Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފޯޅަވަހި

އދ. ސަމިޓުގައި ޗާގޯސް އެއްބަސްވުމަށް އަމަލުކުރުމަށް އިނގިރޭސި ބޮޑުވަޒީރަށް ޕްރެޝަރކުރުމަށް މޮރިޝަސް އިން ތައްޔާރުވެއްޖެ

26 އޯގަސްޓު 2026 | ބުދަ 04:21

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރުމުގެ އެއްބަސްވުން ހުއްޓިފައިވާ މައްސަލައިގައި، އަންނަ މަހު އދ. ގައި ބާއްވާ ސަމިޓުގައި އިނގިރޭސި ބޮޑުވަޒީރަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިވާނެ ކަމަށް ރިޕޯޓުތައް ބުނެފި. މި މައްސަލައިގައި މޮރިޝަސްއިން ބައިނަލްއަގުވާމީ މައިދާނުގައި އިނގިރޭސިވިލާތާ ދެކޮޅަށް ގާނޫނީ އަދި ޑިޕްލޮމެޓިކް ފިޔަވަޅުތައް އެޅުމަށް ވެސް ދަނީ ވިސްނަމުން

ރާއްޖެ އެމްވީ | 26 އޯގަސްޓު 2026 | ބުދަ 04:21
ލަންޑަންގެ ހައިކޯޓުގެ ބޭރުގައި ޗާގޯސްގެ ރައްޔިތުން މުޒާހަރާ ކުރަމުންދަނީ، މިއީ، އެމީހުންގެ އަމިއްލަ ވަޒަނަށް އެނބުރި ދިއުމުގެ ހައްގު ހޯދުމަށް އިނގިރޭސި ސަރުކާރާ ދެކޮޅަށް ކުރަމުންދާ ގާނޫނީ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތެއްކަމަށް ރިޕޯޓުކޮށްފައިވޭ

ލަންޑަންގެ ހައިކޯޓުގެ ބޭރުގައި ޗާގޯސްގެ ރައްޔިތުން މުޒާހަރާ ކުރަމުންދަނީ، މިއީ، އެމީހުންގެ އަމިއްލަ ވަޒަނަށް އެނބުރި ދިއުމުގެ ހައްގު ހޯދުމަށް އިނގިރޭސި ސަރުކާރާ ދެކޮޅަށް ކުރަމުންދާ ގާނޫނީ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތެއްކަމަށް ރިޕޯޓުކޮށްފައިވޭ | އެލަމީ

އަންނަ މަހު އދ. ގައި ބާއްވާ ބައްދަލުވުމުގައި ޗާގޯސް ޖަޒީރާތަކުގެ މައްސަލައިގައި ބޮޑު ކުރިމަތިލުމަކާ އެންޑީ ބާންހަމް ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެކަން "ދަ ޓެލެގްރާފް" އިން ރިޕޯޓުކޮށްފި އެވެ.

އަންނަ މަހު ނިއުޔޯކުގައި ބޭއްވުމަށް ހަމަޖެހިފައިވާ އދ. ގެ އާންމު މަޖިލީހުގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އިނގިރޭސި ބޮޑުވަޒީރު ރާއްވަވާފައިވާއިރު، އެ ޖަޒީރާތަކުގެ ސިޔާދަތީ ބާރު ދޫކޮށްލުމަށް އިނގިރޭސިވިލާތުން ފަސްޖެހޭ މައްސަލައިގައި މޮރިޝަސްއިން ބޮޑުވަޒީރަށް ގޮންޖަހާނެ ކަމަށް ވެސް ވަނީ ރިޕޯޓުކޮށްފަ އެވެ.

މި ބައްދަލުވުމަކީ ބާންހަމް ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ބައިނަލްއަގުވާމީ ސަމިޓަށް ވީނަމަވެސް، ޗާގޯސްގެ މައްސަލައިގައި އުފެދިފައިވާ ބޮޑު ދެބަސްވުމުގެ ސަބަބުން މި ދަތުރުފުޅުގެ އަސްލު މަގުސަދު އޮޅިގެންދިއުމުގެ ބިރު އެބައޮތެވެ.

އިނގިރޭސިވިލާތުން 2025 ވަނަ އަހަރުގެ މޭ މަހު ވަނީ ޗާގޯސް ޖަޒީރާތައް މޮރިޝަސްއާ ހަވާލުކުރުމަށާއި، އެތަނުގައި އޮންނަ ޑިއޭގޯ ގާސިއާ އަސްކަރީ މަރުކަޒު ކުއްޔަށް ހިފުމަށް ކުރިއަށް އޮތް ގަރުނެއްހާ ދުވަހުގެ ތެރޭގައި އެތައް ބިލިއަން ޕައުންޑެއް ދެއްކުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. ވައިޓް ހައުސްގެ ތާއީދާއެކު މި މަޝްރޫއު އެކުލަވާލި ނަމަވެސް، މިދިޔަ އޭޕްރީލް މަހު ޑޮނަލްޑް ޓްރަމްޕް އެކަމަށް ކުރެއްވި ތާއީދު އަނބުރާ ގެންދަވައި، އެއީ "ވަރަށް ބޮޑު މޮޔަކަމެއް" ކަމަށް ވިދާޅުވުމާ ގުޅިގެން މި އެއްބަސްވުން ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

މި އެއްބަސްވުން ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން އޭޕްރީލް މަހު ހުއްޓާލާފައިވާއިރު، އެ މަސައްކަތް އަލުން ފަށާނެކަމުގެ ޔަގީންކަމެއް ސަރުކާރުން އަދި ދީފައެއް ނުވެ އެވެ.

ޗާގޯސްގެ މައްސަލައިގައި ބާންހަމް ހުންނެވީ ވަރަށް އުނދަގޫ ހާލަތެއްގައި ކަމަށް "ދަ ޓެލެގްރާފް" އިން ބުނެފައިވެ އެވެ. ކޮންޒަވޭޓިވް ޕާޓީއާއި ރިފޯމް ޔޫކޭއިން ބުނަމުންދަނީ އެ ޖަޒީރާތައް އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި ބާއްވަންޖެހޭނެ ކަމަށެވެ. އެމެރިކާ ރުޅިނަރުވައި އެއްބަސްވުމާއިގެން ކުރިއަށް ދެވެން ނެތްއިރު، މޮރިޝަސްއިން ގާނޫނީ ފިޔަވަޅު އަޅާފާނެތީ އެއްބަސްވުން އުވާލެވެންވެސް ނެތެވެ.

މޮރިޝަސް ސަރުކާރުގެ ދެ މަސްދަރަކުން "ދަ ޓެލެގްރާފް" އަށް މައުލޫމާތު ދިން ގޮތުގައި، އދ. ގެ އާންމު މަޖިލީހުގެ ބޭނުން ހިފައިގެން ބާންހަމްއަށް ފިއްތުންތައް ކުރިމަތިކުރުވައި، އެއްބަސްވުމާއިގެން ކުރިއަށް ދިއުމަށް މަޖުބޫރު ކުރުވުމަށް އެ ގައުމުން ދަނީ ރާވަމުންނެވެ.

މޮރިޝަސްއަށް މިހާރު ދިމާވެފައިވާ 170 މިލިއަން ޕައުންޑުގެ ބަޖެޓް ޑެފިސިޓް ފޫބެއްދުމަށް އެ ގައުމުން ޑިއޭގޯ ގާސިއާ ކުއްޔަށް ދީގެން އިނގިރޭސިވިލާތުން ލިބޭ ފައިސާއާއި، 1965 ވަނަ އަހަރު އެ ޖަޒީރާތައް "އިސްތިއުމާރު" ކުރުމުގެ ބަދަލުގެ ގޮތުގައި ލިބޭ ފައިސާ ހޯދަން ބޭނުންވެ އެވެ.

މި އަހަރުގެ ތެރޭގައި އެއްބަސްވުމާއިގެން ކުރިއަށް ދިއުމަށް އިނގިރޭސިވިލާތަށް މަޖުބޫރު ކުރާނެ ކަމުގެ އިންޒާރު ދިނުމަށްފަހު، މޮރިޝަސްގެ ވެރިރަށް ޕޯޓް ލުއިސްގެ އޮފިޝަލަކު ވިދާޅުވީ "ހުރިހާ ގޮތަކަށްވެސް ވިސްނަމުންދާ" ކަމަށެވެ.

މި ސަމިޓުގެ ބޭނުން ހިފައިގެން، އދ. ގެ އެކި އިދާރާތައް މެދުވެރިކޮށް އިނގިރޭސިވިލާތާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް މޮރިޝަސްއިން އެދިދާނެ އެވެ. މިފަދަ ފިޔަވަޅެއްގެ ސަބަބުން އެ އަސްކަރީ މަރުކަޒުގެ މުވާސަލާތީ ވަސީލަތްތައް ބޭނުންކުރުމާއި، ސިޓީ ފަދަ ތަކެތި ފޮނުވުމާއި ބޯޓުފަހަރު ޖެއްސުމަށް ދަތިތަކެއް ކުރިމަތިވެދާނެ އެވެ.

މީގެ އިތުރުން، އިނގިރޭސިވިލާތުން އެ ޖަޒީރާތައް ހިފާފައި އޮތުމަކީ ޣައިރު ގާނޫނީ ކަމެއް ކަމަށް ކަނޑައަޅައި ގަރާރެއް ފާސްކުރުމަށް ނުވަތަ 2019 ވަނަ އަހަރު އެ ޖަޒީރާތައް މޮރިޝަސްއާ ހަވާލުކުރަން ހުކުމްކުރި ބައިނަލްއަގުވާމީ ކޯޓަށް (އައިސީޖޭ) އަލުން މި މައްސަލަ ހުށަހެޅުމަށްވެސް މޮރިޝަސްގެ ވަފުދުން އެދިދާނެ އެވެ.

މިފަދަ ނިންމުންތަކުގެ ސަބަބުން ވަގުތުން ވަގުތަށް ޖަޒީރާތައް ދޫކޮށްލަން އިނގިރޭސިވިލާތަށް މަޖުބޫރު ނުވި ނަމަވެސް، ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމްކުރާ ގައުމެއްގެ ގޮތުގައި އޮތް އޮތުމަށް ބޮޑެތި ޑިޕްލޮމެޓިކް ފިއްތުންތަކެއް ކުރިމަތިވާނެ އެވެ.

މީގެ ކުރިންވެސް ޗާގޯސްގެ މައްސަލައިގައި މޮރިޝަސްއިން އދ. އަށް ހުށަހެޅި ހުށަހެޅުންތަކަށް އެފްރިކަން ޔޫނިއަނާއި، ކުދި ޖަޒީރާ ގައުމުތަކުގެ އިއްތިހާދު (އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް) ގެ ތާއީދު ވަނީ ލިބިފަ އެވެ.

މިދިޔަ ހޯމަ ދުވަހު ޔޫކްރޭންގައި ހުންނަވައި ވާހަކަދައްކަވަމުން ބާންހަމް ވިދާޅުވީ އދ. ގެ ސަމިޓަށް ވަޑައިގަތުމުގެ ފުރުސަތު ބޮޑު ކަމަށެވެ. "އަދި މުޅިން ފައިނަލެއް ނުވޭ، އެކަމަކު މިއަދުގެ މަޝްވަރާތަކަށްފަހު އަޅުގަނޑު ދިއުމުގެ ފުރުސަތު ބޮޑު. ކުރިއަށް އޮތް ހަފުތާތަކުގައި ކުރަންޖެހޭ ކަންކަން މިހާރު ވަރަށް ސާފު،" އޭނާ ވިދާޅުވި އެވެ.

ބޮޑުވަޒީރު އެމެރިކާއަށް ކުރައްވާ މި ދަތުރުފުޅުގައި ޓްރަމްޕާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެކެވެ. ޓްރަމްޕް ސަމިޓުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ކުޑަ ނަމަވެސް، އޭގެ ފަހުން ވައިޓް ހައުސްގައި ބޮޑުވަޒީރާ ބައްދަލުކުރައްވައިފާނެ ކަމަށް ބެލެ އެވެ.

ޗާގޯސްގެ މައްސަލަ ޓްރަމްޕާއި ސަރ ކިއަރ ސްޓާމަރއާ ދެމެދު މައްސަލައަކަށްވީ، އީރާނާ ދެކޮޅަށް ދޭ ހަމަލާތަކުގައި ޑިއޭގޯ ގާސިއާ ހިމެނޭހެން އިނގިރޭސި އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ އިނގިރޭސިވިލާތުން ނުދިނުމާ ގުޅިގެންނެވެ.

ކުރިން ޓްރަމްޕް ވަނީ އިނގިރޭސިވިލާތާއި މޮރިޝަސްގެ އެއްބަސްވުމަށް ތާއީދުކުރައްވާފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ޖަޒީރާތަކުގެ ސިޔާދަތީ ބާރު ދޫކޮށްލުމަށްފަހު، 99 އަހަރުގެ މުއްދަތަށް އަސްކަރީ މަރުކަޒު ކުއްޔަށް ހިފުމަށް ވަނީ ހަމަޖެހިފަ އެވެ.

ނަމަވެސް، އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ މައްސަލައިގައި އުފެދުނު ދެބަސްވުމަށްފަހު އޭނާގެ ނިންމުން ބަދަލުކުރައްވައި، އެއީ "ވަރަށް ބޮޑު މޮޔަކަމެއް" ކަމަށް ވިދާޅުވި އެވެ. އަދި 100 އަހަރުގެ ކުލީގެ އެއްބަސްވުމެއްގައި ސޮއިކުރުމަކީ ހެދޭ ބޮޑު ގޯހެއް ކަމަށް ވިދާޅުވެ ސަރ ކިއަރއަށް އިންޒާރު ދެއްވި ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.

މި އެއްބަސްވުމުގެ ދަށުން މޮރިޝަސްއަށް 35 ބިލިއަން ޕައުންޑު ދެއްކުމަށް އިނގިރޭސިވިލާތުން އެއްބަސްވި އެވެ. ލޭބަރ ސަރުކާރުން ބުނާ ގޮތުގައި އިންފްލޭޝަނަށް ބަލައި، ކުރިމަގުގައި ދައްކަންޖެހޭ ފައިސާގެ އަގު ކަނޑައެޅުމުން، މިއީ އަހަރަކު ގާތްގަނޑަކަށް 101 މިލިއަން ޕައުންޑެވެ.

ޗާގޯސްގެ މައްސަލައިގައި މަސައްކަތް ކުރުމަށް ސަރ ކިއަރ އެންމެ ފުރަތަމަ އައްޔަންކުރެއްވި ސެކިއުރިޓީ އެޑްވައިޒަރު ޖޮނަތަން ޕަވަލް، ބާންހަމްގެ ސަރުކާރުގައިވެސް ވަނީ މަގާމުގައި ދަމަހައްޓާފަ އެވެ.

ފޮރިން އޮފީހުގެ ތަރުޖަމާނަކު "ދަ ޓެލެގްރާފް" އަށް ވިދާޅުވީ ޑިއޭގޯ ގާސިއާއަކީ އިނގިރޭސިވިލާތާއި އެމެރިކާގެ ސަލާމަތާއި ރައްކާތެރިކަމަށް ވޭތުވެދިޔަ 60 އަހަރު ދުވަހު މުހިންމު ދައުރެއް އަދާކޮށްފައިވާ އަސްކަރީ މަރުކަޒެއް ކަމަށެވެ.

"މި ސަރުކާރާ ހަވާލުވިއިރު އޮތީ ޑިއޭގޯ ގާސިއާގެ މަރުކަޒުގެ މައްޗަށް އިނގިރޭސިވިލާތުން އޮތް ބާރުވެރިކަމަށް ނުރައްކާވެފައިވާ ހާލަތެއް،" ތަރުޖަމާނު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އިނގިރޭސިވިލާތާއި މޮރިޝަސްގެ އެއްބަސްވުމުގެ އަސްލަކީ ޑިއޭގޯ ގާސިއާގެ އޮޕަރޭޝަނަލް ކޮންޓްރޯލާއި ސަލާމަތީ ކަންކަން ދިގު މުއްދަތަކަށް ދެމެހެއްޓުން ކަމަށެވެ. އަދި އިނގިރޭސިވިލާތުގެ މަސްލަހަތާއި ގައުމީ ސަލާމަތް ރައްކާތެރިކުރެވޭނެ ގޮތަކަށް އެމެރިކާއާއި މޮރިޝަސްއާއެކު މަސައްކަތް ކުރަމުންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

ފޯޅަވަހިއިނގިރޭސިވިލާތު-މޮރިޝަސްއެންޑީ ބާންހަމްޑިއެގޯ ގާސިއާޔޫންއެން ޖެނެރަލް އެސެމްބްލީ

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

24 އޯގަސްޓު 2026

ބޮޑު ވަޒީރުގެ ގޮތުގައި ބާންހަމްގެ ފުރަތަމަ ދަތުރުފުޅު ޔޫކްރެއިން އަށް، އެ ޤައުމަށް މިސައިލް ބްލޫޕްރިންޓް ދެއްވަނީ

24 އޯގަސްޓު 2026
ބޮޑު ވަޒީރުގެ ގޮތުގައި ބާންހަމްގެ ފުރަތަމަ ދަތުރުފުޅު ޔޫކްރެއިން އަށް، އެ ޤައުމަށް މިސައިލް ބްލޫޕްރިންޓް ދެއްވަނީ
17 އޯގަސްޓު 2026

އެމެރިކާގެ ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ސޫޒީ ވައިލްސްގެ ކަމަށް ހެދިގެން އުޅުނު މީހަކާ އިނގިރޭސި ބޮޑުވަޒީރަށް މެސެޖުތަކެއް ބަދަލުކުރެއްވިއްޖެ

17 އޯގަސްޓު 2026
އެމެރިކާގެ ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ސޫޒީ ވައިލްސްގެ ކަމަށް ހެދިގެން އުޅުނު މީހަކާ އިނގިރޭސި ބޮޑުވަޒީރަށް މެސެޖުތަކެއް ބަދަލުކުރެއްވިއްޖެ
14 އޯގަސްޓު 2026

ކުނި ވަށިގަނޑާ ވާދަކޮށް ފަރާޖް އިންތިޚާބު ކާމިޔާބުކޮށްފި

14 އޯގަސްޓު 2026
ކުނި ވަށިގަނޑާ ވާދަކޮށް ފަރާޖް އިންތިޚާބު ކާމިޔާބުކޮށްފި
12 އޯގަސްޓު 2026

މިހާރު ދިމާވެގެން މި އުޅޭ މާލީ ހާލަތުން އަރައިގަނެވޭނެ ވަރުގެ އަގުހުރި މައުދަން ގެއްލުނު ކަނޑުގެ ސަރަހައްދުގައި ހުރެދާނެ: ޝިޔާމް

12 އޯގަސްޓު 2026
މިހާރު ދިމާވެގެން މި އުޅޭ މާލީ ހާލަތުން އަރައިގަނެވޭނެ ވަރުގެ އަގުހުރި މައުދަން ގެއްލުނު ކަނޑުގެ ސަރަހައްދުގައި ހުރެދާނެ: ޝިޔާމް
09 އޯގަސްޓު 2026

ދިރިއުޅުމުގެ އަގުތައް ބޮޑުވާ މައްސަލަ ހައްލުކޮށް، ރައްޔިތުން ނޭވާލާނެ ފުރުސަތެއް ހޯދައި ދިނުމަށް ބޮޑު ވަޒީރު ބާންހަމް ޚާއްސަ ދަތުރުތަކެއް ފައްޓަވަނީ

09 އޯގަސްޓު 2026
ދިރިއުޅުމުގެ އަގުތައް ބޮޑުވާ މައްސަލަ ހައްލުކޮށް، ރައްޔިތުން ނޭވާލާނެ ފުރުސަތެއް ހޯދައި ދިނުމަށް ބޮޑު ވަޒީރު ބާންހަމް ޚާއްސަ ދަތުރުތަކެއް ފައްޓަވަނީ
07 އޯގަސްޓު 2026

ފޮރުވާނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމުގެ ވައުދާއެކު ވެރިކަމާ ހަވާލުވި ރައީސް މުއިއްޒުގެ ސަރުކާރުން ފޯޅަވަހީގެ މައްސަލައިގައި އިނގިރޭސިވިލާތަށް ފޮނުވި ސިޓީ އަށް ދިން ޖަވާބު ހާމަކުރަން ދެކޮޅު ހަދައިފި

07 އޯގަސްޓު 2026
ފޮރުވާނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމުގެ ވައުދާއެކު ވެރިކަމާ ހަވާލުވި ރައީސް މުއިއްޒުގެ ސަރުކާރުން ފޯޅަވަހީގެ މައްސަލައިގައި އިނގިރޭސިވިލާތަށް ފޮނުވި ސިޓީ އަށް ދިން ޖަވާބު ހާމަކުރަން ދެކޮޅު ހަދައިފި
06 އޯގަސްޓު 2026

ފޯޅަވަހީގެ މައްސަލަ ބައިނަލް އަގުވާމީ ކޯޓަށް ވެއްދޭނެ ތާރީޚެއް ނޭނގޭ: ބަންޑާރަނައިބުގެ އޮފީސް

06 އޯގަސްޓު 2026
ފޯޅަވަހީގެ މައްސަލަ ބައިނަލް އަގުވާމީ ކޯޓަށް ވެއްދޭނެ ތާރީޚެއް ނޭނގޭ: ބަންޑާރަނައިބުގެ އޮފީސް
03 އޯގަސްޓު 2026

ފޯޅަވައްސަކީ ދިވެހިންގެ ތަނެއް ކަމަށް ޝައްކެއްނެތޭ ވިދާޅުވާ ރައީސަކު އެތަން އިނގިރޭސިންގެ އަތްދަށުގައި އޮތުމަކީ އެއްވެސް މައްސަލަ އެއް ނޫނޭ މި ވިދާޅުވަނީ ކީއްވެ؟

03 އޯގަސްޓު 2026
ފޯޅަވައްސަކީ ދިވެހިންގެ ތަނެއް ކަމަށް ޝައްކެއްނެތޭ ވިދާޅުވާ ރައީސަކު އެތަން އިނގިރޭސިންގެ އަތްދަށުގައި އޮތުމަކީ އެއްވެސް މައްސަލަ އެއް ނޫނޭ މި ވިދާޅުވަނީ ކީއްވެ؟
03 އޯގަސްޓު 2026

އިންފަންޓީނޯގެ އިސްތިއުފާ އަށް ގޮވާލެއްވި ޤައުމެއްގެ ފުރަތަމަ ލީޑަރަކަށް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބާންހަމް!

03 އޯގަސްޓު 2026
އިންފަންޓީނޯގެ އިސްތިއުފާ އަށް ގޮވާލެއްވި ޤައުމެއްގެ ފުރަތަމަ ލީޑަރަކަށް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބާންހަމް!
02 އޯގަސްޓު 2026

ވެރިކަން ނުނިމެނީސް ފޯޅަވަހި ހޯދުމުގެ ވައުދުވެސް ފެނަށް

02 އޯގަސްޓު 2026
ވެރިކަން ނުނިމެނީސް ފޯޅަވަހި ހޯދުމުގެ ވައުދުވެސް ފެނަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް