Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ

ޑޮލަރުގެ އަގު 23 ރުފިޔާއިން މައްޗަށް އަރާއިރު އެ ވާހަކަ ބުނުމުން ޖަލަށްލާ ހިސާބަށް ޤައުމުގެ ހާލަތު ގޮސްފި: މައުރޫފް

27 އޯގަސްޓު 2026 | ބުރާސްފަތި 06:44

ރައްޔިތުންގެ މަޖިލީހުން ސަރުކާރުގެ ނިންމުންތަކަށް "ރަބަރ ސްޓޭމްޕް" ޖަހަމުންދާތީ، މަޖިލީހަށް އޮތް އިތުބާރު ގެއްލެމުންދާކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ. އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ބެލުމެއްނެތި ސަރުކާރުން ބޭނުންވާ ބިލުތައް އަވަސް އަރުވާލައިގެން ފާސްކުރަމުންދާ ކަމަށް. މީގެ އިތުރުން، އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދަށަށްދާއިރު، މަޖިލީހުގެ މަސްއޫލިއްޔަތު އަދާކުރަނީ ރައްޔިތުންގެ ބޭނުންތަކަށް ރިއާޔަތްކޮށްގެން ނޫންކަން ވެސް އޭނާ ފާހަގަކުރެއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 އޯގަސްޓު 2026 | ބުރާސްފަތި 06:44
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު | ރާއްޖެ އެމްވީ

ޑޮލަރުގެ އަގު 23 ރުފިޔާއިން މައްޗަށް އަރާއިރު އެ ވާހަކަ ބުނުމުން ޖަލަށްލާ ހިސާބަށް ޤައުމުގެ ހާލަތު ގޮސްފައިވާކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުރޫފް ވިދާޅުވީ، މަޖިލީހާ ދޭތެރޭގައި ރައްޔިތުންގެ އިތުބާރު އޮތުމަކީ ނުހަނު މުހިއްމު ކަމެއް ކަމަށާއި ނަމަވެސް މިއަދު މަޖިލީހުން ކަންކަން ނިންމަމުންދާ ގޮތުގެ ސަބަބުން ރައްޔިތުންގެ އިތުބާރު ދަނީ ގެއްލެމުން ކަމަށެވެ.

Advertisement - newsAdvertisement

މުޅި މަޖިލީހުން ކަންކަން ކުރަމުންދާ ގޮތާމެދު ބޮޑެތި ކަންބޮޑުވުންތައް އެބަހުރިކަން ފާހަގަ ކުރައްވައި މައުރޫފް ވިދާޅުވީ، މަޖިލީހުގެ މެންބަރުންނަށް ރައްޔިތުން އެދޭފަދަ މަސައްކަތްތަކެއް ކުރެވެމުން ނުދާކަން ރައްޔިތުން ޤަބޫލުކުރާ ކަމަށާއި، އޭގެ ސަބަބުން އެކިއެކި ޕެޓިޝަންތައް ވެސް ރައްޔިތުންގެ ފަރާތުން ހުށަހަޅަމުންދާ ކަމަށެވެ. 

މައުރޫފް ވިދާޅުވީ، މިއަދު ފެންނަނީ މަޖިލީހަކީ ސަރުކާރުން ފޮނުވާ ކޮންމެ ކަމަކަށް ރަބަރ ސްޓޭމްޕް ޖަހާ ތަނެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން ސަރުކާރުން ބޭނުންވާ ބިލުތައް އަވަސް އަރުވާލައިގެން ނިންމަމުންދާ މަންޒަރު މިހާރު ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކަންކަން މިހެން ހުރިއިރު ރައްޔިތުންގެ ދިރިއުޅުމުގެ އާންމު ހާލަތު ދުވަހެއް ދުވަހަކަށް ދަނީ ދަށަށްކަމަށް މައުރޫފް ވިދާޅުވި އެވެ. އެގޮތުން ޑޮލަރުގެ އަގު 23 ރުފިޔާއިން މައްޗަށް އަރާއިރު އެ ވާހަކަ ބުނުމުން ޖަލަށްލާ ހިސާބަށް ޤައުމުގެ ހާލަތު ގޮސްފައިވާކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، މި ފަހުން ފާސްކުރި އެކިއެކި ޤާނޫނުތަކާ ގުޅޭގޮތުން އެމްޑީޕީ ޕީޖީގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރިކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.

މަޖިލީހުގެ މިހާރުގެ މެޖޯރިޓީ އޮންނަނީ ސަރުކާރާ ގުޅިފައިވާ ޕީއެންސީގެ އަތުގަ އެވެ. ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުން ހުށަހަޅާ ބިލުތައް ފާސްކުރުމުގައި ބޮޑެތި ދެބަސްވުންތަކެއް ނެތި ބިލުތައް ފާސްކުރަމުންދާކަމަށް ވަނީ ފާހަގަކުރެވިފަ އެވެ. މިކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ވަނީ ކަންބޮޑުވުންތައް ފާޅުކޮށްފަ އެވެ.

އެމްޑީޕީ ޕީޖީން ބުނީ މަޖިލީހުގެ މަސްއޫލިއްޔަތު އަދާކުރަމުންދަނީ ރައްޔިތުންގެ ބޭނުންތަކަށް ރިއާޔަތްކޮށްގެން ނޫންކަމަށާއި މިކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި މަޖިލީހާމެދު އޮތް އިތުބާރު ދަށަށްދާ ކަމަށެވެ.

މައުރޫފް ޒާކިރުއެމްޑީޕީ ޕީޖީމަޖިލިސް

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

3

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

4

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

26 އޯގަސްޓު 2026

ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހަކީ ބިން ފޭރޭ ބިލެއް، މި ބިލަށް ބަހުސްކުރަން ރަނގަޅުވާނީ އިސްރާއީލުގެ މަޖިލީހެއްގައި: މައުރޫފް

26 އޯގަސްޓު 2026
ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހަކީ ބިން ފޭރޭ ބިލެއް، މި ބިލަށް ބަހުސްކުރަން ރަނގަޅުވާނީ އިސްރާއީލުގެ މަޖިލީހެއްގައި: މައުރޫފް
26 އޯގަސްޓު 2026

ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ މާރުކުރާތީ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

26 އޯގަސްޓު 2026
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ މާރުކުރާތީ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި
17 އޯގަސްޓު 2026

މިއަދު ފެންނަނީ ޓެކްސް ނިޒާމު ލާދީނީކަމަށް ބުނި މީހުން އިތުރު ޓެކްސް ނަގަން މަސައްކަތްކުރާ ތަން: މައުރޫފް

17 އޯގަސްޓު 2026
މިއަދު ފެންނަނީ ޓެކްސް ނިޒާމު ލާދީނީކަމަށް ބުނި މީހުން އިތުރު ޓެކްސް ނަގަން މަސައްކަތްކުރާ ތަން: މައުރޫފް
16 އޯގަސްޓު 2026

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ސަބަބުން ވިޔަފާރިތަކަށް ޓެންޝަން އިތުރުވާނެ: މެންބަރު މައުރޫފް

16 އޯގަސްޓު 2026
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ސަބަބުން ވިޔަފާރިތަކަށް ޓެންޝަން އިތުރުވާނެ: މެންބަރު މައުރޫފް
10 އޯގަސްޓު 2026

މި ސަރުކާރުން ދަނީ ކައުންސިލްތަކަށް އޮންނަ ހަމައެކަނި ބާރަކީ ވިހާ މަރުވާ ބެލެހެއްޓުން ކަމަށް ހެދުމަށް މަސައްކަތް ކުރަމުން: މައުރޫފް

10 އޯގަސްޓު 2026
މި ސަރުކާރުން ދަނީ ކައުންސިލްތަކަށް އޮންނަ ހަމައެކަނި ބާރަކީ ވިހާ މަރުވާ ބެލެހެއްޓުން ކަމަށް ހެދުމަށް މަސައްކަތް ކުރަމުން: މައުރޫފް
04 އޯގަސްޓު 2026

މަޝްރޫއުތައް ހިންގުމުގެ ނަމުގައި މި ސަރުކާރުން ކުރާ ކަމަކީ ވައްކަންކުރުން: މައުރޫފް

04 އޯގަސްޓު 2026
މަޝްރޫއުތައް ހިންގުމުގެ ނަމުގައި މި ސަރުކާރުން ކުރާ ކަމަކީ ވައްކަންކުރުން: މައުރޫފް
29 ޖުލައި 2026

މުވައްޒަފުން މަދުކުރުމުގެ ނަމުގައި ސަރުކާރާ ދެކޮޅު މީހުން ވަޒީފާ އިން ކަނޑާކަމަށް ބުނާ މައްސަލަ ބަލައިނުގަނެ ބޭރު ކޮށްލައިފި!

29 ޖުލައި 2026
މުވައްޒަފުން މަދުކުރުމުގެ ނަމުގައި ސަރުކާރާ ދެކޮޅު މީހުން ވަޒީފާ އިން ކަނޑާކަމަށް ބުނާ މައްސަލަ ބަލައިނުގަނެ ބޭރު ކޮށްލައިފި!
27 ޖުލައި 2026

ރާއްޖޭގައި މިނިވަން މުއައްސަސާއެއް ނެތް، ޕީސީބީ ވެސް އޮތީ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައި: މެންބަރު މައުރޫފް

27 ޖުލައި 2026
ރާއްޖޭގައި މިނިވަން މުއައްސަސާއެއް ނެތް، ޕީސީބީ ވެސް އޮތީ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައި: މެންބަރު މައުރޫފް
27 ޖުލައި 2026

މަޖިލީހުގެ ޖަލްސާތައް ކެންސަލް ކުރަމުންގޮސް، މާދަމާއަށް ޖަލްސާއެއް ތާވަލުކޮށްފި، އެޖެންޑާގެ އެއްވަނައިގައި އޮތީ ބޭރުގެ މަންދޫބަކު އައްޔަންކުރެއްވުމަށް ރައީސް ފޮނުއްވާފައިވާ މައްސަލައެއް

27 ޖުލައި 2026
މަޖިލީހުގެ ޖަލްސާތައް ކެންސަލް ކުރަމުންގޮސް، މާދަމާއަށް ޖަލްސާއެއް ތާވަލުކޮށްފި، އެޖެންޑާގެ އެއްވަނައިގައި އޮތީ ބޭރުގެ މަންދޫބަކު އައްޔަންކުރެއްވުމަށް ރައީސް ފޮނުއްވާފައިވާ މައްސަލައެއް
26 ޖުލައި 2026

މިއަދު މި ފެންނަނީ ނުބައި ނުލަފާ ވެރިޔެއްގެ ކިބައިން ރައްޔިތުންނަށް ކުރިމަތިވާނެ ކަންކަން: މެންބަރު މައުރޫފް

26 ޖުލައި 2026
މިއަދު މި ފެންނަނީ ނުބައި ނުލަފާ ވެރިޔެއްގެ ކިބައިން ރައްޔިތުންނަށް ކުރިމަތިވާނެ ކަންކަން: މެންބަރު މައުރޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް