Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހިޖަރަކުރުން

ނުގަވާއިދުން ހިޖުރަކުރާ މީހުން ހުއްޓުވަން ބަރނަމްއާއި މެކްރޮން މަޝްވަރާކުރައްވައިފި

4 ސެޕްޓެމްބަރު 2026 | ހުކުރު 05:08

އިނގިރޭސިވިލާތަށް ނުގަވާއިދުން ހިޖުރަކުރާ މައްސަލަ ހައްލުކުރުމަށް ފަރަންސޭސިވިލާތުން 45 އޮފިސަރުންގެ ޓީމެއް ފޮނުވުމަށާއި، ޔޫކްރެއިންގައި މިސައިލް އުފައްދާ ކާރުޚާނާތަކެއް އެޅުމާ ގުޅޭގޮތުން ދެ ގައުމުގެ ވެރިން މަޝްވަރާކުރައްވައިފި. މީގެ އިތުރުން، ބްރެކްސިޓަށްފަހު އިނގިރޭސިވިލާތުގެ އިގްތިސާދު ކުރިއެރުވުމަށް ޓަކައި ވިލާތުގެ އިއްތިހާދާއެކު އޮންނަ ވިޔަފާރީގެ ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ބޮޑުވަޒީރު ބަރނަމް ފާހަގަކުރެއްވި

ނިއުސް ޓީމް
ނިއުސް ޓީމް | 4 ސެޕްޓެމްބަރު 2026 | ހުކުރު 05:08
ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެކްރޮން (ކަނާތްފަރާތުގައި) ވިދާޅުވި ގޮތުގައި، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު އެންޑީ ބަރނަމްއާ އެކު ބޭއްވެވި ބައްދަލުވުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމަށް ބަލާއިރު ވަރަށް މުހިންމު ވަގުތުކޮޅެކެވެ.

ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެކްރޮން (ކަނާތްފަރާތުގައި) ވިދާޅުވި ގޮތުގައި، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު އެންޑީ ބަރނަމްއާ އެކު ބޭއްވެވި ބައްދަލުވުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމަށް ބަލާއިރު ވަރަށް މުހިންމު ވަގުތުކޮޅެކެވެ. | ރޮއިޓާސް

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު އެންޑީ ބަރނަމްއާއި ފަރަންސޭސިވިލާތުގެ ރައީސް އެމަނުއަލް މެކްރޮން ލަންޑަނުގައި ބޭއްވި ރަސްމީ ބައްދަލުވުމެއްގައި، އެ ޤައުމުތަކަށް ނުގަވާއިދުން ހިޖުރަކުރުމުގެ މައްސަލަތަކާއި، ޔޫކްރެއިން ހަނގުރާމަ އަދި ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ. ބަރނަމްގެ އޮފީސް ހުންނަ ޑައުނިންގް ސްޓްރީޓްގައި ބުރާސްފަތި ދުވަހު ބޭއްވި މި ބައްދަލުވުމަކީ، ޖުލައި މަހުގެ 20 ވަނަ ދުވަހު ލޭބަރ ޕާޓީގެ ކުރީގެ ލީޑަރު ކީރް ސްޓާމަރއަށްފަހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، އޭނާ ވިލާތުގެ ގައުމެއްގެ ލީޑަރަކަށް މަރުހަބާ ވިދާޅުވި ފުރަތަމަ ފަހަރެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ނެރުނު ނޫސްބަޔާނެއްގައިވާ ގޮތުން، ބަރނަމްއާއި މެކްރޮން ވަނީ ދެ ގައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. މީގެ ތެރޭގައި ކުދި ބޯޓުފަހަރުގައި އެ ދެ ގައުމަށް ނުގަވާއިދުން ހިޖުރަކުރާ މައްސަލައާއި، ލިޔެކިޔުން ނެތް ހިޖުރަވެރިންނާއި، ހިމާޔަތަށް އެދޭ މީހުން އިނގިރޭސިވިލާތުގެ ދެކުނު އައްސޭރިއަށް އުފުލުމަށް ބޭނުންކުރާ "މެގަ ޑިންގީ" ތަކުގެ މައްސަލަ ހިމެނެ އެވެ.

ޑައުނިންގް ސްޓްރީޓުން ބުނި ގޮތުގައި 2020 ވަނަ އަހަރަށްފަހު ކުދި ބޯޓުފަހަރުގައި އިނގިރޭސިވިލާތަށް އެތެރެވި މީހުންގެ އަދަދު އެންމެ ބޮޑަށް މަދުވެފައިވަނީ މިއަހަރެވެ. ނަމަވެސް، ނުރައްކާތެރި ދަތުރުތައް ކުރުވުމަށް މަގުފަހިކޮށްދޭ ކުށްކުރާ ގްރޫޕްތަކާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތްތައް ހުއްޓާނުލާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މި ކަމަށް އިޖާބަދިނުމުގެ ގޮތުން، 'އިންގްލިޝް ޗެނަލް' ނުވަތަ އިނގިރޭސި ކަނޑުއޮޅި ހުރަސްކޮށް ހުއްދަނެތި ކުރާ ދަތުރުތައް ހުއްޓުވުމަށް އޭޕްރީލް މަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން، ކުރިއަށް އޮތް ހަފުތާތަކުގައި ފަރަންސޭސިވިލާތުގެ ހުޅަނގު އައްސޭރީގެ ގޮނޑުދޮށްތަކަށް 45 އޮފިސަރުންގެ "ސާޖް ޓީމެއް" ފޮނުވާނެ ކަމަށް ފަރަންސޭސި ސަރުކާރުން ވަނީ ބުނެފަ އެވެ.

މި ބައްދަލުވުމުގައި ބަރނަމް ވިދާޅުވީ، މި ހޫނު މޫސުމުގައި ފެނިގެންދިޔަ ކުރިއެރުންތަކުން ހާމަވަނީ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތް ގުޅިގެން މަސައްކަތް ކުރުމުން ހާސިލުކުރެވޭނެ ކާމިޔާބީތައް ކަމަށެވެ. އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ގެންދަވަނީ ބްރެކްސިޓަށްފަހު މަޑުޖެހިފައިވާ ގައުމުގެ އިގްތިސާދީ ކުރިއެރުން ހަލުވިކުރުމަށް ޓަކައި، ވިލާތުގެ ގައުމުތަކާއެކު ގާތް ގުޅުމެއް ބޭއްވުމަށް މަސައްކަތް ކުރައްވަމުންނެވެ.

އޭނާ ވިދާޅުވި ގޮތުގައި ވިލާތުގެ އިއްތިހާދާ (އީޔޫ) ގާތްވުމުގައި އިނގިރޭސިވިލާތުން މިއަށްވުރެ "ކެރޭ" ސިޔާސަތެއް ގެންގުޅެންޖެހެ އެވެ. ނަމަވެސް، އީޔޫގެ ސިންގަލް މާކެޓް ނުވަތަ ކަސްޓަމްސް ޔޫނިއަންއާ އަލުން ގުޅުމަށާއި، އެތެރޭގެ މިނިވަން ދަތުރުފަތުރުގެ އުސޫލުތަކަށް ރުޖޫއަވުމަށް އޭނާގެ ކުރިން ހުންނެވި ބޮޑުވަޒީރު ދެކޮޅު ހެއްދެވި ހެއްދެވުން ބަދަލުކުރަން ބަރނަލް ވަނީ އިންކާރު ކުރައްވާފަ އެވެ.

މިކަންކަން އިތުރަށް ގޯސްވަނީ، 27 ގައުމު ހިމެނޭ އީޔޫގެ ސްޓީލް ނުވަތަ ދަގަނޑުގެ ސިނާއަތް ހިމާޔަތްކުރުމަށް އެކުލަވާލާފައިވާ "މޭޑް އިން ޔޫރަޕް" އެޖެންޑާގެ ސަބަބުން، އިނގިރޭސިވިލާތުގެ ދަގަނޑުގެ ސިނާއަތަށް ގެއްލުންވެދާނެ ކަމުގެ ބިރު އޮތުމުންނެވެ. އިނގިރޭސިވިލާތުގެ ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ، "މޭޑް އިން ޔޫރަޕް" އެޖެންޑާގެ ސަބަބުން އިނގިރޭސިވިލާތުގެ ސިނާއަތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ގޮތްތައް ބޮޑުވަޒީރު ބަރނަމް ވަނީ މެކްރޮންއަށް ތަފްސީލުކޮށްދެއްވާފައި ކަމަށެވެ.

މެކްރޮން ވިދާޅުވީ މިއީ ދެ ގައުމުގެ ގުޅުމަށް "ވަރަށް މުހިންމު ވަގުތެއް" ކަމަށާއި، އޭނާ ލަންޑަނަށް ވަޑައިގަތީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ އަޒުމާއި އިޚްލާޞްތެރިކަމާއެކު ކަމަށެވެ. ދިފާއީ ދާއިރާއާ ގުޅޭގޮތުން ޑައުނިންގް ސްޓްރީޓުން ބުނީ، އިނގިރޭސިވިލާތުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާ ދުރު ރާސްތާގެ 'ސްކެލްޕް' މަރުކާގެ މިސައިލް ޔޫކްރެއިންގައި އުފެއްދުމަށް ކާރުޚާނާތަކެއް ގާއިމުކުރުމާ ގުޅޭގޮތުން ދެ އިސްވާރުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި، މިދިޔަ ހަފުތާގައި ކީވްގައި ބޭއްވި 'ކޯލިޝަން އޮފް ދަ ވިލިންގް' ބައްދަލުވުމުގެ ކާމިޔާބީއާ މެދުވެސް ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވި އެވެ.

މަސްދަރު: އަލް ޖަޒީރާ

އެންޑީ ބާންހަމްޔޫކްރެއިންބްރެކްސިޓްއެމެރިކާ-ފްރާންސްނުގަވާއިދުން ހިޖުރަކުރުން

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

4

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

03 ސެޕްޓެމްބަރު 2026

އިނގިރޭސިވިލާތުގެ އިގުތިސާދު މިއަދުގެ ހާލަތަށް ވައްޓާލީ "ކުރީ ސަރުކާރުން": ބާރނަމް

03 ސެޕްޓެމްބަރު 2026
އިނގިރޭސިވިލާތުގެ އިގުތިސާދު މިއަދުގެ ހާލަތަށް ވައްޓާލީ "ކުރީ ސަރުކާރުން": ބާރނަމް
26 އޯގަސްޓު 2026

އދ. ސަމިޓުގައި ޗާގޯސް އެއްބަސްވުމަށް އަމަލުކުރުމަށް އިނގިރޭސި ބޮޑުވަޒީރަށް ޕްރެޝަރކުރުމަށް މޮރިޝަސް އިން ތައްޔާރުވެއްޖެ

26 އޯގަސްޓު 2026
އދ. ސަމިޓުގައި ޗާގޯސް އެއްބަސްވުމަށް އަމަލުކުރުމަށް އިނގިރޭސި ބޮޑުވަޒީރަށް ޕްރެޝަރކުރުމަށް މޮރިޝަސް އިން ތައްޔާރުވެއްޖެ
24 އޯގަސްޓު 2026

ބޮޑު ވަޒީރުގެ ގޮތުގައި ބާންހަމްގެ ފުރަތަމަ ދަތުރުފުޅު ޔޫކްރެއިން އަށް، އެ ޤައުމަށް މިސައިލް ބްލޫޕްރިންޓް ދެއްވަނީ

24 އޯގަސްޓު 2026
ބޮޑު ވަޒީރުގެ ގޮތުގައި ބާންހަމްގެ ފުރަތަމަ ދަތުރުފުޅު ޔޫކްރެއިން އަށް، އެ ޤައުމަށް މިސައިލް ބްލޫޕްރިންޓް ދެއްވަނީ
23 އޯގަސްޓު 2026

ޒެލެންސްކީ ކޮރަޕްޝަނާ މެދު ޖަވާބުދާރީވާންޖެހޭ: ކުރީގެ ޑިފެންސް މިނިސްޓަރު

23 އޯގަސްޓު 2026
ޒެލެންސްކީ ކޮރަޕްޝަނާ މެދު ޖަވާބުދާރީވާންޖެހޭ: ކުރީގެ ޑިފެންސް މިނިސްޓަރު
17 އޯގަސްޓު 2026

އެމެރިކާގެ ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ސޫޒީ ވައިލްސްގެ ކަމަށް ހެދިގެން އުޅުނު މީހަކާ އިނގިރޭސި ބޮޑުވަޒީރަށް މެސެޖުތަކެއް ބަދަލުކުރެއްވިއްޖެ

17 އޯގަސްޓު 2026
އެމެރިކާގެ ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ސޫޒީ ވައިލްސްގެ ކަމަށް ހެދިގެން އުޅުނު މީހަކާ އިނގިރޭސި ބޮޑުވަޒީރަށް މެސެޖުތަކެއް ބަދަލުކުރެއްވިއްޖެ
15 އޯގަސްޓު 2026

ޔޫކްރެއިންގެ ހަމަލާތަކުން ރަޝިއާގެ ތެލާއި އަސްކަރީ މަރުކަޒުތަކަށް ގެއްލުންދީފި

15 އޯގަސްޓު 2026
ޔޫކްރެއިންގެ ހަމަލާތަކުން ރަޝިއާގެ ތެލާއި އަސްކަރީ މަރުކަޒުތަކަށް ގެއްލުންދީފި
14 އޯގަސްޓު 2026

ކުނި ވަށިގަނޑާ ވާދަކޮށް ފަރާޖް އިންތިޚާބު ކާމިޔާބުކޮށްފި

14 އޯގަސްޓު 2026
ކުނި ވަށިގަނޑާ ވާދަކޮށް ފަރާޖް އިންތިޚާބު ކާމިޔާބުކޮށްފި
09 އޯގަސްޓު 2026

ދިރިއުޅުމުގެ އަގުތައް ބޮޑުވާ މައްސަލަ ހައްލުކޮށް، ރައްޔިތުން ނޭވާލާނެ ފުރުސަތެއް ހޯދައި ދިނުމަށް ބޮޑު ވަޒީރު ބާންހަމް ޚާއްސަ ދަތުރުތަކެއް ފައްޓަވަނީ

09 އޯގަސްޓު 2026
ދިރިއުޅުމުގެ އަގުތައް ބޮޑުވާ މައްސަލަ ހައްލުކޮށް، ރައްޔިތުން ނޭވާލާނެ ފުރުސަތެއް ހޯދައި ދިނުމަށް ބޮޑު ވަޒީރު ބާންހަމް ޚާއްސަ ދަތުރުތަކެއް ފައްޓަވަނީ
03 އޯގަސްޓު 2026

އިންފަންޓީނޯގެ އިސްތިއުފާ އަށް ގޮވާލެއްވި ޤައުމެއްގެ ފުރަތަމަ ލީޑަރަކަށް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބާންހަމް!

03 އޯގަސްޓު 2026
އިންފަންޓީނޯގެ އިސްތިއުފާ އަށް ގޮވާލެއްވި ޤައުމެއްގެ ފުރަތަމަ ލީޑަރަކަށް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބާންހަމް!
30 ޖުލައި 2026

ބާންހަމްއާ ދިމާވި އުމުރުން ދުވަސްވީ މީހަކު ބުނީ، ކޮންމެ ފަސް މިނެޓަކުން ބޮޑު ވަޒީރު ބަދަލުވާތީ އައު މީހަކު މަޤާމާ ހަވާލުވިޔަސް ނޭނގޭ ކަމަށް!

30 ޖުލައި 2026
ބާންހަމްއާ ދިމާވި އުމުރުން ދުވަސްވީ މީހަކު ބުނީ، ކޮންމެ ފަސް މިނެޓަކުން ބޮޑު ވަޒީރު ބަދަލުވާތީ އައު މީހަކު މަޤާމާ ހަވާލުވިޔަސް ނޭނގޭ ކަމަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް