Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލާމަރުކަޒީ ނިޒާމު

ސަރުކާރުގެ ނިޔަތަކީ މަޝްރޫއުތައް ކުރިޔަށް ގެންދިޔުމެއް ނޫން، ނިޔަތަކީ ރައްޔިތުންގެ ބިންތައް ފޭރިގަތުން: ޝުޖާއު

13 އޯގަސްޓު 2026 | ބުރާސްފަތި 06:12

ރާއްޖެ ޓީވިގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވެފައި ވަނީ، ލާމަރުކަޒީ ނިޒާމުގެ ގާނޫނު މިވަގުތު އޮތް ގޮތުން ސަރުކާރަށް މަޝްރޫއުތައް ހިންގުމަށް އެއްވެސް ވަރެއްގެ ދައްޗެއް ނޯންނާނެ ކަމަށް. ލާމަރުކަޒީ ނިޒާމުގެ ގާނޫނުގައި މިހާރު ހުރި މާއްދާތަކުގައި، ދައުލަތުން ރައްޔިތުންގެ ފައިދާ އަށް މަޝްރޫއެއް ހިންގާ ނަމަ އެބިން ސަރުކާރަށް ހަވާލު ކުރަން ޖެހޭނެ ކަމަށް ޝުޖާއު ވަނީ ވިދާޅުވެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 އޯގަސްޓު 2026 | ބުރާސްފަތި 06:12
ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ޝުޖާއު ވާހަކަ ދައްކަވަނީ

ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ޝުޖާއު ވާހަކަ ދައްކަވަނީ | ރާއްޖެ އެމްވީ

ސަރުކާރުގެ ނިޔަތަކީ މަޝްރޫއުތައް ކުރިޔަށް ގެންދިޔުން ނޫން ކަމަށާއި، ސަރުކާރުގެ ނިޔަތަކީ ރައްޔިތުންގެ ބިންތައް ފޭރިގަތުން ކަމަށް އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ މެންބަރު ޝުޖާއު އަލީ ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވިގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވެފައި ވަނީ، ލާމަރުކަޒީ ނިޒާމުގެ ގާނޫނު މިވަގުތު އޮތް ގޮތުން ސަރުކާރަށް މަޝްރޫއުތައް ހިންގުމަށް އެއްވެސް ވަރެއްގެ ދައްޗެއް ނޯންނާނެ ކަމަށެވެ. ލާމަރުކަޒީ ނިޒާމުގެ ގާނޫނުގައި މިހާރު ހުރި މާއްދާތަކުގައި، ދައުލަތުން ރައްޔިތުންގެ ފައިދާ އަށް މަޝްރޫއެއް ހިންގާ ނަމަ އެބިން ސަރުކާރަށް ހަވާލު ކުރަން ޖެހޭނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

Advertisement - newsAdvertisement

ނަމަވެސް، ބިން ފޭރުމުގެ މަގުސަދުގައި މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހަކީ ރައްޔިތުންނަށް ފައިދާއެއް ކޮށްދިނުމުގެ ނިޔަތުގައި ކުރާ ކަމެއް ނޫން ކަމަށާއި، މި އިސްލާހަކީ ރާއްޖޭގަ ނުވިކި ހުރި ފަޅުރަށް ރަށާއި ބިންތައް ވިއްކުމަށް ފަހު، ލިބޭ ފައިސާއާ އެކު ވެރިކަމުން ފޭބުން ކަމަށް ޝުޖާއު ވިދާޅުވި އެވެ.

ސަރުކާރު އަޑީގަ އޮވެގެން ބިން ފޭރެން މި އުޅޭ އިސްލާހަކީ ހަގީގަތުގައި ރައްޔިތުންނަށް އެއިން ފައިދާ އެއް ކުރަން ރައްޔިތުންނަށް އެބިންތައް ހޯދައިގެން، އޭގެން ޕްރޮޖެކްޓްތައް ހިންގައި ދޭން އެބޭފުޅުން އެ ނިޔަތުގައި ހިންގާ ކަމެއް ނޫން. ވިސްނުމަކީ މިހާރު ރާއްޖޭގެ ބާކީ ނުވިކި ހުރި ތަނެއް ވިޔަސް ދައުރު ނިމެންވާއިރަށް ފަޅު ރަށްތައް ވެސް ވިއްކާފައި، މީހުން ދިރިއުޅޭ ރަށެއްގެ އިހުތިސާސް ތެރޭގައި ވެސް ރަނގަޅު ބިންކޮޅެއް ވިއްކާލެވެން އޮތިއްޔާ އެތަންތަން ވެސް ވިއްކާލާފައި، އޭގެ ފައިސާ ވެސް ހޯދައިގެން މިބޭފުޅުން ފައިބައިގެން ދިޔުން
ޝުޖާއު އަލީ

ޝުޖާއު ވިދާޅުވީ ސަރުކާރުން ރައްޔިތުންގެ ބާރުތައް ފޭރިގަންނަތަން ބަލަން ރައްޔިތުންނެއް ނުތިބޭނެ ކަމަށެވެ. އަދި މި މައްސަލައިގަައި އަޑު އުފުލައި، ރައްޔިތުން ބާރުވެރި ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީ އިން ކުރާނެ ކަމަށް ޝުޖާއު ވަނީ ވިދާޅުވެފައި އެވެ.

ހަމައެއާއެކު، މި އިސްލާހުގެ ސަބަބުން ކައުންސިލްތަކަށް ލިބިގެންދާނެ ގެއްލުންތައް ކިޔައި ދިނުމަށް އެމްޑީޕީ އިން ކުރަން ޖެހޭ މަސައްކަތެއް ކުރާނެ ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ. 

ޝުޖާއު ހާމަކުރައްވާފައިވާ ގޮތުގައި މި އިސްލާހަކީ ހަމައެކަނި ކައުންސިލްތަކާ ގުޅޭ އިސްލާހެއް ނޫން ކަމަށާއި، މިއީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ދިރިއުޅުމާ ކުޅެލާ ވަރުގެ އިސްލާހެއް ކަމަށެވެ.

އަދި މިހާރު ރައްޔިތުން މަޖިލީހަށް ހުށަހަޅާފައިވާ އީ ޕެޓިޝަންގައި ރައްޔިތުން ސޮއިކޮށް، ރައްޔިތުންގެ މަޖިލީހުން މި ބިލާ ދޭތެރޭ އިތުރު ވިސްނުމަކަށް ދިޔުމަށް ބާރު އެޅުމަށް ރައްޔިތުން ބައިވެރިވުމަށް ޝުޖާއު ވަނީ އެދިވަޑައިގަންނަވާފަ އެވެ.

މި ބިލަކީ ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތަކާއި ތަންތަން ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި، އެ ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސާސުން ވަކިކުރަން ނިންމާ ހާލަތެއްގައި އެ ތަންތަން ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހެކެވެ.

ހުރިހާ ކައުންސިލްތަކާ ގުޅިގެން މި އިސްލާހާ ދެކޮޅަށް ނުކުމެ އިހުތިޖާޖު ކުރުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ނިންމާފައި އެވެ.

ފަލަސުރުހީ ޕްރޮގްރާމްލާމަރުކަޒީ ނިޒާމުޝުޖާއު އަލީ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

11 އޯގަސްޓު 2026

ބުއްދިވެރިގޮތަކީ ކައުންސިލްތަކުގެ ބިންތައް އަތުލެވޭ އިސްލާހުގެ ބިލު އަނބުރާ ގެންދިޔުން: ރައީސް ނަޝީދު

11 އޯގަސްޓު 2026
ބުއްދިވެރިގޮތަކީ ކައުންސިލްތަކުގެ ބިންތައް އަތުލެވޭ އިސްލާހުގެ ބިލު އަނބުރާ ގެންދިޔުން: ރައީސް ނަޝީދު
11 އޯގަސްޓު 2026

ރައްޔިތުންނަށް މިހާރު މި ފެނިގެން ދަނީ ރައީސް މުއިއްޒު އެމަނިކުފާނުގެ ޒިންމާ އިން ބަރީއަވެވަޑައިގަންނަވާ މަންޒަރު: އަލީ ހުސެއިން

11 އޯގަސްޓު 2026
ރައްޔިތުންނަށް މިހާރު މި ފެނިގެން ދަނީ ރައީސް މުއިއްޒު އެމަނިކުފާނުގެ ޒިންމާ އިން ބަރީއަވެވަޑައިގަންނަވާ މަންޒަރު: އަލީ ހުސެއިން
10 އޯގަސްޓު 2026

ރާއްޖޭގައި މިހާރު މި ފެނިގެންދަނީ ސިވިލް ޑިފެންސް ފޯސްއެއް އެއް ނެތް މަންޒަރު: ޒާހިރު

10 އޯގަސްޓު 2026
ރާއްޖޭގައި މިހާރު މި ފެނިގެންދަނީ ސިވިލް ޑިފެންސް ފޯސްއެއް އެއް ނެތް މަންޒަރު: ޒާހިރު
23 ޖުލައި 2026

ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް މިއަދު ކުރިމަތިވެފައި މިވަނީ ވަރަށް ކަޅު އަނދިރި ދުވަސްތަކެއް: ޝަމާޢު

23 ޖުލައި 2026
ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް މިއަދު ކުރިމަތިވެފައި މިވަނީ ވަރަށް ކަޅު އަނދިރި ދުވަސްތަކެއް: ޝަމާޢު
10 ޖޫން 2026

ބައެއް ސްކޫލުތަކުގައި މުދައްރިސުންނެތިގެން ބައެއް މާއްދާތައް ކިޔަވައިނުދޭ މައްސަލަ ވަރަށް ބޮޑު : އިހުސާން

10 ޖޫން 2026
ބައެއް ސްކޫލުތަކުގައި މުދައްރިސުންނެތިގެން ބައެއް މާއްދާތައް ކިޔަވައިނުދޭ މައްސަލަ ވަރަށް ބޮޑު : އިހުސާން
06 ޑިސެމްބަރު 2025

މިސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެނެސްފައިވާ ބަދަލާއެކު ހިންގުމުގެ ނިޒާމު އޮޅުން ބޮޅުން ގަނޑެއްގެ ތެރެއަށް ވައްޓާލާނެ: ވ.އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު

06 ޑިސެމްބަރު 2025
މިސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެނެސްފައިވާ ބަދަލާއެކު ހިންގުމުގެ ނިޒާމު އޮޅުން ބޮޅުން ގަނޑެއްގެ ތެރެއަށް ވައްޓާލާނެ: ވ.އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު
06 އޯގަސްޓު 2025

ބިލުގެ ސަބަބުން ކައުންސިލްގެ ދައުރު ހަތަރު އަހަރަށް ކުރު ވާނެ: ޒިޔާދު

06 އޯގަސްޓު 2025
ބިލުގެ ސަބަބުން ކައުންސިލްގެ ދައުރު ހަތަރު އަހަރަށް ކުރު ވާނެ: ޒިޔާދު
05 އޯގަސްޓު 2025

ސަރުކާރުގެ ވިސްނުމަކީ ވަޒީފާ ބަހައިގެން އިންތިޚާބުތައް ކާމިޔާބު ކުރުން: އަލީ ނިޔާޒު

05 އޯގަސްޓު 2025
ސަރުކާރުގެ ވިސްނުމަކީ ވަޒީފާ ބަހައިގެން އިންތިޚާބުތައް ކާމިޔާބު ކުރުން: އަލީ ނިޔާޒު
04 މެއި 2025

އަތޮޅު ކައުންސިލް އުވާލާ ވާހަކަ ދެއްކެވި އިރު އެކަމުގެ މަޝްވަރާއެއް ކައުންސިލްތަކާއި ނުކުރޭ - ޝުޖާއު

04 މެއި 2025
އަތޮޅު ކައުންސިލް އުވާލާ ވާހަކަ ދެއްކެވި އިރު އެކަމުގެ މަޝްވަރާއެއް ކައުންސިލްތަކާއި ނުކުރޭ - ޝުޖާއު
02 ނޮވެމްބަރު 2024

ކައުންސިލް ތަކުގެ ބަޖެޓު މަދު ކުރުން، ލާމަރުކަޒީ ނިޒާމު ފުނޑާލަން ކުރާ މަސައްކަތުގެ ބައެއް!

02 ނޮވެމްބަރު 2024
ކައުންސިލް ތަކުގެ ބަޖެޓު މަދު ކުރުން، ލާމަރުކަޒީ ނިޒާމު ފުނޑާލަން ކުރާ މަސައްކަތުގެ ބައެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް