Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލާމަރުކަޒީ ގާނޫނު

މި ސަރުކާރުން ވަނީ ޕީއެންސީ މެންބަރުންނަށް 60 އިންސައްތައިގެ ޑިސްކައުންޓަކާއެކު ހުޅުމާލެއިން ބިންތައް ދީފަ: މުސްތަފާ

19 އޯގަސްޓު 2026 | ބުދަ 05:47

ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހުގެ ސަބަބުން ކައުންސިލްތަކުގެ ބާރު ކެނޑި، އިއުލާނު ކުރުމަކާ ނުލައި ސަރުކާރަށް ބިންތަކާއި ފަޅުތައް ދޫކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ގާނޫނީ ވަކީލު މުސްތަފާ ހަމީދު ވިދާޅުވެއްޖެ. މި ބަދަލަކީ އިގްތިސާދަށް އޮތް ނުރައްކަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، މި ބިލާ ދެކޮޅަށް ގިނަ އަދަދެއްގެ ރައްޔިތުންނާއި ކައުންސިލްތަކުން ދަނީ އަޑުއުފުލަމުން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 19 އޯގަސްޓު 2026 | ބުދަ 05:47
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ގާނޫނީ ވަކީލު މުސްތަފާ ހަމީދު

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ގާނޫނީ ވަކީލު މުސްތަފާ ހަމީދު | ރާއްޖެއެމްވީ

ކައުންސިލްތަކުގެ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސް ކޮށްދީފި ނަމަ ޕީއެންސީ މެންބަރުންނަށް ފަޅެއް ނުވަތަ ރަށެއް ސަރުކާރުން ދޭނެ ކަމަށާއި މިހާރު ވެސް ބައެއް ބިންތައް ދީފައިވާ ކަމަށް ގާނޫނީ ވަކީލު މުސްތަފާ ހަމީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުސްތަފާ ވިދާޅުވީ، ރާއްޖޭގައި މިހާރު ބިމެއް ނުވަތަ ފަޅެއް ވިއްކާލަނީ އިއުލާނު ކޮށްގެން ކަމަށާއި ގިނަ ބައެއްގެ މެދުގައި ބިޑްކޮށްގެން ކަމަށެވެ. ނަމަވެސް މަޖިލީހުން ކައުންސިލުތަކުގެ ބިންތައް އަތުލުމަށް ހުށައަޅާފައިވާ އިސްލާހުގެ ސަބަބުން ރަށްތަކާއި ފަޅުތައް ދިނުމުގައި ދައުލަތުން އެއްވެސް އިއުލާނެއް ކުރަން ނުޖެހޭ ކަމަށް މުސްތަފާ ވިދާޅުވި އެވެ.

Advertisement - newsAdvertisement
ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް ތާއީދުކުރާ ކޮންމެ މެންބަރަކަށް ބިމެއް ނުވަތަ ފަޅެއް ދޭނެ. އަދި މި ފަޅުތަކާއި ރަށްތައް ދިނުމުގައި މިއީ އިއުލާނުކުރާ އެއްޗެއް ނޫން. ފަޅު ނަގައިފިކަންވެސް ނޭނގޭ. ކުރީގަ ނަމަ އިއުލާނު ކޮށްގެން ބިޑަށް ލައިގެން ބިޑު މޮޅުވާ މިހާވެސް އެނގޭނުންތޯ. މިހާރު އެއެއްވެސް ނޭނގޭ
މުސްތަފާ ހަމީދު

މުސްތަފާ ވިދާޅުވީ މި އިސްލާހުގެ ސަބަބުން ދައުލަތުން ރައްޔިތުންގެ ބިންތައް ވިއްކަމުންދާނެ އަގެއް އެ ރަށު ކައުންސިލަކަށް އަދި ވަޒަންވެރިވެ ދިރިއުޅެމުންދާ ރައްޔިތުންނަށް އެނގޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ.

ހަމައެއާއެކު މި އިސްލާހުގެ ސަބަބުން ފަޅުރަށެއް ހަމައެކަނި 2000 ޑޮލަރަށް ދޭނެކަމަށް ލަފާކޮށް މުސްތަފާ ވިދާޅުވީ މިހާރުވެސް ރައްޔިތުންގެ މަޖިލީހުގަ ބައެއް މެންބަރުންނަށް ހުޅުމާލެއިން 60 އިންސައްތައިގެ ޑިސްކައުންޓެއްގައި ބިންތައް ދީފައިވާ ކަމަށެވެ.

އަޅުގަނޑުމެން އަޑު އެހިން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް ހުޅުމާލެއިން 60 ޕަސެންޓުގެ ޑިސްކައުންޓުގައި ބިންވެސް ދީފަ ހުރި ވާހަކަ. އެހެންވެ ފަޅުރަށެށް ވެސް އަޅުގަނޑަށް ހީވަނީ 2000 ޑޮލަރަށްވެސް ދީފާނެހެން
މުސްތަފާ ހަމީދު

ރައްޔިތުންގެ މަޖިލީހުން މިހާރު މިގެންނަމުންދާ އިސްލާހުތަކަކީ ރާއްޖޭގެ އިގްތިސާދަށް ދެމުންދާ ވަރަށް ބޮޑު ހަމަލާއެއްކަމަށާއި، ރައްޔިތުން މިކަމާ ދެކޮޅައް ނުނިކުންނަ ނަމަ މި ސަރުކާރު ނިމުމަށްފަހު ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންނަކީ އެކި ދަތިތަކާ ކުރިމަތިލާންޖެހޭނެ ބައެއް ކަމަށް މުސްތަފާ ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ތުޅާދޫ ދާއިރާގެ މެންބަރު ހުށަހަޅުއްވާފައިވާ ބިލަށް ރަށްރަށުގެ ކައުންސިލުތައް ހިމަނޭހެން އެތައް ބައެއްގެ ފާޑުކިއުންތައް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

މިގޮތުން މި ބިލު އަނބުރާ ގެންދިއުމަށް ގޮވާލައި 2300 އަށް ވުރެ ގިނަ  މީހުންގެ ސޮއިއާއެކު މަޖިލީހަށް ވަނީ އީ-ޕެޓިޝަނެއް ވެސް ހުށައަޅާފަ އެވެ. އަދި ބައެއް ކައުންސިލްތަކުން ވެސް ވަނީ ބިލު ބޭރު ކޮށްލުމަށް ގޮވާލާ ގަރާރުތަކާއި ބަޔާންތައް ވެސް ނެރެފަ އެވެ. އޭގެ ތެރޭގައި ޕީއެންސީގެ މެޖޯރިޓީ އޮތް ކައުންސިލްތައް ވެސް ހިމެނެ އެވެ.

މުސްތަފާ ހަމީދުލާމަރުކަޒީ ގާނޫނުޕީއެންސީ މެންބަރުން

އެންމެ ހިނގާ

1

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

18 އޯގަސްޓު 2026

ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލާއި ސަރުކާރުގެ މަސްލަހަތު ހިމެނޭ ބައެއް ބިލުތައް ނުނިމޭތީ އަނެއްކާ ވެސް ދައުރު ދަންމާލައިފި

18 އޯގަސްޓު 2026
ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލާއި ސަރުކާރުގެ މަސްލަހަތު ހިމެނޭ ބައެއް ބިލުތައް ނުނިމޭތީ އަނެއްކާ ވެސް ދައުރު ދަންމާލައިފި
18 އޯގަސްޓު 2026

މުއިއްޒުއާއި ޕީއެންސީއަށް ސަނާކިޔާ ޓްވީޓު ކޮށްލާކަމަށްޓަކައި މަހަކު 12،000 ރުފިޔާ މެންބަރުންނަށް އެބަދޭ: މީކާއީލް

18 އޯގަސްޓު 2026
މުއިއްޒުއާއި ޕީއެންސީއަށް ސަނާކިޔާ ޓްވީޓު ކޮށްލާކަމަށްޓަކައި މަހަކު 12،000 ރުފިޔާ މެންބަރުންނަށް އެބަދޭ: މީކާއީލް
16 އޯގަސްޓު 2026

ޕްރެޝަރ ބޮޑުވެ، ކައުންސިލްގެ ބިންތައް އަތުލެވޭ އިސްލާހުގެ މަސައްކަތް ނިންމުމުގެ ސުންގަޑި ކޮމިޓީން އިތުރުކޮށްފި

16 އޯގަސްޓު 2026
ޕްރެޝަރ ބޮޑުވެ، ކައުންސިލްގެ ބިންތައް އަތުލެވޭ އިސްލާހުގެ މަސައްކަތް ނިންމުމުގެ ސުންގަޑި ކޮމިޓީން އިތުރުކޮށްފި
15 އޯގަސްޓު 2026

ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު ބޭރު ކޮށްލާ ޕެޓިޝަނަށް، މަޖިލީހުގެ ތަޅުމުގައި ބަހުސްކުރަން މަޖުބޫރުވާ ވަރަށް ސޮއި ހަމަކޮށްފި!

15 އޯގަސްޓު 2026
ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު ބޭރު ކޮށްލާ ޕެޓިޝަނަށް، މަޖިލީހުގެ ތަޅުމުގައި ބަހުސްކުރަން މަޖުބޫރުވާ ވަރަށް ސޮއި ހަމަކޮށްފި!
13 އޯގަސްޓު 2026

ލާމަރުކަޒީ ނިޒާމަށް ގެންނަ ބަދަލުތަކުގެ ސަބަބުން ސަރުކާރުގެ ވެރިންނަށް ރަަަށްތަކަށް ނޭރޭނެ ދުވަސް އަންނާނެ: ޝަފީގު

13 އޯގަސްޓު 2026
ލާމަރުކަޒީ ނިޒާމަށް ގެންނަ ބަދަލުތަކުގެ ސަބަބުން ސަރުކާރުގެ ވެރިންނަށް ރަަަށްތަކަށް ނޭރޭނެ ދުވަސް އަންނާނެ: ޝަފީގު
12 އޯގަސްޓު 2026

ކައުންސިލްތަކުގެ ބިންތައް ސަރުކާރަށް އަތުލެވޭ ބިލާ ދެކޮޅަށް އެހެން ކައުންސިލްތަކާ ގުޅިގެން އިހްތިޖާޖު ކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި

12 އޯގަސްޓު 2026
ކައުންސިލްތަކުގެ ބިންތައް ސަރުކާރަށް އަތުލެވޭ ބިލާ ދެކޮޅަށް އެހެން ކައުންސިލްތަކާ ގުޅިގެން އިހްތިޖާޖު ކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި
12 އޯގަސްޓު 2026

ސަރުކާރަށް ބޭނުންވާ ކަންކަން ނިންމައިދޭން ވަގުތު ހޯދާ ދެއްކުންތެރި މަޖިލީހެއް!

12 އޯގަސްޓު 2026
ސަރުކާރަށް ބޭނުންވާ ކަންކަން ނިންމައިދޭން ވަގުތު ހޯދާ ދެއްކުންތެރި މަޖިލީހެއް!
12 އޯގަސްޓު 2026

ކައުންސިލުތަކުގެ ބިން ސަރުކާރަށް ނެގޭ ބިލުގެ މަސައްކަތް ނުނިމޭތީ، "މުހިއްމު ކަންކަން" ހުރިކަމަށް ބުނެ ދައުރު ދަންމާލަނީ

12 އޯގަސްޓު 2026
ކައުންސިލުތަކުގެ ބިން ސަރުކާރަށް ނެގޭ ބިލުގެ މަސައްކަތް ނުނިމޭތީ، "މުހިއްމު ކަންކަން" ހުރިކަމަށް ބުނެ ދައުރު ދަންމާލަނީ
11 އޯގަސްޓު 2026

ރައީސް މުއިއްޒުގެ މޭޔަރު ކަމުގައި މާލެއިން 13،000 އަކަފޫޓުގެ ބިން 13،000 ރުފިޔާއަށް ދީފައި އެބަހުރި: މޭޔަރު އާޒިމް

11 އޯގަސްޓު 2026
ރައީސް މުއިއްޒުގެ މޭޔަރު ކަމުގައި މާލެއިން 13،000 އަކަފޫޓުގެ ބިން 13،000 ރުފިޔާއަށް ދީފައި އެބަހުރި: މޭޔަރު އާޒިމް
10 އޯގަސްޓު 2026

އަނބުރާ ގެންދިއުމަށް އެތައް ބަޔަކު ގޮވާލަމުންދާ ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު މަޖިލީހުން ބަލައިގަނެފި

10 އޯގަސްޓު 2026
އަނބުރާ ގެންދިއުމަށް އެތައް ބަޔަކު ގޮވާލަމުންދާ ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު މަޖިލީހުން ބަލައިގަނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް