Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް: އއ.އަތޮޅުގެ ޗެމްޕިއަންކަން މަތިވެރި ހޯދައިފި

26 އޯގަސްޓު 2026 | ބުދަ 06:11

މަތިވެރި އިން ޗެމްޕިއަންކަން ހޯދީ އަންގާރަ ދުވަހުގެރޭ ކުޅުނު ފައިނަލް މެޗުގައި 1-0 އިން ބޮޑުފޮޅުދޫ ބަލިކޮށްގެން. މެޗުގައި މަތިވެރީގެ ހަމައެކަނި ލަނޑު ޖެހީ ޒުވާން ކުޅުންތެރިޔާ އަލީ އަލްސަން. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކީ ވެސް އޭނާ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 އޯގަސްޓު 2026 | ބުދަ 06:11
އއ.އަތޮޅުގެ ޗެމްޕިއަންކަން ހޯދި މަތިވެރި ޓީމު

އއ.އަތޮޅުގެ ޗެމްޕިއަންކަން ހޯދި މަތިވެރި ޓީމު | ބިލް ގްރަފީ

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕްގެ އއ.އަތޮޅުގެ ޗެމްޕިއަންކަން މަތިވެރި އިން ހޯދައިފި އެވެ.

މަތިވެރި އިން ޗެމްޕިއަންކަން ހޯދީ އަންގާރަ ދުވަހުގެރޭ ކުޅުނު ފައިނަލް މެޗުގައި 1-0 އިން ބޮޑުފޮޅުދޫ ބަލިކޮށްގެންނެވެ. މެޗުގައި މަތިވެރީގެ ހަމައެކަނި ލަނޑު ޖެހީ ޒުވާން ކުޅުންތެރިޔާ އަލީ އަލްސަން އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކީ ވެސް އޭނާ އެވެ.

އަތޮޅު ޗެމްޕިއަންޝިޕްގައި އއ.އަތޮޅުން ބައިވެރިވީ ބޮޑުފޮޅުދޫ އާއި މަތިވެރި އެވެ. މިއާއެކު ދެ ޓީމަށް ވެސް ވަނީ ޒޯން ބުރުން ފުރުސަތު ލިބިފަ އެވެ.

އއ.އަތޮޅާ އެކު މިހާތަނަށް އަށް އަތޮޅެއްގެ ޗެމްޕިއަންޝިޕް ވަނީ ނިމިފައި އެވެ. މި މަހުގެ ހަ ވަނަ ދުވަހު އަތޮޅު ޗެމްޕިއަންޝިޕް ފެށީ ހަ ރަށަކުން ވާދަ ކުރި ބ. އަތޮޅުންނެވެ. މި އަތޮޅުގެ ފައިނަލްގެ ޖާގަ އާއެކު ޒޯނަށް ކޮލިފައިވީ ޗެމްޕިއަން އޭދަފުށްޓާއި ރަނަރަޕް ތުޅާދޫ އެވެ. ޅ. އަތޮޅުން ދެ ޓީމު ވާދަކުރި އިރު ނައިފަރު ބަލިކޮށް ޗެމްޕިއަންކަން ހޯދީ ހިންނަވަރެވެ. ރ. އަތޮޅު ފައިނަލްގައި އިނގުރައިދޫ ބަލިކޮށް ޗެމްޕިއަންކަން ހޯދީ ދުވާފަރެވެ.

ހަތަރު ޓީމު ވާދަކުރި ނ. އަތޮޅުގެ ޗެމްޕިއަންކަން ހޯދީ މަގޫދޫ އެން ސްޕޯޓްސް އެވެ. އެ ޓީމުން ވަނީ ފައިނަލްގައި މަނަދޫ ބަލިކޮށްފައި އެވެ. ހދ. އަތޮޅުން ހަ ޓީމު ވާދަ ކުރި އިރު، ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ނައިވާދޫ ބަލި ކުރި ހަނިމާދޫ އެވެ. އަދި ފިއްލަދޫ ބަލިކޮށް އިހަވަންދޫ އިން ވަނީ ހއ. އަތޮޅުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

އެފްއޭއެމް އިން ވަނީ ކުލަބު މޯލްޑިވްސް ކަޕް އާއި އެއިޓީން ތަރޓީ އަކީ ރާއްޖޭގެ ޤައުމީ މުބާރާތުގެ ގޮތުގައި ކަނޑައަޅައިފަ އެވެ. އަދި ކުލަބު މޯލްޑިވްސްއާ ގުޅިގެން ވަނީ މުޅި ރާއްޖެ ހިމެނޭހެން، ފުޓުބޯޅައިގެ އައު ލީގު ސިސްޓަމާ އެއް އުސޫލެއްގެ ދަށުން މޯލްޑިވްސް ފުޓްސަލް ލީގު ތައާރަފުކޮށްފަ އެވެ.

އަތޮޅު ޗެމްޕިއަންޝިޕްގައި ޖުމްލަ 59 ރަށަކުން ބައިވެރިވެފައިވާއިރު، ކެންމެ އަތޮޅަކުން ވެސް އެންމެ ގަދަ ދެ ޓީމު، ޒޯން ބުރަށް ކޮލިފައިވާނެ އެވެ. އަދި ޒޯން ބުރުގެ ގަދަ ދެ ޓީމު ކޮލިފައިވާނީ ރީޖަން ލީގަށެވެ. އެއަށްފަހު، ކޮންމެ ރީޖަނެއްގެ ޗެމްޕިއަން ޓީމު ކޮލިފައިވާނީ މޯލްޑިވްސް ފުޓްސަލް ލީގަށެވެ.

އަތޮޅު ފުޓްސަލްގެ ފޯމެޓު އެކުލަވާލެވިފައި ވަނީ މުޅި ރާއްޖެ ހަތަރު ރީޖަން އަކަށް ބަހާލައިގެންނެވެ. ނޯތު، ސެންޓްރަލް، ސައުތު އަދި މާލޭ ރީޖަން އަށް ބަހާލާފައި ވާއިރު، ނޯތު ރީޖަންގައި ހިމެނެނީ ހއ، ހދ، ށ، ނ، ރ، ބ އަދި ޅ އަތޮޅެވެ. ސެންޓްރަލް ރީޖަންގައި ހިމެނެނީ ކ، އއ، އދ، ވ، މ، ފ އަދި ދ އަތޮޅެވެ. ސައުތު ރީޖަންގައި ހިމެނެނީ އެންމެ ދެކުނުގައި އޮންނަ ތ، ލ، ގއ، ގދ، ޏ. އަދި ސ. އަތޮޅެވެ. އަދި ގްރޭޓާ މާލޭ ސަރަހައްދު އެއީ ވަކި ރީޖަން އެކެވެ.

ނޯތު ރީޖަންގެ ށ. އަތޮޅުގެ އިތުރުން ސެންޓްރަލް ރީޖަންގެ ވ. އަތޮޅާއި ސައުތު ރީޖަން އިން. ޏ އަދި ސ. އަތޮޅުން ވެސް އަތޮޅު ބުރުގައި ބައިވެރިވީ އެއް ޓީމެވެ. މިއާ ގުޅިގެން އެ ހަތަރު ރަށް ވެސް ވަނީ އޮޓަމެޓިކުން ޒޯން ބުރަށް ކޮލިފައިވެފައި އެވެ.

ހަމަ އެގޮތުން މާލޭ ރީޖަން އިން ވެސް މުބާރާތުގައި ބައިވެރިވީ އެންމެ ޓީމެކެވެ. އެއާ އެކު މާލޭ ރީޖަން އިން ވާދަ ކުރާ ހަމައެކަނި ޓީމަށް ވަނީ މޯލްޑިވްސް ފުޓްސަލް ލީގުގެ ޖާގައެއް ޔަގީންވެފައި އެވެ.

އެންމެ ފުރަތަމަ މޯލްޑިވްސް ފުޓްސަލް ލީގު ކުރިއަށްދާނީ 12 ޓީމާ އެކުއެވެ. ހަތަރު ރީޖަންގެ އެއް ވަނަ ޓީމުގެ އިތުރުން ދެން ހިމެނޭނީ ކްލަބް މޯލްޑިވްސް ކަޕްގެ ގަދަ އަށް ޓީމެވެ.

އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި
31 ޖެނުއަރީ 2017

ގައުމީ ޓީމުގެ ކަންތައް ބަލަހައްޓާ ކޮމިޓީ ވަނީ އެކުލަވާލެވިފައި: އެފްއޭއެމް

31 ޖެނުއަރީ 2017
ގައުމީ ޓީމުގެ ކަންތައް ބަލަހައްޓާ ކޮމިޓީ ވަނީ އެކުލަވާލެވިފައި: އެފްއޭއެމް
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
17 ޖެނުއަރީ 2017

އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

17 ޖެނުއަރީ 2017
އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ
07 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

07 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
06 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި

06 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި
04 ޖެނުއަރީ 2017

އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!

04 ޖެނުއަރީ 2017
އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް