Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ

ރާއްޖެ އަށް ވަންނަ ހުރިހާ ޑޮލަރެއް އަޅައި ވަޅުލަނީ ރަސްމާލެ އަށް: އަބްދުﷲ ރަޝީދު

1 ސެޕްޓެމްބަރު 2026 | އަންގާރަ 12:05

ރަސްމާލޭގެ ޑްރެޖިންގ މަސައްކަތް ކުރިޔަސް ނުކުރިޔަސް ޑްރެޖަރަށް ދުވާލަކަށް 120،000 (އެއްލައްކަ ވިހިހާސް) ރުފިޔާ ދައްކަންޖެހޭ ކަމަށާއި އަދި އެތަނަށް އަޅާ ކޮންމެ ކިއުބިކް މީޓަރެއްގެ ވެއްޔަށް 8 އާއި 10 ޑޮލަރާ ދެމެދުގެ އަދަދެއް ޚަރަދުކުރަމުންދާ ކަމަށް އަބްދުﷲ ރަޝީދު ވިދާޅުވި

ޝަރާ އަޙްމަދު
ޝަރާ އަޙްމަދު | 1 ސެޕްޓެމްބަރު 2026 | އަންގާރަ 12:05
ނައިފަރު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ރަޝީދު ހޯމަ ދުވަހުގެރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ

ނައިފަރު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ރަޝީދު ހޯމަ ދުވަހުގެރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ | ރާއްޖެ އެމްވީ

ރާއްޖެއަށް ޑޮލަރު ނުވަންނަނީ ނޫން ކަމަށާއި ރާއްޖެ އަށް ވަންނަ ހުރިހާ ޑޮލަރެއް ޚަރަދުކޮށް އަޅައި ވަޅުލަމުންދަނީ ރަސްމާލެ މަޝްރޫއަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ރަޝީދު ވިދާޅުވެއްޖެ އެވެ.

އޭނާ މިފަދައިން ވިދާޅުވީ ހޯމަ ދުވަހުގެރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ރާއްޖޭގެ އިގުތިސާދީ ހާލަތާއި ބޭރު ފައިސާގެ ދަތިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ. އަބްދުﷲ ރަޝީދު ފާހަގަކުރެއްވި ގޮތުގައި މިއަހަރުގެ ޖަނަވަރީ 1 އިން ފެށިގެން ޖުލައި 31 އާ ހަމައަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 18 އިންސައްތަ އިތުރުވެފަ އެވެ. މީގެ މާނައަކީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ރާއްޖެއަށް ވަން ބޭރު ފައިސާގެ އަދަދު ވެސް 18 އިންސައްތަ އިތުރުވެފައިވުމެވެ.

Advertisement - newsAdvertisement

ނަމަވެސް، މުޅި ސަރަހައްދު ވެސް އިގުތިސާދީ ގޮންޖެހުންތަކަކާ ކުރިމަތިލަމުންދާ މިފަދަ ދަނޑިވަޅެއްގައި، ދުނިޔޭގެ އެހެން ޤައުމުތަކުން ބިންހިއްކުމާއި ޑްރެޖިންގ މަސައްކަތްތައް ހުއްޓާލަމުންދާއިރު، ރާއްޖޭގައި ކުރަމުންދަނީ ކުރަންނުޖެހޭ ޚަރަދުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނުގެ އަމިއްލަފުޅު "ލެގަސީ" ދެއްކެވުމަށާއި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އަމާޒުހިއްޕަވައިގެން، ރާއްޖެއަށް ވަންނަ ހުރިހާ ޑޮލަރެއް ރަސްމާލެއަށް އަޅަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިގޮތުން ރަސްމާލޭގެ ޑްރެޖިންގ މަސައްކަތް ކުރިޔަސް ނުކުރިޔަސް ޑްރެޖަރަށް ދުވާލަކަށް 120،000 (އެއްލައްކަ ވިހިހާސް) ރުފިޔާ ދައްކަންޖެހޭ ކަމަށާއި އަދި އެތަނަށް އަޅާ ކޮންމެ ކިއުބިކް މީޓަރެއްގެ ވެއްޔަށް 8 އާއި 10 ޑޮލަރާ ދެމެދުގެ އަދަދެއް ޚަރަދުކުރަމުންދާ ކަމަށް އަބްދުﷲ ރަޝީދު ވިދާޅުވި އެވެ. މިފަދަ ބޭކާރު ޚަރަދުތަކުގެ ސަބަބުން ޤައުމު ޑޮލަރަށް ޖެހި، ދިވެހި ވިޔަފާރިތައް ފުނޑިގެންދާއިރު ވެސް ސަރުކާރުން މިކަންކަން ހުއްޓާލުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އަބްދުﷲ ރަޝީދު އިތުރަށް ވިދާޅުވީ، ސަރުކާރުގެ މި އަމަލުތަކާ ދެކޮޅަށް މުޅި ރާއްޖޭގަ އާއި މާލޭގެ މަގުމަތި އަދި ރިސޯޓުތަކުގައި ވެސް ރައްޔިތުން ނުކުމެ އިހުތިޖާޖުނުކޮށްފިނަމަ ރާއްޖެ ބަނގުރޫޓުވުމުގެ މަގަށް ހިނގައިދާނެ ކަމަށެވެ. މީގެ ކުރިން ބޭއްވި އިހުތިޖާޖުތައް ވަކި ހިސާބަކުން މަޑުޖެހިފައިވީ ނަމަވެސް، މިއަދު މިކަން ދޫކޮށްލައިފިނަމަ އެއީ އަންނަން އޮތް ޖީލުތަކަށް ދެވޭނެ ބޮޑު އަނިޔާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އަބްދުﷲ ރަޝީދުރަސްމާލެ ޑޮލަރުގެ ތާށިކަން

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

22 އޯގަސްޓު 2026

ޑޮލަރުގެ އަގު އަތް ނުފޯރާ ހިސާބަށް އެރުމުގެ އަސްލަކީ ސަރުކާރުން ކޮށްގެން ނުވާނެ ބޭކާރު އެތައް ޚަރަދެއް ކުރުން: ފައިސަލް

22 އޯގަސްޓު 2026
ޑޮލަރުގެ އަގު އަތް ނުފޯރާ ހިސާބަށް އެރުމުގެ އަސްލަކީ ސަރުކާރުން ކޮށްގެން ނުވާނެ ބޭކާރު އެތައް ޚަރަދެއް ކުރުން: ފައިސަލް
18 އޯގަސްޓު 2026

މިއަދު ރާއްޖޭގައި 76 ބިލިއަން ރުފިޔާއާ ހަމައަށް ފައިސާ އެނބުރޭ، ޑޮލަރު ޝޯޓޭޖް އައިސްގެން އުޅެނީ ބޭކާރު ހަރަދު ކުރާތީ: މެންބަރު ޝަމްހީދު

18 އޯގަސްޓު 2026
މިއަދު ރާއްޖޭގައި 76 ބިލިއަން ރުފިޔާއާ ހަމައަށް ފައިސާ އެނބުރޭ، ޑޮލަރު ޝޯޓޭޖް އައިސްގެން އުޅެނީ ބޭކާރު ހަރަދު ކުރާތީ: މެންބަރު ޝަމްހީދު
14 އޯގަސްޓު 2026

ތަރައްގީގެ މަޝްރޫއުތައް މަޑުޖެހިފައިވާކަމަށް ރައްޔިތުން ބުނަމުން ދަނިކޮށް 2027 ވަނަ އަހަރަކީ ތަރައްގީގެ އެންމެ ގިނަ މަޝްރޫއުތައް ނިންމާލެވޭނެ އަހަރު ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

13 އޯގަސްޓު 2026

މާލެ-ރަސްމާލެ ބިއްލޫރި ޓަނަލްގެ ފީސިބިލިޓީ މަސައްކަތް ފަށާއިވާ ކަމަށް މުއިއްޒު ވިދާޅުވެފައިވަނިކޮށް މިނިސްޓްރީން ބުނީ އަދި އެކަމަށް ބަޔަކު ހޮވާފައިވެސް ނުވާ ކަމަށް

13 އޯގަސްޓު 2026
މާލެ-ރަސްމާލެ ބިއްލޫރި ޓަނަލްގެ ފީސިބިލިޓީ މަސައްކަތް ފަށާއިވާ ކަމަށް މުއިއްޒު ވިދާޅުވެފައިވަނިކޮށް މިނިސްޓްރީން ބުނީ އަދި އެކަމަށް ބަޔަކު ހޮވާފައިވެސް ނުވާ ކަމަށް
31 ޖުލައި 2026

މަދްރަސަތުލް އިފްތިތާހްގައި މިސަރުކާރުން އަޅަން ނިންމި އައު ކްލާސްރޫމް އެޅުމަށް މިހާތަނަށް އެއްވެސް ގަލެއް ބާއްވާފައިނުވޭ

31 ޖުލައި 2026
މަދްރަސަތުލް އިފްތިތާހްގައި މިސަރުކާރުން އަޅަން ނިންމި އައު ކްލާސްރޫމް އެޅުމަށް މިހާތަނަށް އެއްވެސް ގަލެއް ބާއްވާފައިނުވޭ
30 ޖުލައި 2026

ނައިފަރު ހޮސްޕިޓަލުގެ ޚިދުމަތްތައް ދަނީ ހުއްޓެމުން، ރައްޔިތުން ބޮޑު ތަކުލީފުތަކެއްގައި!

30 ޖުލައި 2026
ނައިފަރު ހޮސްޕިޓަލުގެ ޚިދުމަތްތައް ދަނީ ހުއްޓެމުން، ރައްޔިތުން ބޮޑު ތަކުލީފުތަކެއްގައި!
30 ޖުލައި 2026

ނައިފަރަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި 26 ވައުދުގެ ތެރެއިން އެއްވެސް މަޝްރޫއެއް ނުހިނގާ: އަބްދުﷲ ރަޝީދު

30 ޖުލައި 2026
ނައިފަރަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި 26 ވައުދުގެ ތެރެއިން އެއްވެސް މަޝްރޫއެއް ނުހިނގާ: އަބްދުﷲ ރަޝީދު
10 ޖުލައި 2026

މި ސަރުކާރުން ފައިސާ ހޯދަނީ ޑޮމެސްޓިކް މާރކެޓް އަދި ބީއެމްއެލް ބޭނުންކޮށްގެން: ސަރުވަޝް

10 ޖުލައި 2026
މި ސަރުކާރުން ފައިސާ ހޯދަނީ ޑޮމެސްޓިކް މާރކެޓް އަދި ބީއެމްއެލް ބޭނުންކޮށްގެން: ސަރުވަޝް
05 ޖުލައި 2026

މި ގައުމަށް ޑޮލަރު ހޯދުމުގެ ގާބިލުކަމެއް ވެސް، މައްސަލަ ހައްލުކުރުމުގެ ގާބިލުކަމެއް ވެސް މި ސަރުކާރަކު ނެތް: ރައީސް ނަޝީދު

05 ޖުލައި 2026
މި ގައުމަށް ޑޮލަރު ހޯދުމުގެ ގާބިލުކަމެއް ވެސް، މައްސަލަ ހައްލުކުރުމުގެ ގާބިލުކަމެއް ވެސް މި ސަރުކާރަކު ނެތް: ރައީސް ނަޝީދު
30 ޖޫން 2026

އަނެއްކާވެސް ރަސްމާލެ މާސްޓަރ ޕްލޭން ތައްޔާރުކުރުމަށް ކޮންސަލްޓަންޓުން ހޯދަން އިއުލާނު ކޮށްފި

30 ޖޫން 2026
އަނެއްކާވެސް ރަސްމާލެ މާސްޓަރ ޕްލޭން ތައްޔާރުކުރުމަށް ކޮންސަލްޓަންޓުން ހޯދަން އިއުލާނު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް