Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ޔޫއޭއީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާން އިން ޑްރޯން ހަމަލާ ދީފި

2 ސެޕްޓެމްބަރު 2026 | ބުދަ 06:46

އީރާންގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހަމަލާތައް ދީފައި ވަނީ ޔޫއޭއީގައި ހުންނަ އަލް ދާފްރާ އެއަރބޭސް އާއި އަލް މިންހަދު އެއަރބޭސް އަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 ސެޕްޓެމްބަރު 2026 | ބުދަ 06:46

ޔޫއޭއީގައި ހުންނަ އެމެރިކާގެ ބޭސްތަކަށް އީރާން އިން ދިން ކަމަށް ބުނާ ހަމަލާގެ މަންޒަރެއް | ޕްރެސްޓީވީ

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ ދެ މަރުކަޒަކަށް އަމާޒުކޮށް ޑްރޯން ހަމަލާތަކެއް ދީފައިވާނެ ކަމަށް އީރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ބުނެފި އެވެ.

އީރާންގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހަމަލާތައް ދީފައި ވަނީ ޔޫއޭއީގައި ހުންނަ އަލް ދާފްރާ އެއަރބޭސް އާއި، އަލް މިންހަދު އެއަރބޭސް އަށެވެ.

އައިއާރުޖީސީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ބުދަ ދުވަހުގެ ފަތިހުން ފެށިގެން އެމެރިކާގެ ސިފައިން އާންމުންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން، އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގެ ރޭޑާ ސިސްޓަމްތަކާއި ސިފައިން ތިބޭ ތަންތަނަށް އަމާޒުކޮށް ގިނަ އަދަދެއްގެ "ކަމިކާޒޭ" ޑްރޯން ބޭނުން ކޮށްގެން ހަމަލާ ދީފައިވާ ކަމަށެވެ. ނަމަވެސް މި ހަމަލާތަކާ ގުޅޭ ގޮތުން ޔޫއޭއީގެ ސަރުކާރުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައި ނުވެ އެވެ.

އީރާންގެ އަސްކަރިއްޔާ އިން ސިފަކުރި ގޮތުގައި އަލް ދާފްރާ އެއާ ބޭސް އަކީ މި ސަރަހައްދުގައި އެމެރިކާ އިން ހިންގާ ޖަރީމާތަކުގެ މައި މަރުކަޒެވެ. އަދި އެ ތަނަކީ ވައިގެ މަގުން ދޭ ހަމަލާތަކާއި ޖާސޫސީ މައުލޫމާތު އެއްކުރުމާއި މޮނިޓަރިންގެ އިތުރުން އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންކުރާ މުހިންމު މަރުކަޒެއް ކަމަށް ވެސް އައިއާރުޖީސީ އިން ބުނެފައިވެ އެވެ.

މި ހަމަލާތައް ދޭން ޖެހުނު ސަބަބެއް ކަމަށް އީރާން އިން ބުނެފައި ވަނީ، އީރާންގެ މީހުން ދިރިއުޅޭ ސަރަހައްދުތަކަށް އެމެރިކާ އިން ދިން ހަމަލާތަކާއި ކައިވެނި ހަފްލާ އަކަށް އަމާޒުކޮށް އެމެރިކާ ސިފައިން ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ކަމަށެވެ. މި ހާދިސާއާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު އިތުރަށް ނުތަނަވަސްވެފައިވާއިރު، އެމެރިކާގެ އަސްކަރިއްޔާ އިން ވެސް މިކަމާ ގުޅޭ ގޮތުން އަދި ރަސްމީ ބަހެއް ބުނެފައި ނުވެ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން ހަނގުރާމައީރާން-އެމެރިކާއީރާނުގެ އިސްލާމިކް ރެވޮލިއުޝަން ގާޑްސް ކޯޕްސްޔޫއޭއީ

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

5

އީރާނުން އަމިއްލައަށް އުފައްދާފައިވާ އެއާ ޑިފެންސް ސިސްޓަމްތަކުން ފަހުގެ ހަނގުރާމައިގައި ދުޝްމަނުންގެ 200 އަށްވުރެ ގިނަ މަތިންދާބޯޓު ވައްޓާލި

އިތުރަށް ކިޔާލަން

02 ސެޕްޓެމްބަރު 2026

އީރާނުގެ ރޫހާނީ ލީޑަރުގެ ވަރުގަދަ އިންޒާރާއެކު އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް

02 ސެޕްޓެމްބަރު 2026
އީރާނުގެ ރޫހާނީ ލީޑަރުގެ ވަރުގަދަ އިންޒާރާއެކު އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް
01 ސެޕްޓެމްބަރު 2026

އީރާނަށް އެމެރިކާއިން ވަރުގަދަ ހަމަލާތަކެއްދީފި، އެތައް ސަރަހައްދުތަކަކުން ބާރުގަދަ ގޮވުންތަކުގެ އަޑުވަނީ އިވިފައި

01 ސެޕްޓެމްބަރު 2026
އީރާނަށް އެމެރިކާއިން ވަރުގަދަ ހަމަލާތަކެއްދީފި، އެތައް ސަރަހައްދުތަކަކުން ބާރުގަދަ ގޮވުންތަކުގެ އަޑުވަނީ އިވިފައި
01 ސެޕްޓެމްބަރު 2026

އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ މި ދަނޑިވަޅުގައި އީރާނުގެ ރައްޔިތުންނާ އެކު ސާބިތުވެ ހުންނެވިކަން ރަޝިޔާގެ ރައީސް ހާމަކުރައްވައިފި

އީރާނުން އދ. ސަލާމަތީ މަޖިލީހުގައި އެމެރިކާގެ ހަމަލާއަށް ފިޔަވަޅު އެދުނު

01 ސެޕްޓެމްބަރު 2026
އީރާނުން އދ. ސަލާމަތީ މަޖިލީހުގައި އެމެރިކާގެ ހަމަލާއަށް ފިޔަވަޅު އެދުނު
01 ސެޕްޓެމްބަރު 2026

އެމެރިކާގެ އަމުރުތަކަށް ބޯލަނބަމުން، ޔޫރަޕަށް މިނިވަންކަމެއް ނޯންނާނެ: އީރާން

01 ސެޕްޓެމްބަރު 2026
އެމެރިކާގެ އަމުރުތަކަށް ބޯލަނބަމުން، ޔޫރަޕަށް މިނިވަންކަމެއް ނޯންނާނެ: އީރާން
01 ސެޕްޓެމްބަރު 2026

އެއްބަސްވުމުގައިވާ ކަންކަން އެމެރިކާ އިން ފުރިހަމަކޮށްފި ނަމަ، އީރާން އިން ވެސް އެކަން ކުރާނެ: ޕެޒެޝްކިއާން

01 ސެޕްޓެމްބަރު 2026
އެއްބަސްވުމުގައިވާ ކަންކަން އެމެރިކާ އިން ފުރިހަމަކޮށްފި ނަމަ، އީރާން އިން ވެސް އެކަން ކުރާނެ: ޕެޒެޝްކިއާން
01 ސެޕްޓެމްބަރު 2026

ދަތިކުރުމުގެ ފިޔަވަޅު އަޅާފައި އޮތް އީރާންގެ ތެޔޮ ޓޭންކަރާ އެއްވެސް ގުޅުމެއް ނެތް ކަމަށް އިރާގުން ބުނެފި

01 ސެޕްޓެމްބަރު 2026
ދަތިކުރުމުގެ ފިޔަވަޅު އަޅާފައި އޮތް އީރާންގެ ތެޔޮ ޓޭންކަރާ އެއްވެސް ގުޅުމެއް ނެތް ކަމަށް އިރާގުން ބުނެފި
31 އޯގަސްޓު 2026

ޓްރަމްޕް: އީރާން "މަރުވެއްޖެ"

31 އޯގަސްޓު 2026
ޓްރަމްޕް: އީރާން "މަރުވެއްޖެ"
31 އޯގަސްޓު 2026

އެެމެރިކާގެ އަމަލުތަކަށް ހަރުކަށި ރައްދު ދޭނެކަމުގެ އިންޒާރު އީރާން އިން ދީފި

31 އޯގަސްޓު 2026
އެެމެރިކާގެ އަމަލުތަކަށް ހަރުކަށި ރައްދު ދޭނެކަމުގެ އިންޒާރު އީރާން އިން ދީފި
31 އޯގަސްޓު 2026

އީރާން އިން ޔޫއޭއީގައި ހުންނަ އެމެރިކާ ބޭސް އަށް ޑްރޯން ހަމަލާތަކެއް ދީފި

31 އޯގަސްޓު 2026
އީރާން އިން ޔޫއޭއީގައި ހުންނަ އެމެރިކާ ބޭސް އަށް ޑްރޯން ހަމަލާތަކެއް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް