Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީއެންއެފް

އެލް ސޯފާގެ ކަންތަކުގައި ފަޟީހަތްވީ މުއިއްޒު: ރައީސް ޔާމީން

6 ސެޕްޓެމްބަރު 2026 | އާދީއްތަ 10:38

ޖުޑީޝަރީ މުށުތެރެއަށް ލައްވައިގެން "ގެގް އޯޑަރު" ނެރުއްވުމުން ފަޟީހަތްވަނީ ރައީސް މުއިއްޒު ކަމަށް ވިދާޅުވެ، މުއައްސަސާތަކަށް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމަށް ރައީސް ޔާމީން ގޮވާލައްވައިފި. ގާނޫނު އަސާސީއާ ހިލާފަށް ވަޒީރުންގެ މަޖިލީހުގެ ލަފައާ ނުލައި ރައީސް އަމަލުކުރައްވާ ކަމަށާއި އޭސީސީއަށް ހުށަހެޅި މައްސަލަތައް ގެއްލުމުގައި ރައީސްގެ އިހުމާލު އޮތް ކަމަށްވެސް އެމަނިކުފާނު ތުހުމަތު ކުރެއްވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 ސެޕްޓެމްބަރު 2026 | އާދީއްތަ 10:38
ކުރީގެ ރައީސް ޔާމީން

ކުރީގެ ރައީސް ޔާމީން | ސޯޝަލް މީޑިއާ

އެލް ސޯފާގެ ކަންތަކުގައި ފަޟީހަތްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މުޅި ޖުޑީޝަރީ އެއްކޮށް ރައީސް މުއިއްޒުގެ މުށުތެރެއަށް ލައްވައި، ގެގް އޯޑަރު ނެރުއްވުމުން ފަޟީހަތްވެ ވަޑައިގަންނަވަނީ ރައީސް މުއިއްޒު ކަމަށެވެ.

Advertisement - newsAdvertisement

ރާއްޖޭގެ ހުރިހާ ކަންކަމެއް ކުރަން ޖެހިފައިވަނީ ވަޒީރުންގެ މަޖިލީހުގެ ލަފަޔާ އެކު ކަމަށް ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ރައީސް މުއިއްޒު ވިދާޅުވާ ގޮތަށް އެމަނިކުފާނު ބޭނުންފުޅު ހުރިހާ ކަމެއް ކޮށްދިނުމަކީ ޤާނޫނާ ޚިލާފު ކަމެއް ކަމަށެވެ. އަދި ގާނޫނު އަސާސީގެ ދަށުން ބާރުތައް ދީފައިވާ މުއައްސަސާތަކުގެ މަސައްކަތްތައް މިނިވަންކަމާއެކު ކުރިއަށް ގެންދިޔުމުގެ ފުރުސަތު އެބޭފުޅުންނަށް ދިނުމަށް ރައީސް ޔާމީން ވަނީ ގޮވާލައްވާފަ އެވެ.

އެންމެ ފުރަތަމަ ހުވާކުރުމުގެ ރަސްމިއްޔާތުގެ ކުރިން ރައީސް މުއިއްޒު ހޮވިގެން ދަރުބާރުގޭގައި ވާހަކަ ދައްކަމުން ބުނި ތިމަންނައާ އެކު އުޅެވޭނީ ތިމަންނަ ބުނާ ކަންތައް ކުރާ މީހުންނަށޭ. ގާނޫނު އަސާސީގައި އޮންނަނީ އެހެންނެއް ނޫން. ގާނޫނު އަސާސީގައި މި އޮންނަނީ ރާއްޖޭގައި ބޮޑުތި ހުރިހާ ކަންތައްތަކެއް ކުރަންވާނީ ވަޒީރުންގެ މަޖިލީހުގެ ލަފަޔާ އެކީގައޭ. އެހިސާބުން ފެށިގެން ރައީސް މުއިއްޒު މިވަނީ ގާނޫނާ ހިލާފު ވެފަ ހުރީ. ހަގީގަތުގެގައި ނޫސްވެރިއެއްގެ ފާރާތުން ބޭނިގެން ރައްޔިތުން ކުރިމަތީ ބޮޑަށް ފަލީހަތްވީ މުއިއްޒު ނުންތޯ. ތި ސޯފާ ކަންތަކުގައި ނޫސްވެރިއަކު ސުވާލުކުރުމުން ގެގް އޯޑަރު ނެރެ ހަގީގަތުގައި ފަޟީހަތް ވެގެން ދިޔައީ ރައީސް މުއިއްޒު
ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ ގްރީން ބިލްޑިންގް ރޯކޮށްލުމުގެ މަސައްކަތުގައި އުޅުނު މީހާ އަކީ ރައީސް މުއިއްޒުއާ ގާތް ގުޅުމެއް އޮންނަ މީހެއްކަން ދިވެހި ފުލުހުންނަށް ވެސް އެނގޭނެ ކަމަށެވެ. އަދި އޭސީސީ އަށް ހުށަހަޅާފައިވާ މައްސަލަތައް ގެއްލިފައިވަނީ ވެސް ރައީސް މުއިއްޒުގެ އިހުމާލުން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން އެ ވާހަކަ ސީދާކޮށް ވެސް އަދި ނުސީދާކޮށް ވެސް ދެއްކުން މަނާކޮށް މުޅި ރާއްޖެ އަށް ކްރިމިނަލަ ކޯޓުން ވަނީ މި އަހަރުގެ މެއި މަހު އަމުރެއް ނެރެފަ އެވެ. އަދި ކޯޓުން މައްސަލަ ނިމެންދެން އެ ހާދިސާއާ ގުޅުންހުރި ވީޑިއޯ ޑޮކިއުމަންޓަރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި މި ޑޮކިއުމަންޓަރީގައި ގެނަސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ނުދެއްކުމަށާއި ޝަރީއަތަށް ހުށަހެޅިފައި މިވާ ޑޮކިއުމަންޓަރީއާ ގުޅުވައި މައްސަލައިގެ ޙަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަށްވީ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް ވަނީ އަމުރުކޮށްފަ އެވެ.

ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރާ ހިލާފުވި ކަމަށް ކަނޑައަޅައި، އަދަދު ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އަދި ލީވާން އަލީ ނާސީރު ވަނީ ގާނޫނީ އެހީތެރިކަން ހޯދަން އެކަށީގެންވާ ވަގުތު ނުދީ އަވަސް އަރުވާލައިގެން ޝަރީއަތް ބާއްވައި، ދެ ނޫސްވެރިންނަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ވެސް ކޮށްފަ އެވެ. 

ޕީއެންއެފްއެލް-ސޯފާޔާމީން ޢަބްދުލް ޤައްޔޫމް

އެންމެ ހިނގާ

1

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

2

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

3

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

4

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

5

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

އިތުރަށް ކިޔާލަން

01 އޯގަސްޓު 2026

ރައީސް މުއިއްޒު ދައުލަތް ހިންގެވުމަށް މަސައްކަތް ކުރައްވަނީ ހުރިހާ ކަމެއްގައި ޗޯރުންނަށް ބާރުދީގެން: ޔާމީން

01 އޯގަސްޓު 2026
ރައީސް މުއިއްޒު ދައުލަތް ހިންގެވުމަށް މަސައްކަތް ކުރައްވަނީ ހުރިހާ ކަމެއްގައި ޗޯރުންނަށް ބާރުދީގެން: ޔާމީން
15 ޖޫން 2026

ރައީސް މުއިއްޒު އަޒުލް ކުރުން ނޫން ގޮތެއް ނެތް: ކުރީގެ ރައީސް ޔާމީން

15 ޖޫން 2026
ރައީސް މުއިއްޒު އަޒުލް ކުރުން ނޫން ގޮތެއް ނެތް: ކުރީގެ ރައީސް ޔާމީން
01 ޖޫން 2026

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޔާމީނުގެ ތާއީދުވެސް ސޯބެއަށް، އެދިލެއްވީ ޕީއެންސީއަށް ވޯޓުނުދޭން

01 ޖޫން 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޔާމީނުގެ ތާއީދުވެސް ސޯބެއަށް، އެދިލެއްވީ ޕީއެންސީއަށް ވޯޓުނުދޭން
01 ޖޫން 2026

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން އުޅޭ ވާހަކަތައް ރައީސް މުއިއްޒު ދޮގު ކުރައްވައިފި

01 ޖޫން 2026
ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން އުޅޭ ވާހަކަތައް ރައީސް މުއިއްޒު ދޮގު ކުރައްވައިފި
21 މެއި 2026

ޕީއެންއެފް އިން ތިން ރައީސުންގެ އިއްތިހާދަށް އެއްބާރުލުންދޭން ފާސްކޮށްފި

21 މެއި 2026
ޕީއެންއެފް އިން ތިން ރައީސުންގެ އިއްތިހާދަށް އެއްބާރުލުންދޭން ފާސްކޮށްފި
18 މެއި 2026

މި ސަރުކާރުގެ ޣައްދާރުކަމާއި ހިޔާނަތްތެރިކަން މާ ބޮޑު، އެމްޑީޕީވިއްޔާ ޙައްޤުތައް ހޯދައިދޭން މަގުތަކަށް ނުކުމެ އެބަ އުޅޭ: ރައީސް ޔާމީން

18 މެއި 2026
މި ސަރުކާރުގެ ޣައްދާރުކަމާއި ހިޔާނަތްތެރިކަން މާ ބޮޑު، އެމްޑީޕީވިއްޔާ ޙައްޤުތައް ހޯދައިދޭން މަގުތަކަށް ނުކުމެ އެބަ އުޅޭ: ރައީސް ޔާމީން
14 މެއި 2026

ނޫސްވެރިން ދޫކޮށްލަން ގޮވާލާ ކުރި މުޒާހަރާ އިން ހައްޔަރުކުރި 10 މީހުންގެ ތެރެއިން 3 މީހަކަށް ބަންދު މުއްދަތު ޖަހައިފި

14 މެއި 2026
ނޫސްވެރިން ދޫކޮށްލަން ގޮވާލާ ކުރި މުޒާހަރާ އިން ހައްޔަރުކުރި 10 މީހުންގެ ތެރެއިން 3 މީހަކަށް ބަންދު މުއްދަތު ޖަހައިފި
14 މެއި 2026

ނޫސްވެރިން ދޫކޮށްލަން ގޮވާލާ މާލޭގައި ކުރި މުޒާހަރާއިން 10 މީހަކު ހައްޔަރުކުރި!

14 މެއި 2026
ނޫސްވެރިން ދޫކޮށްލަން ގޮވާލާ މާލޭގައި ކުރި މުޒާހަރާއިން 10 މީހަކު ހައްޔަރުކުރި!
13 މެއި 2026

ނޫސްވެރިން ދޫކޮށްލަން ގޮވާލާ މާލޭގައި މުޒާހަރާކޮށްފި

13 މެއި 2026
ނޫސްވެރިން ދޫކޮށްލަން ގޮވާލާ މާލޭގައި މުޒާހަރާކޮށްފި
11 މެއި 2026

ޕާޓީ ޖޫރިމަނާކުރީ ގުޅުމެއް ނެތް ކަމެއްގައި: ޕީއެންއެފް

11 މެއި 2026
ޕާޓީ ޖޫރިމަނާކުރީ ގުޅުމެއް ނެތް ކަމެއްގައި: ޕީއެންއެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް