Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީއެންއެފް

ރައީސް މުޢިއްޒު އަށް ދެން ވެރިކަން ނުލިބޭނެކަން އަރިސް ބޭފުޅުންނަށް އިނގޭ، ކެބިނެޓުގައި ވެސް އިންގިލާބެއް އެބަ ހިނގާ: ރައީސް ޔާމީން

7 ސެޕްޓެމްބަރު 2026 | ހޯމަ 05:59

ސަރުކާރުގެ ކެބިނެޓުގެ ތެރޭގައި ވެސް އެކަން ހިނގާ ކަމަށް ފާހަގަ ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، ރައީސް މުއިއްޒި ގޮވައިގެން ނިކުމެ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ނުވާނެކަން އެ ބޭފުޅުންނަށް ވެސް އިނގޭ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 ސެޕްޓެމްބަރު 2026 | ހޯމަ 05:59
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން | ސޯޝަލް މީޑިއާ

މިހާރުގެ ރައީސް ޑރ.  މުޙައްމަދު މުއިއްޒު އަށް ދެ ވަނަ ދައުރެއް ނުލިބޭނެކަން ޕީއެންސީގެ އިސްވެރިންނަށް އިނގޭ ކަމަށާއި، ސަރުކާރުގެ ކެބިނެޓުގައި ވެސް އިންގިލާބެއް ހިނގަމުން އަންނަ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ އާދީއްތަ ދުވަހުގެ ރޭ ޕީއެންއެފް އިން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އޭގެ ކުރީ ޖަލްސާއެއްގައި ރައީސް ޔާމީން ވަނީ، ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ހިމޭން އިންގިލާބެއް ހިނގަމުން އަންނަ ކަމަށް ވިދާޅުވެފައި އެވެ. 

Advertisement - newsAdvertisement

ރަައީސް ޔާމީންގެ އެ ވާހަކަ ތަކަށް ޕީއެންސީގެ މަޖިލިސް މެމްބަރުންނާއި، އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް ވަނީ ރައްދު ދެއްވައިފަ އެވެ. ޕީއެންސީގެ ޖަލްސާގައި ޢަބްދުއްރަޙީމް ވިދާޅުވެފައި ވަނީ، މަޖިލިސް ތެރެއިން ރައީސް ޔާމީން އަށް އެއްވެސް ކަމެއް ނުކުރެއްވޭނެ ކަމަށާއި، އެމަނިކުފާނު ޖެހޭނީ މަހަށް ވަޑައިގަންނަވަން ކަަމަށެވެ.

ޕީއެންއެފްގެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ހިމޭން އިންގިލާބެއް ހިނގަމުން އަންނަ ކަމަށް އެމަނިކުފާނު ކުރިން ވިދާޅުވެފައިވާއިރު، އެކަން ހިނގަނީ މަޖިލީހުގައި އެކަނި ނޫން ކަމަށެވެ. ސަރުކާރުގެ ކެބިނެޓުގެ ތެރޭގައި ވެސް އެކަން ހިނގާ ކަމަށް ފާހަގަ ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، ރައީސް މުއިއްޒި ގޮވައިގެން ނިކުމެ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ނުވާނެކަން އެ ބޭފުޅުންނަށް ވެސް އިނގޭ ކަމަށެވެ.

އެކަން ފާހަގަ ކުރައްވައި ރައީސް ޔާމީން ވިދާޅުވެފައި ވަނީ، މިހާރު ހިނގަމުން އެ އަންނަ ކަންތައްތަކަކީ އެކަމުގެ ހޫނުގަނޑުގެ ތެރެއިން ހިނގާ ކަންކަން ކަމަށެވެ. ރައީސް މުއިއްޒުގެ ކެބިނެޓަށް ގެނައި ބަދަލު ތަކަކީ، ބައެއް މިނިސްޓަރުން ކޮފީ މޭޒެއްގެ ދޮށުގައި ދެއްކެވި ވާހަކަ ތަކެއްގެ ސަބަބުން ގެނައި ބަދަލެއް ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައި އެވެ. 

އެއީ ތެދެއް އިނގޭތޯ. ފަހުން ކެބިނެޓުގެ ބައެއް ވަޒީރުންނަށް އައި ބަދަލަކީ އެ ބޭފުޅުން ކޮފީ މޭޒެއްގެ ދޮށުގައި ދެއްކި ވާހަކަ ތަކެއް ލީކުވެގެން އިނގޭތޯ. އެހެންވީމާ މި މީހުންނަށް އިނގޭ ކިހާ ވަރެއްގެ މީހަކާ އެކުގައިކަން މި މީހުން މި އުޅެނީ. 
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވެފައި ވަނީ އެއްވެސް ދާއިރާއެއްގައި ކަންކަން ނުހިނގާ ވާހަކަ އާއި، ރައްޔިތުންގެ ތާއީދު ނެތް ވާހަކަ ވެސް ދައްކަވަނީ އެ ބޭފުޅުން ކަމަށެވެ. އެ ވާހަކަ މިއަދު ޢަބްދުއްރަޙީމް ދައްކަވާއިރު، މިއޮތް ހުރިހާ ދުވަހު ޢަބްދުއްރަޙީމް ހުންނެވީ ހަ ފޮޅު ބޭރުގައި ކަމަށް ވެސް ރައީސް ޔާާމީން ވިދާޅުވި އެވެ. ސަރުކާރާއި، ރައީސް މުޢިއްޒުގެ ދިފާއުގައި މިއަދު ޢަބްދުއްރަޙީމް ކޮންމެ ވާހަކައެއް ދެއްކެވި ނަމަވެސް، ޢަބްދުއްރަޙީމް އާއި ރައީސް މުއިއްޒުގެ ގުޅުން ރަނގަޅު ނޫން ކަމަށް ވެސް ރައީސް ޔާމީން ވަނީ ފާހަގަ ކުރައްވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ މެމްބަރުން ތިއްބެވީ "ދަރުބޮނޑިއެއްހެން ބަނދެވިފައި" ކަމަށް ވިދާޅުވެ ޢަބްދުއްރަޙީމް ދެއްކެވި ވާހަކަ އަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، އެއީ މަޖިލިސް މެމްބަރުންނަށް ޢަބްދުއްރަޙީމް ކުރެއްވި މަލާމާތެއް ކަމަށެވެ. އެ ވާހަކަ އިން ދޭހަވީ ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ މެމްބަރުން ތިއްބެވީ ބަނދެވިފައިކަން ކަމަށާއި، އެމަނިކުފާނު ވެސް ދައްކަވަމުން އަންނަނީ އެ ވާހަކަ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައި އެވެ. 

ސަރުކާރަށް ނިސްބަތް ކުރައްވައި ރައީސް ޔާާމީން ދެއްކެވި ވާހަކަ ތަކެއްގެ ސަބަބުން، ޕީއެންސީގެ އިސްވެރިން އަދި ރައީސް މުއިއްޒުގެ އަރިސް ބޭފުޅުން ގެންދަވަނީ ރައީސް ޔާމީން އަށް ވަރަށް ބޮޑަށް ރައްދު ދެއްވަމުންނެވެ. 

ޕީއެންއެފްކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމްރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު

އެންމެ ހިނގާ

1

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

2

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

3

އެމެރިކާއަށް ކުރިއަށްވުރެ ވަރުގަދަ އަދި ތަދު އިހުސާސްވާނެ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު އީރާނުން ދީފި

4

ޕީއެންސީއަށް ސޮއިކުރަން މަޖުބޫރުކުރާ މައްސަލަ ފަޅާއެރިތަނާ، ލައިވް ޕްރޮގްރާމްތަކުގައި ކުރާ ކޯލްތަކާ ގުޅޭގޮތުން ކޮމިޝަނުގެ އިންޒާރެއް!

5

ގަތަރަށް ބޮން އެޅުމަކީ ފަޚުރުވެރިވާ ކަމެއްކަން ނަތަންޔާހޫ ހާމަކޮށްފި

އިތުރަށް ކިޔާލަން

06 ސެޕްޓެމްބަރު 2026

އެލް ސޯފާގެ ކަންތަކުގައި ފަޟީހަތްވީ މުއިއްޒު: ރައީސް ޔާމީން

06 ސެޕްޓެމްބަރު 2026
އެލް ސޯފާގެ ކަންތަކުގައި ފަޟީހަތްވީ މުއިއްޒު: ރައީސް ޔާމީން
05 ސެޕްޓެމްބަރު 2026

ކުރަންވީ ކަމަކީ ރައްޔިތުންނަށް އިިޚުލާސްތެރިވުން!

05 ސެޕްޓެމްބަރު 2026
ކުރަންވީ ކަމަކީ ރައްޔިތުންނަށް އިިޚުލާސްތެރިވުން!
03 ސެޕްޓެމްބަރު 2026

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ބޭއިންސާފުން ވަކިކުރުން ކުށްވެރިކޮށް، މެމްބަރު ޝާކިރު ރައީސް މުއިއްޒު އަށް ސިޓީއެއް ފޮނުއްވައިފި

03 ސެޕްޓެމްބަރު 2026
ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ބޭއިންސާފުން ވަކިކުރުން ކުށްވެރިކޮށް، މެމްބަރު ޝާކިރު ރައީސް މުއިއްޒު އަށް ސިޓީއެއް ފޮނުއްވައިފި
01 އޯގަސްޓު 2026

ރައީސް މުއިއްޒު ދައުލަތް ހިންގެވުމަށް މަސައްކަތް ކުރައްވަނީ ހުރިހާ ކަމެއްގައި ޗޯރުންނަށް ބާރުދީގެން: ޔާމީން

01 އޯގަސްޓު 2026
ރައީސް މުއިއްޒު ދައުލަތް ހިންގެވުމަށް މަސައްކަތް ކުރައްވަނީ ހުރިހާ ކަމެއްގައި ޗޯރުންނަށް ބާރުދީގެން: ޔާމީން
30 ޖޫން 2026

މިސާލަކަށް......!

30 ޖޫން 2026
މިސާލަކަށް......!
29 ޖޫން 2026

ޚާމަނާއީ އަވަހާރަ ކޮށްލުން ކުށްވެރި ކޮށްލަން ނުކުރެނު ނަމަވެސް، ޖަނާޒާގައި ބައިވެރިވާން ރާއްޖެ އަށް ލިބުނު ދައުވަތު ޤަބޫލު ކޮށްފި

29 ޖޫން 2026
ޚާމަނާއީ އަވަހާރަ ކޮށްލުން ކުށްވެރި ކޮށްލަން ނުކުރެނު ނަމަވެސް، ޖަނާޒާގައި ބައިވެރިވާން ރާއްޖެ އަށް ލިބުނު ދައުވަތު ޤަބޫލު ކޮށްފި
29 ޖޫން 2026

200 ފަހަރު ވީ ވައުދާ ޚިލާފަށް މުވައްޒަފުން ވަކި ކުރުން، ރައީސް ވިދާޅުވީ އެއީ ވައުދާ ޚިލާފުވުން ނޫން ކަމަަށް!

29 ޖޫން 2026
200 ފަހަރު ވީ ވައުދާ ޚިލާފަށް މުވައްޒަފުން ވަކި ކުރުން، ރައީސް ވިދާޅުވީ އެއީ ވައުދާ ޚިލާފުވުން ނޫން ކަމަަށް!
28 ޖޫން 2026

ރައީސް މުޢިއްޒު 2021 ވަނަ އަހަރު އޭސީސީ އަށް ހާޒިރު ކުރުމާ ގުޅޭ ގޮތުން ނެރުނު ނޫސް ބަޔާން އެ ކޮމިޝަން އިން ޑިލީޓު ކޮށްލައިފި

28 ޖޫން 2026
ރައީސް މުޢިއްޒު 2021 ވަނަ އަހަރު އޭސީސީ އަށް ހާޒިރު ކުރުމާ ގުޅޭ ގޮތުން ނެރުނު ނޫސް ބަޔާން އެ ކޮމިޝަން އިން ޑިލީޓު ކޮށްލައިފި
15 ޖޫން 2026

ރައީސް މުއިއްޒު އަޒުލް ކުރުން ނޫން ގޮތެއް ނެތް: ކުރީގެ ރައީސް ޔާމީން

15 ޖޫން 2026
ރައީސް މުއިއްޒު އަޒުލް ކުރުން ނޫން ގޮތެއް ނެތް: ކުރީގެ ރައީސް ޔާމީން
09 ޖޫން 2026

ރައީސް މުޢިއްޒު ކުރެއްވި ޕޯސްޓުގައި، ދެ ނަގޫ ލީ ކަންނެލި ތަކެއް!

09 ޖޫން 2026
ރައީސް މުޢިއްޒު ކުރެއްވި ޕޯސްޓުގައި، ދެ ނަގޫ ލީ ކަންނެލި ތަކެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް