Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖިންސީ ގޯނާ

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޖިންސީ ގޯނާކުރި ދެކުނު ކޮރެއާގެ ރައްޔިތަކު 15 އަހަރަށް ޖަލަށް

2 ސެޕްޓެމްބަރު 2026 | ބުދަ 06:32

ދެކުނު ކޮރެއާގެ ނުކުޅެދުންތެރިކަން ހުންނަ މީހުން ބަލަހައްޓާ މަރުކަޒެއްގައި ހިނގި ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން، މުޅި ގައުމުގައި ހުރި އެ ފަދަ ހުރިހާ ފެސިލިޓީތަކެއް ސަރުކާރުން ވަނީ ބަލައި ފާސްކޮށްފައި. މި ތަހުގީގުތަކުން އިތުރު މަރުކަޒުތަކެއްގައި ވެސް އަނިޔާކުރާކަން ފާހަގަކުރެވިފައިވާއިރު، ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ އެ މަރުކަޒު ބަންދުކޮށް ހުއްދަ ބާތިލުކުރުމަށް ނިންމާފައި.

ނިއުސް ޓީމް
ނިއުސް ޓީމް | 2 ސެޕްޓެމްބަރު 2026 | ބުދަ 06:32
ދެކުނު ކޮރެއާގެ ގިނަ ބަޔަކު ދަނީ، އެ ޑައިރެކްޓަރުގެ އަމަލުތައް އެހާ ގިނަ ދުވަސް ވަންދެން އެއްވެސް މީހަކަށް ފާހަގަނުވެ އޮތީ ކިހިނެއްތޯ ސުވާލު އުފައްދަމުން.

ދެކުނު ކޮރެއާގެ ގިނަ ބަޔަކު ދަނީ، އެ ޑައިރެކްޓަރުގެ އަމަލުތައް އެހާ ގިނަ ދުވަސް ވަންދެން އެއްވެސް މީހަކަށް ފާހަގަނުވެ އޮތީ ކިހިނެއްތޯ ސުވާލު އުފައްދަމުން. | ގެޓީ އިމޭޖަސް

ދެކުނު ކޮރެއާގެ ނުކުޅެދުންތެރިކަން ހުންނަ މީހުން ބަލަހައްޓާ މަރުކަޒެއްގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބަޔަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި، އެ މަރުކަޒުގެ ކުރީގެ ވެރިޔާ ޖަލަށްލުމަށް އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފި އެވެ. މުޅި ގައުމު ސިއްސުވާލި މި ހާދިސާއާ ގުޅިގެން، ސޯލްގެ ހުޅަނގުން އޮންނަ އިންޗިއޮން ސިޓީގެ "ސެކްޑޮންގްވޮން" ފެސިލިޓީގައި ދިރިއުޅޭ ތިން މީހަކަށް ޖިންސީ ގޯނާކުރިކަން ސާބިތުވެ، ކިމް ނަމަކަށް ކިޔާ އެ މަރުކަޒުގެ ކުރީގެ ވެރިޔާގެ މައްޗަށް ވަނީ 15 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.

ފުލުހުން މި މައްސަލަ ތަހުގީގު ކުރަން ފަށާފައިވަނީ، ބުއްދި ހަމަނުޖެހޭ އަންހެނަކު އޭނާއަށް ލިބުނު އަނިޔާތަކުގެ ވާހަކަ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ހިއްސާކުރުމާ ގުޅިގެންނެވެ. މި މައްސަލައާ ގުޅިގެން ދެކުނު ކޮރެއާގެ ސަރުކާރުން ވަނީ މުޅި ގައުމުގައި ހުރި ނުކުޅެދުންތެރިކަން ހުންނަ މީހުން ބަލަހައްޓާ 1،507 މަރުކަޒެއް ބަލައި ފާސްކޮށްފަ އެވެ. މި ފާސްކުރުންތަކުގެ ތެރެއިން އިތުރު 33 މަރުކަޒެއްގައި އަނިޔާކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ވަނީ ފާހަގަކުރެވިފަ އެވެ.

ދެކުނު ކޮރެއާގެ ބޮޑުވަޒީރު ކިމް މިން-ސިއޮކް ވަނީ ސެކްޑޮންގްވޮން މަރުކަޒުގައި ހިނގާދިޔަ މި ހާދިސާއަކީ ދައުލަތެއް އޮތުމުގެ ބޭނުމާމެދު ސުވާލު އުފެދޭ ފަދަ ނުރައްކާތެރި މައްސަލައެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. ގަންގްވާ ކައުންޓީން އިސްނަގައިގެން އެ މަރުކަޒުގައި ދިރިއުޅޭ މީހުންގެ ހާލަތު ބެލުމަށް ކުރިއަށްގެންދިޔަ ތަހުގީގަކުން ހާމަވި ގޮތުގައި، އެ ތަނުގައި މިހާރު ދިރިއުޅޭ އަދި ކުރިން ދިރިއުޅުނު 20 އަންހެނަކަށް ޖިންސީ ގޯނާ ލިބިފައިވުމުގެ ފުރުސަތު އެބައޮތެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުން ޖިންސީ ގޯނާއިން ރައްކާތެރިކުރުމަށް 2011 ވަނަ އަހަރު ގާނޫނުތައް ހަރުކަށިކޮށްފައި ވަނިކޮށް، މި ފަދަ ހާދިސާއެއް އަދިވެސް ހިނގަން މެދުވެރިވި ސަބަބާމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. މީގެ އިތުރުން، އެ މަރުކަޒުގެ ޑިރެކްޓަރުގެ މި އަމަލުތައް އެހާ ގިނަ ދުވަސްވަންދެން އެއްވެސް މީހަކަށް ނޭނގި ސިއްރުވެފައި އޮތް ގޮތަކާމެދު ވެސް އާންމުންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފަ އެވެ.

މި މައްސަލައާ ގުޅިގެން ގަންގްވާ ކައުންޓީން ވަނީ ސެކްޑޮންގްވޮން މަރުކަޒު ބަންދުކުރުމަށް އަމުރުކޮށްފަ އެވެ. އަދި އިންޗިއޮން ސިޓީގެ އޮފިޝަލުން ވަނީ އެ މަރުކަޒު ހިންގަމުންދިޔަ މަރުކަޒަށް ދޫކޮށްފައިވާ ހުއްދަ ބާތިލުކޮށްފަ އެވެ. ނަމަވެސް، އެ ތަނުގައި މިހާރު ތިބި މީހުން އެހެން ތަންތަނަށް ބަދަލުކޮށް، އަމިއްލައަށް ދިރިއުޅެވޭނެ އިންތިޒާމުތައް ހަމަޖެހެންދެން މަރުކަޒު ބަންދުކުރުން ވަނީ ފަސްކޮށްފަ އެވެ. އެ މަރުކަޒު މިހާރު ވަނީ ހުއްދަ ބާތިލުކުރި މައްސަލަ އިސްތިއުނާފުކޮށް ކޯޓަށް މައްސަލައެއް ހުށަހަޅާފަ އެވެ.

މަސްދަރު: ބީބީސީ

ދެކުނު ކޮރެއާ

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

5

އީރާނުން އަމިއްލައަށް އުފައްދާފައިވާ އެއާ ޑިފެންސް ސިސްޓަމްތަކުން ފަހުގެ ހަނގުރާމައިގައި ދުޝްމަނުންގެ 200 އަށްވުރެ ގިނަ މަތިންދާބޯޓު ވައްޓާލި

އިތުރަށް ކިޔާލަން

20 އޯގަސްޓު 2026

ދެކުނު ކޮރެއާ އާއި އިންޑިއާ އިން ކަސްޓަމްސްގެ ދާއިރާ އިން ގުޅުން ބަދަހިކުރުމަށް އެއްބަސްވެއްޖެ

20 އޯގަސްޓު 2026
ދެކުނު ކޮރެއާ އާއި އިންޑިއާ އިން ކަސްޓަމްސްގެ ދާއިރާ އިން ގުޅުން ބަދަހިކުރުމަށް އެއްބަސްވެއްޖެ
13 އޯގަސްޓު 2026

ހީތުރޯ ފަހަތައް ޖައްސާލުމަށްފަހު ދުނިޔޭގެ އެންމެ ބިޒީ އެއާޕޯޓަކަށް ދެކުނު ކޮރެއާގެ އިންޗިއޮން އެއާޕޯޓް

13 އޯގަސްޓު 2026
ހީތުރޯ ފަހަތައް ޖައްސާލުމަށްފަހު ދުނިޔޭގެ އެންމެ ބިޒީ އެއާޕޯޓަކަށް ދެކުނު ކޮރެއާގެ އިންޗިއޮން އެއާޕޯޓް
08 އޯގަސްޓު 2026

ބައިނަލްއަގުވާމީ މެޗުތަކަށް އައި ބޭރުގެ ރެފްރީންނަށް ޖިންސީ ޚިދުމަތް ފޯރުކޮށްދިން ކަމަށް ދެކުނު ކޮރެއާގެ ފުޓްބޯޅަ އެސޯސިއޭޝަނުން އިއުތިރާފުވެ، މާފަށް އެދިއްޖެ

08 އޯގަސްޓު 2026
ބައިނަލްއަގުވާމީ މެޗުތަކަށް އައި ބޭރުގެ ރެފްރީންނަށް ޖިންސީ ޚިދުމަތް ފޯރުކޮށްދިން ކަމަށް ދެކުނު ކޮރެއާގެ ފުޓްބޯޅަ އެސޯސިއޭޝަނުން އިއުތިރާފުވެ، މާފަށް އެދިއްޖެ
06 އޯގަސްޓު 2026

އުތުރު ކޮރެއާއިން ޖަޕާން ކަނޑަށް ބެލިސްޓިކް މިސައިލެއް ފޮނުވާލައިފި

06 އޯގަސްޓު 2026
އުތުރު ކޮރެއާއިން ޖަޕާން ކަނޑަށް ބެލިސްޓިކް މިސައިލެއް ފޮނުވާލައިފި
25 ޖުލައި 2026

ދެކުނު ކޮރެއާގެ ވޯލްޑް ކަޕް ތަރި ލީ ކަންގް-އިން އެތުލެޓިކޯ މެޑްރިޑަށް ސޮއިކޮށްފި

25 ޖުލައި 2026
ދެކުނު ކޮރެއާގެ ވޯލްޑް ކަޕް ތަރި ލީ ކަންގް-އިން އެތުލެޓިކޯ މެޑްރިޑަށް ސޮއިކޮށްފި
22 ޖުލައި 2026

ދެކުނު ކޮރެއާގައި މަޝްހޫރު ރެސްޓޯރެންޓެއްގައި، ފޮނިކާތަކެތި ގާނިޝްކުރުމަށް ހިނި ބޭނުންކުރި މައްސަލައެއްގައި އެތަނުގެ ވެރިޔާ އެއް އަހަރަށް ޖަލަށްލުމަށް ޕްރޮސެކިއުޓަރުން އެދިއްޖެ

22 ޖުލައި 2026
ދެކުނު ކޮރެއާގައި މަޝްހޫރު ރެސްޓޯރެންޓެއްގައި، ފޮނިކާތަކެތި ގާނިޝްކުރުމަށް ހިނި ބޭނުންކުރި މައްސަލައެއްގައި އެތަނުގެ ވެރިޔާ އެއް އަހަރަށް ޖަލަށްލުމަށް ޕްރޮސެކިއުޓަރުން އެދިއްޖެ
20 ޖުލައި 2026

ފީފާ ވޯލްޑް ކަޕް 2026 - ސްޕެއިންގެ ކުބާސީ އަށް ވޯލްޑް ކަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ލިބިއްޖެ

20 ޖުލައި 2026
ފީފާ ވޯލްޑް ކަޕް 2026 - ސްޕެއިންގެ ކުބާސީ އަށް ވޯލްޑް ކަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ލިބިއްޖެ
15 ޖުލައި 2026

އޭއައި ސްމާޓް އައިނު ބޭނުންކޮށްގެން ގައުމީ ފެންވަރުގެ އިމްތިހާނެއްގައި މަކަރު ހެދި މައްސަލައެއްގައި، ދެކުނު ކޮރެއާގައި ފުރަތަމަ ފަހަރަށް ޖިނާއީ ދައުވާއެއް އުފުލައިފި

15 ޖުލައި 2026
އޭއައި ސްމާޓް އައިނު ބޭނުންކޮށްގެން ގައުމީ ފެންވަރުގެ އިމްތިހާނެއްގައި މަކަރު ހެދި މައްސަލައެއްގައި، ދެކުނު ކޮރެއާގައި ފުރަތަމަ ފަހަރަށް ޖިނާއީ ދައުވާއެއް އުފުލައިފި
29 ޖޫން 2026

ދެކުނު ކޮރެއާގެ ގައުމީ ޓީމުގެ ކޯޗަކީ "ގާބިލުކަމެއް ނެތް" މީހެއް ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެ، ގައުމީ ޓީމު ކެޓި ސަބަބު ތަހުގީގު ކުރަން އަމުރު ކުރައްވައިފި

29 ޖޫން 2026
ދެކުނު ކޮރެއާގެ ގައުމީ ޓީމުގެ ކޯޗަކީ "ގާބިލުކަމެއް ނެތް" މީހެއް ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެ، ގައުމީ ޓީމު ކެޓި ސަބަބު ތަހުގީގު ކުރަން އަމުރު ކުރައްވައިފި
29 ޖޫން 2026

ދެކުނު ކޮރެއާ އިން އޭއައި އަށް 1 ޓްރިލިއަން ޑޮލަރު އިންވެސްޓް ކުރަނީ

29 ޖޫން 2026
ދެކުނު ކޮރެއާ އިން އޭއައި އަށް 1 ޓްރިލިއަން ޑޮލަރު އިންވެސްޓް ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް