Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލާމަރުކަޒީ ނިޒާމު

ރާއްޖޭގައި ދޮންވެ ފައްކާވެފައި އޮތް ލާމަރުކަޒީ ނިޒާމު މި ސަރުކާރުން ދަނީ ނައްތާލަމުން: މުސްތަފާ

2 ސެޕްޓެމްބަރު 2026 | ބުދަ 08:08

މުސްތަފާ ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަމުގެ ބާކީ އޮތް ދެ އަހަރު ދުވަސްތެރޭގައި، ލާމަރުކަޒީ ނިޒާމުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ހުރިހާ ފޮނި މީރުކަމެއް ނައްތާލާއި، ލާމަރުކަޒީ ނިޒާމު އެއްކޮށް ފުނޑުފުނޑު ކޮށްލާނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 ސެޕްޓެމްބަރު 2026 | ބުދަ 08:08
ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި މުސްތަފާ ވާހަކަ ދައްކަވަނީ

ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި މުސްތަފާ ވާހަކަ ދައްކަވަނީ | ރާއްޖެ އެމްވީ

ދިވެހިރާއްޖޭގައި ދޮންވެ ފައްކާވެފައި އޮތް ލާމަރުކަޒީ ނިޒާމު މި ހިނގަމުންދާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަނީ ނައްތާލަމުން ކަމަށް ގާނޫނީ ވަކީލު މުސްތަފާ ހަމީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުސްތަފާ ވިދާޅުވީ ރައީސް މުއިއްޒު ތަސްދީގުކުރައްވާފައިވާ ކައުންސިލުތަކުގެ ބިންތައް އަތުލެވޭ ގާނޫނުގެ ސަބަބުން، ކުރިއަށް އޮތް ތަނުގައި ރަށްރަށުގެ ކައުންސިލަރުންގެ މަގާމު އުވާލައި އެ ރަށްރަށަށް އަލުން ކަތީބުން އައްޔަނުކުރައްވާނެ ކަމަށެވެ.

Advertisement - newsAdvertisement

މުސްތަފާ ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަމުގެ ބާކީ އޮތް ދެ އަހަރު ދުވަސް ތެރޭގައި، ލާމަރުކަޒީ ނިޒާމުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ހުރިހާ ފޮނި މީރުކަމެއް ނައްތާލާއި ލާމަރުކަޒީ ނިޒާމު އެއްކޮށް ފުނޑުފުނޑު ކޮށްލާނެ ކަމަށެވެ.

އަޅުގަނޑުމެން ފުރަތަމަ ބުނިން އަތޮޅު ކައުންސިލުތައް އުވާލަނީ ފަޅުތަކާއި ރަށްތަކުގެ ބޭނުމުގައޭ. ދެން ކައުންސިލުތައް ވެސް އުވާލާނީ. އަދި ހަމަ މި ގާނޫނުގެ ތެރޭގައި އުފަންވެގެން އަންނާނެ ކައުންސިލަރުން ވެސް ނައްތާލަން. ނައްތާލައި ކުރީގައި ހުރިގޮތަށް ކަތީބުން މިތަނަށް ގެންނާނެ. ގެނަޔަސް މުޅި ލާމަރުކަޒީ ނިޒާމު އެއްކޮށް ގަޑުބަޑުކޮށް، ލާމަރުކަޒީ ނިޒާމުގެ ސަބަބުން ރައްޔިތުންނަށް ލިބިގެންދާ އެންމެހާ ފޮނި މީރުކަމެއް ކުރިޔަށް އޮތް ދެ އަހަރު ތެރޭގައި ނައްތާލާނެ 
މުސްތަފާ ހަމީދު

މިހާރު ސަރުކާރުގެ ނިޒާމުތައް ބަދަލުވެގެން ދަނީ ޑިމޮކްރަސީ އިން ކްލެޕްޓޮކްރަސީ ނިޒާމަކަށްކަން ފާހަގަކުރައްވާ މުސްތަފާ ވިދާޅުވީ، މި ނިޒާމުގެ ތެރެއިން ހަދާ ގާނޫނުތަކުގެ ފައިދާ ވެގެންދާނީ ރައްޔިތުންނަށް ނޫން ކަމަށާއި، ފައިދާ ވާނީ ގާނޫނު ހަދާ ފަރާތްތަކަށް އެކަނި ކަމަށެވެ. މުސްތަފާ ވިދާޅުވީ ރައީސް މުއިއްޒުގެ އިސްނެންގެވުމާއެކު މިހާރު ހަދައިގެން ތަސްދީގު ކުރަމުންދާ ގާނޫނުތަކަކީ މިފަދަ ވިސްނުމެއްގައި ހަދަމުންދާ ގާނޫނުތަކެއް ކަމަށެވެ.

ކްލެޕްޓޮކްރަސީ ނިޒާމުގައި ކޮންމެ ކަމެއްވެސް ކުރާނީ ގާނޫނެއްގެ ތެރެއިން. އެކަމު އެ ގާނޫނު ހަދާއިރު ބުނަނީ މިއީ ރައްޔިތުންނަށް ހަދާ ގާނޫނެކޭ، އެކަމަކު އެ ގާނޫނުގެ ފައިދާއެއް ރައްޔިތުންނަކަށް ނުވާނެ. އެ ހުރިހާ ފައިދާއެއް ވާނީ ގާނޫނު ހަދާ މީހާއަށް އަދި ވެރިކަމުގައި ތިބޭ މީހުންނަށް. އެގޮތަށް ހަދާ ގާނޫނެއް މިއީ ކައުންސިލުތަކުގެ ބިންތަކުގެ ގާނޫނު އަދި އެހެން ގާނޫނުތައް ވެސް
މުސްތަފާ ހަމީދު

މިކަމާ ދެކޮޅަށް ހުރިހާ ކައުންސިލުތަކެއް އެކުގައި ނުކުމެ، ސަރުކާރު ޖަވާބުދާރީ ކުރުމަށް ކޯޓަށް މި މައްސަލަ ހުށަހެޅުމަށް މުސްތަފާ ވަނީ ގޮވާލައްވާފަ އެވެ. އަދި ކައުންސިލުތަކުގެ އިތުރުން، ރާއްޖޭގެ އެންމެހާ ރައްޔިތުން ވެސް އިހުތިޖާޖަށް ނުކުތުމަށް އެނާ ވަނީ ގޮވާލައްވާފަ އެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 19 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް މުއިއްޒު ވަނީ އަންގާރަ ދުވަހު ތަސްދީގު ކުރައްވައިފަ އެވެ. މި ބިލު ފާސްކޮށްފައިވަނީ، 2026 އޮގަސްޓު 26 ވީ ބުދަ ދުވަހު ބޭއްވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 28 ވަނަ ޖަލްސާގަ އެވެ. މި އިސްލާހުގައި ހުށަހަޅާފައިވަނީ ކައުންސިލުތަކުގެ ބާރުތައް ހަނިކޮށް، އެ ކައުންސިލުގެ އިހުތިސާސުގައިވާ ބިމާއި ތަންތަން ސަރުކާރަށް ނެގުމުގެ ބާރު ދިނުމަށެވެ. އެހެންކަމުން މި ބިލާ ގުޅިގެން އާންމުންނާއި ކައުންސިލުތަކުން ބޮޑެތި ކަންބޮޑުވުންތަކެއް ދިޔައީ ފާޅުކުރަމުންނެވެ. މި ބިލު ފާސްނުކުރުމަށް އެދި މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅި ނަމަވެސް، ރައްޔިތުންގެ ކަންބޮޑުވުންތަކަށް އެއްވެސް ވަރަކަށް ބެއްލެވުމެއް ނެތި، އަންގާރަ ދުވަހު ރައީސް މުއިއްޒު ވަނީ މި ބިލު ތަސްދީގުކުރައްވާފަ އެވެ. އެހެންކަމުން އަންގާރަ ދުވަހުން ފެށިގެން މި އިސްލާހަށް އަމަލުކުރުމަށް ވަނީ ފަށާފަ އެވެ.

ލާމަރުކަޒީ ނިޒާމުމުސްތަފާ ހަމީދު

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

4

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

19 އޯގަސްޓު 2026

މި ސަރުކާރުން ވަނީ ޕީއެންސީ މެންބަރުންނަށް 60 އިންސައްތައިގެ ޑިސްކައުންޓަކާއެކު ހުޅުމާލެއިން ބިންތައް ދީފަ: މުސްތަފާ

19 އޯގަސްޓު 2026
މި ސަރުކާރުން ވަނީ ޕީއެންސީ މެންބަރުންނަށް 60 އިންސައްތައިގެ ޑިސްކައުންޓަކާއެކު ހުޅުމާލެއިން ބިންތައް ދީފަ: މުސްތަފާ
13 އޯގަސްޓު 2026

މެންބަރު ހަންނާން ހުށަހެޅުއްވި އިސްލާހުތަކާ ދެކޮޅަށް ޕީއެންސީގެ މެޖޯރިޓީ އޮންނަ ގޮއިދޫ ކައުންސިލުން ގަރާރެއް ނެރެފި

13 އޯގަސްޓު 2026
މެންބަރު ހަންނާން ހުށަހެޅުއްވި އިސްލާހުތަކާ ދެކޮޅަށް ޕީއެންސީގެ މެޖޯރިޓީ އޮންނަ ގޮއިދޫ ކައުންސިލުން ގަރާރެއް ނެރެފި
13 އޯގަސްޓު 2026

ސަރުކާރުގެ ނިޔަތަކީ މަޝްރޫއުތައް ކުރިޔަށް ގެންދިޔުމެއް ނޫން، ނިޔަތަކީ ރައްޔިތުންގެ ބިންތައް ފޭރިގަތުން: ޝުޖާއު

13 އޯގަސްޓު 2026
ސަރުކާރުގެ ނިޔަތަކީ މަޝްރޫއުތައް ކުރިޔަށް ގެންދިޔުމެއް ނޫން، ނިޔަތަކީ ރައްޔިތުންގެ ބިންތައް ފޭރިގަތުން: ޝުޖާއު
11 އޯގަސްޓު 2026

ބުއްދިވެރިގޮތަކީ ކައުންސިލްތަކުގެ ބިންތައް އަތުލެވޭ އިސްލާހުގެ ބިލު އަނބުރާ ގެންދިޔުން: ރައީސް ނަޝީދު

11 އޯގަސްޓު 2026
ބުއްދިވެރިގޮތަކީ ކައުންސިލްތަކުގެ ބިންތައް އަތުލެވޭ އިސްލާހުގެ ބިލު އަނބުރާ ގެންދިޔުން: ރައީސް ނަޝީދު
23 ޖުލައި 2026

ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް މިއަދު ކުރިމަތިވެފައި މިވަނީ ވަރަށް ކަޅު އަނދިރި ދުވަސްތަކެއް: ޝަމާޢު

23 ޖުލައި 2026
ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް މިއަދު ކުރިމަތިވެފައި މިވަނީ ވަރަށް ކަޅު އަނދިރި ދުވަސްތަކެއް: ޝަމާޢު
22 ޖޫން 2026

ރައީސް މުއިއްޒު ހައްދަވާ ދޮގުތަކަށް އެންސައިކްލޮޕީޑިއާ އެއް ލިޔެވޭނެ: ގާނޫނީ ވަކީލު މުސްތަފާ

22 ޖޫން 2026
ރައީސް މުއިއްޒު ހައްދަވާ ދޮގުތަކަށް އެންސައިކްލޮޕީޑިއާ އެއް ލިޔެވޭނެ: ގާނޫނީ ވަކީލު މުސްތަފާ
04 ޖޫން 2026

ހޯމް މިނިސްޓަރު އިހުސާން ދެކެ ރައީސް މުއިއްޒު ބިރުފުޅުގަންނަ މަންޒަރު ދަނީ ފެންނަމުން: ގާނޫނީ ވަކީލު މުސްތަފާ

04 ޖޫން 2026
ހޯމް މިނިސްޓަރު އިހުސާން ދެކެ ރައީސް މުއިއްޒު ބިރުފުޅުގަންނަ މަންޒަރު ދަނީ ފެންނަމުން: ގާނޫނީ ވަކީލު މުސްތަފާ
14 މާރިޗު 2026

ޕީއެންސީ ގެ މަޖްލިސް މެމްބަރުން ތިބީ ގައިދު ވެފަ: މުސްތަފާ

14 މާރިޗު 2026
 ޕީއެންސީ ގެ މަޖްލިސް މެމްބަރުން ތިބީ ގައިދު ވެފަ: މުސްތަފާ
12 ޑިސެމްބަރު 2025

މަސްވެރިންގެ ދޯނި ތަކުގައި ގާނޫނާ ހިލާފަށް ބިދޭސީން ތިބިނަމަ އެދޯނިތަކަށް އަރަން ޖެހޭނީ އިމިގްރޭޝަން އޮފިސަރުން: ގާނޫނީ ވަކީލު މުސްތަފާ

12 ޑިސެމްބަރު 2025
މަސްވެރިންގެ ދޯނި ތަކުގައި ގާނޫނާ ހިލާފަށް ބިދޭސީން ތިބިނަމަ އެދޯނިތަކަށް އަރަން ޖެހޭނީ އިމިގްރޭޝަން އޮފިސަރުން: ގާނޫނީ ވަކީލު މުސްތަފާ
06 ޑިސެމްބަރު 2025

ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ރައްޔިތުން ނިންމާ ނިންމުމެއް 2028 ވަނަ އަހަރު ކޯޓުން ބަދަލު ކުރާނެ: ވަކީލު މުސްތަފާ

06 ޑިސެމްބަރު 2025
ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ރައްޔިތުން ނިންމާ ނިންމުމެއް 2028 ވަނަ އަހަރު ކޯޓުން ބަދަލު ކުރާނެ: ވަކީލު މުސްތަފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް