Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ

އިންފަންޓީނޯގެ އިސްތިއުފާ އަށް ގޮވާލެއްވި ޤައުމެއްގެ ފުރަތަމަ ލީޑަރަކަށް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބާންހަމް!

3 އޯގަސްޓު 2026 | ހޯމަ 04:35

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބޮޑު ވަޒީރު ބާންހަމް ވިދާޅުވީ، ވޯލްޑް ކަޕްގެ ހިއްސާ އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް އިންފަންޓީނޯ ހުށަހެއްޅުވި ހުށަހެޅުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް. އަދި މިފަދަ ޚިޔާލެއް ފީފާގެ ތެރެއިން އައުމަކީ ވެސް، އެ އިދާރާގެ ރައީސްގެ މަޤާމުގައި ހުންނެވުމަށް އިންފަންޓީނޯ އަކީ އެންމެ އެކަށީގެންވާ ބޭފުޅާ ނޫންކަން ހާމަވާ ކަމެއް ކަމަށް ވެސް ބޮޑު ވަޒީރު ބާންހަމް ވަނީ ވިދާޅުވެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 އޯގަސްޓު 2026 | ހޯމަ 04:35
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު އެންޑީ ބާންހަމް އާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު އެންޑީ ބާންހަމް އާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ | ސޯޝަލް މީޑިއާ

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާާރާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އިސްތިއުފާ ދެއްވުމަށް، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު އެންޑީ ބާންހަމް ގޮވާލައްވައިފި އެވެ. 

މިއީ ފީފާ ވޯލްޑް ކަޕްގެ ހިއްސާ ވިއްކާލުމަށް އިންފަންޓީނޯ ގެންގުޅުއްވި ވިސްނުމާ ދެކޮޅަށް އެތައް ބަޔަކު ނުކުމެ، އެންމެ ފަހުން އެކަން ހުއްޓާލާފައި ވަނިކޮށް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ގޮވާލެއްވި ގޮވާލުމެކެވެ. މިއީ އިންފަންޓީނޯގެ އިސްތިއުފާ އަށް ދުނިޔޭގެ ޤައުމެއްގެ ލީޑަރުންގެ ތެރެއިން، އިންފަންޓީނޯގެ އިސްތިއުފާ އަށް ގޮވާލެއްވި ފުރަތަމަ ބޭފުޅާ އެވެ. 

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބޮޑު ވަޒީރު ބާންހަމް ވިދާޅުވީ، ވޯލްޑް ކަޕްގެ ހިއްސާ އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް އިންފަންޓީނޯ ހުށަހެއްޅުވި ހުށަހެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިފަދަ ޚިޔާލެއް ފީފާގެ ތެރެއިން އައުމަކީ ވެސް، އެ އިދާރާގެ ރައީސްގެ މަޤާމުގައި ހުންނެވުމަށް އިންފަންޓީނޯ އަކީ އެންމެ އެކަށީގެންވާ ބޭފުޅާ ނޫންކަން ހާމަވާ ކަމެއް ކަމަށް ވެސް ބޮޑު ވަޒީރު ބާންހަމް ވަނީ ވިދާޅުވެފައި އެވެ. 

ފުޓުބޯޅަ އަށް ބޮޑު ޝައުޤުވެރި ކަމެއް ހުންނަވާ، އަދި އެވަޓަން އަށް ސަޕޯޓު ކުރައްވާ ބާންހަމް ވިދާޅުވީ، ފުޓުބޯޅަ އަކީ އިންވެސްޓަރުންގެ މިލްކެއް ނޫން ކަމަށާއި، އެއީ ކޮންމެ ހަފުތާ އަކު ދަނޑަށް ވަދެ ސަޕޯޓުކުރާ އާންމު ރައްޔިތުންގެ އެއްޗެއް ކަމަށެވެ. އަދި ވޯލްޑް ކަޕް އަކީ ދުނިޔޭގެ ކުޅިވަރުގެ އެންމެ ބޮޑު މުބާރާތް ކަމަށާއި، އެއީ އެއްވެސް މީހަކަށް ވިއްކާލެވޭނެ އުފެއްދުމެއް ނޫން ކަމަށެވެ. 

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު އެންޑީ ބާންހަމް ދެއްކެވި ވާހަކައިގެ ތެރެއިން

ފީފާގެ ޕްލޭންއާ ގުޅޭ ގޮތުން މީގެ ކުރިން ވެސް ބާންހަމް ވަނީ، އެކަމާ ދެކޮޅަށް ވާހަކަ ދައްކަވައި ސޯޝަލް މީޑިއާގައި ވެސް ޕޯސްޓު ކުރައްވައިފަ އެވެ. އެ ޕޯސްޓުގައި ވެސް ބާންހަމް ވަނީ ފުޓުބޯޅަ އަކީ ވިޔަފާރިވެރިންގެ އެއްޗެއް ނޫން ކަމަށް ވިދާޅުވެ، އެ ނިންމުމާ ދެކޮޅު ހައްދަވައިފަ އެވެ. މި ފަހުގެ އިންޓަވިޔުގައި ބާާންހަމް ވިދާޅުވެފައި ވަނީ، އިންފަންޓީނޯ އަކީ ފުޓުބޯޅަ ލީޑު ކުރަން އެންމެ ރަނގަޅު ބޭފުޅާގެ ގޮތުގައި ދެކިވަޑައިނުގަންނަވާ ކަަމަށެވެ.

ބާންހަމްގެ އިތުރުން، ދުނިޔޭގެ ފުޓުބޯޅައިގެ އެކި ފަރާތްތަކުން އަންނަނީ އިންފަންޓީނޯ އަށް ފާޑު ކިޔަމުންނެވެ. ޔުއެފާ އާއި ކޮންކާކަފް އިން ވެސް ބުނެފައި ވަނީ، އިންފަންޓީނޯ އަށް ކުރަމުން އައި އިތުބާރު ގެއްލިފައިވާ ކަމަށެވެ.

ފީފާޖިއާނީ އިންފަންޓީނޯއެންޑީ ބާންހަމް

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

03 އޯގަސްޓު 2026

އިންފަންޓީނޯގެ މަޤާމު ދެމެހެއްޓޭނެ ގޮތެއް ނެތް: ޔޫރަޕުގެ ލީގުތަކުގެ އިސްވެރިޔާ

03 އޯގަސްޓު 2026
އިންފަންޓީނޯގެ މަޤާމު ދެމެހެއްޓޭނެ ގޮތެއް ނެތް: ޔޫރަޕުގެ ލީގުތަކުގެ އިސްވެރިޔާ
02 އޯގަސްޓު 2026

އިންފަންޓީނޯއާ ދެކޮޅަށް ބައްދަލުވުމެއް ބޭއްވުމަށް ފީފާ ކައުންސިލްގެ މެންބަރުން މަސައްކަތް ކުރަނީ

02 އޯގަސްޓު 2026
އިންފަންޓީނޯއާ ދެކޮޅަށް ބައްދަލުވުމެއް ބޭއްވުމަށް ފީފާ ކައުންސިލްގެ މެންބަރުން މަސައްކަތް ކުރަނީ
01 އޯގަސްޓު 2026

ފީފާގެ ރައީސް އިންފަންޓީނޯއަށް އޮތް އިތުބާރު ގެއްލިއްޖެ ކަމަށް ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ އިން ބުނެފި

01 އޯގަސްޓު 2026
ފީފާގެ ރައީސް އިންފަންޓީނޯއަށް އޮތް އިތުބާރު ގެއްލިއްޖެ ކަމަށް ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ އިން ބުނެފި
01 އޯގަސްޓު 2026

ފީފާ ވޯލްޑްކަޕްގެ ހިއްސާ ވިއްކުމުގެ މަޝްރޫއު ހުއްޓާލައިފި

01 އޯގަސްޓު 2026
ފީފާ ވޯލްޑްކަޕްގެ ހިއްސާ ވިއްކުމުގެ މަޝްރޫއު ހުއްޓާލައިފި
31 ޖުލައި 2026

މިއުޅެނީ ފުުޓުބޯޅަ ވިިއްކާލާކަށް ނޫން، ދުވަހަކު ވެސް ފުޓުބޯޅަ ވިއްކާ ނުލާނަން: ފީފާ

31 ޖުލައި 2026
މިއުޅެނީ ފުުޓުބޯޅަ ވިިއްކާލާކަށް ނޫން، ދުވަހަކު ވެސް ފުޓުބޯޅަ ވިއްކާ ނުލާނަން: ފީފާ
31 ޖުލައި 2026

އިންފަންޓީނޯއާ ދެކޮޅަށް ފީފާާގެ ރައީސް ކަމަށް ޕީއެސްޖީގެ ރައީސް ޚެލައިފީ ނުކުންނަން ޔުއެފާ އިން އެދިއްޖެ

31 ޖުލައި 2026
އިންފަންޓީނޯއާ ދެކޮޅަށް ފީފާާގެ ރައީސް ކަމަށް ޕީއެސްޖީގެ ރައީސް ޚެލައިފީ ނުކުންނަން ޔުއެފާ އިން އެދިއްޖެ
30 ޖުލައި 2026

އިންފަންޓީނޯގެ ޕްލޭން އަށް، އޭއެފްސީގެ ރައީސް ވެސް ފާޑުވިދާޅުވެއްޖެ

30 ޖުލައި 2026
އިންފަންޓީނޯގެ ޕްލޭން އަށް، އޭއެފްސީގެ ރައީސް ވެސް ފާޑުވިދާޅުވެއްޖެ
30 ޖުލައި 2026

އިންފަންޓީނޯގެ ވިސްނުން ބަދަލު ނުކުރާނަމަ ވޯލްޑް ކަޕް ހިމެނޭހެން، ފީފާގެ މުބާރާތްތައް ބޮއިކޮޓް ކުރަން ޔުއެފާ އިން ނިންމައިފި

30 ޖުލައި 2026
އިންފަންޓީނޯގެ ވިސްނުން ބަދަލު ނުކުރާނަމަ ވޯލްޑް ކަޕް ހިމެނޭހެން، ފީފާގެ މުބާރާތްތައް ބޮއިކޮޓް ކުރަން ޔުއެފާ އިން ނިންމައިފި
30 ޖުލައި 2026

ބާންހަމްއާ ދިމާވި އުމުރުން ދުވަސްވީ މީހަކު ބުނީ، ކޮންމެ ފަސް މިނެޓަކުން ބޮޑު ވަޒީރު ބަދަލުވާތީ އައު މީހަކު މަޤާމާ ހަވާލުވިޔަސް ނޭނގޭ ކަމަށް!

30 ޖުލައި 2026
ބާންހަމްއާ ދިމާވި އުމުރުން ދުވަސްވީ މީހަކު ބުނީ، ކޮންމެ ފަސް މިނެޓަކުން ބޮޑު ވަޒީރު ބަދަލުވާތީ އައު މީހަކު މަޤާމާ ހަވާލުވިޔަސް ނޭނގޭ ކަމަށް!
30 ޖުލައި 2026

ވޯލްޑް ކަޕް އަކީ ވިޔަފާރި މުދަލެއް ނޫން ކަމަށް ވިދާޅުވެ، ބްލެޓާގެ ފާޑު ކިޔުން އިންފަންޓީނޯ އާއި ޓްރަމްޕް އަށް

30 ޖުލައި 2026
ވޯލްޑް ކަޕް އަކީ ވިޔަފާރި މުދަލެއް ނޫން ކަމަށް ވިދާޅުވެ، ބްލެޓާގެ ފާޑު ކިޔުން އިންފަންޓީނޯ އާއި ޓްރަމްޕް އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް