Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވީއައިއޭ

ވީއައިއޭ އަށް އާދިއްތަ ދުވަހު އަންނަން އޮތް 14 އަށްވުރެ ގިނަ ފްލައިޓް ކެންސަލް ވާނެ

1 މާރިޗު 2026 | އާދީއްތަ 09:32

މެދުއިރުމަތީގެ މަސްރަހު ގޯސްވެ، ވައިގެ ދަތުރުފަތުރަށް ބުރޫއެރުމުގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް އަންނަން އޮތް ގިނަ ފްލައިޓްތަކެއް ކެންސަލްވެ، ޓާމިނަލް ވަނީ ވަރަށް ބޮޑަށް ތޮއްޖެހިފައި. މި ހާލަތާ ގުޅިގެން، ރާއްޖޭގެ އިގްތިސާދާއި ފަތުރުވެރިކަން ހިމާޔަތްކުރުމަށް މިފަދަ ކުއްލި ހާލަތްތަކުން އަރައިގަނެވޭނެ ފަދަ ދިގު މުއްދަތުގެ އިސްތިރާޖީ ޕްލޭންތަކެއް އެކުލަވާލުމަށް ކަމާބެހޭ ފަރާތްތަކުން ބާރުއަޅާފައިވޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 1 މާރިޗު 2026 | އާދީއްތަ 09:32
އެއަރޕޯޓު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ސަރަހައްދުގައި ބަޔަކު މަޑުކޮށްލައިގެން.

އެއަރޕޯޓު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ސަރަހައްދުގައި ބަޔަކު މަޑުކޮށްލައިގެން.

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާއި ގުޅިގެން ރާއްޖޭގެ މައި އެއަރޕޯޓު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) އަށް އާދިއްތަ ދުވަހު އަންނަން އޮތް 14 އަށްވުރެ ގިނަ ފްލައިޓް ކެންސަލް ވާނެ ކަމަށް ލަފާކޮށްފި އެވެ. 

އިސްރާއީލާއި އެމެރިކާއިން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދިނުމާ ގުޅިގެން، އީރާނުން ދެމުންދާ ރައްދު ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު ވަނީ ވަރަށް ގޯސްވެފަ އެވެ. އެއާއެކު ވައިގެ ދަތުރުފަތުރަށް ބުރޫއަރައި، އެ ސަރަހައްދުން ރާއްޖެ އަންނަ ފުލައިޓުތައް ކެންސަލްވުމުގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ވަނީ ވަރަށް ބޮޑަށް ބުރޫ އަރާފަ އެވެ.

Advertisement - newsAdvertisement

ހަނގުރާމައާ ގުޅިގެން ހޮނިހިރު ދުވަހުގެ ވެސް ގިނަ ފްލައިޓްތައް ކެންސަލްވެ، ވީއައިއޭގެ ބައިނަލްއަގުވާމީ ޓާމިނަލް އޮތީ ތޮއްޖެހިފަ އެވެ.

އޭވިއޭޓާސް މޯލްޑިވްސް އިން ބުނީ، އާދިއްތަ ދުވަހު ރާއްޖެ އަންނަން ހަމަޖެހިފައި އޮތް 12 ފުލައިޓެއް ކެންސަލް ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން އިނާ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގު އެކްސްގައި ވިދާޅުވީ، އާދިއްތަ ދުވަހު ވީއައިއޭއަށް އަންނަން ހަމަޖެހިފައި އޮތް 14 ފުލައިޓެއް ކެންސަލްވާނެ ކަމަށެވެ. މިކަމުގެ ސަބަބުން މިހާރުގެ ހާލަތު ނާޒުކު މިންވަރު ހާމަވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ވައިގެ ދަތުރުފަތުރާއި ފަތުރުވެރިކަމަށް ބޮޑުތަނުން ބަރޯސާވެފައިވާ ގައުމެއްކަން ފާހަގަކުރައްވައި ފިރާގު ވިދާޅުވީ، ގައުމުގެ ތަރައްގީގެ ޕްލޭންތައް ބިނާކުރަންވާނީ ދިމާވެދާނެ މިފަދަ ކުއްލި ހާލަތްތަކުން އަރައިގަނެވޭނެ ގޮތަށް ކަމަށެވެ. އަދި މިފަދަ ހާލަތްތަކަކީ ހަމައެކަނި ވަގުތީ ކަމެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި، ގައުމުގެ ދިގު މުއްދަތުގެ އިސްތިރާޖީ ވިސްނުމުގެ ތެރޭގައި ހިމަނަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

ފިރާގު ވިދާޅުވީ، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި، ސިނާއީ ބައިވެރިންނާއި، އަމިއްލަ ކުންފުނިތަކުގެ އިތުރުން އާންމު ރައްޔިތުންގެ ބައިވެރިވުން މިކަމުގައި މިހާރަށްވުރެ ބޮޑަށް ބޭނުންވާ ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދު ހިމާޔަތްކޮށް، ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އޮތް އިތުބާރު ދެމެހެއްޓޭނީ ދެފުށް ފެންނަ ސިޔާސަތުތަކާއި، ޒިންމާދާރުކަމާއި އަދި އެއްބައިވަންތަކަމާއެކު މަސައްކަތް ކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ. 

އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑްމުޙައްމަދު ފިރާގުވީއައިއޭ

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

08 މެއި 2024

އާއްމުންގެ ޝަކުވާ ބޮޑުވުމާއި ގުޅިގެން އަގުތައް ފެންނާނެހެން ބޯޑުތައް ހަރުކޮށް، އެއާޕޯޓުގެ ޓެކްސީ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފި

08 މެއި 2024
އާއްމުންގެ ޝަކުވާ ބޮޑުވުމާއި ގުޅިގެން އަގުތައް ފެންނާނެހެން ބޯޑުތައް ހަރުކޮށް، އެއާޕޯޓުގެ ޓެކްސީ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފި
21 ޑިސެމްބަރު 2023

ވީއައިއޭއަށް ފުރަން ދާ މީހުން ތިން ގަޑިއިރު ކުރިއަށް ދިއުމަށް އިލްތިމާސްކޮށްފި

21 ޑިސެމްބަރު 2023
ވީއައިއޭއަށް ފުރަން ދާ މީހުން ތިން ގަޑިއިރު ކުރިއަށް ދިއުމަށް އިލްތިމާސްކޮށްފި
30 އޮކްޓޯބަރު 2023

ވީއައިއޭގެ މަޝްރޫއު އަންނަ އަހަރުގެ ސެޕްޓެމްބަރަށް ނިންމުމަށް އަމާޒު ހިފައި، ޚާއްސަ ކޮމެޓީއެއް އެކުލަވާލަނީ

30 އޮކްޓޯބަރު 2023
ވީއައިއޭގެ މަޝްރޫއު އަންނަ އަހަރުގެ ސެޕްޓެމްބަރަށް ނިންމުމަށް އަމާޒު ހިފައި، ޚާއްސަ ކޮމެޓީއެއް އެކުލަވާލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް