Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރައްޔިތުންގެ މަޖިލިސް

އިސްލާމްދީނާ ޚިލާފު ގާނޫނެއް އުފަން ނުކުރެވޭނެ ފަދަ ނިޒާމެއް ގާއިމުކުރަން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއިރު، މިހުރިހާ ދުވަހު މިގައުމުގައި އޮތީ ކޮން ނިޒާމެއްތޯ؟

15 އޯގަސްޓު 2026 | ހޮނިހިރު 08:35

ގާނޫނުއަސާސީން އިސްލާމްދީނަށް ފުރިހަމަ ހިމާޔަތް ލިބިދީފައިވަނިކޮށް، ސަރުކާރުގެ މަގުބޫލުކަން ކުޑަވާ ދަނޑިވަޅެއްގައި ދީނީ ކާޑު ކުޅުއްވުމަކީ ސިޔާސީ އުކުޅެއް ކަމަށް ގިނަ ބަޔަކު ދެކޭ. މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮވެ، ރައްޔިތުންގެ ބާރުތައް ހަނިވާގޮތަށް ގާނޫނުތަކަށް ބަދަލު ގެންނާތީ ސަރުކާރުގެ ނިޔަތާމެދު ވަނީ ސުވާލު އުފެދިފައި

އަމްނާ އިމާދު
އަމްނާ އިމާދު | 15 އޯގަސްޓު 2026 | ހޮނިހިރު 08:35
ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ | ރައީސް އޮފީސް

ރާއްޖޭގައި އިސްލާމްދީނާ ޚިލާފު އެއްވެސް ގާނޫނެއް އުފަން ނުކުރެވޭނެ ފަދަ ނިޒާމެއް ގާއިމުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ދެއްކެވި މި ވާހަކަފުޅާއެކު، ސިޔާސީ މަސްރަހުގައާއި އާންމުންގެ މެދުގައި ބޮޑެތި ސުވާލުތަކެއް އުފެދޭނެ ކަމާމެދު ޝައްކަތް ނެތެވެ. ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ތާރީޚަށް ބަލާއިރު އިސްލާމީ އުސޫލުތައް ހިމާޔަތްކުރެވިފައިވާ މިންވަރަށް ބަލައި، މިފަދަ ވާހަކަފުޅެއް މި ދަނޑިވަޅުގައި ދެއްކެވުމުގެ އަސްލު މަގުސަދާމެދު ވެސް ގިނަ ބަޔަކު ސުވާލުު އުފައްދާނެއްނޫންތޯ އެވެ.

ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވާއިރު، ރާއްޖެ އިސްލާމްވި ހިޖުރައިން 548 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ވެސް ދިވެހިންގެ ގައުމިއްޔަތާއި ދީން ވަނީ ގުޅިލާމެހިފަ އެވެ. 2008 ވަނަ އަހަރު އަމަލުކުރަން ފެހި ގާނޫނުއަސާސީގައި ސަރީހަކޮށް އިސްލާމްދީން ދީނާ ޚިލާފު އެއްވެސް ގާނޫނެއް ރާއްޖޭގައި ނުހެދޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ވެސް އިސްލާމް ދީނަށް ފުށޫއަރާ ގޮތަށް އެއްވެސް ކަމެއް ކޮށްފައިނުވެ އެވެ. އަދި އެފަދަ ކަމެއް ކުރުމުގެ ފުރުސަތު ދިވެހި ރައްޔިތުން ނުދޭނެކަމީ ވެސް ޔަގީން ކަމެކެވެ. 

އަދި މިހާރުގެ ހާލަތަށް ބަލާއިރު، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮތީ ސަރުކާރު ހިންގާ ޕީއެންސީގެ އަތުގަ އެވެ. މަޖިލީހުގެ ބާރުތައް ބޭނުންކޮށްގެން ގާނޫނުއަސާސީއަށާއި ގާނޫނުތަކަށް ސަރުކާރުން ބޭނުންވާ ބަދަލުތައް ދަނީ ގެންނަމުންނެވެ.

އެގޮތުން ޑޮލަރު މާރުކުރުމުގެ ސިޔާސަތަށް ގެނައި ބަދަލުތަކާއި، ސިނގިރޭޓުގެ އަގަށް ގެނައި ބަދަލުތަކުގެ އިތުރުން، މިނިވަން މުއައްސަސާތަށް ރައީސް ބޭނުންފުޅުވާ ބޭފުޅަކު އައްޔަން ކުރެވޭނެ ގޮތަށް ގެނެވުނު އިސްލާހުތައް ފާހަގަކޮށްލެވެ އެވެ. އަދި ލާމަރުކަޒީ ގާނޫނުން ރައްޔިތުންގެ ބާރު ހަނިވާ ގޮތަށް ގެންނަ ބަދަލުތައް ފާހަގަކުރެވޭނޫންތޯ އެވެ.

ގައުމުގެ މަސްލަހަތު އެއްކިބާ ކުރުމަށްފަހު، ރައްޔިތުން ނުރުހޭ ގޮތަށް މިފަދަ ބޮޑެތި ބަދަލުތައް ގާނޫނަށް ގެނައުމަކީ ރައީސް މުއިއްޒުގެ މަގުބޫލުކަން ރައްޔިތުންގެ ކުރިމަތީގައި ދަށްވަމުންދާ މައިގަނޑު އެއް ސަބަބެވެ. 

ސިޔާސީ ބޭފުޅުން ވިދާޅުވާ ގޮތުގައި، ސަރުކާރުގެ ބައެއް ނިންމުންތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި މަގުބޫލުކަން ކުޑަވަމުންދާ ދަނޑިވަޅެއްގައި އިސްލާމްދީނާ ގުޅުވައިގެން މިފަދަ ވާހަކަފުޅުތައް ދެއްކެވުމަކީ ސިޔާސީ އުކުޅެކެވެ. މަޖިލީހުގެ ފުރިހަމަ ކޮންޓްރޯލް ސަރުކާރަށް އޮތްއިރު، މިފަދަ ނިޒާމެއް ގާއިމުކުރަން މިހާތަނަށް މަސައްކަތް ނުކުރައްވައި، ކުއްލިއަކަށް ގައުމީ ދުވަހު މިފަދަ ވާހަކަފުޅެއް ދެއްކެވުމުން ސަރުކާރުގެ ނިޔަތާމެދު ސުވާލު އުފެދޭނޫންތޯ އެވެ. 

ރާއްޖޭގައި އިސްލާމްދީން ހިމާޔަތްކުރުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ އެންމެ ބޮޑު އެދުމަށްވާއިރު، އިސްލާމް ދީނާ ގުޅުވައި، ދީނީ ކާޑު ކުޅުއްވި ނަމަވެސް މިއަދު އެކަން ރައްޔިތުން ބަލައިނުގަންނާނެ އެވެ. އޭގެ ޖަޒުބާތުގައި ޖެހުނު ދުވަސްތައް މިއަދު ފާއިތުވެ ވަނީ ނިމި ގޮސްފަ އެވެ. މިހާރުވެސް ގާނޫނުއަސާސީން އިސްލާމްދީނަށް ފުރިހަމަ ހިމާޔަތް ލިބިދީފައިވަނިކޮށް، އިސްލާމްދީނުގެ ނަމުގައި ސިޔާސީ މަންފާ ހޯދުމަށް މަސައްކަތްކުރުމަކުން، ރަނގަޅު ނަތީޖާއެއް ނުނިކުންނާނެ އެވެ. 

އެހެންކަމުން ރައްޔިތުންގެ ލޯތްބާއި ތާއީދު ބޭނުންނަމަ، ރައްޔިތުންގެ މަސްލަހަތާއި ގައުމީ މަންފާއަށް އިސްކަންދީގެން މަސައްކަތް ކުރުން މުހިންމެވެ. ހަގީގީ އިސްލާހީ ބަދަލުތައް ގެނެވޭނީ ރައްޔިތުންގެ އަޑު އަހައި، ރައްޔިތުންނަށް ފައިދާވާ ގޮތަށް ގައުމުގެ މަސްލަހަތު އިސްކޮށްގެންނެވެ. މިގޮތަށް މަސައްކަތް ކުރާ ވެރީންނަށް މަގުބޫލުކަން އިތުރުވެ، ރައްޔިތުންގެ ލޯބި ވެސް ލިބޭނެކަމީ ޝައްކަތް އޮތް ކަމެއް ނޫނެވެ.

ޤާނޫނުއަސާސީޕީއެންސީއިސްލާމް ދީން ޑރ. މުހައްމަދު މުއިއްޒު

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

15 އޯގަސްޓު 2026

ޤައުމީ އިނާމު 3 ބޭފުޅަކަށާއި ޖަމުއިއްޔާއަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 7 ބޭފުޅަކަށާއި ކުންފުންޏަކަށް ދެއްވައިފި‏

15 އޯގަސްޓު 2026
ޤައުމީ އިނާމު 3 ބޭފުޅަކަށާއި ޖަމުއިއްޔާއަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 7 ބޭފުޅަކަށާއި ކުންފުންޏަކަށް ދެއްވައިފި‏
15 އޯގަސްޓު 2026

ކުރިއަށް އޮތްތަނުގައި އިސްލާމްދީނާ ޚިލާފު ގާނޫނެއް އުފަން ނުކުރެވޭނެ ފަދަ ނިޒާމެއް ގާއިމުކުރަން މަޖިލީހަށް ހުށަހަޅާނަން: ރައީސް މުއިއްޒު

15 އޯގަސްޓު 2026
ކުރިއަށް އޮތްތަނުގައި އިސްލާމްދީނާ ޚިލާފު ގާނޫނެއް އުފަން ނުކުރެވޭނެ ފަދަ ނިޒާމެއް ގާއިމުކުރަން މަޖިލީހަށް ހުށަހަޅާނަން: ރައީސް މުއިއްޒު
11 އޯގަސްޓު 2026

ކޯފާވެގެން ހަޅޭ ފަޅޭ ޖެއްސެވިޔަސް ކަމަކު ނުދާނެ، އިސްލާޙު ވެވަޑައިގަންނަވަންވީ އަމިއްލަފުޅަށް!

11 އޯގަސްޓު 2026
ކޯފާވެގެން ހަޅޭ ފަޅޭ ޖެއްސެވިޔަސް ކަމަކު ނުދާނެ، އިސްލާޙު ވެވަޑައިގަންނަވަންވީ އަމިއްލަފުޅަށް!
11 އޯގަސްޓު 2026

ރައްޔިތުންނަށް މިހާރު މި ފެނިގެން ދަނީ ރައީސް މުއިއްޒު އެމަނިކުފާނުގެ ޒިންމާ އިން ބަރީއަވެވަޑައިގަންނަވާ މަންޒަރު: އަލީ ހުސެއިން

11 އޯގަސްޓު 2026
ރައްޔިތުންނަށް މިހާރު މި ފެނިގެން ދަނީ ރައީސް މުއިއްޒު އެމަނިކުފާނުގެ ޒިންމާ އިން ބަރީއަވެވަޑައިގަންނަވާ މަންޒަރު: އަލީ ހުސެއިން
10 އޯގަސްޓު 2026

މަޝްރޫއުތައް ނުހިނގާތީ ރައީސް މުއިއްޒު ކޯފާ އިސްކުރައްވައި ވަޒީރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ

10 އޯގަސްޓު 2026
މަޝްރޫއުތައް ނުހިނގާތީ ރައީސް މުއިއްޒު ކޯފާ އިސްކުރައްވައި ވަޒީރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ
10 އޯގަސްޓު 2026

ގެއްލުނު ސިފައިންގެ މީހާ އާއި ފުލުސް މީހާގެ އާއިލާއަށް މިހާތަނަށް ރައީސް މުއިއްޒު ހަމްދަރުދީ ފާޅުކުރެއްވުމުގެ ގޮތުން ގުޅުއްވާފައިނުވޭ!

10 އޯގަސްޓު 2026
ގެއްލުނު ސިފައިންގެ މީހާ އާއި ފުލުސް މީހާގެ އާއިލާއަށް މިހާތަނަށް ރައީސް މުއިއްޒު ހަމްދަރުދީ ފާޅުކުރެއްވުމުގެ ގޮތުން ގުޅުއްވާފައިނުވޭ!
10 އޯގަސްޓު 2026

ރައީސް މުއިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، 60 މިލިއަނަށް ވުރެ ގިނަ ރުފިޔާ ބޭނުން ކުރައްވާފައިވަނީ ގަސް ގަންނަން: މޭޔަރު އާޒިމް

10 އޯގަސްޓު 2026
ރައީސް މުއިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، 60 މިލިއަނަށް ވުރެ ގިނަ ރުފިޔާ ބޭނުން ކުރައްވާފައިވަނީ ގަސް ގަންނަން: މޭޔަރު އާޒިމް
07 އޯގަސްޓު 2026

މުހިއްމީ ގާނޫނު އަސާސީގެ ކުލައެއް ނޫނެވެ. މުހިއްމީ އެ ގާނޫނު ހަދާ މީހުން ވެސް އެއަށް އަމަލު ކުރުމެވެ

07 އޯގަސްޓު 2026
މުހިއްމީ ގާނޫނު އަސާސީގެ ކުލައެއް ނޫނެވެ. މުހިއްމީ އެ ގާނޫނު ހަދާ މީހުން ވެސް އެއަށް އަމަލު ކުރުމެވެ
06 އޯގަސްޓު 2026

އަޅުގަނޑު ކަހަލަ ވެރިން މުޅި ދުނިޔޭގައިވެސް ވަރަށް މަދުވާނެކަމަށް ބޭރުގެ ވަރަށް ގިނަ ފަރާތްތަކުން އަޅުގަނޑު ގާތު ބުނޭ: ރައީސް މުއިއްޒު

06 އޯގަސްޓު 2026
އަޅުގަނޑު ކަހަލަ ވެރިން މުޅި ދުނިޔޭގައިވެސް ވަރަށް މަދުވާނެކަމަށް ބޭރުގެ ވަރަށް ގިނަ ފަރާތްތަކުން އަޅުގަނޑު ގާތު ބުނޭ: ރައީސް މުއިއްޒު
06 އޯގަސްޓު 2026

ރަސްމީ ދަތުރުގެ ތެރެއިން ޕީއެންސީގެ ޖަގަހަ ޖަލްސާ ބޭއްވީ އެއްދޮނުގައި ދެބުޅި ޖަހަން، އެ ޚަރަދު ކުރާނީ ޕާޓީން: ރައީސް މުއިއްޒު

06 އޯގަސްޓު 2026
ރަސްމީ ދަތުރުގެ ތެރެއިން ޕީއެންސީގެ ޖަގަހަ ޖަލްސާ ބޭއްވީ އެއްދޮނުގައި ދެބުޅި ޖަހަން، އެ ޚަރަދު ކުރާނީ ޕާޓީން: ރައީސް މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް