Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލާމަރުކަޒީ ނިޒާމު

ބުއްދިވެރިގޮތަކީ ކައުންސިލްތަކުގެ ބިންތައް އަތުލެވޭ އިސްލާހުގެ ބިލު އަނބުރާ ގެންދިޔުން: ރައީސް ނަޝީދު

11 އޯގަސްޓު 2026 | އަންގާރަ 10:30

ލާމަރުކަޒީ ނިޒާމުގެ ދިފާއުގައި އެމްޑީޕީ އިން ރައްޔިތުންގެ މަޖިލިސް ކައިރީގައި އަންގާރަ ދުވަހު ބޭއްވި އަޑު އުފުލުމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މި ބިލު ފާސްކުރުމުގެ މައިގަނޑު ސަބަބަކީ ދައުލަތުގެ ފުރިހަމަ ބާރުގެ ދަށަށް ގައުމު ގެނައުން ކަމަށް. އަދި މި ބިލުގައި ހާމަކޮށްފައިވާ މަގުސަދު ހާސިލުނުވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 އޯގަސްޓު 2026 | އަންގާރަ 10:30
އެމްޑީޕީގެ ފަރާތުން ބޭއްވި އެއްވުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނީ

އެމްޑީޕީގެ ފަރާތުން ބޭއްވި އެއްވުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނީ | ރާއްޖެ އެމްވީ

ބުއްދިވެރިގޮތަކީ ކައުންސިލްތަކުގެ ބިންތައް އަތުލެވޭ އިސްލާހުގެ ބިލު އަނބުރާ ގެންދިޔުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ލާމަރުކަޒީ ނިޒާމުގެ ދިފާއުގައި އެމްޑީޕީ އިން ރައްޔިތުންގެ މަޖިލިސް ކައިރީގައި އަންގާރަ ދުވަހު ބޭއްވި އަޑު އުފުލުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މި ބިލު ފާސްކުރުމުގެ މައިގަނޑު ސަބަބަކީ ދައުލަތުގެ ފުރިހަމަ ބާރުގެ ދަށަށް ގައުމު ގެނައުން ކަމަށެވެ. އަދި މި ބިލުގައި ހާމަކޮށްފައިވާ މަގުސަދު ހާސިލުނުވާ ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައި އެވެ.

Advertisement - newsAdvertisement

ހަމައެއާއެކު ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާާއި މި ބިލާ ވަރަށް ބޮޑަށް ތައާރުޒުވެ އަރާރުން ބޮޑުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި މި ބިލުގައި އެތައް ބައިވަރު އުނިކަންކަން އެބަހުރި ކަމަށާއި، ގިނަ ގޯސްތަކެއް ހެދިފައިވާ ކަމުގެ ކަންބޮޑުވުން އޮތްް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. މިގޮތުން ލޭންޑްޔޫޒް ޕްލޭނެއް ހެދުމުގެ ކުރިން ވެސް ސަރުކާރަށް ބިމެއް ނެގޭނެ ކަމަށް މި ބިލުގައި ބުނެފައިވާކަން ރައީސް ނަޝީދު ފާހަގަކުރެއްވި އެވެ.

ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި މި ބިލާ ވަރަށް ބޮޑަށް ތައާރުޒުވޭ، ވަރަށް އަރާރުން ބޮޑު. އަދި ފުންކޮށް ބައްލަވައިފިއްޔާ އެ ބިލުގައި އެބަވޭ އެހެން ބައިވަރު އުނި ކަންތައްތައް ވެސް، ބައިވަރު، އަޅުގަނޑު ހިތުން ހެދިފަ ހުރި ގޯސްތައް އެބަވޭ. އޭގަ އެބަވޭ ލޭންޑްޔޫޒް ޕްލޭން ހެދުމުގެ ކުރިން ވެސް ބިމެއް ސަރުކާރަށް ނެގެން ވެއްޖެޔާ ނެގޭނެކަމަށް.
މުހައްމަދު ނަޝީދު 

މީގެއިތުރުން ރާއްޖޭގައި ބިމާ ބެހޭ ގާނޫނެއް އޮންނާނެ ކަމަށާއި، އަދި އެ ގާނޫނުގެ ދަށުން ބިން ރަޖިސްޓްރީ ކުރުމުގެ ގަވާއިދެއް އޮންނާނެކަން ރައީސް ނަޝީދު ފާހަގަކުރެއްވި އެވެ. ނަމަވެސް ރަށްރަށުގައި މިހާރު ބިންތައް ރަޖިސްޓްރީ ކޮށްދޭނީ ކޮންބައެއް ކަމާމެދު ސުވާލު އުފެދޭ ކަަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. 

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، މި ބިލަކީ އެއްވެސް ވިސްނުމަކާ ނުލައި ތައްޔާރުކޮށްފައިވާ ބިލެއް ކަމަށެވެ. އެހެންކަމުން، މި ބިލު އަނބުރާ ގެންދިޔުމަށް އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު މި ބިލު ތަސްދީގު ނުކުރެއްވުމަށް ވެސް ނަޝީދު ވަނީ ގޮވާލައްވާފަ އެވެ. 

މި ބިލާ މެދު ހުރި ކަންބޮޑުވުންތައް އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީ އިން ވަނީ ސަރުކާރުގެ އެކި މުއައްސަސާތަކަށް ހުށަހަޅާފައި އެވެ. ނަމަވެސް، އެއްވެސް މުއައްސަސާއަކުން މިކަމާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ދައްކާާފައި ނުވެ އެވެ.

ލާމަރުކަޒީ ނިޒާމުމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)މުހައްމަދު ނަޝީދު

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

09 އޯގަސްޓު 2026

އެމްޑީޕީ އިން މުޒާހަރާ ބާއްވާ ވާހަކަ އިއުލާާން ކުރުމުން، މިނިސްޓަރުން ޓިކްޓޮކް ކުޅެން ފަށައިފި: ރާއީ

09 އޯގަސްޓު 2026
އެމްޑީޕީ އިން މުޒާހަރާ ބާއްވާ ވާހަކަ އިއުލާާން ކުރުމުން، މިނިސްޓަރުން ޓިކްޓޮކް ކުޅެން ފަށައިފި: ރާއީ
05 އޯގަސްޓު 2026

ކައުންސިލްތަކުގެ ބާރު ކަނޑުވާލާއިރު، ޕީއެންސީ ކައުންސިލަރުން ވެސް އެމްޑީޕީއާއެކު އިހުތިޖާޖަށް ނުކުންނާނެ ކަމަށް އުންމީދުކުރަން: ނަޝީދު

05 އޯގަސްޓު 2026
ކައުންސިލްތަކުގެ ބާރު ކަނޑުވާލާއިރު، ޕީއެންސީ ކައުންސިލަރުން ވެސް އެމްޑީޕީއާއެކު އިހުތިޖާޖަށް ނުކުންނާނެ ކަމަށް އުންމީދުކުރަން: ނަޝީދު
02 އޯގަސްޓު 2026

އޯގަސްޓު 12 ގައި އެމްޑީޕީ އިން މުޒާހަރާ އަށް ނުކުންނަނީ

02 އޯގަސްޓު 2026
އޯގަސްޓު 12 ގައި އެމްޑީޕީ އިން މުޒާހަރާ އަށް ނުކުންނަނީ
02 އޯގަސްޓު 2026

އެމްޑީޕީގެ ކޮންގްރެސް ސެޕްޓެމްބަރު މަހުގެ 19 ގައި ބޭއްވުމަށް ފާސްކޮށްފި

02 އޯގަސްޓު 2026
އެމްޑީޕީގެ ކޮންގްރެސް ސެޕްޓެމްބަރު މަހުގެ 19 ގައި ބޭއްވުމަށް ފާސްކޮށްފި
30 ޖުލައި 2026

ރާއްޖޭގެ ރީތި ރަށްތައް ގޮނޑުތަކަކަށް ހެއްދުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: ނަޝީދު

30 ޖުލައި 2026
ރާއްޖޭގެ ރީތި ރަށްތައް ގޮނޑުތަކަކަށް ހެއްދުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: ނަޝީދު
30 ޖުލައި 2026

އެމްޑީޕީއަކީ އިސްރާއީލަށް ތާއީދުކުރާނެ ޕާޓީއެއް ނޫން، އަބަދުވެސް ތެދުވެ ތިބޭނީ މިނިވަންކަމަށްޓަކައި މަސައްކަތް ކުރަމުންދާ ފަލަސްތީނުގެ ރައްޔިތުންނާއެކު: ނަޝީދު

30 ޖުލައި 2026
އެމްޑީޕީއަކީ އިސްރާއީލަށް ތާއީދުކުރާނެ ޕާޓީއެއް ނޫން، އަބަދުވެސް ތެދުވެ ތިބޭނީ މިނިވަންކަމަށްޓަކައި މަސައްކަތް ކުރަމުންދާ ފަލަސްތީނުގެ ރައްޔިތުންނާއެކު: ނަޝީދު
29 ޖުލައި 2026

މިސަރުކާރު 2028 އާ ހަމައަށް ދެމިއޮވެވިދާނެތޯ ސުވާލު އުފެދޭ، އެއީ މިހާރު ރައްޔިތުން ތިބީ ފާލުން ނެއްޓި މަގުމައްޗަށް ނުކުންނަ ހިސާބުގައި: ނަޝީދު

29 ޖުލައި 2026
މިސަރުކާރު 2028 އާ ހަމައަށް ދެމިއޮވެވިދާނެތޯ ސުވާލު އުފެދޭ، އެއީ މިހާރު ރައްޔިތުން ތިބީ ފާލުން ނެއްޓި މަގުމައްޗަށް ނުކުންނަ ހިސާބުގައި: ނަޝީދު
29 ޖުލައި 2026

"ބިޔޯން އަގެއިން" ގެ ޝޯ މަނާކުރުމުން ރައީސް ނަޝީދުގެ ކަންބޮޑުވުން: ޒުވާނުން އެދޭ ކަންކަން ކުރެވެން ޖެހޭނެ!

29 ޖުލައި 2026
"ބިޔޯން އަގެއިން" ގެ ޝޯ މަނާކުރުމުން ރައީސް ނަޝީދުގެ ކަންބޮޑުވުން: ޒުވާނުން އެދޭ ކަންކަން ކުރެވެން ޖެހޭނެ!
26 ޖުލައި 2026

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާއަށް ދައުވަތު އަރުވާފައި ނުވާތީ ރައީސް ނަޝީދުގެ ކަންބޮޑުވުން، ވިދާޅުވީ ޖަލުގައި ހުންނެވި ދުވަސްވަރު ވެސް ޖަލްސާއަށް ދައުވަތު ލިބިވަޑައިގެންނެވި ކަމަށް

ރައްޔިތުންގެ އުއްމީދުތަކުގައި ކުލަ ޖައްސައިދިނުމަކީ ގައުމީ މިނިވަންކަން ދެމެހެއްޓުމުގެ އެންމެ މުހިއްމު އެއް އަސާސް: ރައީސް ސޯލިހު

26 ޖުލައި 2026
ރައްޔިތުންގެ އުއްމީދުތަކުގައި ކުލަ ޖައްސައިދިނުމަކީ ގައުމީ މިނިވަންކަން ދެމެހެއްޓުމުގެ އެންމެ މުހިއްމު އެއް އަސާސް: ރައީސް ސޯލިހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް