Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާން ހަނގުރާމައާ މެދު އިސްރާއީލް އިން ކަންބޮޑުވެ، ބިރު ގަންނާކަށް ނުޖެހޭނެ: ޓްރަމްޕް

3 ސެޕްޓެމްބަރު 2026 | ބުރާސްފަތި 07:29

މި އިންޓަވިއުގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާންގެ މައްސަލައިގައި އިސްރާއީލް އިން ބިރުގަންނަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް. އަދި އެމެރިކާގެ ރައީސް އަކީ އޭނާ ކަމަށް ވާތީ، އެ މައްސަލަ ހައްލު ކުރައްވައި، ހުރިހާ ކަމެއް ބަލަހައްޓަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ޓްރަމްޕް ވަނީ އިސްރާއީލް އަށް ދެއްވާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 ސެޕްޓެމްބަރު 2026 | ބުރާސްފަތި 07:29
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް

އީރާން އާއެކު ހިނގަމުންދާ ހަނގުރާމަ އަލުން ފެށިދާނެތީ އެކަމާ އިސްރާއީލް އިން ކަންބޮޑުވާން ނުޖެހޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް މިހެން ވިދާޅުވީ އިސްރާއީލުގެ ނޫސް އެޖެންސީއެއް ކަމަށްވާ "ކާން" އަށް ދެއްވި ފޯނު އިންޓަވިއުއެއްގައި އެވެ.

މި އިންޓަވިއުގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާންގެ މައްސަލައިގައި އިސްރާއީލް އިން ބިރުގަންނަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި އެމެރިކާގެ ރައީސް އަކީ އޭނާ ކަމަށް ވާތީ، އެ މައްސަލަ ހައްލު ކުރައްވައި، ހުރިހާ ކަމެއް ބަލަހައްޓަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ޓްރަމްޕް ވަނީ އިސްރާއީލް އަށް ދެއްވާފައި އެވެ.

ޓްރަމްޕް މިފަދަ ޔަޤީން ކަމެއް ދެއްވާފައި މިވަނީ، ކުރިއަށް އޮތް ޔަހޫދީންގެ ބަންދު ދުވަސް ތަކުގެ ތެރޭގައި އީރާން އިން ހަމަލާއެއް ދީފާނެ ކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައި އެވެ. މިކަމާ ގުޅިގެން އިސްރާއީލްގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކާޓްޒް ބުދަ ދުވަހު ވިދާޅުވީ، އަންނަ ހަފުތާގައި ފެށޭ ޔަހޫދީންގެ ޗުއްޓީ ދުވަސްވަރު އީރާން އިން ހަމަލާއެއް ދީފި ނަމަ، ވަރަށް ވަރުގަދަ ރައްދެއް ދިނުމަށް އިސްރާއީލް އިން އޮތީ ތައްޔާރަށް ކަމަށެވެ.

މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި، ޓްރަމްޕްގެ މި ވާހަކަ ތަކަކީ އިސްރާއީލްގެ ސަލާމަތާއި ރައްކާތެރިކަމަށް އެމެރިކާ އިން ދޭ އަހައްމިއްޔަތު ހާމަކޮށްދޭ ކަމެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެ އެވެ.

އީރާން އާއި އިސްރާއީލްއާ ދެމެދު އޮތް ނުތަނަވަސްކަން ބޮޑުވެފައިވާއިރު، އެމެރިކާގެ ރައީސްގެ ހައިސިއްޔަތުން އެ މައްސަލައިގެ ތެރެއަށް ޓްރަމްޕް ސީދާ ވެދެވަޑައިގަންނަވާނެ ކަމުގެ އިޝާރާތެއް މި ވަނީ ދެއްވާފައި އެވެ.

މިއަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައި އެމެރިކާ އާއި އިސްރާއީލް އިން އީރާން އަށް ދިން ހަމަލާ ތަކުގެ ރައްދުގައި، އީރާން އިން ވަނީ އިސްރާއީލް އާއި އެމެރިކާާގެ މުހިންމު އަމާޒު ތަކަށް ވަރުގަދަ ހަމަލާ ތަކެއް ދީފައި އެވެ. އެ ހަމަލާ ތަކުގެ ސަބަބުން އިސްރާއީލް އަށް އެތައް ގެއްލުންތަކެއް ވެފައިވާއިރު، ފަހުން އިސްރާއީލް އިން ވަނީ އެ ހަނގުރާމަ އިން ނިކުމެފައި އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން ހަނގުރާމައީރާން-އެމެރިކާއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

3

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

4

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

5

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

އިތުރަށް ކިޔާލަން

03 ސެޕްޓެމްބަރު 2026

ހޮރްމޫޒް ކަނޑުއޮޅީގެ ނަން 'ޓްރަމްޕް ސްޓްރެއިޓް' އަށް ބަދަލުކުރަން ހުށަހަޅައިފި

03 ސެޕްޓެމްބަރު 2026
ހޮރްމޫޒް ކަނޑުއޮޅީގެ ނަން 'ޓްރަމްޕް ސްޓްރެއިޓް' އަށް ބަދަލުކުރަން ހުށަހަޅައިފި
03 ސެޕްޓެމްބަރު 2026

ހުރްމުޒް ކަނޑުއޮޅި ހުޅުވާާލުމަށް އޮސްޓްރޭލިއާ އިން ގޮވާލައިފި

03 ސެޕްޓެމްބަރު 2026
ހުރްމުޒް ކަނޑުއޮޅި ހުޅުވާާލުމަށް އޮސްޓްރޭލިއާ އިން ގޮވާލައިފި
03 ސެޕްޓެމްބަރު 2026

އަނެއްކާ ވެސް އިންފަންޓީނޯގެ ދިފާއުގައި ޓްރަމްޕް، ވިދާޅުވީ އެއީ ފީފާގެ ތާރީޚުގައި ވެސް އެންމެ ކާމިޔާބު ރައީސް ކަމަށް

03 ސެޕްޓެމްބަރު 2026
އަނެއްކާ ވެސް އިންފަންޓީނޯގެ ދިފާއުގައި ޓްރަމްޕް، ވިދާޅުވީ އެއީ ފީފާގެ ތާރީޚުގައި ވެސް އެންމެ ކާމިޔާބު ރައީސް ކަމަށް
02 ސެޕްޓެމްބަރު 2026

އީރާނުން ހަމަލާދީ ކުވައިތުގެ އަލީ އަލް-ސާލިމް އެއާ ބޭސްގައި ހުރި އެމެރިކާގެ ކޮމާންޑަރުންގެ ކޮމްޕައުންޑް ސުންނާފަތި ކޮށްލައިފި

02 ސެޕްޓެމްބަރު 2026
އީރާނުން ހަމަލާދީ ކުވައިތުގެ އަލީ އަލް-ސާލިމް އެއާ ބޭސްގައި ހުރި އެމެރިކާގެ ކޮމާންޑަރުންގެ ކޮމްޕައުންޑް ސުންނާފަތި ކޮށްލައިފި
02 ސެޕްޓެމްބަރު 2026

ހުރްމުޒް ކަނޑުއޮޅިން ހޯމަ ދުވަހު 17 މިލިއަން ތެޔޮ ފީފާ ދަތުރުކޮށްފި

02 ސެޕްޓެމްބަރު 2026
ހުރްމުޒް ކަނޑުއޮޅިން ހޯމަ ދުވަހު 17 މިލިއަން ތެޔޮ ފީފާ ދަތުރުކޮށްފި
02 ސެޕްޓެމްބަރު 2026

ސަރުކާރަށް ތާއީދުކޮށް އީރާންގައި ބޭއްވި އެއްވުމެއްގެ ތެރެއަށް ކާރެއް ވައްދާލައި، ހަތަރު މީހަކު މަރުވެއްޖެ

02 ސެޕްޓެމްބަރު 2026
ސަރުކާރަށް ތާއީދުކޮށް އީރާންގައި ބޭއްވި އެއްވުމެއްގެ ތެރެއަށް ކާރެއް ވައްދާލައި، ހަތަރު މީހަކު މަރުވެއްޖެ
02 ސެޕްޓެމްބަރު 2026

ޔޫއޭއީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާން އިން ޑްރޯން ހަމަލާ ދީފި

02 ސެޕްޓެމްބަރު 2026
ޔޫއޭއީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާން އިން ޑްރޯން ހަމަލާ ދީފި
02 ސެޕްޓެމްބަރު 2026

އީރާނުގެ ރޫހާނީ ލީޑަރުގެ ވަރުގަދަ އިންޒާރާއެކު އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް

02 ސެޕްޓެމްބަރު 2026
އީރާނުގެ ރޫހާނީ ލީޑަރުގެ ވަރުގަދަ އިންޒާރާއެކު އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް
01 ސެޕްޓެމްބަރު 2026

އީރާނަށް އެމެރިކާއިން ވަރުގަދަ ހަމަލާތަކެއްދީފި، އެތައް ސަރަހައްދުތަކަކުން ބާރުގަދަ ގޮވުންތަކުގެ އަޑުވަނީ އިވިފައި

01 ސެޕްޓެމްބަރު 2026
އީރާނަށް އެމެރިކާއިން ވަރުގަދަ ހަމަލާތަކެއްދީފި، އެތައް ސަރަހައްދުތަކަކުން ބާރުގަދަ ގޮވުންތަކުގެ އަޑުވަނީ އިވިފައި
01 ސެޕްޓެމްބަރު 2026

އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ މި ދަނޑިވަޅުގައި އީރާނުގެ ރައްޔިތުންނާ އެކު ސާބިތުވެ ހުންނެވިކަން ރަޝިޔާގެ ރައީސް ހާމަކުރައްވައިފި

01 ސެޕްޓެމްބަރު 2026
އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ މި ދަނޑިވަޅުގައި އީރާނުގެ ރައްޔިތުންނާ އެކު ސާބިތުވެ ހުންނެވިކަން ރަޝިޔާގެ ރައީސް ހާމަކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް