Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލާމަރުކަޒީ ނިޒާމު

ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް މިއަދު ކުރިމަތިވެފައި މިވަނީ ވަރަށް ކަޅު އަނދިރި ދުވަސްތަކެއް: ޝަމާޢު

23 ޖުލައި 2026 | ބުރާސްފަތި 10:37

ޝަމާޢު ވިދާޅުވެފައިވާ ގޮތުގައި 2006 ވަނަ އަހަރާއި 2008 ވަނަ އަހަރު މަޖިލީހުގައި މަސައްކަތް ކުރެވެމުން ދިޔައީ ރައްޔިތުންނަށް އިތުރު ބާރުވެރިކަން ދިނުމުގެ މަޤްސަދުގައި. މި އުސޫލުގެ ދަށުން ވަނީ ކުރީގެ އެޓޯލް މިނިސްޓްރީ ތަކުން މާލޭގައި ހިންގަމުން ދިޔަ ޖަރީމާތައް އެ ދައުރުގައި ހުއްޓުވާފައި ކަމަށް ޝަމާޢު ވިދާޅުވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ޖުލައި 2026 | ބުރާސްފަތި 10:37
މާލޭ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް

މާލޭ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް | ސޯޝަލް މީޑިއާ

ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް މިއަދު ކުރިމަތިވެފައި މިވަނީ ވަރަށް ކަޅު އަދިރި ދުވަސްތަކެއް ކަމަށް މާލެ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު ޝަމާޢު ޝަރީފް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީ އިން، ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލް.ޖި.އޭ) އާ އެކު ބޭއްވި ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ޝަމާޢު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގެ ދެ ދައުރު ފިޔަވައި ވެރިކަމަށް އަންނަ ކޮންމެ ބަޔަކު ވެސް ދަނީ ރައްޔިތުންނަށް ދީފައިވާ ބާރުތައް އަތުލަމުން ކަމަށެވެ. 

ޝަމާޢު އިތުރަށް ވިދާޅުވެފައިވާ ގޮތުގައި 2006 ވަނަ އަހަރާއި 2008 ވަނަ އަހަރު މަޖިލީހުގައި މަސައްކަތް ކުރެވެމުން ދިޔައީ ރައްޔިތުންނަށް އިތުރު ބާރުވެރިކަން ދިނުމުގެ މަޤްސަދުގައި އެވެ. މި އުސޫލުގެ ދަށުން ވަނީ ކުރީގެ އެޓޯލް މިނިސްޓްރީ ތަކުން މާލޭގައި ހިންގަމުން ދިޔަ ޖަރީމާތައް އެ ދައުރުގައި ހުއްޓުވާފައި ކަމަށް ޝަމާޢު ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ ފަހުގެ ޤާނޫނު އަސާސީ އަލަށް ގެނައިއިރު، 2008 ވަނަ އަހާރާއި، 2007 ވަނަ އަހަރު އަދި 2006 ވަނަ އަހަރު ވެސް އަޅުގަނޑުމެންނަށް ވަރަށް ހޭލުންތެރި ވެވިގެން ރައްޔިތުން މަޖިލީސް ޖަލްސާތައް ބެލި. އޭރު މަޖިލީހުގެ ރޫހު ވެސް އޮތީ ރައްޔިތުންނަށް ވަރަށް ބޮޑަށް ބާރުވެރިކަން ދިނުމަށް. މާނަ އަކީ މާލޭގައި އެޓޯލް މިނިސްޓްރީއެއް ހަދައިގެން ފިނިކުރި ކޮޓަރިއެއްގައި ހިންގަމުން އައި ޖަރީމާތައް ހުއްޓުވާ ރައްޔިތުންނަށް އެ ބާރުވެރިކަން ދޭން.
ޝަމާޢު ޝަރީފް

ނަމަވެސް މިހާރު މި ފެނިގެން ދަނީ އެލް.ޖީ.އޭ އިން ކުރީގެ އެޓޯލް މިނިސްޓްރީ އިން ކަންކުރި ގޮތަށް، އެބޭފުޅުން ކަންކަން ކުރަން ބޭނުންވާ ގޮތަށް މަސައްކަތް ކުރަމުންދާ ތަން ކަމަށް ޝަމާޢު ވިދާޅުވި އެވެ. އަދި ޤާނޫނު އަސާސީގެ 230 ވަނަ މާއްދާގައިވާ ގޮތުން އިދާރީ ދާއިރާތައް ހިންގަން ޖެހޭނީ ލާމަރުކަޒި އުސޫލުން ކަމަށާއި، މިކަމަށް ބަދަލު ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ، އެހެން ބޭފުޅަކަށް ވެސް ބާރު ލިބުގެންވާ ކަމެއް ނޫން ކަމަށް ޝަމާޢު ވަނީ ވިދާޅުވެފައި އެވެ. 

ހަމައެއާ އެކު މިކަމަކީ ސަރުކާރުން ސިޔާސީ މަޤްސަދު ތަކެއް ހާސިލު ކުރުމަށް އަދި ވަކި ބަޔަކަށް ފައިދާ ކުރުމަށް ކުރާ މަސައްކަތެއް ކަމަށް ޝަމާޢު ވަނީ ވިދާޅުވެފައި އެވެ. އަދި މިކަން ހައްލު ކުރުމަށް އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީ އާއެކު ރާއްޖޭގެ އެންމެހައި ރައްޔިތުންނާއި، ކައުންސިލަރުން ބައިވެރިވުމަށް ޝަމާޢު ވަނީ ގޮވާލައްވައިފަ އެވެ. 

އަތޮޅު ކައުންސިލުތައް އުވާލަން ސަރުކާރުން ނިންމައިފައި ވަނީ ހަރަދު ކުޑަކުރުމުގެ މަޤްސަދުގައި ކަމަށް ބުނެ އެވެ. ނަމަވެސް މިއީ ސަރުކާރުގެ އަސްލު މަޤްސަދެއް ނޫން ކަމަށް ބުނެ، ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ލާމަރުކަޒީ ނިޒާމުމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ޝަމާއު ޝަރީފް

އިތުރަށް ކިޔާލަން

21 ޖުލައި 2026

މިސަރުކާރުން ދަނީ ކަޅު އަނދިރި ހޮހަޅައެއްގައި ރައްޔިތުން ބައި ތިއްބައިގެން، ނުބައި ނިންމުންތައް ނިންމަމުން: ފައްޔާޒު

21 ޖުލައި 2026
މިސަރުކާރުން ދަނީ ކަޅު އަނދިރި ހޮހަޅައެއްގައި ރައްޔިތުން ބައި ތިއްބައިގެން، ނުބައި ނިންމުންތައް ނިންމަމުން: ފައްޔާޒު
21 ޖުލައި 2026

33 އިންސައްތައިގެ ދަށުން ވަޒީފާ އިން ވަކިކޮށް "އެއްލާލަނީ" 14،733 މީހުން: ފައްޔާޒް

21 ޖުލައި 2026
33 އިންސައްތައިގެ ދަށުން ވަޒީފާ އިން ވަކިކޮށް "އެއްލާލަނީ" 14،733 މީހުން: ފައްޔާޒް
17 ޖުލައި 2026

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަށް ނާޒިލްގެ ފާޑު ކިޔުން، ވިދާޅުވީ ނަތީޖާ ގޯސް ކަމަށް

17 ޖުލައި 2026
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަށް ނާޒިލްގެ ފާޑު ކިޔުން، ވިދާޅުވީ ނަތީޖާ ގޯސް ކަމަށް
12 ޖުލައި 2026

މިހާރު ކަޅު ބާޒާރުގައި ވެސް ޑޮލަރު ނުލިބޭ: އަމީރު

12 ޖުލައި 2026
މިހާރު ކަޅު ބާޒާރުގައި ވެސް ޑޮލަރު ނުލިބޭ: އަމީރު
13 ޖޫން 2026

ސިޔާސީ ފުރުސަތަށް އެދިވަޑައިގަންނަވާ ޒުވާނުން، މިސާލަކަށް ބަލަންވީ މިކާއީލް: ރައީސް ނަޝީދު

13 ޖޫން 2026
ސިޔާސީ ފުރުސަތަށް އެދިވަޑައިގަންނަވާ ޒުވާނުން، މިސާލަކަށް ބަލަންވީ މިކާއީލް: ރައީސް ނަޝީދު
09 މެއި 2026

ރައީސް ސޯލިހާ ބައްދަލެއް ނުވޭ، ވާހަކަ ދެކެވުނީ ފޯނުން: ރައީސް ނަޝީދު

09 މެއި 2026
ރައީސް ސޯލިހާ ބައްދަލެއް ނުވޭ، ވާހަކަ ދެކެވުނީ ފޯނުން: ރައީސް ނަޝީދު
11 އެޕްރީލު 2026

"ކޮންމެ މެންދުރަކަށް ފަހުން ފިނިކަން ހަވީރުގެ އަންނަނީ!"

11 އެޕްރީލު 2026
"ކޮންމެ މެންދުރަކަށް ފަހުން ފިނިކަން ހަވީރުގެ އަންނަނީ!"
28 މާރިޗު 2026

މިފަހަރު ވާނެ އެމްޑީޕީ އަށް ކުޅި ދައްކާލަން: މިނިސްޓަރު ސަޢީދު

28 މާރިޗު 2026
މިފަހަރު ވާނެ އެމްޑީޕީ އަށް ކުޅި ދައްކާލަން: މިނިސްޓަރު ސަޢީދު
24 މާރިޗު 2026

އޭޕްރީލް ތިން ވަނަ ދުވަހުގެ ހިނގާލުމާ ގުޅޭ ގޮތުން އެމްޑީޕީ އިން ފުލުހުންނާ މަޝްވަރާ ކޮށްފި

24 މާރިޗު 2026
އޭޕްރީލް ތިން ވަނަ ދުވަހުގެ ހިނގާލުމާ ގުޅޭ ގޮތުން އެމްޑީޕީ އިން ފުލުހުންނާ މަޝްވަރާ ކޮށްފި
07 މާރިޗު 2026

ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގެ ނަމުގައި ނަގަން އުޅޭ ވޯޓާ ގުޅޭ ފުރިހަމަ މައުލޫމާތު ވެސް ރައްޔިތުންނަށް ނުލިބޭ: ނިޔާޒް

07 މާރިޗު 2026
ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގެ ނަމުގައި ނަގަން އުޅޭ ވޯޓާ ގުޅޭ ފުރިހަމަ މައުލޫމާތު ވެސް ރައްޔިތުންނަށް ނުލިބޭ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް