Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޕީއެންސީ

އުތުރު ކޮރެއާގެ ޚުދުމުހުތާރު ވެރިކަމުގެ ބިރުވެރިކަން "ރީތި، ލޯބި" ކަމަކަށް ހެދިދާނެ ހެއްޔެވެ؟

6 ސެޕްޓެމްބަރު 2026 | އާދީއްތަ 08:57

ރައީސް މުއިއްޒު އަށް ސަނާކިޔުމުގެ ގޮތުން، އުތުރު ކޮރެއާގެ ޚުދުމުޚުތާރު ސަގާފަތަކީ "ލޯބި އަދި ރީތި" ކަމެއް ކަމަށް މެންބަރު ފަލާހު ވިދާޅުވުމާ ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައި. ދުނިޔޭގެ އެންމެ އަނިޔާވެރި ނިޒާމެއް މިސާލަކަށް ނެންގެވުމަކީ ޑިމޮކްރަސީއާ ބީރައްޓެހި، ލަދުވެތި އަމަލެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރޭ

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 6 ސެޕްޓެމްބަރު 2026 | އާދީއްތަ 08:57
ޑރ. މުހައްމަދު މުއިއްޒުގެ ނަންފުޅު ކިޔުމުން، އުތުރު ކޮރެއާގެ ރައްޔިތުން އެ ޤައުމުގެ ލީޑަރަށް އަތްޖަހާ އުސޫލުން އަތްޖެހުމަކީ "ވަރަށް ލޯބި އަދި ވަރަށް ރީތި" ކަމެއް ކަމަށް ބުނެ ޕީއެންސީގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވަނީ ވާހަކަ ދައްކަވާފައި

ޑރ. މުހައްމަދު މުއިއްޒުގެ ނަންފުޅު ކިޔުމުން، އުތުރު ކޮރެއާގެ ރައްޔިތުން އެ ޤައުމުގެ ލީޑަރަށް އަތްޖަހާ އުސޫލުން އަތްޖެހުމަކީ "ވަރަށް ލޯބި އަދި ވަރަށް ރީތި" ކަމެއް ކަމަށް ބުނެ ޕީއެންސީގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވަނީ ވާހަކަ ދައްކަވާފައި | ރާއްޖެ އެމްވީ

ރާއްޖޭގެ ސިޔާސީ މަސްރަހުގައި ވެރިންނަށް ސަނާކިޔުމަކީ އަބަދުވެސް ފެންނަމުންދާ ކަމެކެވެ.

ނަމަވެސް، ފަހަކަށް އައިސް މިކަން މިވަނީ ދުވަހަކު ވެސް ނުދެކޭފަދަ ހިސާބަކަށް ގޮސްފަ އެވެ. ވެރިމީހާގެ ރުހުން ހޯދުމަށްޓަކައި ޕޯޑިއަމްތަކަށް އަރައި، ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭ ހިސާބަށް ސިޔާސީ ވެރީންގެ ވާހަކަތައް މިވަނީ ބަދަލުވެފަ އެވެ.

އަދުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނަންފުޅު ކިޔުމުން، އުތުރު ކޮރެއާގެ ރައްޔިތުން އެ ޤައުމުގެ ލީޑަރަށް އަތްޖަހާ އުސޫލުން އަތްޖެހުމަކީ "ވަރަށް ލޯބި އަދި ވަރަށް ރީތި" ކަމެއް ކަމަށް ބުނެ ޕީއެންސީގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ޕޯޑިއަމްގައި ދެއްކެވި ވާހަކައަކީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި ކަމެކެވެ. ސިޔާސީ ވެރިންނަށް ސަނާކިޔުމުގެ މަޤުސަދުގައި، ދުނިޔޭގައި އޮތް އެންމެ އަނިޔާވެރި އަދި ޚުދުމުޚުތާރު ނިޒާމެއްގެ އަމަލުތައް މިސާލަކަށް ނެގުމަކީ ވިސްނާލަންޖެހޭ ސީރިއަސް މައްސަލައެކެވެ.

މުއިއްޒުގެ ނަންފުޅު ކިޔުމުން ސަޕޯޓަރުން އަތްޖަހާ ގޮތް ވަރަށް ތަފާތު ކަމަށް ފަލާހު ވިދާޅުވި އެވެ. އަދި އެގޮތަށް އަތްޖަހަނީ އުތުރު ކޮރެއާގައި ކަމަށާއި، އެގޮތަށް އަތްޖެހީމާ "ވަރަށް ލޯބި، ވަރަށް ރީތި" ކަމަށް ފަލާހު ވިދާޅުވީ ގަސްތުގައި ހަމަ ރައްޔިތުން ރުޅި އަރުވަން ހެއްޔެވެ.

މިއީ ހަގީގަތުގައި ވެސް ދެރަ އަދި ލަދުވެތި ވާހަކައެކެވެ. ދުނިޔޭގައި އޮތް އެންމެ އަނިޔާވެރި، އިންސާނީ ހައްޤުތައް ނެތް، އަދި ރައްޔިތުން އަޅުވެތިކޮށްގެން ވެރިކަންކުރާ އުތުރު ކޮރެއާގެ ޚުދުމުހުތާރު ސަގާފަތަކީ "ލޯބި އަދި ރީތި" އެއްޗެއްގެ ގޮތުގައި ސިފަކުރުމުން، މެންބަރު ފަލާހު އަށް އުތުރު ކޮރެއާއަކީ ކިހިނެއްވާ ތަނެއްކަން އެއްވެސް ވަރަކަށް އެނގިވަޑައިނުގަންނަވަނީ ހެއްޔެވެ. އުތުރު ކޮރެއާގައި ވެރިމީހާއަށް މީހުން އަތްޖަހަނީ ލޯބިންނެއް ނޫނެވެ. އެއީ އަތް ނުޖަހައިފިނަމަ މަރާލައި އަދަބު ލިބިދާނެ ކަމުގެ ބިރަށެވެ.

ފަލާހު އެވެ. އުތުރު ކޮރެއާއަކީ އެއް ޕާޓީގެ ޚުދުމުޚުތާރު ވެރިކަމެއް އޮންނަ، އެއް އާއިލާއެއްގެ މުށުތެރޭގައި ޤައުމުގެ ހުރިހާ ބާރުތަކެއް ހިފެހެއްޓިފައިވާ ތަނެއް ކަން އެނގިވަޑައިގަންނަވާ ހެއްޔެވެ.

ފަލާހު އެވެ. އެ ޤައުމުގައި ސަރުކާރަށް ފާޑުކިޔުމަކީ އަދި ސިޔާސީ އިދިކޮޅު ހަރަކާތްތަކަކީ މުޅިން މަނާ، އަދި އެކަންކަމަށް ހަރުކަށި އަދަބު ލިބޭ ކަންކަން ކަން އެނގިވަޑައިގަންނަވާ ހެއްޔެވެ. ވެރިޔާ ފެނުމުން ނުވަތަ ނަން އިވުމުން އަތްޖަހަނީ ލޯބިންނޫން ކަމާއި އެއީ ބިރުވެރިކަމުގެ ތެރެއިން މަޖުބޫރުވެގެން ކުރާ ކަމެއްކަން ދުނިޔެ ދަނެ އެވެ.

ފާލާހު އެވެ. އުތުރު ކޮރެއާގައި ރައްޔިތުންގެ އަސާސީ އެއްވެސް މިނިވަންކަން ނޯވެ އެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަން ވަނީ މުޅިން ފޭރިގެންފަ އެވެ. ސަރުކާރާ ދެކޮޅަށް އެންމެ ބަހެއް ބުނެލާ މީހާ އަދި އޭނާގެ މުޅި އާއިލާ ސިޔާސީ ގައިދީންގެ ކޭމްޕުތަކަށް ފޮނުވާލައި، އިންސާނިއްޔަތާ ޚިލާފު އެތައް އަނިޔާއެއް ދެ އެވެ. މިއީ މުޅި ދުނިޔެ ވެސް ކުށްވެރިކުރާ އަނިޔާވެރި އަމަލުތަކެކެވެ. ފަލާހު އަށް އެކަން އެނގިވަޑައިގަންނަވާ ހެއްޔެވެ.

ފަލާހު އެވެ. މިފަދަ ބިރުވެރި، އަނިޔާވެރި އަދި އިންސާނިއްޔަތުކަމެއް ނެތް ނިޒާމެއްގައި ރައްޔިތުން ބިރުން ތިބެ ވެރިމީހާއަށް އަތްޖަހާ ޖެހުމަކީ "ވަރަށް ލޯބި އަދި ރީތި" ކަމެއްގެ ގޮތުގައި ފަލާހު ތިޔަ ސިފަ ކުރެއްވީ ހެއްޔެވެ. ވެރިންނަށް ސަނާކިޔައި، ސިޔާސީ މަންފާ ހޯދުމަށްޓަކައި ފަލާހު ފަދަ ބޭފުޅުން ކޮންމެ ފަދަ ވާހަކައެއް ވެސް ދައްކަވާފާނެކަން މިއަދު މިވަނީ ވަރަށް ސާފުކޮށް ހާމަވެފަ އެވެ. ނަމަވެސް، އަނިޔާވެރިކަމާއި ޚުދުމުޚުތާރު ސަގާފަތްތަކަކީ ދިމިޤްރާތީ ވެށްޓެއްގައި ދުވަހަކު ވެސް ރީތި ނުވަތަ ލޯބި ކަމަކަށް ނުވާނެ އެވެ.

ފަލާހު ތިޔަ ދެއްކެވި ވާހަކައަކީ ހަމައެކަނި ދުލަށް އައިހާ އެއްޗެއް ވިދާޅުވުމެއް ނޫނެވެ. އުތުރު ކޮރެއާގެ ހަރުކަށި ސިފަތައް މިހާރު ވެސް ރައީސް މުއިއްޒުގެ ސަރުކާރުން ދަނީ ފެންނަމުންނެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް، ރައްޔިތުންނާއި ނޫސްވެރިންގެ އަނގަ ބަންދުކުރުމަށް އުތުރު ކޮރެއާގައި ހިންގާ ކަހަލަ މިލިޓަރީ އަދި ހުދުމުޚުތާރު އުސޫލުތައް ރާއްޖެއަށް މިވަނީ ތައާރަފްކޮށްފަ އެވެ. މިފަދަ ސިޔާސަތުތަކުގެ ސަބަބުން ދުވަހެއް ދުވަހަކަށް ރައްޔިތުން މިދަނީ ނިކަމެތިވަމުންނެވެ.

ޕޯޑިއަމެއް ލިބޭއިރަށް ވެރިމީހާއަށް ސަނާ ކިޔަމުން ގޮސް، ޤައުމުގެ މިނިވަންކަމާއި ރައްޔިތުންގެ އިހްސާސްތަކަށް ބެލުމެއްނެތި، ދުނިޔޭގެ އެންމެ އަނިޔާވެރި ވެރިކަން މިސާލަކަށް ނަގައި ވާހަކަދެއްކުމަކީ ބޮޑުވަރެކެވެ. މިއީ ހަމައެކަނި ސިޔާސީ ސަމާސާއެއްގެ ގޮތުގައި ދޫކޮށްލެވޭނެ ކަން ކަމެއް ނޫނެވެ. މިއީ ވެރިކަމުގެ ބާރުތައް ބޭނުންކޮށްގެން ޤައުމު ގެންދަން އުޅޭ މިސްރާބު ހާމަކޮށްދޭ ބިރުވެރި އިންޒާރެކެވެ.

ޑރ. މުހައްމަދު މުއިއްޒުއަހުމަދު ފަލާހުއުތުރު ކޮރެއާޕީއެންސީ

އެންމެ ހިނގާ

1

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

2

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

3

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

4

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

5

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

އިތުރަށް ކިޔާލަން

06 ސެޕްޓެމްބަރު 2026

ޔާމީން އަކީ ސިހުރު ހާހޫރައާ ނިކަން ދޯޅު ބޭފުޅެއް، އެކަމަށްޓަކައި މީހަކު ބަރަހަނާކޮށް މޫދަށް އެރުވާފައި ވެސް ބަހައްޓާ: ފަލާހު

06 ސެޕްޓެމްބަރު 2026
ޔާމީން އަކީ ސިހުރު ހާހޫރައާ ނިކަން ދޯޅު ބޭފުޅެއް، އެކަމަށްޓަކައި މީހަކު ބަރަހަނާކޮށް މޫދަށް އެރުވާފައި ވެސް ބަހައްޓާ: ފަލާހު
06 ސެޕްޓެމްބަރު 2026

ރައީސް މުއިއްޒުގެ ނަންފުޅު އިވުމުން ސަޕޯޓަރުން އަތްޖަހަނީ އުތުރު ކޮރެއާގެ ރައްޔިތުން އަތްޖަހާހެން: ފަލާހު

06 ސެޕްޓެމްބަރު 2026
ރައީސް މުއިއްޒުގެ ނަންފުޅު އިވުމުން ސަޕޯޓަރުން އަތްޖަހަނީ އުތުރު ކޮރެއާގެ ރައްޔިތުން އަތްޖަހާހެން: ފަލާހު
05 ސެޕްޓެމްބަރު 2026

މިއަހަރު ސިއްހީ ދާއިރާއަށް އިތުރު 2000 އެއްހާ މުވައްޒަފުން ނަގާނަން: ރައީސް މުއިއްޒު

05 ސެޕްޓެމްބަރު 2026
މިއަހަރު ސިއްހީ ދާއިރާއަށް އިތުރު 2000 އެއްހާ މުވައްޒަފުން ނަގާނަން: ރައީސް މުއިއްޒު
04 ސެޕްޓެމްބަރު 2026

ލިބޭ ކޮންމެ 100 ރުފިޔާއަކަށް މުއިއްޒު ގެންދަވަނީ 104 ރުފިޔާ ޚަރަދު ކުރައްވަމުން

04 ސެޕްޓެމްބަރު 2026
ލިބޭ ކޮންމެ 100 ރުފިޔާއަކަށް މުއިއްޒު ގެންދަވަނީ 104 ރުފިޔާ ޚަރަދު ކުރައްވަމުން
04 ސެޕްޓެމްބަރު 2026

ނޭޕާލަށް 65 ހާސް ޑޮލަރު ހަދިޔާކުރުމަށް މުއިއްޒު ނިންމެވި އިރު، ލަންކާ އިން 1 މިލިއަން ޑޮލަރު ހަދިޔާކުރި

04 ސެޕްޓެމްބަރު 2026
ނޭޕާލަށް 65 ހާސް ޑޮލަރު ހަދިޔާކުރުމަށް މުއިއްޒު ނިންމެވި އިރު، ލަންކާ އިން 1 މިލިއަން ޑޮލަރު ހަދިޔާކުރި
03 ސެޕްޓެމްބަރު 2026

މުއިއްޒާއި މުއިއްޒުގެ ހިސާބު ކިތާބު

03 ސެޕްޓެމްބަރު 2026
މުއިއްޒާއި މުއިއްޒުގެ ހިސާބު ކިތާބު
03 ސެޕްޓެމްބަރު 2026

ޕީއެންސީއަށް ސޮއިކުރަން މުވައްޒަފުންނަށް މަޖުބޫރުކުރާކަން ހާމަވުމުން ސްޓެލްކޯއިން އެޗްއާރް މުވައްޒަފު ބަދުނާމުކޮށް، އޭނާ ސަސްޕެންޑުކޮށްފި!

03 ސެޕްޓެމްބަރު 2026
ޕީއެންސީއަށް ސޮއިކުރަން މުވައްޒަފުންނަށް މަޖުބޫރުކުރާކަން ހާމަވުމުން ސްޓެލްކޯއިން އެޗްއާރް މުވައްޒަފު ބަދުނާމުކޮށް، އޭނާ ސަސްޕެންޑުކޮށްފި!
02 ސެޕްޓެމްބަރު 2026

"އިންޑިއާ އައުޓް" އިން "ޝުކުރިއްޔާ އިންޑިއާ" އަށް މުއިއްޒުގެ ބަހުރުވަ ބަދަލުވި ވާހަކަ އިންޑިއާގެ ނޫސްތަކުގެ ސުރުޚީތަކުގައި

02 ސެޕްޓެމްބަރު 2026
"އިންޑިއާ އައުޓް" އިން "ޝުކުރިއްޔާ އިންޑިއާ" އަށް މުއިއްޒުގެ ބަހުރުވަ ބަދަލުވި ވާހަކަ އިންޑިއާގެ ނޫސްތަކުގެ ސުރުޚީތަކުގައި
02 ސެޕްޓެމްބަރު 2026

ބައެއް ފަހަރު ހީވަނީ މިއީ އަލަށް އުފަންވި ގައުމެއްހެން!

02 ސެޕްޓެމްބަރު 2026
ބައެއް ފަހަރު ހީވަނީ މިއީ އަލަށް އުފަންވި ގައުމެއްހެން!
02 ސެޕްޓެމްބަރު 2026

ފަތުރުވެރިން މޮނީޓަރު ކުރުމާއި މި ސަރުކާރުގެ ޑޮލަރުގެ ސިޔާސަތުގެ ސަބަބުން އިގުތިސާދަށް ބޮޑު ގެއްލުމެއް ލިބޭނެ: ވަކީލު އާސިފް

02 ސެޕްޓެމްބަރު 2026
ފަތުރުވެރިން މޮނީޓަރު ކުރުމާއި މި ސަރުކާރުގެ ޑޮލަރުގެ ސިޔާސަތުގެ ސަބަބުން އިގުތިސާދަށް ބޮޑު ގެއްލުމެއް ލިބޭނެ: ވަކީލު އާސިފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް