގައި އެންމެ މޮޅު ކުޅުންތެރިޔާއަށް ވާނެ!

17 ޖޫން 2026
އެމްބާޕޭ ފްރާންސްގެ ތާރީޚުގައި އެންމެ މޮޅު ކުޅުންތެރިޔާއަށް ވާނެ!
15 ޖޫން 2026

ރެއާލް އަށް ބަދަލުވާން ކުކުރޭލާ އެއްބަސްވެއްޖެ

15 ޖޫން 2026
ރެއާލް އަށް ބަދަލުވާން ކުކުރޭލާ އެއްބަސްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް