Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑޮލަރުގެ ދަތިކަމުގެ މައްސަލަ

ރަސްމާލެ މަޝްރޫޢުގެ ޚަރަދުތައް ހާމަކުރުމަށާއި، އިޤްތިޞާދީ މައްސަލަތަކަށް ޙައްލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިލްޔާސް ލަބީބް ގޮވާލައްވައިފި

3 ސެޕްޓެމްބަރު 2026 | ބުރާސްފަތި 07:15

ރާއްޖޭގެ އިޤްތިޞާދުގައި ދިވެހި ފައިސާ އިތުރުވެ ޑޮލަރަށް އޮތް ތަށިކަން ބޮޑުވުމުގެ ސަބަބުން، ޑޮލަރުގެ އަގު 30 ރުފިޔާއަށް އުފުލިދާނެ ކަމުގެ އިންޒާރު ކުރީގެ މެންބަރު އިލްޔާސް ލަބީބް ދެއްވައިފިއެވެ. މި ޙާލަތުން އަރައިގަތުމަށް ބޭރުގެ ދަރަނިތައް ރީސްޓްރަކްޗާކޮށް ދަޢުލަތުގެ އިސްރާފުތައް ކުޑަކުރަންޖެހޭ ކަމަށާއި، އިޤްތިޞާދީ ގޮންޖެހުންތަކަށް ދާއިމީ ޙައްލެއް ހޯދުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރާ އަޙްމަދު
ޝަރާ އަޙްމަދު | 3 ސެޕްޓެމްބަރު 2026 | ބުރާސްފަތި 07:15
އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ފައިސަލް ނަސީމް ވާހަކަފުޅު ދައްކަވަނީ

އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ފައިސަލް ނަސީމް ވާހަކަފުޅު ދައްކަވަނީ | ރާއްޖެ އެމްވީ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ޙަވާލުކޮށްގެން ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ތަފުސީލާއި، އެ ސަރަޙައްދު ގުޅާލުމަށް އަޅާ ބްރިޖަށް ހިނގާނެ ޚަރަދުތައް ރައްޔިތުންނަށް ސާފުކޮށްދިނުމަށް އިލަޔާސް ގޮވާލައްވައިފިއެވެ.

 އިދިކޮޅު ޕާޓީ، އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވީ، ދަޢުލަތުގެ ކުންފުނިތައް މެދުވެރިކޮށް ހިންގާ މިފަދަ ބޮޑެތި މަޝްރޫޢުތަކުގެ ހާމަކަން ބޮޑުކުރަން ޖެހޭ ކަމަށާއި، މި ކަންކަން ހިނގަމުންދާ ގޮތް ރައްޔިތުންނަށް އެނގެންޖެހޭ ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ 2028 ވަނަ އަހަރު މި ކަންކަން ތަޙުޤީޤުކޮށް ބަލައި، ޒިންމާވާންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވައި ޤާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރާއްޖޭގެ މިހާރުގެ އިޤްތިޞާދީ ޙާލަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އިލްޔާސް ލަބީބް ފާހަގަކުރެއްވީ، އިޤްތިޞާދަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މާކެޓުގައި ދިވެހި ފައިސާ މާބޮޑަށް އިތުރުވެފައިވުމެވެ. އެގޮތުން ރާއްޖޭގައި ހުރި ޑޮލަރު ރުފިޔާއަށް ބަދަލުކުރުމަށްފަހު، އިޤްތިޞާދުގައި އިތުރަށް 80 ބިލިއަން ދިވެހި ރުފިޔާ (ބްރޯޑް މަނީ) ދައުރުވަމުންދާ ކަމަށާއި، މިއީ ގާތްގަނޑަކަށް 5.02 ބިލިއަން ޑޮލަރުގެ ދަތިކަމެއް އިޤްތިޞާދުގައި އުފެދިފައިވާކަން ދައްކުވައިދޭ ކަމެއް ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، މި ފައިސާ އިޤްތިޞާދުގެ ތެރެއަށް ނުކުމެފައިވަނީ އެމްއެމްއޭ އަދި ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ޗާޕުކުރުމުގެ ސަބަބުންނާއި، ބޭންކް އޮފް މޯލްޑިވްސް ހިމެނޭހެން އެހެނިހެން ބޭންކުތަކުން އާންމު ފަރާތްތަކަށް ލޯނު ދޫކުރުމަށް ހުރި ފައިސާ ސަރުކާރުގެ ބޭނުންތަކަށް ނެގުމުން ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ޑޮލަރުގެ އަގު އިންތިހާއަށް އުފުލި، އާންމު ރައްޔިތުންނަށް އޭގެ ދަތިކަން ފޯރަމުންދާ ކަމަށް ވިދާޅުވިއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތައް ކަމަށްވާ އެމްއޭސީއެލް، އެޗްޑީސީ އަދި އެސްޓީއޯ ފަދަ ކުންފުނިތަކަށްވެސް ލޯނުތައް އަދާކުރާނެ ޑޮލަރު ނުލިބި ތާށިވެފައިވާކަން ފާހަގަކުރައްވަމުން، މި ޙާލަތަށް އަވަސް ޙައްލެއް ނުގެނެވިއްޖެނަމަ ކުރިއަށް އޮތް ތަނުގައި ޑޮލަރެއްގެ އަގު 30 ރުފިޔާއަށް އަރައިގެން ހިނގައިދާނެ ކަމުގެ އިންޒާރުވެސް ދެއްވިއެވެ.

ޑޮލަރުގެ މައްސަލައިގައި އަޑުއުފުލާ ފަރާތްތަކަށް ބިރުދެއްކުމާއި، ބޭންކް އެކައުންޓްތައް ފްރީޒްކުރުމަކީ މިކަމަށް އޮތް ދާއިމީ ޙައްލެއް ނޫން ކަމަށް ވިދާޅުވަމުން އިލްޔާސް ލަބީބް ވިދާޅުވީ، އިޤްތިޞާދު ހަމަމަގަށް އެޅުވުމަށްޓަކައި ބޭރުގެ ދަރަނިތައް ރީސްޓްރަކްޗަރ ކުރަންޖެހޭ ކަމަށެވެ. އަދި ދަޢުލަތުގެ ބޮޑެތި ޚަރަދުތަކާއި އިސްރާފު ކުޑަކޮށް، ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށްގެން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރަށް އަދިވެސް ފުރުޞަތު އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީރަސްމާލެ ޑޮލަރުގެ ތާށިކަންއިލްޔާސް ލަބީބު

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

3

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

4

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

5

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

އިތުރަށް ކިޔާލަން

01 ސެޕްޓެމްބަރު 2026

"ކޮން ޤައުމެއްގައިތޯ ތިޔަ އުޅުއްވަނީ، ދިވެހި ރާއްޖޭގައިތޯ؟" ޑޮލަރުގެ ދަތިކަމާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރައީސް ދެއްވި ހަރުކަށި ރައްދު!

01 ސެޕްޓެމްބަރު 2026
"ކޮން ޤައުމެއްގައިތޯ ތިޔަ އުޅުއްވަނީ، ދިވެހި ރާއްޖޭގައިތޯ؟" ޑޮލަރުގެ ދަތިކަމާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރައީސް ދެއްވި ހަރުކަށި ރައްދު!
01 ސެޕްޓެމްބަރު 2026

ރާއްޖެ އަށް ވަންނަ ހުރިހާ ޑޮލަރެއް އަޅައި ވަޅުލަނީ ރަސްމާލެ އަށް: އަބްދުﷲ ރަޝީދު

01 ސެޕްޓެމްބަރު 2026
ރާއްޖެ އަށް ވަންނަ ހުރިހާ ޑޮލަރެއް އަޅައި ވަޅުލަނީ ރަސްމާލެ އަށް: އަބްދުﷲ ރަޝީދު
31 އޯގަސްޓު 2026

އިޤްތިސާދީ ސިޔާސަތުތައް އިސްލާހު ނުކުރާނަމަ، ރައީސް މުއިއްޒު އިސްތިއުފާ ދެއްވަންދެން ސީދާ ޙަރަކާތަށް ނުކުތުމަށް އެމްޑީޕީން ފާސްކޮށްފި

31 އޯގަސްޓު 2026
އިޤްތިސާދީ ސިޔާސަތުތައް އިސްލާހު ނުކުރާނަމަ، ރައީސް މުއިއްޒު އިސްތިއުފާ ދެއްވަންދެން ސީދާ ޙަރަކާތަށް ނުކުތުމަށް އެމްޑީޕީން ފާސްކޮށްފި
29 އޯގަސްޓު 2026

މި ސަރުކާރު މި ގެންދަނީ ރާއްޖެ ބަނގުރޫޓު ކުރަމުން: ނަޝީދު

29 އޯގަސްޓު 2026
މި ސަރުކާރު މި ގެންދަނީ ރާއްޖެ ބަނގުރޫޓު ކުރަމުން: ނަޝީދު
29 އޯގަސްޓު 2026

ޚަރަދު ކުޑަކުރަން ބޭނުންނަމަ، ސަރުކާރުގެ ބޮޑެތި މަގާމުތަކުގައި ސަތޭކައިން، ހާހުން ތިބި މީހުން މަދުކުރޭ: ޝާހިދު

29 އޯގަސްޓު 2026
ޚަރަދު ކުޑަކުރަން ބޭނުންނަމަ، ސަރުކާރުގެ ބޮޑެތި މަގާމުތަކުގައި ސަތޭކައިން، ހާހުން ތިބި މީހުން މަދުކުރޭ: ޝާހިދު
29 އޯގަސްޓު 2026

އެމްޑީޕީގެ ކުއްލި ހަރަކާތެއް، ހަރުގެ ކުރިމަތީގައި އިހުތިޖާޖުކޮށްފި!

29 އޯގަސްޓު 2026
އެމްޑީޕީގެ ކުއްލި ހަރަކާތެއް، ހަރުގެ ކުރިމަތީގައި އިހުތިޖާޖުކޮށްފި!
28 އޯގަސްޓު 2026

މި ވެރިކަމުގައި ފެނުނީ ލާމަރުކަޒީ ޤާނޫނު ސަންދޯކަށްލައި، ބޮޑު މޮހޮރު ޖަހާފައި ތަޅުލި މަންޒަރު: ސަމީރު

28 އޯގަސްޓު 2026
މި ވެރިކަމުގައި ފެނުނީ ލާމަރުކަޒީ ޤާނޫނު ސަންދޯކަށްލައި، ބޮޑު މޮހޮރު ޖަހާފައި ތަޅުލި މަންޒަރު: ސަމީރު
27 އޯގަސްޓު 2026

މި ސަރުކާރަށް ތިން އަހަރުވާއިރު، ބަޖެޓުގެ ގޮތުގައި 170 ބިލިއަން ރުފިޔާ ދީފި، މިއީ ނިމިދިޔަ ފަސް އަހަރުގެ މުޅި ބަޖެޓާ ގާތްކުރާ އަދަދެއް: މެންބަރު ޣަފޫރު

27 އޯގަސްޓު 2026
މި ސަރުކާރަށް ތިން އަހަރުވާއިރު، ބަޖެޓުގެ ގޮތުގައި 170 ބިލިއަން ރުފިޔާ ދީފި، މިއީ ނިމިދިޔަ ފަސް އަހަރުގެ މުޅި ބަޖެޓާ ގާތްކުރާ އަދަދެއް: މެންބަރު ޣަފޫރު
25 އޯގަސްޓު 2026

އަޅުގަނޑުގެ އިދިކޮޅު ފަރާތްތަކަކީ މިހާރު މި އޮތް ސަރުކާރު: ޝާހިދު

25 އޯގަސްޓު 2026
އަޅުގަނޑުގެ އިދިކޮޅު ފަރާތްތަކަކީ މިހާރު މި އޮތް ސަރުކާރު: ޝާހިދު
25 އޯގަސްޓު 2026

އަޅުގަނޑަކީ އަސްލު އެމްޑީޕީ މީހެއް، ޑީއާރުޕީ އިން ވަކިވީ ރައީސް ވަހީދުގެ ސަރުކާރުގައި ބައިވެރިވާން އެ ޕާޓީ އިން ނިންމުމުން: ޝާހިދު

25 އޯގަސްޓު 2026
އަޅުގަނޑަކީ އަސްލު އެމްޑީޕީ މީހެއް، ޑީއާރުޕީ އިން ވަކިވީ ރައީސް ވަހީދުގެ ސަރުކާރުގައި ބައިވެރިވާން އެ ޕާޓީ އިން ނިންމުމުން: ޝާހިދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް