Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ހޯމް މިނިސްޓަރު އިހުސާން ދެކެ ރައީސް މުއިއްޒު ބިރުފުޅުގަންނަ މަންޒަރު ދަނީ ފެންނަމުން: ގާނޫނީ ވަކީލު މުސްތަފާ

ސަރުކާރުގެ ބައެއް ވަޒީރުންނާއި ފުލުހުންނަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުވި ނަމަވެސް، އެ މައްސަލަތައް އިންސާފުވެރިކަމާއެކު ތަހުގީގު ނުކުރާތީ ގާނޫނީ ވަކީލު މުސްތަފާ ހަމީދު ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި. ޚާއްސަކޮށް ހޯމް މިނިސްޓަރު އިހުސާން ގާނޫނާ ޚިލާފަށް އަމަލުކުރައްވާއިރު ވެސް ރައީސް މުއިއްޒު އެކަމަށް ފިޔަވަޅު ނާޅުއްވަނީ އެމަނިކުފާނު މިނިސްޓަރު ދެކެ ބިރުފުޅުގަންނާތީ ކަމަށް މުސްތަފާ ތުހުމަތު ކުރެއްވި. މީގެ އިތުރުން ސަރުކާރުގެ އެކި ވުޒާރާތަކަށް ކުރެވޭ ޚިޔާނާތުގެ ތުހުމަތުތަކަށް ޖަވާބުދާރީ ނުވާތީ، މި ސަރުކާރުގައި އިންސާފު ލިބޭނެ ކަމުގެ އުންމީދެއް ނެތް ކަމަށް އޭނާ ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 4 ޖޫން 2026 | ބުރާސްފަތި 07:12
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ގާނޫނީ ވަކީލު މުސްތަފާ ހަމީދު ވާހަކަ ދައްކަވަނީ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ގާނޫނީ ވަކީލު މުސްތަފާ ހަމީދު ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ހޯމް މިނިސްޓަރު އަލީ އިހުސާން ދެކެ، ރައީސް ޑރ.މުހައްމަދު މުއިއްޒު ބިރުފުޅުގަންނަ ކަމަށާއި، އެ މަންޒަރު ފެންނަމުންދާ ކަމަށް ގާނޫނީ ވަކީލު މުސްތަފާ ހަމީދު ވިދާޅުވެއްޖެ އެވެ. 

ބުދަ ދުވަހުގެ ރޭ ފަލަސުރުހީ ޕްރޮގްރާމްގައި މުސްތަފާ ހަމީދު ވަނީ ރައީސް މުއިއްޒުގެ މިސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. މިނިވަން އިންސާފުވެރިކަމާއެކު މައްސަލަތައް ތަހުގީގު ކުރަމުން ނުދާތީ ފުލުހުންގެ މުއައްސަސާ އަދި ހޯމް މިނިސްޓްރީގެ އިތުރުން ހޯމް މިނިސްޓަރު އިހުސާންއަށް އަށް ފާޑު ވިދާޅުވި އެވެ.

Advertisement - newsAdvertisement

މުސްތަފާ ވިދާޅުވީ މިސަރުކާރުގައި ދިމާވި ބައެއް ހާދިސާތައް ނުވަތަ ބޮޑެތި މައްސަލަތަކާ ގުޅިގެން ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގުން ބޮޑެތި މައްސަލަތައް ފެންމަތިވެ، ބޮޑެތި ތުހުމަތުތަކެއް ބައެއް މިނިސްޓަރުންނާއި، ފުލުހުންނަށް އަމާޒުވި ކަމަށެވެ.

އެގޮތުން ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާ ގައުމީ ޔުނިވަރސިޓީ، އެމްއެންޔޫގެ މާލޭގެ ދަނާލުގައި ދިރިއުޅެމުން ދިޔަ އަންހެން ކުއްޖަކު މަރުވި މައްސަލައިގައި އެކުއްޖާގެ ޒާތީ ޗެޓްލޮގްތައް ހޯމް މިނިސްޓަރު އިހުސާން ހާމަ ކުރެއްވި މައްސަލަ އޭނާ ފާހަގަކުރެއްވި އެވެ. 

ޔުމްނު މައްސަލައަށް އިޝާރާތް ކުރައްވައި މުސްތަފާ ވިދާޅުވީ މިމައްސަލަ ކުރިއަށް ގެންދިޔުމަށް ޚާއްސަ ކޮމިޝަނެއް ވެސް އުފެއްދެވި ކަމަށާއި، ނަމަވެސް ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ދެ މިނިސްޓަރުން ކަމަށްވާ، މިނިސްޓަރު އިހުސާން އާއި، ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީންގެ މައްސަލަ ވެސް ބަލާފައިނުވާ ކަމަށެވެ. 

މީގެ އިތުރުން މުސްތަފާ ވިދާޅުވީ ރައީސް މުއިއްޒު ހުންނަވަނީ ފިތިފައި ކަމަށާއި، އެމަނިކުފާނު ވެސް ހޯމް މިނިސްޓަރު އިހުސާން ދެކެ ބިރުފުޅު ގަންނަ ކަމަށެވެ. އަދި މިތަހުގީގުތަކުންނާއި، މި މައްސަލަތަކުން އެ މަންޒަރު ވަރަށް ސާފުކޮށް ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ވަރަށް ފަހުން ވެސް ނޫސްވެރިން ސުވާލު ކުރެއްވި ހޯމް މިނިސްޓަރަށް ކޮބައިތޯ އެ މައްސަލާގައި ގުޅިގެން ފުލުހުން އެޅި ފިޔަވަޅަކީ. ތިމަންނައަށް ނޭނގޭ. ޖެހޭނީ ބަލާލަންށޭ. މިއީ ޒިންމާދާރުވުމެއް ނޫނެއްނުންތޯ. ރައީސުލްޖުމްހޫރިއްޔާ އުފައްދާ ކޮމިޝަނަކުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެކޮމިޝަނުން ދީފައި ހުރި ލަފާއާ އެއްގޮތަށް ފިޔަވަޅު އަޅުއްވާނަމޭ. އެކަމަކު ފިޔަވަޅު އަޅުއްވާތަނެއް ނުފެނުންތޯ. އިހުސާންއާ ދެކޮޅަށް ވެސް އޮތް ފިޔަވަޅު އަޅަން. އިހުސާން ވެސް އޮތީ ގަވާއިދާ ހިލާފަށް އެތަނަށް ވަދެފައި. ކްރައިމް ސީންގެ ތެރެއަށް ވަންނަން ނުޖެހި ވަދެފައި. ދެން އަޅުގަނޑުމެންނަށް ފެނުނު ވަރަށް ފަހުން ނިޔާވި ކުއްޖެއްގެ ޕާސަނަލް ވާހަކަތައް މީޑިއާއަށް ފަތުރާލިތަން. ފެތުރާލާފައި އަނެއް ދުވަހު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވަނީ އުހޫ ދެން ނުފަތުރާނޭ. މިހާރު ރައީސުލްޖުމްހޫރިއްޔާ ހޯމް މިނިސްޓްރީގެ ދެކެ އެހާ ވަރަށް ބިރު ގަންނަނީ ކީއްވެ ކަމެއް އަޅުގަނޑުމެންނަށް ނޭނގޭ އެނގޭތޯ. ހަގީގަތުގައި ފިތިފަ ނޫންތޯ. ރައީސުލްޖުމްހޫރިއްޔާ ނުޖެހޭނުންތޯ ހޯމް މިނިސްޓަރު ގާނޫނާ ހިލާފަށް ތަހުގީގަށް ފާހަގަކުރެވުނު ވާހަކަތަކެއް ފާޅުކުރީމަ ދެން އޭނަ ދިފާއުކޮށްފައި ދެން މީގެ ފަހުން ފާހަގައެއް ނުކުރާނޭ ވަރަށް ބޮޑަށް ސޮރީއޭ.
ގާނޫނީ ވަކީލު މުސްތަފާ ހަމީދު

މުސްތަފާ ވިދާޅުވީ ހޯމް މިނިސްޓްރީގެ އިތުރުން ވެސް އެއްވެސް މިނިސްޓްރީއެއް މިސަރުކާރަށް ޒިންމާދާރު ނުކުރެވޭނެ ކަމަށެވެ. ހިޔާނާތުގެ ބޮޑެތި ތުހުމަތުތައް އަމާޒުވި ނަމަވެސް އެއްވެސް މައްސަލައެއް ނުބަލާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މިފަހުން ވެސް އިސްލާމިކް މިނިސްޓްރީން އަށް ހައްޖު ކޯޓާގެ މައްސަލައެއްގައި ބޮޑެތި ތުހުމަތުތަކެއް އަމާޒުވި ކަމަށާއި، ސަރުކާރުން އެއްވެސް ޖަވާބެއް ދީފައިނުވާ ކަމަށެވެ.

އެހެންކަމުން މިސަރުކާރުގައި އިންސާފުވެރިކޮށް މައްސަލައެއް ހިނގާނެ ކަމަށް އުންމީދު ކުރަން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

މުސްތަފާ ހަމީދުދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާންޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

04 ޖޫން 2026

ރައީސް މުއިއްޒު އާއި ޕީއެންސީގެ އިސްބޭފުޅުންގެ މައްޗަށް ގާނޫނެއް ނުހިނގާ، މި އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ރައްޔިތުން މަގުމައްޗަށް ނުކުންނަން ޖެހޭ: ގާނޫނީ ވަކީލު އާސިފް

04 ޖޫން 2026
ރައީސް މުއިއްޒު އާއި ޕީއެންސީގެ އިސްބޭފުޅުންގެ މައްޗަށް ގާނޫނެއް ނުހިނގާ، މި އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ރައްޔިތުން މަގުމައްޗަށް ނުކުންނަން ޖެހޭ: ގާނޫނީ ވަކީލު އާސިފް
03 ޖޫން 2026

ރައީސް މުއިއްޒު ބޭނުންފުޅުވެގެން ޕީއެންސީގެ ކޮންގްރެސް އަވަސްކުރަން ނިންމައިފި

03 ޖޫން 2026
 ރައީސް މުއިއްޒު ބޭނުންފުޅުވެގެން ޕީއެންސީގެ ކޮންގްރެސް އަވަސްކުރަން ނިންމައިފި
03 ޖޫން 2026

ރައީސް މުއިއްޒުގެ ޔޫކޭ ދަތުރަށް ހަރަދު ކުރި އަމިއްލަ ފަރާތުގެ ތަފުސީލު ނުހިމަނާ ރައީސް އޮފީހުގެ މާލީ ބަޔާން ނެރެފި

03 ޖޫން 2026
ރައީސް މުއިއްޒުގެ ޔޫކޭ ދަތުރަށް ހަރަދު ކުރި އަމިއްލަ ފަރާތުގެ ތަފުސީލު ނުހިމަނާ ރައީސް އޮފީހުގެ މާލީ ބަޔާން ނެރެފި
01 ޖޫން 2026

އަނެއްކާވެސް ރައީސް މުއިއްޒުގެ ވަރުގަދަ ހަމަލާއެއް ނޫސްވެރިންނަށް

01 ޖޫން 2026
 އަނެއްކާވެސް ރައީސް މުއިއްޒުގެ ވަރުގަދަ ހަމަލާއެއް ނޫސްވެރިންނަށް
01 ޖޫން 2026

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން އުޅޭ ވާހަކަތައް ރައީސް މުއިއްޒު ދޮގު ކުރައްވައިފި

01 ޖޫން 2026
ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން އުޅޭ ވާހަކަތައް ރައީސް މުއިއްޒު ދޮގު ކުރައްވައިފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު