Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލާމަރުކަޒީ ޤާނޫނު

މެންބަރު ހަންނާން ހުށަހެޅުއްވި އިސްލާހުތަކާ ދެކޮޅަށް ޕީއެންސީގެ މެޖޯރިޓީ އޮންނަ ގޮއިދޫ ކައުންސިލުން ގަރާރެއް ނެރެފި

13 އޯގަސްޓު 2026 | ބުރާސްފަތި 13:08

ލާމަރުކަޒީ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކަކީ ޤާނޫނު އަސާސީއާ ޚިލާފު، ރަށްރަށުގެ އިހްތިސާސް ގެއްލިގެންދާނެ ބަދަލުތަކެއް ކަމަށް ބުނެ ބ. ގޮއިދޫ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި. މި އިސްލާހުތަކާ ދެކޮޅަށް ނެރުނު ގަރާރުގައި، މަރުކަޒީ ބާރުތައް ގަދަވެ ރައްޔިތުންގެ ބައިވެރިވުން ކުޑަވާނެތީ އެކަން އަނބުރާ ގެންދިއުމަށް ވަނީ ގޮވާލާފައި. އެ ކައުންސިލުން ބުނެފައިވަނީ މިއީ ޑިމޮކްރެޓިކް ނިޒާމަށް ލިބޭ އުނިކަމެއް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 އޯގަސްޓު 2026 | ބުރާސްފަތި 13:08
ރައީސް މުޢިއްޒު ބ.ގޮއިދޫ އަށް ވަޑައިގެންނެވުމުން، މެންބަރު ހަންނާން ސަލާމް ކުރައްވަނީ

ރައީސް މުޢިއްޒު ބ.ގޮއިދޫ އަށް ވަޑައިގެންނެވުމުން، މެންބަރު ހަންނާން ސަލާމް ކުރައްވަނީ | ރައީސް އޮފީސް

ލާމަރުކަޒީ ޤާނޫނަށް އިސްލާހު ގެނައުމަށް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކަރު ހުށަހަޅުއްވާފައިވާ އިސްލާހުތަކާ ދެކޮޅަށް، ވެރިކަން ކުރާ ޕީއެންސީގެ މެޖޯރިޓީ އޮންނަ ބ. ގޮއިދޫ ކައުންސިލުން ގަރާރެއް ނެރެފި އެވެ.

ތިން މެންބަރުންގެ މައްޗަށް އެކުލެވޭ ގޮއިދޫ ކައުންސިލްގައި އޮންނަނީ ޕީއެންސީގެ މެޖޯރިޓީ އެވެ. އެގޮތުން ކައުންސިލްގެ ރައީސް އިބްރާހީމް ޝާނީޒް އާއި ނައިބު ރައީސް ރިޟްވާން އަބޫބަކުރު އަކީ ޕީއެންސީ އަށް ނިސްބަތްވެވަޑައިގަންނަވާ ދެ މެންބަރުންނެވެ. ކައުންސިލް މެންބަރު މުޙައްމަދު ނާފިޒް އަކީ އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރެކެވެ. މި ގަރާރުގައި ކައުންސިލްގެ ތިން މެންބަރުން ވެސް ވަނީ ސޮއިކުރައްވާފަ އެވެ.

Advertisement - newsAdvertisement

އެ ގަރާރުގައި ބުނެފައި ވަނީ މެންބަރު ހަންނާން ހުށަހަޅުއްވާފައިވާ އިސްލާހުތަކަކީ ޤާނޫނު އަަސާސީގެ ހަތަރު ވަނަ މާއްދާގައިވާ ރައްޔިތުންގެ ބާރާއި، އަށް ވަނަ ބާބުގައި ލާމަރުކަޒީ އުސޫލުން ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ މަގުސަދާއި ބޭނުމާއި، ރާއްޖެ ހޯދާފައިވާ ޑިމޮކްރެޓިކް ހުރިހާ ކުރިއެރުންތަކާ ކަނޑައެޅިގެން ޚިލާފު އިސްލާހުތަކެއް ކަމަށް އެ ކައުންސިލް އިން ދެކޭ ކަަމަށެވެ.

2007 ވަނަ އަހަރު ތަސްދީގު ކުރެވުނު ފެހި ޤާނޫނު އަސާސީގެ ދަށުން، ރާއްޖޭގެ ރަށްރަށަށް ލިބުން އެންމެ ބޮޑު ކުރިއެރުމަކީ، ރަށުގެ ކަންކަން ނިންމުމުގައި ބައިވެރިވެ އުޅުމާއި، ރައްޔިތުންގެ ވޯޓުން ރަށް ހިންގާ މީހުން ކަނޑައެޅުމުގެ ބާރު ލިބުމާއި، ރައްޔިތުންނަށް ޖަވާބުދާރީ ވަނިވި އުސޫލުން ރަށުގެ ތަރައްޤީގެ ކަންކަން ހިނގާކަށް ކަށަވަރު ކުރެވުން ކަމަށް އެ ޤަރާރުގައި ވަނީ ބުނެފައި އެވެ.

ގޮއިދޫ ކައުންސިލް އިން ބުނެފައި ވަނީ ލާމަރުކަޒީ ނިޒާމު ތައާރަފުވީ ފަހުން ލިބުނު އެންމެ ބޮޑު ކުރިއެރުމަކީ، ރަށްރަށުގެ އިހްތިސާސް ކަނޑައެޅި، ރަށްރަށަށް މިލްކު ކޮށްދިނުން ކަމަށެވެ. އަދި އެ އިހްތިސާސް ބޭނުން ކުރާނެ ގޮތް ވަނީ ރައްޔިތުންގެ ބައިވެރިވުމާާއި ތާއީދާ އެކު ކަނޑައެޅި، ފާސް ކުރެވިފައި ކަމަށް ވެސް ގޮއިދޫ ކައުންސިލް އިން ބުނެފައިވެ އެވެ.

އެހެން ނަމަވެސް، އަލަށް ހުށަހެޅިފައިވާ އިސްލާހު ފާސްވެ، ޤާނޫނަކަށް ވެއްޖެ ނަމަ، ރަށްރަށުގެ އިހްތިސާސް ތެރެއިން ބޭނުން ތަނެއް، ބޭނުން އިރަކު ބޭނުން ގޮތަކަށް މާލޭގައި ތިއްބަވާ މަރުކަޒީ ވެރިންނަށް އަތުލުމުގެ ޖާގަ ފަހިވާ ކަމަށް އެ ކައުންސިލް އިން ބުނެފައިވެ އެވެ. އެއާ އެކު، ރަށު ރައްޔިތުންގެ އަތުން އިހްތިސާސްގެ މިލްކުވެރިކަން ބީވެގެން ދިޔައީ ކަމަށް ވެސް ގޮއިދޫ ކައުންސިލް އިން ބުނެ އެވެ. 

ގޮއިދޫ ކައުންސިލް އިން ބުނެފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުގައިވާ ގޮތަށް ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކޮށްދެއްވުމަށާއި ޤާނޫނު އަސާސީއާ ކަނޑައެޅިގެން ފުށު އަރާ ގޮތަށް އޮތް އިސްލާހު އަނބުރާާ ގެންދިޔުމަށް ގޮވާލާ ކަމަށެވެ. އަދި އެ އިސްލާހު ހުށަހެޅި މެންބަރަކީ އެ ދާއިރާގެ މެންބަރު ކަމަށްވާއިރު، ކަންބޮޑުވުން ހިމެނޭ ގޮތަށް ހުށަހަޅާފައިވާ އިސްލާހު އަނބުރާ ގެންދިޔުމަށް މެންބަރު ހަންނާނަށް ވެސް ވަނީ ގޮވާލައިފަ އެވެ. 

ގޮއިދޫ ކައުންސިލް އިން މިފަދަ ގަރާރެއް ނެރެފައިވާއިރު، ރާއްޖޭގެ އެތައް ކައުންސިލްތަކަކުން އަންނަނީ މި އިސްލާހާ މެދު ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ލާމަރުކަޒީ ނިޒާމުބ. ގޮއިދޫއަބްދުލް ހަންނާން އަބޫބަކުރުމުއިއްޒު ސަރުކާރު

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

13 އޯގަސްޓު 2026

ސަރުކާރުގެ ނިޔަތަކީ މަޝްރޫއުތައް ކުރިޔަށް ގެންދިޔުމެއް ނޫން، ނިޔަތަކީ ރައްޔިތުންގެ ބިންތައް ފޭރިގަތުން: ޝުޖާއު

13 އޯގަސްޓު 2026
ސަރުކާރުގެ ނިޔަތަކީ މަޝްރޫއުތައް ކުރިޔަށް ގެންދިޔުމެއް ނޫން، ނިޔަތަކީ ރައްޔިތުންގެ ބިންތައް ފޭރިގަތުން: ޝުޖާއު
12 އޯގަސްޓު 2026

މިސަރުކާރުގައި މިހާތަނަށް ގިނަ އަދަދަކަށް ސީޕީންނާއި ވަޒީރުން ބަދަލުކޮށްފައިވޭ، މިކަމުން އެކަނިވެސް ބޮޑެތި މައްސަލަތަކެއް އުޅޭކަން ހާމަވޭ: ފައިސަލް

12 އޯގަސްޓު 2026
މިސަރުކާރުގައި މިހާތަނަށް ގިނަ އަދަދަކަށް ސީޕީންނާއި ވަޒީރުން ބަދަލުކޮށްފައިވޭ، މިކަމުން އެކަނިވެސް ބޮޑެތި މައްސަލަތަކެއް އުޅޭކަން ހާމަވޭ: ފައިސަލް
12 އޯގަސްޓު 2026

ސައީދުއާއި ސައީދުގެ "ރަނޑު ހުއްޖަތް"

12 އޯގަސްޓު 2026
ސައީދުއާއި ސައީދުގެ "ރަނޑު ހުއްޖަތް"
11 އޯގަސްޓު 2026

މިސަރުކާރުގައި އުޅެނީ މެނޭޖުކުރަން ނޭނގުމުގެ މައްސަލަ ކަމަށް ފައިސަލް ވިދާޅުވެއްޖެ

11 އޯގަސްޓު 2026
މިސަރުކާރުގައި އުޅެނީ މެނޭޖުކުރަން ނޭނގުމުގެ މައްސަލަ ކަމަށް ފައިސަލް ވިދާޅުވެއްޖެ
11 އޯގަސްޓު 2026

މ. މުލަކު ހައުސިންގ މަޝްރޫއު: 2025 ވަނަ އަހަރު ބޮޑު ރަސްމިއްޔާތެއް ބާއްވާ، ހަވާލު ކުރި މަޝްރޫއުގެ އަމަލީ މަސައްކަތް އަދިވެސް ނުފަށާ!

11 އޯގަސްޓު 2026
މ. މުލަކު ހައުސިންގ މަޝްރޫއު: 2025 ވަނަ އަހަރު ބޮޑު ރަސްމިއްޔާތެއް ބާއްވާ، ހަވާލު ކުރި މަޝްރޫއުގެ އަމަލީ މަސައްކަތް އަދިވެސް ނުފަށާ!
11 އޯގަސްޓު 2026

ބުއްދިވެރިގޮތަކީ ކައުންސިލްތަކުގެ ބިންތައް އަތުލެވޭ އިސްލާހުގެ ބިލު އަނބުރާ ގެންދިޔުން: ރައީސް ނަޝީދު

11 އޯގަސްޓު 2026
ބުއްދިވެރިގޮތަކީ ކައުންސިލްތަކުގެ ބިންތައް އަތުލެވޭ އިސްލާހުގެ ބިލު އަނބުރާ ގެންދިޔުން: ރައީސް ނަޝީދު
11 އޯގަސްޓު 2026

ޑޮލަރުގެ އަގު މަތިވަނީ ނޫސްތަކުން ރައްޔިތުންގެ މެދުގައި "ޕެނިކް" އުފައްދާތީ: މިނިސްޓަރު ސައީދު

11 އޯގަސްޓު 2026
ޑޮލަރުގެ އަގު މަތިވަނީ ނޫސްތަކުން ރައްޔިތުންގެ މެދުގައި "ޕެނިކް" އުފައްދާތީ: މިނިސްޓަރު ސައީދު
10 އޯގަސްޓު 2026

އަނބުރާ ގެންދިއުމަށް އެތައް ބަޔަކު ގޮވާލަމުންދާ ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު މަޖިލީހުން ބަލައިގަނެފި

10 އޯގަސްޓު 2026
އަނބުރާ ގެންދިއުމަށް އެތައް ބަޔަކު ގޮވާލަމުންދާ ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު މަޖިލީހުން ބަލައިގަނެފި
09 އޯގަސްޓު 2026

ކައުންސިލްތަކުން ބިންތައް އަތުލެވޭ އިސްލާހު އަނބުރާ ގެންދިއުމަށް ގޮވާލައި، މަޖިލީހަށް ޕެޓިޝަނެއް!

09 އޯގަސްޓު 2026
ކައުންސިލްތަކުން ބިންތައް އަތުލެވޭ އިސްލާހު އަނބުރާ ގެންދިއުމަށް ގޮވާލައި، މަޖިލީހަށް ޕެޓިޝަނެއް!
07 އޯގަސްޓު 2026

މުހިއްމީ ގާނޫނު އަސާސީގެ ކުލައެއް ނޫނެވެ. މުހިއްމީ އެ ގާނޫނު ހަދާ މީހުން ވެސް އެއަށް އަމަލު ކުރުމެވެ

07 އޯގަސްޓު 2026
މުހިއްމީ ގާނޫނު އަސާސީގެ ކުލައެއް ނޫނެވެ. މުހިއްމީ އެ ގާނޫނު ހަދާ މީހުން ވެސް އެއަށް އަމަލު ކުރުމެވެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް