Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ

މި ވެރިކަމުގައި ފެނުނީ ލާމަރުކަޒީ ޤާނޫނު ސަންދޯކަށްލައި، ބޮޑު މޮހޮރު ޖަހާފައި ތަޅުލި މަންޒަރު: ސަމީރު

28 އޯގަސްޓު 2026 | ހުކުރު 05:51

މި ސަރުކާރުން ލާމަރުކަޒީ ނިޒާމު ފުނޑާލާފައިވާ ކަމަށް ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު ތުހުމަތު ކުރައްވައިފި. އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ، ސަރުކާރުން ކަންކަން ނިންމަނީ ކަމާގުޅޭ އިދާރާތަކާ މަޝްވަރާނުކޮށް، ޑިމޮކްރަސީގެ އުސޫލުތަކާ ޚިލާފަށް ކަމަށް. އެހެންކަމުން މަޖިލިސް މެންބަރުން މިއަށްވުރެ ޒިންމާދާރުވާން ޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 28 އޯގަސްޓު 2026 | ހުކުރު 05:51
ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު

ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު | ރާއްޖެ އެމްވީ

މިހާރުގެ ސަރުކާރުން ލާމަރުކަޒީ ޤާނޫނު ސަންދޯކަށްލައި، ބޮޑު މޮހޮރު ޖަހައި ތަޅުލާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހުސެއިން ސަމީރު ވިދާޅުވީ، މަޖިލީހުގެ މެންބަރުންނާއި ދައުލަތް ހިންގުމުގައި ތިބި މީހުންގެ ފަރާތުން މިއަދު ކަންކަމުގައި އެދެވޭ ނަތީޖާއެއް ނުފެންނަ ކަމަށެވެ. މަޖިލީހުގެ މި ދައުރު ނިމިގެން ދިޔައިރު ފެނިގެން މި ދިޔައީ ލާމަރުކަޒީ ޤާނޫނު ސަންދޯކަށްލައި، ބޮޑު މޮހޮރު ޖަހައި ތަޅުލި މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

ލާމަރުކަޒީ ޤާނޫނު ތަންފީޒު ކޮށްދިނުމަކީ ސަރުކާރަށް އޮތް ޗޮއިސްއެއް ނޫން ކަމަށާއި ނަމަވެސް މި ސަރުކާރުން އެ ޤާނޫނު ތަންފީޒު ނުކުރާ ކަމަށް ހުސެއިން ސަމީރު ވިދާޅުވި އެވެ.

ލާމަރުކަޒީ ޤާނޫނު ތަންފީޒު ކޮށްދިނުމަކީ ސަރުކާރަށް އޮތް ޗޮއިސްއެއް ނޫން، ނަމަވެސް މަޖިލީހުގެ މި ދައުރު ނިމިގެން ދިޔައިރު ފެނިގެން މި ދިޔައީ ލާމަރުކަޒީ ޤާނޫނު ސަންދޯކަށްލައި، ބޮޑު މޮހޮރު ޖަހައި ތަޅުލި މަންޒަރު
ހުސެއިން ސަމީރު 

މީގެ އިތުރުން، ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވިއިރު ލާމަރުކަޒީ ޤާނޫނާ ގުޅުވައި އެތައް ވާހަކަތަކެއް ދެއްކެވި ކަމަށާއި ނަމަވެސް ވެރިކަމަށް ވަޑައިގެންނެވުމުން ފެންނަނީ މުޅިން އިދިކީލަކޮށް ކަންކަން ނިންމަވަމުން ގެންދަވާ މަންޒަރު ކަމަށް ވެސް ހުސެއިން ސަމީރު ފާހަގަކުރެއްވި އެވެ.

ސަމީރު އިތުރަށް ވިދާޅުވީ، ރައްޔިތުންނާ ގާތުން އަދި ޑިމޮކްރަސީގެ އުސޫލުތަކުގެ ތެރެއިން ވެރިކަން ކުރާކަށް މިއަދުގެ ސަރުކާރަކަށް ނޭނގޭ ކަމަށެވެ.

އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް ގެނައި އިސްލާހަށް ބަލާއިރު ވެސް ކަންކަން ވެގެން ދިޔައީ ނުހަނު ކަންބޮޑުވާ ގޮތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ކުއްލި ގޮތަކަށް ބިލުގެ ކަންކަން ނިންމާލިއިރު، އެއްވެސް ވަރަކަށް ކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާ ވެސް ކޮށްލާފައިނުވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އެހެންކަމުން މަޖިލިސް މިހާރަށްވުރެ ޒިންމާދާރުވާނެ ގޮތަކަށް ސަރުކާރުގެ މެންބަރުން ކަންކަން ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީން ވަނީ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ވަރަށް ބޮޑަށް އަޑުއުފުލާފަ އެވެ. އެގޮތުން ސަރުކާރުން ނިންމާ ގިނަ ނިންމުންތަކަކީ ރައްޔިތުންގެ މަސްލަހަތާ ހިލާފު ނިންމުންތައް ކަމަށް އެމްޑީޕީން ތަކުރާރުކޮށް ގެންދަނީ ބުނަމުންނެވެ.

ހުސެއިން ސަމީރުލާމަރުކަޒީ ގާނޫނުއެމްޑީޕީ

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

3

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

27 އޯގަސްޓު 2026

މި ސަރުކާރަށް ތިން އަހަރުވާއިރު، ބަޖެޓުގެ ގޮތުގައި 170 ބިލިއަން ރުފިޔާ ދީފި، މިއީ ނިމިދިޔަ ފަސް އަހަރުގެ މުޅި ބަޖެޓާ ގާތްކުރާ އަދަދެއް: މެންބަރު ޣަފޫރު

27 އޯގަސްޓު 2026
މި ސަރުކާރަށް ތިން އަހަރުވާއިރު، ބަޖެޓުގެ ގޮތުގައި 170 ބިލިއަން ރުފިޔާ ދީފި، މިއީ ނިމިދިޔަ ފަސް އަހަރުގެ މުޅި ބަޖެޓާ ގާތްކުރާ އަދަދެއް: މެންބަރު ޣަފޫރު
26 އޯގަސްޓު 2026

ޕެޓިޝަނަށް ވެސް ރައްޔިތުންގެ ކަންބޮޑުވުމަށް ވެސް ބެލުމެއް ނެތި، ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު މަޖިލީހުން ފާސްކޮށްފި!

26 އޯގަސްޓު 2026
ޕެޓިޝަނަށް ވެސް ރައްޔިތުންގެ ކަންބޮޑުވުމަށް ވެސް ބެލުމެއް ނެތި، ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު މަޖިލީހުން ފާސްކޮށްފި!
26 އޯގަސްޓު 2026

ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހަކީ ބިން ފޭރޭ ބިލެއް، މި ބިލަށް ބަހުސްކުރަން ރަނގަޅުވާނީ އިސްރާއީލުގެ މަޖިލީހެއްގައި: މައުރޫފް

26 އޯގަސްޓު 2026
ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހަކީ ބިން ފޭރޭ ބިލެއް، މި ބިލަށް ބަހުސްކުރަން ރަނގަޅުވާނީ އިސްރާއީލުގެ މަޖިލީހެއްގައި: މައުރޫފް
25 އޯގަސްޓު 2026

އަޅުގަނޑުގެ އިދިކޮޅު ފަރާތްތަކަކީ މިހާރު މި އޮތް ސަރުކާރު: ޝާހިދު

25 އޯގަސްޓު 2026
އަޅުގަނޑުގެ އިދިކޮޅު ފަރާތްތަކަކީ މިހާރު މި އޮތް ސަރުކާރު: ޝާހިދު
25 އޯގަސްޓު 2026

އަޅުގަނޑަކީ އަސްލު އެމްޑީޕީ މީހެއް، ޑީއާރުޕީ އިން ވަކިވީ ރައީސް ވަހީދުގެ ސަރުކާރުގައި ބައިވެރިވާން އެ ޕާޓީ އިން ނިންމުމުން: ޝާހިދު

25 އޯގަސްޓު 2026
އަޅުގަނޑަކީ އަސްލު އެމްޑީޕީ މީހެއް، ޑީއާރުޕީ އިން ވަކިވީ ރައީސް ވަހީދުގެ ސަރުކާރުގައި ބައިވެރިވާން އެ ޕާޓީ އިން ނިންމުމުން: ޝާހިދު
25 އޯގަސްޓު 2026

މިއީ ދިވެހީންނަށް މުސީބާތެއް ކަހަލަ ސަރުކާރެއް، ޤައުމުގެ ހާލަތާ މެދު ވަރިހަމަ ކޮށްލައިގެން ތިބެވޭކަށް ނެތް: ޝާހިދު

25 އޯގަސްޓު 2026
މިއީ ދިވެހީންނަށް މުސީބާތެއް ކަހަލަ ސަރުކާރެއް، ޤައުމުގެ ހާލަތާ މެދު ވަރިހަމަ ކޮށްލައިގެން ތިބެވޭކަށް ނެތް: ޝާހިދު
23 އޯގަސްޓު 2026

ބައެއް ކައުންސިލްތަކުން ވަކި ސަރުކާރެއްގެ ގޮތުގައި އަމަލުކުރަމުންދާ ކަމަށް ވިދާޅުވެ، މެންބަރު ސަލީމް ކައުންސިލްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ

23 އޯގަސްޓު 2026
ބައެއް ކައުންސިލްތަކުން ވަކި ސަރުކާރެއްގެ ގޮތުގައި އަމަލުކުރަމުންދާ ކަމަށް ވިދާޅުވެ، މެންބަރު ސަލީމް ކައުންސިލްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ
23 އޯގަސްޓު 2026

ލާމަރުކަޒީ ގާނޫނެކޭ، ނާލާފުށީ ފަގީރަށް ދިން ގެރިއެކޭ ކުޑަ ވެސް ތަފާތެއް ނެތް: މެންބަރު ޒިޔާދު

23 އޯގަސްޓު 2026
ލާމަރުކަޒީ ގާނޫނެކޭ، ނާލާފުށީ ފަގީރަށް ދިން ގެރިއެކޭ ކުޑަ ވެސް ތަފާތެއް ނެތް: މެންބަރު ޒިޔާދު
20 އޯގަސްޓު 2026

10 އަހަރު ފޯކައިދޫ ފެނަކަ ބްރާންޗަށް ޚިދުމަތް ކުރި މުވައްޒަފަކު އެމްޑީޕީއަށް ސޮއިކުރުމުން ވަޒީފާއިން ވަކިކުރި ކަމުގެ ތުހުމަތު!

20 އޯގަސްޓު 2026
10 އަހަރު ފޯކައިދޫ ފެނަކަ ބްރާންޗަށް ޚިދުމަތް ކުރި މުވައްޒަފަކު އެމްޑީޕީއަށް ސޮއިކުރުމުން ވަޒީފާއިން ވަކިކުރި ކަމުގެ ތުހުމަތު!
19 އޯގަސްޓު 2026

މި ސަރުކާރުން ވަނީ ޕީއެންސީ މެންބަރުންނަށް 60 އިންސައްތައިގެ ޑިސްކައުންޓަކާއެކު ހުޅުމާލެއިން ބިންތައް ދީފަ: މުސްތަފާ

19 އޯގަސްޓު 2026
މި ސަރުކާރުން ވަނީ ޕީއެންސީ މެންބަރުންނަށް 60 އިންސައްތައިގެ ޑިސްކައުންޓަކާއެކު ހުޅުމާލެއިން ބިންތައް ދީފަ: މުސްތަފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް