Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ

ޚަރަދު ކުޑަކުރަން ބޭނުންނަމަ، ސަރުކާރުގެ ބޮޑެތި މަގާމުތަކުގައި ސަތޭކައިން، ހާހުން ތިބި މީހުން މަދުކުރޭ: ޝާހިދު

29 އޯގަސްޓު 2026 | ހޮނިހިރު 06:51

ސަރުކާރު ކުންފުނިތަކުން މުވައްޒަފުން ވަކިކުރަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވައި، ޚަރަދު ކުޑަކުރުމަށްޓަކައި ސިޔާސީ މަގާމުތަކުގައި ތިއްބެވި މިނިސްޓަރުން މަދުކުރުމަށް އަބްދުﷲ ޝާހިދު ގޮވާލައްވައިފި. އާންމު މުވައްޒަފުންނަށް ދެމުންދާ އަނިޔާ ހުއްޓާލުމަށް ގޮވާލައްވަމުން، ނުހައްގުން ވަޒީފާއިން ވަކިކުރާ ފަރާތްތަކަށް އެމްޑީޕީގެ ސަރުކާރެއްގައި ހައްގު ބަދަލު ހޯދައިދޭނެކަމަށް ވެސް ޝާހިދު ވިދާޅުވި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 29 އޯގަސްޓު 2026 | ހޮނިހިރު 06:51
އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު

އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު | އެމްޑީޕީ

ދައުލަތުގެ ހަރަދު ކުޑަކުރަން ބޭނުން ނަމަ، ސަރުކާރުގެ ބޮޑެތި މަގާމުތަކުގައި ސަތޭކައިން، ހާހުން ތިބި މީހުން މަދުކުރުމަށް އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.

ސަރުކާރުން ހަރަދު ކުޑަ ކުރުމުގެ ނަމުގައި އެމްޑީޕީއަށް ނިސްބަތްވާ އެތައް ބަޔަކު ވަޒީފާއިން ވަކި ކުރަމުންދާކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، މި ސަރުކާރުން ދިވެހި ރައްޔިތުންނަށް ބޮޑުތަނުން އިހުމާލުވެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ދައުލަތުގެ ބޮޑެތި ވަޒީފާތަކަށް އައްޔަނުކުރާ ސިޔާސީ މުވައްޒަފުން ނެގުން ހުއްޓާލުމަށް ޝާހިދު ވަނީ ގޮވާލައްވާފަ އެވެ. 

ސަރުކާރު ކުންފުނިތަކުން ހަރަދު ކުޑަ ކުރުމުގެ ނަމުގައި އަނިޔާވެރިކަން މަތީގައި އެމްޑީޕީއަށް ނިސްބަތްވާ އެތައް މުވައްޒަފުންނެއް އެ ގެންދަނީ ވަކި ކުރަމުން. މިއަދުގެ ސަރުކާރަކީ ހުދުމުހުތާރު ސަރުކާރެއް، އަނިޔާވެރި ސަރުކާރެއް. މި ސަރުކާރުން ދިވެހި ރައްޔިތުންނަށް ބޮޑު ތަނުން އެ ވަނީ އިހުމާލުވެފައި. ސަރުކާރުގެ ހަރަދުތައް ކުޑަ ކުރައްވަންޏާ ސަރުކާރުގެ ބޮޑެތި ވަޒީފާތަކަށް ނަންގަވާ މުވައްޒަފުން ނެގުން ހުއްޓުވާލާ. ސަރުކާރުގެ ބޮޑެތި މަގާމުތަކުގައި ސަތޭކައިން ހާހުން ލައިފައި ތިބި މިނިސްޓަރުންތައް ވަކި ކުރައްވާ
އަބްދުﷲ ޝާހިދު

ޝާހިދު ވިދާޅުވީ، ސަރުކާރުގެ ނިޔަތަކީ ބުރަ މަސައްކަތުން އާންމު ރައްޔިތު މީހާ އަދާކުރާ ވަޒީފާއިން އެމީހުންނަށް ކުރިއަށް ނުދެވޭ ގޮތް ހަދައި، އެމީހުން ނިކަމެތިކޮށްލުން ކަމަށެވެ. އަދި ރައްޔިތުންނަށް މިދެވޭ އަނިޔާ ހުއްޓާލުމަށް ޝާހިދު ވަނީ މި ސަރުކާރަށް ގޮވާލައްވާފަ އެވެ.

ޝާހިދު ވިދާޅުވީ، މިހާރު މި ހިނގަމުންދާ ސަރުކާރަކީ އަނިޔާވެރި ހުދުމުހުތާރު ސަރުކާރެއް ކަމަށެވެ. އަދި އަނިޔާވެރި ކަމާއެކު މިހާރުގެ ސަރުކާރުން ވަކި ކުރަމުންދާ މީހުންނަށް އެމްޑީޕީގެ ސަރުކާރެއްގައި ހައްގު ބަދަލު ހޯދައިދޭނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

ކުންފުނިތައް ރައިޓްސައިޒް ކުރުމުގެ ނަމުގައި ސަރުކާރުގެ ކުންފުނިތަކުން އެމްޑީޕީ އަށް ނިސްބަތްވާ މުވައްޒަފުން ވަކި ކުރަމުން ދަނީ ނުހައްގުން ކަމުގައި އެމްޑީޕީ އިން ދަނީ ބުނަމުންނެވެ. 

މީގެއިތުރުން ބުރާސްފަތި ދުވަހު ހއ. މާރަންދޫ ފެނަކަ ބްރާންޗުގައި މަސައްކަތް ކުރާ 13 މުވައްޒަފަކު ވަޒީފާއިން ވަކި ކުރިކަމަށް އެ ރަށު ކައުންސިލުން ނެރެފައިވާ ނޫސްބަޔާނެއްގައި ވަނީ ހާމަކޮށްފަ އެވެ. ހަމައެއާއެކު އެއް ހަފްތާ ތެރޭގައި އައްޑޫ ސިޓީގެ ފެނަކައިގައި މަސައްކަތް ކުރާ 200 އެއްހާ މުވައްޒަފުން ވެސް ވަނީ ވަކި ކޮށްފަ އެވެ. ހަރަދު ކުޑަކުރާ ނަމަ، ސަރުކާރުން ސިޔާސީ ބޭނުމުގައި ދީފައިވާ މުސާރަ ބޮޑު ވަޒީފާތަކުން މީހުން ވަކި ކުރުމަށް ގިނަ ރައްޔިތުން ވެސް ދަނީ ގޮވާލަމުންނެވެ.

އަބްދުﷲ ޝާހިދުއެމްޑީޕީ

އެންމެ ހިނގާ

1

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

2

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

3

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

4

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

5

އީރާާންގެ ވެރިންނަކީ ނުލަފާ ބައެއް، އެއްބަސްވުމަކަށް ނުދާނަން: ނަތަންޔާހޫ

އިތުރަށް ކިޔާލަން

29 އޯގަސްޓު 2026

އެމްޑީޕީގެ ކުއްލި ހަރަކާތެއް، ހަރުގެ ކުރިމަތީގައި އިހުތިޖާޖުކޮށްފި!

29 އޯގަސްޓު 2026
އެމްޑީޕީގެ ކުއްލި ހަރަކާތެއް، ހަރުގެ ކުރިމަތީގައި އިހުތިޖާޖުކޮށްފި!
28 އޯގަސްޓު 2026

މި ވެރިކަމުގައި ފެނުނީ ލާމަރުކަޒީ ޤާނޫނު ސަންދޯކަށްލައި، ބޮޑު މޮހޮރު ޖަހާފައި ތަޅުލި މަންޒަރު: ސަމީރު

28 އޯގަސްޓު 2026
މި ވެރިކަމުގައި ފެނުނީ ލާމަރުކަޒީ ޤާނޫނު ސަންދޯކަށްލައި، ބޮޑު މޮހޮރު ޖަހާފައި ތަޅުލި މަންޒަރު: ސަމީރު
27 އޯގަސްޓު 2026

މި ސަރުކާރަށް ތިން އަހަރުވާއިރު، ބަޖެޓުގެ ގޮތުގައި 170 ބިލިއަން ރުފިޔާ ދީފި، މިއީ ނިމިދިޔަ ފަސް އަހަރުގެ މުޅި ބަޖެޓާ ގާތްކުރާ އަދަދެއް: މެންބަރު ޣަފޫރު

27 އޯގަސްޓު 2026
މި ސަރުކާރަށް ތިން އަހަރުވާއިރު، ބަޖެޓުގެ ގޮތުގައި 170 ބިލިއަން ރުފިޔާ ދީފި، މިއީ ނިމިދިޔަ ފަސް އަހަރުގެ މުޅި ބަޖެޓާ ގާތްކުރާ އަދަދެއް: މެންބަރު ޣަފޫރު
25 އޯގަސްޓު 2026

އަޅުގަނޑުގެ އިދިކޮޅު ފަރާތްތަކަކީ މިހާރު މި އޮތް ސަރުކާރު: ޝާހިދު

25 އޯގަސްޓު 2026
އަޅުގަނޑުގެ އިދިކޮޅު ފަރާތްތަކަކީ މިހާރު މި އޮތް ސަރުކާރު: ޝާހިދު
25 އޯގަސްޓު 2026

އަޅުގަނޑަކީ އަސްލު އެމްޑީޕީ މީހެއް، ޑީއާރުޕީ އިން ވަކިވީ ރައީސް ވަހީދުގެ ސަރުކާރުގައި ބައިވެރިވާން އެ ޕާޓީ އިން ނިންމުމުން: ޝާހިދު

25 އޯގަސްޓު 2026
އަޅުގަނޑަކީ އަސްލު އެމްޑީޕީ މީހެއް، ޑީއާރުޕީ އިން ވަކިވީ ރައީސް ވަހީދުގެ ސަރުކާރުގައި ބައިވެރިވާން އެ ޕާޓީ އިން ނިންމުމުން: ޝާހިދު
25 އޯގަސްޓު 2026

މިއީ ދިވެހީންނަށް މުސީބާތެއް ކަހަލަ ސަރުކާރެއް، ޤައުމުގެ ހާލަތާ މެދު ވަރިހަމަ ކޮށްލައިގެން ތިބެވޭކަށް ނެތް: ޝާހިދު

25 އޯގަސްޓު 2026
މިއީ ދިވެހީންނަށް މުސީބާތެއް ކަހަލަ ސަރުކާރެއް، ޤައުމުގެ ހާލަތާ މެދު ވަރިހަމަ ކޮށްލައިގެން ތިބެވޭކަށް ނެތް: ޝާހިދު
20 އޯގަސްޓު 2026

10 އަހަރު ފޯކައިދޫ ފެނަކަ ބްރާންޗަށް ޚިދުމަތް ކުރި މުވައްޒަފަކު އެމްޑީޕީއަށް ސޮއިކުރުމުން ވަޒީފާއިން ވަކިކުރި ކަމުގެ ތުހުމަތު!

20 އޯގަސްޓު 2026
10 އަހަރު ފޯކައިދޫ ފެނަކަ ބްރާންޗަށް ޚިދުމަތް ކުރި މުވައްޒަފަކު އެމްޑީޕީއަށް ސޮއިކުރުމުން ވަޒީފާއިން ވަކިކުރި ކަމުގެ ތުހުމަތު!
18 އޯގަސްޓު 2026

އައްޑޫއިން ފެނިގެން ދަނީ ސަރުކާރުގެ ދެކޮޅުނުޖެހޭ ސިޔާސަތުތަކުގެ ސަބަބުން ތަރައްގީ ސޮއްސާލާފައިވާ މަންޒަރު: ޝާހިދު

18 އޯގަސްޓު 2026
އައްޑޫއިން ފެނިގެން ދަނީ ސަރުކާރުގެ ދެކޮޅުނުޖެހޭ ސިޔާސަތުތަކުގެ ސަބަބުން ތަރައްގީ ސޮއްސާލާފައިވާ މަންޒަރު: ޝާހިދު
17 އޯގަސްޓު 2026

ރައީސް މުއިއްޒު ސިޔާސީ ގޮތުން މާޔޫސްވެ ބަލިކަށިވެއްޖެ: ޑީޑީ

17 އޯގަސްޓު 2026
ރައީސް މުއިއްޒު ސިޔާސީ ގޮތުން މާޔޫސްވެ ބަލިކަށިވެއްޖެ: ޑީޑީ
17 އޯގަސްޓު 2026

ރާއްޖޭގެ އިޤްތިސާދީ ހާލަތު ބަދަލުކޮށް ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް ހޯދައިދެވޭނީ އެމްޑީޕީއަށް: ޝާހިދު

17 އޯގަސްޓު 2026
ރާއްޖޭގެ އިޤްތިސާދީ ހާލަތު ބަދަލުކޮށް ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް ހޯދައިދެވޭނީ އެމްޑީޕީއަށް: ޝާހިދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް