Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑޮލަރު

ބޭރަށް ފުރާ މީހުންނަށް 1000 ޑޮލަރު ދޭނެ ކަމަށް ވައުދުވީއިރު، މެދު އިރުމަތީގެ ހަނގުރާމަ ފެށޭނެ ކަމެއް ނޭނގޭ: ރައީސް މުއިއްޒު

11 މެއި 2026 | ހޯމަ 06:21

ރައީސް މުއިއްޒު ވިދާޅުވީ، ބޭރަށް ފުރާ ދިވެހިންނަށް ބޭންކުތަކުން ދޫކުރާ ޑޮލަރުގެ މިންވަރު 1000 އަށް އިތުރުކުރުމަށް ވެވަޑައިގެންނެވި ވައުދުފުޅު ފުއްދުމަށް ހުރަސް އެޅުނީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ކަމަށް. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމަނިކުފާނު ވިދާޅުވީ، 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ބަދަލު ގެންނާނެ ކަމަށް ވިދާޅުވިއިރު ހަނގުރާމައެއް ފެށޭނެކަން އެނގިވަޑައިނުގަންނަވާ ކަމަށް. ނަމަވެސް، އެމްއެމްއޭއިން މިހާރު ދަނީ އެކަން ކުރެވޭނެ އެންމެ އަވަސް ތާރީޚެއް ބަލަމުން ކަމަށްވެސް ރައީސް ފާހަގަކުރެއްވި.

އަމްނާ އިމާދު
އަމްނާ އިމާދު | 11 މެއި 2026 | ހޯމަ 06:21
ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ. | ރައީސް އޮފީސް

ބޭރަށް ފުރާ މީހުންނަށް 1000 ޑޮލަރު ދޭނެ ކަމަށް ވައުދުވެވަޑައިގެންނެވިއިރު، މެދު އިރުމަތީގެ ހަނގުރާމަ ފެށޭނެކަން އެނގިވަޑައިނުގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެޓީވީގެ ނޫސްވެރިޔާ ވަނީ، ވީއައިއޭއިން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 1000 ޑޮލަރަށް ބޮޑު ކުރައްވާނެ ރައީސް މުއިއްޒު ވިދާޅުވެފައިވާތީ އެކަން ފާހަގަކޮށްފަ އެވެ. ނަމަވެސް  2026 ވަނަ އަހަރު ފުރަތަމަ ކުއާޓަރު ނިމުނުއިރުގައި ވެސް ރައީސް މުއިއްޒު އެހައި ސާފުކޮށް އަދި ޔަގީންކަމާއެކު ވިދާޅުވެފައިވާ ވައުދުފުޅެއް ނުފުއްދި އޮތީ ކީއްވެތޯ ސުވާލު ކޮށްފަ އެވެ. 

Advertisement - newsAdvertisement

މިސުވާލާ ގުޅިގެން ރައީސް މުއިއްޒު ވިދާޅުވީ، 2025 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވިއިރު 2026 ވަނަ އަހަރުގެ ފެބްރުއަރީ 28 ގައި މެދުއިރުމަތީ ހަނގުރާމައެއް ފެށޭނެ ކަމެއް ނޭނގޭ ކަމަށެވެ. 

2025 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވިއިރުގައި ނޭނގޭ 2026 ވަނަ އަހަރުގެ ފެބްރުއަރީ 28 ގައި މެދުއިރުމަތީ ހަނގުރާމައެއް ފެށޭނެ ކަމެއް. އެއީ ވީ ގޮތަކީ. ހަނގުރާމައާ ގުޅިގެން އެމްއެމްއޭއިން ހިސާބު ހައްދަވާފައި އެބޭފުޅުން އެ ބައްލަވަނީ ދެން އެންމެ އަވަހަށް ކިހައި އަވަހަކަށްތޯ އެކަމަށް އެބޭފުޅުންނަށް ގޯ ހެއްދެވޭނީ. 
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

 2025 ވަނަ އަހަރު ރައްޔިތުން މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ވީއައިއޭއިން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު، 2026 ވަނަ އަަހަރުގެ ފުރަތަމަ ކުއާޓަރުގައި ދެގުނަކޮށް، އެ އަދަދު 1000 ޑޮލަރަށް އިތުރުކުރެވޭނެ ކަމަށެވެ. އަދި 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ކްރެޑިޓް ކާޑު ލިމިޓްތައް 1400 ޑޮލަރަށް ބޮޑު ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ވީއައިއޭއިން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު، 2026 ވަނަ އަަހަރުގެ ފުރަތަމަ ކުއާޓަރުގައި ދެގުނަކޮށް، އެ އަދަދު 1000 ޑޮލަރަށް އިތުރުކުރެވޭނެ. އަދި 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ކްރެޑިޓް ކާޑު ލިމިޓްތައް 1400 ޑޮލަރަށް ބޮޑުކޮށްދެވޭނެ. މިކަމަކީ ގާނޫނު ތަންފީޒު ވަމުންދާ މިންވަރަކުން ދިވެހި ރައްޔިތުންނަށް ސީދާ ފައިދާ ލިބި ފުދުންތެރިކަން މަގުފަހިވާނެ ކަންކަން. މިގާނޫނު ތަންފީޒު ކުރުމުގައި ރިސޯޓުތަކާއި ގެސްޓު ހައުސްތަކާއި، ސިޓީ ހޮޓާތައް އަދި މި ގާނޫނުން ޑޮލަރު މާރުކުރަން ޖެހޭ އެންމެހާ ވިޔަފާރިތަކުގެ ފުރިހަމަ އެއްބާރުލުން ދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްކަން ފާހަގަކުރަން.  
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

މީގެ އިތުރުން ރައީސް މުއިއްޒުގެ ސަރުކާރުން 500 ޑޮލަރު މާރު ކުރަންޖެހޭ ގޮތަށް ބޭރު ފައިސާ އާ ބެހޭ ބިލު ތަންފީޒު ކުރުމާއެކު މިހާރު ދައުލަތަށް ޑޮލަރު މިންވަރު އިތުރު ކަމަށް މާލީ ބޭފުޅުން ވިދާޅުވެފައިވެ އެވެ. ނަމަވެސް މާކެޓުގައި ޑޮލަރު ދައުރުނުވެ، އާއްމު ރައްޔިތުންނަށް ޑޮލަރު ލިބުން ވަނީ ވަރަށް ބޮޑަށް ދަތިވެފަ އެވެ. މީގެ އިތުރުން ޑޮލަރުގެ ކަޅު ބާޒާރު ނައްތާލާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އެ ބާޒާރު އިތުރަށް ފުޅާވެ، ޑޮލަރުގެ އަގު ވަނީ 20 ރުފިޔާއަށް އަރާފަ އެވެ. 

ވީއައިއޭ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުޑޮލަރު

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

3

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

އިތުރަށް ކިޔާލަން

11 މެއި 2026

މި ސަރުކާރުން ގާނޫނަށް ގެނެސްފައިވާ ބަދަލުތައް ބާތިލްކޮށް، އުފައްދާފައިވާ ބޭކާރު ކުންފުނިތައް އުވާލަން ޖެހޭ: ފައިސަލް

11 މެއި 2026
މި ސަރުކާރުން ގާނޫނަށް ގެނެސްފައިވާ ބަދަލުތައް ބާތިލްކޮށް، އުފައްދާފައިވާ ބޭކާރު ކުންފުނިތައް އުވާލަން ޖެހޭ: ފައިސަލް
10 މެއި 2026

ރާއްޖެ އަކީ 30 އިންސައްތަ އަަށް ވުރެ ތާއީދު ދަށްކޮށް އޮތް ރައީސް މުއިއްޒުގެ ގައުމެއް ނޫން: ކުރީގެ ރައީސް ނަޝީދު

10 މެއި 2026
ރާއްޖެ އަކީ 30 އިންސައްތަ އަަށް ވުރެ ތާއީދު ދަށްކޮށް އޮތް ރައީސް މުއިއްޒުގެ ގައުމެއް ނޫން: ކުރީގެ ރައީސް ނަޝީދު
09 މެއި 2026

ވެރިކަމަށް އައުމަށް ބޭނުންކުރި ހަރުގަނޑު އެއްލާލުމަށްފަހު، މިހާރު އަނެއްކާވެސް އެ ހަރުގަނޑު ގެނެސް ޖެއްސީތަ؟

09 މެއި 2026
ވެރިކަމަށް އައުމަށް ބޭނުންކުރި ހަރުގަނޑު އެއްލާލުމަށްފަހު، މިހާރު އަނެއްކާވެސް އެ ހަރުގަނޑު ގެނެސް ޖެއްސީތަ؟
09 މެއި 2026

ރައީސް މުއިއްޒުގެ އަތްޕުޅުގައި ނައިބު ރައީސް ބަދަލު ކުރުމުގެ ބާރު އޮތް ނަމަ މިހާރު 10 ނުވަތަ 12 ނައިބު ރައީސުން އައްޔަން ކުރާނެ: ނިޝާން

09 މެއި 2026
ރައީސް މުއިއްޒުގެ އަތްޕުޅުގައި ނައިބު ރައީސް ބަދަލު ކުރުމުގެ ބާރު އޮތް ނަމަ މިހާރު 10 ނުވަތަ 12 ނައިބު ރައީސުން އައްޔަން ކުރާނެ: ނިޝާން
08 މެއި 2026

ބީއެމްއެލްއަށް އިތުރު ޑޮލަރު ބޭނުންވުމަކީ ''ނެޗުރަލް'' ކަމެއް: މިނިސްޓަރު ސައީދު

08 މެއި 2026
ބީއެމްއެލްއަށް އިތުރު ޑޮލަރު ބޭނުންވުމަކީ ''ނެޗުރަލް'' ކަމެއް: މިނިސްޓަރު ސައީދު
07 މެއި 2026

ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޭންކުން ގެންގުޅޭ ނިޒާމުތައް އިތުރަށް ހަރުދަނާކޮށްފި

07 މެއި 2026
ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޭންކުން ގެންގުޅޭ ނިޒާމުތައް އިތުރަށް ހަރުދަނާކޮށްފި
07 މެއި 2026

އައިޝާ ޑޮކިއުމެންޓްރީއާ ގުޅިގެން ރައީސް މުއިއްޒުގެ ބަޔާނެއް ނެގިތޯ ކުރި ސުވާލަށް ޖަވާބު ދެއްވުމަށް މުންދު ދެކޮޅު ހައްދަވައިފި

07 މެއި 2026
އައިޝާ ޑޮކިއުމެންޓްރީއާ ގުޅިގެން ރައީސް މުއިއްޒުގެ ބަޔާނެއް ނެގިތޯ ކުރި ސުވާލަށް ޖަވާބު ދެއްވުމަށް މުންދު ދެކޮޅު ހައްދަވައިފި
07 މެއި 2026

ކުރީގެ ރައީސް ޔާމީނު ދެކެ އެންމެ ލޯބިވާ އެންމެ އަޅާލަން ބޭނުންވާ ބޭފުޅަކީ ރައީސް މުއިއްޒު: މިނިސްޓަރު ސައީދު

07 މެއި 2026
ކުރީގެ ރައީސް ޔާމީނު ދެކެ އެންމެ ލޯބިވާ އެންމެ އަޅާލަން ބޭނުންވާ ބޭފުޅަކީ ރައީސް މުއިއްޒު: މިނިސްޓަރު ސައީދު
06 މެއި 2026

ހަނޑުލުގެ ސްޓޮކް ދަށްވެ އެސްޓީއޯ ކާޑު ގުދަނުން ލިމިޓްކޮށް ހަނޑޫ ވިއްކަނީ!

06 މެއި 2026
ހަނޑުލުގެ ސްޓޮކް ދަށްވެ އެސްޓީއޯ ކާޑު ގުދަނުން ލިމިޓްކޮށް ހަނޑޫ ވިއްކަނީ!
06 މެއި 2026

އީޝާ ފުލުހަށް ހާޒިރު ކުރީ ހަތަރު ފަރާތުން މަގު ބަންދުކޮށްގެން، ފުލުހުން ދަނީ ނޫސްވެރިންނަށް ވެސް ހުރަސް އަޅަމުން

06 މެއި 2026
އީޝާ ފުލުހަށް ހާޒިރު ކުރީ ހަތަރު ފަރާތުން މަގު ބަންދުކޮށްގެން، ފުލުހުން ދަނީ ނޫސްވެރިންނަށް ވެސް ހުރަސް އަޅަމުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް