Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތަރައްގީ

ތަރައްގީގެ މަޝްރޫއުތައް މަޑުޖެހިފައިވާކަމަށް ރައްޔިތުން ބުނަމުން ދަނިކޮށް 2027 ވަނަ އަހަރަކީ ތަރައްގީގެ އެންމެ ގިނަ މަޝްރޫއުތައް ނިންމާލެވޭނެ އަހަރު ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

14 އޯގަސްޓު 2026 | ހުކުރު 12:43

އިޤްތިޞާދީ ގޮންޖެހުންތަކާ ހުރެ ބައެއް މަޝްރޫޢުތަކުގެ ދުވެލި މަޑުޖެހިފައިވީ ނަމަވެސް، 2027 ވަނަ އަހަރަކީ ރާއްޖޭގައި އެންމެ ގިނަ ތަރައްޤީގެ މަޝްރޫޢުތައް ނިމިގެންދާނެ އަހަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ. މިގޮތުން ތިލަމާލެ ބްރިޖާއި، ތިލަފުށީ ޕޯޓް އަދި ކައުންސިލް އިދާރާތައް ބިނާކުރުން ފަދަ މުހިންމު މަސައްކަތްތައް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ނިންމަވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވި

ރާއްޖެ އެމްވީ | 14 އޯގަސްޓު 2026 | ހުކުރު 12:43
2027 ވަނަ އަހަރަކީ ތަރައްޤީގެ އެންމެ ގިނަ މަޝްރޫޢުތައް ނިންމާލެވޭނެ އަހަރަށް ވާނެކަމުގައި ރައީސް މުއިއްޒު ވިދާޅުވި

2027 ވަނަ އަހަރަކީ ތަރައްޤީގެ އެންމެ ގިނަ މަޝްރޫޢުތައް ނިންމާލެވޭނެ އަހަރަށް ވާނެކަމުގައި ރައީސް މުއިއްޒު ވިދާޅުވި | ރައީސް އޮފީސް

ކުރީ ސަރުކާރުން ރާއްޖޭގެ ރަށްރަށުގައި ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް މަޑުޖެހިފައިވާކަމަށް ރައްޔިތުން ތަކުރާރުކޮށް ބުނަމުން ދަނިކޮށް, 2027 ވަނަ އަހަރަކީ ތަރައްގީގެ އެންމެ ގިނަ މަޝްރޫއުތައް ނިންމާލެވޭނެ އަހަރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ދިވެހިރާއްޖޭގެ އުތުރުން ފެށިގެން ދެކުނުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާކަމަށާ، މީގެ ތެރެއިން ބައެއް މަޝްރޫއުގެ މަސައްކަތްތައް މި އަހަރުގެތެރޭގައި ނިންމާލެވޭއިރު، ކުރިއަށް އޮތް 2027 ވަނަ އަހަރަކީ ތަރައްގީގެ އެންމެ ގިނަ މަޝްރޫއުތައް ނިންމާލެވޭނެ އަހަރަށް ވާނެކަމުގަ އެވެ.

Advertisement - newsAdvertisement

ރައީސް އޮފީހުން ތައްޔާރު ކުރާ ސިލްސިލާ ޕޮޑްކާސްޓް "ދަ ޕަލްސް"ގެ 6 ވަނަ އެޕިސޯޑްގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނގަމުންދާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، "2027 އަކީ ޖުމްލަކޮށް ބަލަންޏާ އެންމެ ގިނަ މަޝްރޫއުތައް ނިމޭ އަހަރަށް ވާނެ،" ކަމުގަ އެވެ.

ސިއްހީ ދާއިރާއިންނާއި، ކުނިމެނޭޖުކުރުމުގެ ދާއިރާ އާއި ކުޅިވަރުގެ ދާއިރާ އާއި ތައުލީމީ ދާއިރާ އާއި ބޭންކިންގ އާއި ވިޔަފާރީގެ ދާއިރާ އިން ކޮންމެ ރަށެއްގައި ކޮންމެހެން ހުންނަން ޖެހޭނެ ކަންތައްތަކެއް ރައީސް މުއިއްޒު ފާހަގަ ކުރެއްވި އެވެ.

"އައުޓްޑޯ ޖިމްތައް ވޭސްޓް މެނޭޖްމަންޓް ސެންޓަރުތައް، ޕޮލިސް ސްޓޭޝަންތައް، ނުވަތަ ޕޮލިސް ޕޯސްޓްތައް ދެން މިހެން ގޮސް ކުޑަކުދިންގެ ޕާކުތަކާއި، މިހެން ގޮސް އެކި ޒާތްޒާތުގެ ކޮންމެހެން ހުންނަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރާ  ކަންތައްތައް،" މި ދައުރުގެ ތެރޭގައި، ހާސިލުކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އޭގެ އިތުރުން ވަކި ރަށްތަކެއް އިސްކުރެވިގެން ހިންގޭ އެހެން ގިނަ ބައިވަރު މަޝްރޫއުތައް ހުންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެއީ ތަރައްގީގެ އެންމެ މަތީ ފަންތީގެ ކަންތައްތަކެއް ފޯރުކޮށްދިނުމުގެ ގޮތުން ހިންގާ މަސައްކަތްތަކެއް ކަަން މުއިއްޒު ފާހަގަ ކުރެއްވި އެވެ.

1،150 ހެކްޓަރުގެ ބިން ހިއްކައިގެން ހަދާ ރަސްމާލޭގައި 350،000 މީހުން ވަޒަންވެރިކުރުވުމުގެ ވާހަކަ ވެސް ދައްކަވާ މުއިއްޒު ވިދާޅުވީ، މާލެ އަށް މީހުން އަންނަން ޖެހެނީ ޒަމާންތަކެއް ވަންދެން އޮތް ސިޔާސަތެއްގެ ސަބަބުން މަޖުބޫރުވެގެން ކަމުގަ އެވެ.

އެ ގޮތުން ރަށްރަށުން ވެސް ރަނގަޅު ޚިދުމަތް ލިބޭނަމަ މާލެ އަށް އޮތް ތޮއްޖެހުމުގެ މައްސަލަ ކުޑަވެގެންދާނެ ކަން ރައީސް ފާހަގަ ކުރެއްވި އެވެ.

އާންމުންގެ ބައެއްގެ ވީޑިިއޯތަކެއް މި ޕްރޮގްރާމުގައި ހިމަނާފައިވާ އިރު، މި އެޕިސޯޑުގައި ވާހަކަ ދެއްކި އެކަކު ބުނީ ރަށުގައި ކުރަން ހުރި ކަންކަން ގިނަ ކަމަށާއި، އެހެން ނަމަވެސް އައު ކަންކަން ކުރުމުގެ ކުރިން އެންމެ އިސްކަމެއް ދޭންވީ ފަށާފައި ހުރި މަޝްރޫއުތައް ނިންމުމަށް ކަމުގަ އެވެ. އެ ގޮތުން ބަނދަރާ މަގު ހެދުމުގެ މަޝްރޫއު ފަދަ މަސައްކަތްތައް ނުނިމި ވަރަށް ގިނަ ދުވަސްވާތީ އެކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފަ އެވެ. އޭނާ ފާހަގަ ކުރި ގޮތުގައި މަސައްކަތްތައް ނުނިމި ގިނަ ދުވަސްވާތީ ވަރަށް ބައިވަރު ގެއްލުންތައްވާ ކަަމަށެވެ.

ރައީސް މުއިއްޒުގެ ސަރުކާރަށް ތިން އަހަރު ފުރެންދާއިރު، ކުރީގެ ސަރުކާރުން ހަލުއިކަމާ އެކު ކުރިއަށް ގެންދިޔަ ކިތަންމެ މަޝްރޫއެއް މަޑު ޖެހި ބައެއް ކަންކަން މުޅިން ހުއްޓިފައިވާ ކަން އާންމުން އަންނަނީ ފާހަގަ ކުރަމުންނެވެ.

މުއިއްޒުގެ ވާހަކަފުޅުގައި ބައެއް މަޝްރޫއުތައް އެކަށީގެންވާ ހަލުވި ސްޕީޑުގައި ކުރިއަށް ނުދާކަމަށް ވަނީ އެއްބަސްވެ ވަޑައިގެންފަ އެވެ. އެކަމުގައި ސަބަބުތަކެއް ހުރިކަމަށާއި އޭގެ ތެރޭގައި އިގްތިސާދީ ދަތިތައް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

އެހެން މުއިއްޒު ވިދާޅުވި ނަމަވެސް ވެރިކަމަށް ވަޑައިގަތީ ހާސްވާން ޖެހޭނެ އެއްވެސް ކަމެއް ނެތް ކަމަށާއި، އިގްތިސާދީ ގޮތުން ވިޔަސް މަޝްރޫއުތައް ހިންގުމުގެ ގޮތުން ވިޔަސް ބޭނުންވާ އެހީ ލިބޭނެ ގޮތް ހަމަޖެހިފައި އޮތް ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވުމަށްފަހު އެވެ.

"ދަ ޕަލްސް" ޕޮޑްކާސްޓުގެ 6 ވަނަ އެޕިސޯޑްގައި ރައީސް މުއިއްޒު ވަނީ ޒަމާނީ ފެންވަރުގެ ކައުންސިލް އިދާރާތައް ބިނާކުރުމަށް މިހާރު ކުރިއަށްގެންދާ މަޝްރޫއުގެ މަސައްކަތްތައް ނިންމާ، 2027 ވަނަ އަހަރުގެ މެދަކާ ހިސާބުގައި މި އިދާރާތަކުގެ ބޭނުން ހިފޭނެކަމުގެ އުންމީދު އޮތްކަން ހާމަކުރައްވާފަ އެވެ. މީގެ އިތުރުންވެސް ކައުންސިލް އިދާރާތަކުގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ހިނގާކަމަށާ، ކުރިއަށް އޮތް 2 އަހަރެއްހާ ދުވަހުގެ ތެރޭގައި، 100 ވަރަކަށް ރަށުގައި، ކައުންސިލް އިދާރާތައް ހިނގަމުންދާނީ އައު އިމާރާތްތަކެއްގައި ކަމަށް ޤަބޫލުފުޅުކުރައްވާކަމުގައި ރައީސް ވިދާޅުވި އެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި އިންޑިއާގެ ކުންފުންޏަކުން މާލޭ ސަރަޙައްދުގައި ތަރައްގީ ކުރަމުންދާ ތިލަމާލޭ ބްރިޖުގެ މަޝްރޫއާ ބެހޭ ގޮތުން ރައީސް ވިދާޅުވީ، ހަލުވި ދުވެލީގައި މިމަޝްރޫއު މިހާރު ކުރިއަށް އެބަދާކަމަށާ، މާ ލަސްތަކެއްނުވެ، ބުރިޖުގެ މަޝްރޫއު ނިމޭނެކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށެވެ.

"ދަ ޕަލްސް"ގެ 6 ވަނަ އެޕިސޯޑުގައި، ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫޢަކަށް ވާނީ، މާލެއިން ތިލަފުށްޓަށް ޕޯޓް ބަދަލުކުރުމުގެ މަޝްރޫއު ކަމަށާއި، ކުރިއަށް އޮތް 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަށް މިކަން ފުރިހަމަވެގެންދާނެކަމުގެ ޔަޤީންކަމުގެ ދެއްވާ ކަމުގަ އެވެ.

ރައީސް މުއިއްޒު އެކި މުނާސަބަތުތަކުގައި އެކިކަންކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވިދާޅުވި ނަމަވެސް އެކަންކަން އެ ވިދާޅުވާ ގޮތަށް ނުވެ ދިއުމަކީ ދިވެހި ރައްޔިތުންނަށް މިހާރު އައު ކަމެއް ނޫންކަން ފާހަގަ ކުރެވެ އެވެ.

އެ ގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ މި ސަަރުކާރުން ހިންގާ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއު ކަމުގައިވާ ރަސްމާލެ ހިއްކުމުގެ މަސައްކަތް 2025 ގެތެރޭ ނިންމާލައި،  2026 ވަނަ އަހަރުގައި އަސާސީ ޚިދުމަތްތައް ޤާއިމްކުރުމާއި މަގު ހެދުމާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ޢަމަލީ މަސައްކަތް ފެށޭނެ ކަމަށް ހުސްވި އަހަރުގެ ފެބްރުއަރީ މަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެއްޓެވުމަށްޓަކައި ރިޔާސީ ބަޔާން އިއްވަވަމުން ވަނީ ވިދާޅުވެފަ އެވެ. 

ޑރ. މުހައްމަދު މުއިއްޒުދަ ޕަލްސްރަސްމާލެ ތަރައްޤީޕްރޮޖެކްޓްތައް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

14 އޯގަސްޓު 2026

ކޮންމެ ދަރިއެއްގެ ހިތުގައިވެސް ދިވެހި ގައުމިއްޔަތުގެ ވިންދާއި ރޫޙު ހިފެހެއްޓުމަށް ރައީސް މުއިއްޒު ގޮވާލައްވައިފި

14 އޯގަސްޓު 2026
ކޮންމެ ދަރިއެއްގެ ހިތުގައިވެސް ދިވެހި ގައުމިއްޔަތުގެ ވިންދާއި ރޫޙު ހިފެހެއްޓުމަށް ރައީސް މުއިއްޒު ގޮވާލައްވައިފި
14 އޯގަސްޓު 2026

ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރަން އެދޭ ފަރާތްތަކާ ވަކިވަކިން ބައްދަލުކުރައްވާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ ބައްދަލުވުންތައް ފަށައިފި

14 އޯގަސްޓު 2026
ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރަން އެދޭ ފަރާތްތަކާ ވަކިވަކިން ބައްދަލުކުރައްވާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ ބައްދަލުވުންތައް ފަށައިފި
13 އޯގަސްޓު 2026

ރައީސް މުއިއްޒު ޔޫއޭއީގެ ރައީސަށް ފޯނުން ގުޅުއްވައިފި

13 އޯގަސްޓު 2026
ރައީސް މުއިއްޒު ޔޫއޭއީގެ ރައީސަށް ފޯނުން ގުޅުއްވައިފި
13 އޯގަސްޓު 2026

މާލެ-ރަސްމާލެ ބިއްލޫރި ޓަނަލްގެ ފީސިބިލިޓީ މަސައްކަތް ފަށާއިވާ ކަމަށް މުއިއްޒު ވިދާޅުވެފައިވަނިކޮށް މިނިސްޓްރީން ބުނީ އަދި އެކަމަށް ބަޔަކު ހޮވާފައިވެސް ނުވާ ކަމަށް

13 އޯގަސްޓު 2026
މާލެ-ރަސްމާލެ ބިއްލޫރި ޓަނަލްގެ ފީސިބިލިޓީ މަސައްކަތް ފަށާއިވާ ކަމަށް މުއިއްޒު ވިދާޅުވެފައިވަނިކޮށް މިނިސްޓްރީން ބުނީ އަދި އެކަމަށް ބަޔަކު ހޮވާފައިވެސް ނުވާ ކަމަށް
12 އޯގަސްޓު 2026

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ޒުވާނުންނަށް ރައީސް މުއިއްޒު ތަހުނިޔާ ފޮނުއްވައިފި

12 އޯގަސްޓު 2026
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ޒުވާނުންނަށް ރައީސް މުއިއްޒު ތަހުނިޔާ ފޮނުއްވައިފި
11 އޯގަސްޓު 2026

ރައީސް މުއިއްޒުގެ ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް އަނެއްކާވެސް ސަރުކާރުން ބުނެފި

11 އޯގަސްޓު 2026
ރައީސް މުއިއްޒުގެ ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް އަނެއްކާވެސް ސަރުކާރުން ބުނެފި
10 އޯގަސްޓު 2026

ސާކްގެ ސެކްރެޓަރީ ޖެނެރަލް، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ވަދާއީ ޒިޔާރަތެއް ކުރައްވައިފި

10 އޯގަސްޓު 2026
ސާކްގެ ސެކްރެޓަރީ ޖެނެރަލް، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ވަދާއީ ޒިޔާރަތެއް ކުރައްވައިފި
10 އޯގަސްޓު 2026

ކިހާދޫއަށްވީ ވައުދުތައް ފުއްދުމުގެ ލަސްކަން ރައީސް ގަބޫލުކުރައްވާފައިވާއިރު، ސިއްހީ މަރުކަޒުގެ މަސައްކަތަށް އަނެއްކާވެސް އައު ޑެޑްލައިނެއް!

10 އޯގަސްޓު 2026
ކިހާދޫއަށްވީ ވައުދުތައް ފުއްދުމުގެ ލަސްކަން ރައީސް ގަބޫލުކުރައްވާފައިވާއިރު، ސިއްހީ މަރުކަޒުގެ މަސައްކަތަށް އަނެއްކާވެސް އައު ޑެޑްލައިނެއް!
08 އޯގަސްޓު 2026

ޕާޕާގެ ސުވާލެއް: ޔާމީނުގެ ވެރިކަން ހިންގައިދިނީ މުއިއްޒުކަމަށްވާނަމަ، މިއަދު އެންމެ މަޝްރޫއުގަނޑެއް ވެސް ނިންމައިނުދެވިގެން އުޅެނީ ކީއްވެތޯ؟

08 އޯގަސްޓު 2026
ޕާޕާގެ ސުވާލެއް: ޔާމީނުގެ ވެރިކަން ހިންގައިދިނީ މުއިއްޒުކަމަށްވާނަމަ، މިއަދު އެންމެ މަޝްރޫއުގަނޑެއް ވެސް ނިންމައިނުދެވިގެން އުޅެނީ ކީއްވެތޯ؟
08 އޯގަސްޓު 2026

މިއަދު ޑޮލަރުގެ އަގު ހުރި ހިސާބު ޚުދު ރައީސް މުއިއްޒަށް ވެސް އެނގިވަޑައިނުގަންނަވާ: ކުރީގެ މެންބަރު ޝިފާއު

08 އޯގަސްޓު 2026
މިއަދު ޑޮލަރުގެ އަގު ހުރި ހިސާބު ޚުދު ރައީސް މުއިއްޒަށް ވެސް އެނގިވަޑައިނުގަންނަވާ: ކުރީގެ މެންބަރު ޝިފާއު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް