Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވްސް ކަސްޓަމްސް ސާރވިސް

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި 1.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ރާއްޖެ އެތެރެކުރަން އުޅުނު 941 ގްރާމްގެ މެތަމްފެޓަމިން ކަސްޓަމްސް އިން ވަނީ އަތުލައިގަނެފައި. މި ތަކެތީގެ މަގުމަތީ އަގު 1.8 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭއިރު، މިއީ މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހު އަތުލައިގަތް ތަކެތި ކަމަށް އެ އިދާރާއިން ބުނޭ. ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މިންވަރު އިތުރުވެފައިވާއިރު، ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެ ފުލުހުންނާ ހަވާލުކޮށްފައިވޭ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 3 ޖޫން 2026 | ބުދަ 07:08
މީގެ ކުރިން ވައިގެ މަގުން ކަސްޓަމްސްއިން މެލޭޝިޔާގެ މީހެއްގެ އަތުން އަތުލައިގަތް މަސްތުވާތަކެތި.

މީގެ ކުރިން ވައިގެ މަގުން ކަސްޓަމްސްއިން މެލޭޝިޔާގެ މީހެއްގެ އަތުން އަތުލައިގަތް މަސްތުވާތަކެތި. | ކަސްޓަމްސް

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި 1.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމް ސަރވިސްއިން އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން ބުނީ. 24 މެއި 2026 ވަނަ ދުވަހު ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު 941 ގްރާމްގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އަތުލައިގަނެފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއެއަރޕޯޓުުން ރާއްޖެ އަށް އެތެރެ ކުރަން އުޅުނު މެތަމްޕެޓަމިން ކަމަށް ކަސްޓަމްސްއިން ބުނެ އެވެ. 

އެ މަސްތުވާތަކެތީގެ އަގު 1.8 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވެސް އެސަރވިސްއިން ބުނެ އެވެ. 

ދޭތެރެދޭތެރެއިން ކަސްޓަމްސްއިން ދަނީ ވައިގެ މަގުން ރާއްޖެ އަށް އެތެރެކުރާ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަންނަމުންނެވެ.

އެގޮތުން މެއި މަހުގެ ތެރޭގައި ވެސް 21 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ ތިން މީހުން ފުލުހުންނާ ހަވާލުކޮށްފައިވާއިރު، އޭޕްރީލް މަހުގެ ތެރޭގައި ވެސް 1.7 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި، 3.3 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފައިވެ އެވެ. އަދި މިފަދަ މައްސަލަތަކުގައި ދިވެހީންނާއި ބިދޭސީން ވެސް ހައްޔަރުކޮށްފައިވެ އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާރވިސް މެތަމްފެޓަމިންމަސްތުވާތަކެތިވީއައިއޭ

އިތުރަށް ކިޔާލަން

19 މެއި 2026

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

19 މެއި 2026
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި
11 މެއި 2026

ބޭރަށް ފުރާ މީހުންނަށް 1000 ޑޮލަރު ދޭނެ ކަމަށް ވައުދުވީއިރު، މެދު އިރުމަތީގެ ހަނގުރާމަ ފެށޭނެ ކަމެއް ނޭނގޭ: ރައީސް މުއިއްޒު

11 މެއި 2026
ބޭރަށް ފުރާ މީހުންނަށް 1000 ޑޮލަރު ދޭނެ ކަމަށް ވައުދުވީއިރު، މެދު އިރުމަތީގެ ހަނގުރާމަ ފެށޭނެ ކަމެއް ނޭނގޭ: ރައީސް މުއިއްޒު
08 މެއި 2026

21 ކިލޯ މަސްތުވާތަކެތި ހޯދައި ތިން މީހުން ހައްޔަރުކޮށްފި

08 މެއި 2026
21 ކިލޯ މަސްތުވާތަކެތި ހޯދައި ތިން މީހުން ހައްޔަރުކޮށްފި
26 އެޕްރީލު 2026

ވައިގެ މަގުން ރާއްޖެއަށް 3.3 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ދެ މީހުން ހައްޔަރު ކޮށްފި

26 އެޕްރީލު 2026
ވައިގެ މަގުން ރާއްޖެއަށް 3.3 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ދެ މީހުން ހައްޔަރު ކޮށްފި
25 އެޕްރީލު 2026

ރާއްޖެއަށް މަސްތުވާތަކެތި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި މެލޭޝިއާ އަންހެނެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

25 އެޕްރީލު 2026
ރާއްޖެއަށް މަސްތުވާތަކެތި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި މެލޭޝިއާ އަންހެނެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު