Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔަމަން ހަނގުރާމަ

ޔަމަނުގައި ވަރުގަދަ ކުރިމަތިލުންތަކެއް، ބައެއް ރަށްތައް ސަރުކާރު ސިފައިންގެ ބާރުގެ ދަށަށް

5 ސެޕްޓެމްބަރު 2026 | ހޮނިހިރު 04:27

ޔަމަނުގެ އައްސޭރިފަށުގެ ސަރަހައްދުތައް ހިފުމަށް ހޫޘީން ފެށި ވަރުގަދަ ހަމަލާތަކުގައި ދެ ފަރާތުން 120 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، މި ހަމަލާތައް ހުއްޓުވުމަށް ސަރުކާރުން ވަނީ އިތުރު ފައުޖުތައް ފޮނުވާފައި. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ހޫޘީންގެ މައިގަނޑު އަމާޒަކީ އަސްކަރީ ގޮތުން މުހިންމު ބާބުލް މަންދަބް ކަނޑުއޮޅިއާއި އަލް-މައްޚާ ބަނދަރުގެ ކޮންޓްރޯލް އަލުން ހޯދުން

ނިއުސް ޓީމް
ނިއުސް ޓީމް | 5 ސެޕްޓެމްބަރު 2026 | ހޮނިހިރު 04:27
ޔަމަނުގެ އަލް-މައްޚާ ސިޓީގެ ގިނަ އިމާރާތްތަކެއް ވަނީ ސުންނާފަތިވެ، ބިމާ ހަމަވެފައި. ސައުދީ އަރަބިއްޔާ އިސްވެ އެކުލަވައިލި އިއްތިހާދުގެ އެހީތެރިކަމާއެކު ޔަމަނުގެ އަސްކަރިއްޔާއިން ކުރިއަށްގެންދިޔަ ހަނގުރާމައިގެ ތެރެއިން، ހޫޘީ ހަނގުރާމަވެރިންގެ އަތްދަށުން މި ސިޓީ މިނިވަންކޮށްފައިވަނީ 2017 ވަނަ އަހަރުގެ ކުރީކޮޅުގައި

ޔަމަނުގެ އަލް-މައްޚާ ސިޓީގެ ގިނަ އިމާރާތްތަކެއް ވަނީ ސުންނާފަތިވެ، ބިމާ ހަމަވެފައި. ސައުދީ އަރަބިއްޔާ އިސްވެ އެކުލަވައިލި އިއްތިހާދުގެ އެހީތެރިކަމާއެކު ޔަމަނުގެ އަސްކަރިއްޔާއިން ކުރިއަށްގެންދިޔަ ހަނގުރާމައިގެ ތެރެއިން، ހޫޘީ ހަނގުރާމަވެރިންގެ އަތްދަށުން މި ސިޓީ މިނިވަންކޮށްފައިވަނީ 2017 ވަނަ އަހަރުގެ ކުރީކޮޅުގައި | ގެޓީ އިމޭޖަސް

ޔަމަނުގެ ސަރުކާރުގެ ސިފައިންނާއި ހޫޘީ ހަނގުރާމަވެރިންނާ ދެމެދު ކުރިއަށްދާ ވަރުގަދަ ކުރިމަތިލުންތަކުގައި، އެ ގައުމުގެ ހުޅަނގު ދެކުނުގައިވާ މުހިންމު ސަރަހައްދުތަކެއް އަލުން ސަރުކާރުގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށް ޔަމަނުގެ އަސްކަރިއްޔާއިން ބުނެފި އެވެ. ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ސަރުކާރުގެ ފައުޖުތަކުން ހާމަކޮށްފައިވާ ގޮތުގައި، ތާއިޒް ސިޓީގެ ހުޅަނގުން ޖަބަލް ހަބަޝީ ޑިސްޓްރިކްޓްގައި ހިމެނޭ އަލް-ޚަޒާން އަދި އަލް-މަކަހްނާ ފަރުބަދަތައް މިހާރު ވަނީ ސަރުކާރު ސިފައިންގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ.

ރަތް ކަނޑުގެ އައްސޭރިފަށުގައިވާ ދެ ގަވަރުނަރޭޓް ކަމަށްވާ ހުޅަނގު ތާއިޒް އަދި ދެކުނު ހުދައިދާގައި ސިފައިންނާއި ހޫޘީ ހަނގުރާމަވެރިން ހަމަލާ ބަދަލުކުރަމުންދާއިރު، މި ކުރިމަތިލުންތައް ފެށުނީ އައްސޭރިފަށުގެ ސަރަހައްދުތަކަށް ހޫޘީ ހަނގުރާމަވެރިން ވަރުގަދަ ހަމަލާތަކެއް ދޭން ފެށުމާ ގުޅިގެން އެވެ. ހޫޘީންގެ މަސްދަރަކުން ބުނީ، ބުރާސްފަތި ދުވަހު ފެށި މި ހަމަލާތަކުގައި މިހާތަނަށް ދެ ފަރާތުން ޖުމްލަ 100 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށެވެ.

ޔަމަނުގެ އަސްކަރިއްޔާގެ އޮފިޝަލަކު ވިދާޅުވީ، ހުޅަނގުގެ ސަރަހައްދުތަކަށް ހޫޘީން ދިން ހަމަލާތަކުގައި ސަރުކާރު ސިފައިންގެ 24 މީހުން މަރުވެފައިވާ ކަމަށާއި، ތާއިޒްގައި ހިނގި ކުރިމަތިލުންތަކުގައި އިތުރު 15 ސިފައިން މަރުވި ކަމަށެވެ. އަދި، ހޫޘީންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުގެ ސިއްހީ މަސްދަރުތަކުން ބުނީ، ހޫޘީންގެ 42 ހަނގުރާމަވެރިން މަރުވެފައިވާ ކަމަށެވެ. މީގެ އިތުރުން، އައްސޭރިފަށުގެ ސިޓީއެއް ކަމަށްވާ އަލް-މައްޚާގައި ހުރި ރެސްޓޯރަންޓަކަށް ދިން ބެލިސްޓިކް މިސައިލް ހަމަލާއެއްގައި އާންމުންގެ ބަޔަކު މަރުވެ، އިތުރު ބަޔަކު ޒަޚަމްވެފައިވާ ކަމަށް ސަރުކާރުން ހިންގާ ސަބާ ޓީވީން ވަނީ ރިޕޯޓްކޮށްފަ އެވެ. އަދި އޭއެފްޕީން އެއްކުރި މައުލޫމާތުތަކަށް ބަލާއިރު، ހޫޘީންގެ މި އާ ހަމަލާތައް ފެށި ފަހުން ޔަމަނުން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 120 އަށްވުރެ މައްޗަށް އަރާފަ އެވެ.

ހޫޘީންގެ އަމާޒަކީ އައްސޭރިފަށް ކޮންޓްރޯލްކުރުން

ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަނެފައިވާ ޔަމަނު ސަރުކާރުގެ މައި މަރުކަޒު ކަމަށްވާ އަދަންގައި ހުންނެވި އޮފިޝަލަކު ވިދާޅުވީ، ހޫޘީންގެ ބޭނުމަކީ އައްސޭރިފަށަށް ހަމަލާދިނުމުގެ ކުރިން ބާބުލް މަންދަބް ކަނޑުއޮޅިއާއި އަލް-މައްޚާ ސިޓީ ކައިރީގައި އޮތް އުސްބިންތަކަށް އަތްގަދަކުރުން ކަމަށެވެ. އަދި، ބުރާސްފަތި ދުވަހުން ފެށިގެން ހޫޘީން ވަނީ ހުޅަނގު ތާއިޒްގެ ބައެއް ސަރަހައްދުތަކާއި، އަސްކަރީ ގޮތުން މުހިންމު މަރުކަޒެއް ހިމެނޭހެން ބައެއް ތަންތަން ހިފާފައި ކަމަށް ސަރުކާރުގެ އަސްކަރީ އޮފިޝަލަކު ވިދާޅުވި އެވެ. އެހެންކަމުން، ހުޅަނގު ތާއިޒްގައި ހޫޘީން ހޯދަމުންދާ ކުރިއެރުންތައް ހުއްޓުވުމަށް ޓަކައި ސަރުކާރުގެ އިތުރު ފައުޖުތައް އެ ސަރަހައްދަށް ފޮނުވާފައިވާ ކަމަށް ސަބާ ނޫސް އޭޖެންސީން ވަނީ ރިޕޯޓްކޮށްފަ އެވެ.

ޔަމަނުގެ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނީ، ހޫޘީންގެ މި ހަމަލާތަކުގެ މައިގަނޑު މަގްސަދަކީ އަލް-މައްޚާ ސިޓީއާއި އެ ސިޓީގެ ބަނދަރު ސަރަހައްދަށް އަތްގަދަކޮށް، އިތުރު ބިންތައް ހިފުން ކަމަށެެވެ. ރަތް ކަނޑާއި އަދަން ކަނޑުއޮޅި ގުޅުވައިދޭ ބާބުލް މަންދަބް ކަނޑުއޮޅި ކައިރީގައި އޮތް އަލް-މައްޚާ ބަނދަރު ސިޓީއަކީ ކުރިން ހޫޘީންގެ ބާރުގެ ދަށުގައި އޮތް ތަނެކެވެ. ނަމަވެސް، 2017 ވަނަ އަހަރު ސަރުކާރުގެ ފައުޖުތަކާއި ސައުދީ އަރަބިއްޔާއިން އިސްވެ އެކުލަވާލި އަސްކަރީ އިއްތިހާދުން ވަނީ އެ ސިޓީން ހޫޘީން ބޭރުކޮށްފަ އެވެ.

ހޫޘީ ހަނގުރާމަވެރިން ވަނީ މިދިޔަ ޖުލައި މަހު ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކަނޑުގެ މަގުން ހިސާރެއް އިއުލާނުކޮށް، ކަނޑު ދަތުރުފަތުރަށް ހުރަސްއަޅަން ފަށާފައެވެ. ހޫޘީން ބާބުލް މަންދަބް ހިފަން ބޭނުން ވަނީ އަސްކަރީ ގޮތުން މުހިންމު ރޭވުންތަކެއްގެ ދަށުން ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. އެއީ، ކުރިއަށް އޮތް ތަނުގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ނުވަތަ އިސްރާއީލާ ދެކޮޅަށް ކުރާ ހަނގުރާމަތަކުގައި އެ ފަރާތަށް ބޮޑު ފައިދާއެއް ލިބޭނެ ކަމެއް ކަމަށް މާހިރުން ގަބޫލުކުރެ އެވެ.

މަސްދަރު: އަލް ޖަޒީރާ

ޔަމަންހޫޡީބާބުލް މަންދަބުސައުދީ އަރަބިއްޔާ

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

5

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

އިތުރަށް ކިޔާލަން

15 އޯގަސްޓު 2026

ޔަމަނުގެ ހޫޘީން ސައުދީ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދޭން އަލުން ފަށައިފި

15 އޯގަސްޓު 2026
ޔަމަނުގެ ހޫޘީން ސައުދީ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދޭން އަލުން ފަށައިފި
12 އޯގަސްޓު 2026

ހޫޘީން ބާބުލް މަންދަބުން ދަތުރުކުރި އާގުބޯޓަކަށް ދިން ހަމަލާގައި އަނިޔާވި މީހުންނާއި މަރުވި މީހުންގެ އަދަދު 16 އަށް

12 އޯގަސްޓު 2026
ހޫޘީން ބާބުލް މަންދަބުން ދަތުރުކުރި އާގުބޯޓަކަށް ދިން ހަމަލާގައި އަނިޔާވި މީހުންނާއި މަރުވި މީހުންގެ އަދަދު 16 އަށް
12 އޯގަސްޓު 2026

ޔަމަނުގެ ހޫޘީން ސައުދީގެ ތާއީދު އޮންނަ ފައުޖުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފި

12 އޯގަސްޓު 2026
ޔަމަނުގެ ހޫޘީން ސައުދީގެ ތާއީދު އޮންނަ ފައުޖުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފި
12 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅި ހުރަސްކުރި އުޅަނދުފަހަރު ވަރަށް ބޮޑަށް ދަށްވެއްޖެ

12 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅި ހުރަސްކުރި އުޅަނދުފަހަރު ވަރަށް ބޮޑަށް ދަށްވެއްޖެ
11 އޯގަސްޓު 2026

ސައުދީ އާގުބޯޓަކަށް ހޫޘީން ދިން މިސައިލް ހަމަލާއެއްގައި 3 މީހުން މަރުވެއްޖެ

11 އޯގަސްޓު 2026
ސައުދީ އާގުބޯޓަކަށް ހޫޘީން ދިން މިސައިލް ހަމަލާއެއްގައި 3 މީހުން މަރުވެއްޖެ
10 އޯގަސްޓު 2026

ހޫޘީންގެ ހަމަލާގައި ޔަމަނުގައި 7 މަރު، 30 ޒަޚަމް

10 އޯގަސްޓު 2026
ހޫޘީންގެ ހަމަލާގައި ޔަމަނުގައި 7 މަރު، 30 ޒަޚަމް
09 އޯގަސްޓު 2026

ހޫޘީން ސައުދީގެ ދައުލަތުގެ ތެޔޮ ކުންފުނި އަރަމްކޯ އަށް ހަމަލާދީފި

09 އޯގަސްޓު 2026
ހޫޘީން ސައުދީގެ ދައުލަތުގެ ތެޔޮ ކުންފުނި އަރަމްކޯ އަށް ހަމަލާދީފި
08 އޯގަސްޓު 2026

ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުތަކަކީ ކޮބާ؟ އީރާނާ ދެކޮޅަށް ކުރެވޭ ހަނގުރާމައަށް މީގެ ސަބަބުން ކުރާނެ އަސަރަކީ ކޮބާ؟

08 އޯގަސްޓު 2026
ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުތަކަކީ ކޮބާ؟ އީރާނާ ދެކޮޅަށް ކުރެވޭ ހަނގުރާމައަށް މީގެ ސަބަބުން ކުރާނެ އަސަރަކީ ކޮބާ؟
08 އޯގަސްޓު 2026

މައްކާގެ ދިފާއީ އެއްބަސްވުމުގެ ސަބަބުން މެދުއިރުމަތީގައި އެމެރިކާގެ ދައުރަށް ވާނީ ކިހިނެއް؟

08 އޯގަސްޓު 2026
މައްކާގެ ދިފާއީ އެއްބަސްވުމުގެ ސަބަބުން މެދުއިރުމަތީގައި އެމެރިކާގެ ދައުރަށް ވާނީ ކިހިނެއް؟
07 އޯގަސްޓު 2026

އީރާން ސައުދީއަށް: ދިފާއީ އެއްބަސްވުމުން ސަލާމަތެއް ނުލިބޭނެ

07 އޯގަސްޓު 2026
އީރާން ސައުދީއަށް: ދިފާއީ އެއްބަސްވުމުން ސަލާމަތެއް ނުލިބޭނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް