Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުވައްޒަފުން ވަކިކުރުން

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ބޭއިންސާފުން ވަކިކުރުން ކުށްވެރިކޮށް، މެމްބަރު ޝާކިރު ރައީސް މުއިއްޒު އަށް ސިޓީއެއް ފޮނުއްވައިފި

3 ސެޕްޓެމްބަރު 2026 | ބުރާސްފަތި 08:07

ބުރާސްފަތި ދުވަހު ފޮނުވާފައިވާ ސިޓީގައި ޝާކިރު ވިދާޅުވީ ސަރުކާރަށް ނިސްބަތްވާ ކުންފުނިތަކުން އިންސާފެއް ނެތި މީހުން ވަކި ކުރުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް. އަދި ސަރުކާރުން މި ކުރަމުންދާ ކަންތައް މެންބަރު ޝާކިރު ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 ސެޕްޓެމްބަރު 2026 | ބުރާސްފަތި 08:07
މާވަށު ދާއިރާގެ މެމްބަރު އަޙުމަދު ޝާކިރު

މާވަށު ދާއިރާގެ މެމްބަރު އަޙުމަދު ޝާކިރު | ސޯޝަލް މީޑިއާ

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ބޭއިންސާފުން ވަކިކުރުން ކުށްވެރިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް އެޑްރެސްކޮށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރު ސިޓީއެއް ފޮނުއްވައިފި އެވެ.

ބުރާސްފަތި ދުވަހު ފޮނުވާފައިވާ ސިޓީގައި ޝާކިރު ވިދާޅުވީ ސަރުކާރަށް ނިސްބަތްވާ ކުންފުނިތަކުން އިންސާފެއް ނެތި މީހުން ވަކި ކުރުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. އަދި ސަރުކާރުން މި ކުރަމުންދާ ކަންތައް މެންބަރު ޝާކިރު ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައި އެވެ.

Advertisement - newsAdvertisement

ސަރުކާރުގެ ކުންފުނިތަކަށް ނިސްބަތްވާ މުވައްޒަފުން ވަކި ކުރަމުންދަނީ ބޭއިންސާފުން ކަމަށް ފާހަގަކޮށް މެންބަރު ޝާކިރު ވިދާޅުވީ، ޚަރަދު ކުޑަކުރުމުގެ ނަމުގައި ދައުލަތުގެ އިސް މަގާމުތަކުގައި ބޮޑެތި މުސާރަ ލިބޭ ގޮތަށް އައްޔަންކޮށްފައިވާ މީހުން މަދުނުކޮށް، ބޭކާރު ޚަރަދު ކުރަމުން އަންނަ މަޝްރޫއުތައް މަދުނުކޮށް، ސަރުކާރުން ބުރަޖައްސަމުން ދަނީ އިގްތިސާދީ ގޮތުން އެންމެ ނިކަމެތި ހާލުގައި ތިބި ދިވެހިންނަށް ކަމަށެވެ.

މިގޮތުން ލ.މާވަށުން 7 މުވައްޒަފަކު އަ،ދި ލ.ކުނަހަންދޫ އިން 33 މުވައްޒަފަކު ވަނީ އިދިކޮޅު އެމްޑީޕީ އަށް ތާއީދު ކުރުމުގެ ސަބަބުން ވަޒީފާ އިން ވަކި ކޮށްފައި ކަމަށް މެންބަރު ޝާކިރު ވިދާޅުވި އެވެ. އަދި ލ.ހިތަދޫ އިން 6 މުވައްޒަފަކަށް ވަޒީފާ އިން ވަކި ކުރާނެ ކަމުގެ ބިރު ދައްކައި، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އަށް ސޮއި ކުރުމަށް މަޖުބޫރު ކޮށްފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައި އެވެ. މެންބަރު ޝާކިރު ވިދާޅުވީ މިފަދަ އަމަލުތަކަކީ އަސާސީ އިންސާނީ ހައްގުތަކާއި، މަސައްކަތްތެރިންގެ ހައްގުތަކާ ޚިލާފު ކަމެއް ކަމަށެވެ.

މިހެންކަމުން ސިޔާސީ ބޭނުމުގައި ކުރެވޭ މިފަދަ އަމަލުތައް ހުއްޓާލުމަށާއި، ދައުލަތުގެ ޚަރަދު ކުޑަކުރުމުގައި ނިކަމެތި އާއިލާ ތަކަށް އޭގެ އަސަރު ކުޑަވާނެހެން އަމަލު ކުރުމަށް މެންބަރު ޝާކިރު ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.

ހއ.ބާރަށު ފެނަކަ ބްރާންޗުގައި މަސައްކަތް ކުރާ މުވައްޒަފުން ޕީއެންސީ އަށް ސޮއިކުރަން އަންގަމުންދާ ކަމުގެ މައުލޫމާތު ބުދަ ދުވަހު ވަނީ ފެންމަތިވެފައި އެވެ. މީގެ އިތުރުން ސަރުކާރުގެ އެސްއޯއީ ތަކަށް ނިސްބަތްވާ އެތައް ބަޔަކު ދަނީ ވަޒީފާތަކުން ވަކި ކުރަމުންނެވެ. މިކަމުގެ ކަންބޮޑުވުން އާންމު ރައްޔިތުންގެ އިތުރުން، ރަށްރަށުގެ ކައުންސިލުތަކުން ވެސް ދަނީ ފާޅު ކުރަމުންނެވެ.

މާވަށު ދާއިރާގެ މެމްބަރު އަހުމަދު ޝާކިރު ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

3

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

4

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

5

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

އިތުރަށް ކިޔާލަން

30 ޖޫން 2026

މިސާލަކަށް......!

30 ޖޫން 2026
މިސާލަކަށް......!
29 ޖޫން 2026

ޚާމަނާއީ އަވަހާރަ ކޮށްލުން ކުށްވެރި ކޮށްލަން ނުކުރެނު ނަމަވެސް، ޖަނާޒާގައި ބައިވެރިވާން ރާއްޖެ އަށް ލިބުނު ދައުވަތު ޤަބޫލު ކޮށްފި

29 ޖޫން 2026
ޚާމަނާއީ އަވަހާރަ ކޮށްލުން ކުށްވެރި ކޮށްލަން ނުކުރެނު ނަމަވެސް، ޖަނާޒާގައި ބައިވެރިވާން ރާއްޖެ އަށް ލިބުނު ދައުވަތު ޤަބޫލު ކޮށްފި
29 ޖޫން 2026

200 ފަހަރު ވީ ވައުދާ ޚިލާފަށް މުވައްޒަފުން ވަކި ކުރުން، ރައީސް ވިދާޅުވީ އެއީ ވައުދާ ޚިލާފުވުން ނޫން ކަމަަށް!

29 ޖޫން 2026
200 ފަހަރު ވީ ވައުދާ ޚިލާފަށް މުވައްޒަފުން ވަކި ކުރުން، ރައީސް ވިދާޅުވީ އެއީ ވައުދާ ޚިލާފުވުން ނޫން ކަމަަށް!
28 ޖޫން 2026

ރައީސް މުޢިއްޒު 2021 ވަނަ އަހަރު އޭސީސީ އަށް ހާޒިރު ކުރުމާ ގުޅޭ ގޮތުން ނެރުނު ނޫސް ބަޔާން އެ ކޮމިޝަން އިން ޑިލީޓު ކޮށްލައިފި

28 ޖޫން 2026
ރައީސް މުޢިއްޒު 2021 ވަނަ އަހަރު އޭސީސީ އަށް ހާޒިރު ކުރުމާ ގުޅޭ ގޮތުން ނެރުނު ނޫސް ބަޔާން އެ ކޮމިޝަން އިން ޑިލީޓު ކޮށްލައިފި
09 ޖޫން 2026

ރައީސް މުޢިއްޒު ކުރެއްވި ޕޯސްޓުގައި، ދެ ނަގޫ ލީ ކަންނެލި ތަކެއް!

09 ޖޫން 2026
ރައީސް މުޢިއްޒު ކުރެއްވި ޕޯސްޓުގައި، ދެ ނަގޫ ލީ ކަންނެލި ތަކެއް!
02 ޖޫން 2026

ޕްރިންޓަރަކާ ސްކޭނަރެއް ހިފައިގެންދާ ރައީސް އޮފީސްގެ ކުއްޖާ އަށް މުސާރަ ދޭ ވާހަކަ ދެއްކުމަކުން ދެކޮޅެއް ނުޖެހޭ!

02 ޖޫން 2026
ޕްރިންޓަރަކާ ސްކޭނަރެއް ހިފައިގެންދާ ރައީސް އޮފީސްގެ ކުއްޖާ އަށް މުސާރަ ދޭ ވާހަކަ ދެއްކުމަކުން ދެކޮޅެއް ނުޖެހޭ!
01 ޖޫން 2026

ފުޓްސަލް އާއި ނެޓުބޯޅަ ކޮމްޕެލްސް ޤާއިމު ކުރަން ހަވާލު ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއިރު، އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ!

01 ޖޫން 2026
ފުޓްސަލް އާއި ނެޓުބޯޅަ ކޮމްޕެލްސް ޤާއިމު ކުރަން ހަވާލު ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއިރު، އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ!
25 މެއި 2026

އަޟްހާ އީދު ބަންދާ ދިމާކޮށް ރައީސް މުއިއްޒު ސިންގަޕޫރަށް، މިއީ އެމަނިކުފާނު އެގައުމަށް ކުރައްވާ 8 ވަނަ ދަތުރުފުޅު

25 މެއި 2026
އަޟްހާ އީދު ބަންދާ ދިމާކޮށް ރައީސް މުއިއްޒު ސިންގަޕޫރަށް، މިއީ އެމަނިކުފާނު އެގައުމަށް ކުރައްވާ 8 ވަނަ ދަތުރުފުޅު
10 މެއި 2026

އޮންލައިން ދުނިޔޭގައި އާ ނުރައްކާތަކެއް ކުޑަކުދިންނަށް ދަނީ ކުރިމަތިވަމުން، ބެލެނިވެރިންނާއި މުދައްރިސުން ސަމާލުވާން ޖެހޭ: ރައީސް މުއިއްޒު

10 މެއި 2026
އޮންލައިން ދުނިޔޭގައި އާ ނުރައްކާތަކެއް ކުޑަކުދިންނަށް ދަނީ ކުރިމަތިވަމުން، ބެލެނިވެރިންނާއި މުދައްރިސުން ސަމާލުވާން ޖެހޭ: ރައީސް މުއިއްޒު
06 މެއި 2026

އައިޝާ ޑޮކިއުމެންޓްރީގެ ތަހުގީގަށް ހުރިހާ ވާހަކައެއް ކިޔައިދީ އެއްބާރުލުންދޭން އީޝާ ހުރީ ތައްޔާރަށް: ޝަމީމް

06 މެއި 2026
އައިޝާ ޑޮކިއުމެންޓްރީގެ ތަހުގީގަށް ހުރިހާ ވާހަކައެއް ކިޔައިދީ އެއްބާރުލުންދޭން އީޝާ ހުރީ ތައްޔާރަށް: ޝަމީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް