Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއީރާން

އެމެރިކާގެ ފިޔަވަޅުތަކަށް އީރާނުން ރައްދުދޭނީ ކިހިނެއް؟

27 އޯގަސްޓު 2026 | ބުރާސްފަތި 11:42

އީރާނުގެ އިގްތިސާދު ހަލާކުކޮށްލުމަށް އެމެރިކާއިން އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކާ ގުޅިގެން، ދުނިޔޭގެ ތެލުގެ ބާޒާރަށް ނުރައްކާވާނެ ފަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ތެހެރާނުން ވަނީ ދީފައި. މީގެ އިތުރުން، އެމެރިކާއަށް އެހީތެރިވާ ގައުމުތަކަށް ހަމަލާދިނުމާއި ނިއުކްލިއާ ސިޔާސަތު ބަދަލުކޮށް ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ފުރުސަތު އޮތްކަމަށް ބުނެ އީރާނުން ދަނީ ބައިނަލްއަގުވާމީ މަސްރަހު ހޫނުކުރަމުން

ރާއްޖެ އެމްވީ | 27 އޯގަސްޓު 2026 | ބުރާސްފަތި 11:42
އީރާނުގެ ވެރިރަށް ތެހެރާންގައި ބޭއްވި އަހަރީ އަސްކަރީ ޕެރޭޑެއްގެ ތެރެއިން، މިސައިލެއް ހަރުކޮށްފައިވާ އެ ގައުމުގެ އަސްކަރީ އުޅަނދެއް ދަތުރުކުރަނީ

އީރާނުގެ ވެރިރަށް ތެހެރާންގައި ބޭއްވި އަހަރީ އަސްކަރީ ޕެރޭޑެއްގެ ތެރެއިން، މިސައިލެއް ހަރުކޮށްފައިވާ އެ ގައުމުގެ އަސްކަރީ އުޅަނދެއް ދަތުރުކުރަނީ | އެލަމީ

އީރާނުގެ އިގްތިސާދު އިނދަޖައްސާލުމަށް އެމެރިކާގެ ވޮޝިންޓަނުން އާ މަޝްރޫއެއް ފަށާފައިވާއިރު، އެމެރިކާއާއި މުޅި ދުނިޔެއަށް އޭގެ ނުރައްކާ ބޮޑުވާނެ ފަދަ ސަރަހައްދީ އަދި ބައިނަލްއަގުވާމީ ރައްދެއް ދޭނެ ކަމުގެ އިންޒާރު އިސްލާމީ ޖުމްހޫރިއްޔާ (އީރާނުން) ދީފި އެވެ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވީ، ވޮޝިންޓަނުން އަޅާފައިވާ ފުޅާ ދާއިރާއެއްގެ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވުމަށްޓަކައި އީރާނުން އަހަރުތަކެއް ވަންދެން ގާއިމުކޮށްފައިވާ އޮޅުންބޮޅުން ބޮޑު ނެޓްވޯކްތަކަށް އެމެރިކާއިން އަމާޒުކުރާނެ ކަމަށެވެ. މި ފިޔަވަޅުތައް އަޅަން ނިންމާފައި މިވަނީ، އެމެރިކާއާއި އިސްރާއީލުން ފެށި ހަނގުރާމައަށް ހަ މަސް ދުވަސް ވެފައިވާއިރު، ޑިޕްލޮމެޓިކް ހައްލެއް ނުފެނި ހަނގުރާމަ ކުރިއަށް ނުގޮސް ހުއްޓުމަކަށް އައިސްފައިވާ ދަނޑިވަޅެއްގަ އެވެ.

ބެސެންޓް ހާމަކުރެއްވި ފުޅާ ދާއިރާއެއްގެ ސެކަންޑަރީ ސަންކްޝަންތަކުގެ ތެރޭގައި، އީރާނުގެ އިގްތިސާދު ކޮޅަށް ޖެހުމަށް ބޭނުންކުރާ ޑިޖިޓަލް އެސެޓްތަކާއި، ޓެކްނޮލޮޖީ އަދި ޝިޕިން ފަދަ ދާއިރާތަކުގައި އެ ގައުމާއެކު ވިޔަފާރިކުރާ ފަރާތްތަކަށް އަދަބު ދިނުން ހިމެނެ އެވެ. އަދި އީރާނާއެކު އޮންނަ ގުޅުންތައް ކަނޑާނުލާ ގައުމުތަކަށް މިއަށްވުރެ ހަރުކަށި އަދަބުތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރުވެސް އެމެރިކާއިން ވަނީ ދީފަ އެވެ.

އެމެރިކާގެ އިންޒާރުތަކަށް ބޯލެނބުމުގެ ބަދަލުގައި، އީރާނުން ދަނީ އެ ގައުމަށް ލިބޭ ގެއްލުމުގެ ބަދަލު އެހެން ފަރާތްތަކަށްވެސް ދެވިދާނެ ކަމަށް ބުނެ ވަރުގަދަ ރައްދެއް ދެމުންނެވެ. އެގޮތުން ސަރަހައްދީ ތެޔޮ އުފައްދާ ގައުމުތަކަށާއި ޔޫރަޕްގެ ގައުމުތަކަށް ދޭ ހަމަލާތައް ފުޅާކުރާނެ ކަމުގެ އިންޒާރު ދިނުމުގެ އިތުރުން، އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމަކީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްފާނެ ކަމުގެ އިޝާރާތެއްވެސް ވަނީ ދީފަ އެވެ.

"އަހަރެމެން ރާޒުވާ ކުޅޭތާ ވަރަށް ދުވަސްވެއްޖެ... އަދި ޕޯކާ ކުޅެންވެސް އަހަރެމެން ދަސްކޮށްފިން،" އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ ހޯމަ ދުވަހު ނޫސްވެރިންނަށް ވިދާޅުވި އެވެ. "މިހާރު އަހަރެމެން ކުޅެމުން މިދަނީ މި ދެ ކުޅިވަރު އެއްކޮށްލައިގެން."

އެމެރިކާގެ އިގްތިސާދީ ފިއްތުންތަކަށް އީރާނުން ރައްދު ދީފާނެ ކިތަންމެ ގޮތެއް ތަޖުރިބާކާރުން ވަނީ ފާހަގަ ކޮށްފަ އެވެ. އެ ގޮތުން

ތެލުގެ އަގު އިތުރަށް އުފުލޭ ގޮތް ހެދުން

ހަނގުރާމައިގެ ކުރިން ދުނިޔޭގެ ތެލާއި ގޭހުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ހުރްމުޒް ކަނޑުއޮޅި، އީރާނުން ވަނީ މަސްތަކެއް ވަންދެން ބަންދުކޮށް، ސަރަހައްދީ ގައުމުތަކުން ތެޔޮ އެކްސްޕޯޓްކުރުމަށް ހުރަސްއަޅާފަ އެވެ. މީގެ އިތުރުން، ޔަމަނުގައި ތިބޭ އީރާނަށް ތާއީދުކުރާ ހޫޘީން ވަނީ ރަތްކަނޑުގައި އާ ކުރިމަތިލުންތަކެއް ފަށައި، ސައުދީ އަރަބިއްޔާގެ ތެޔޮ އެކްސްޕޯޓަށާއި އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ހަމަލާދޭން ފަށާފަ އެވެ.

މިހާރު އީރާނުގެ އަސްކަރީ އިސް އޮފިޝަލުން ދަނީ ހުރްމުޒް ކަނޑުއޮޅިން ބޭރުގައި ހުރި ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދެމުންނެވެ. މީގެ ތެރޭގައި އެ ކަނޑުއޮޅި ނޫން އެހެން މަގުތަކުން ތެޔޮ ބޭރުކުރުމަށް ބޭނުންކުރާ އާ މަގުތައް ހިމެނެ އެވެ.

"އިގްތިސާދީ ހަނގުރާމަ ކުރިއަށްދާނަމަ، ހުރްމުޒް ކަނޑުއޮޅިން ވިޔަސް ނުވަތަ ޕާޝިއަން ގަލްފްގެ އެހެން ތަނަކުން ވިޔަސް، ތެލުގެ އެންމެ ތިއްކެއްވެސް ބޭރެއް ނުކުރެވޭނެ،" އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ލީޑަރު މުހްސިން ރިޒާއީ އެކްސްގައި ލިޔުއްވާފައިވެ އެވެ. އަދި ފަހުން ޓީވީ މެދުވެރިކޮށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ "އަހަރެމެން ބަދަލު ހިފާނީ ބިންހެލުމެއް ފަދަ ވަރުގަދަ ގޮތަކަށް" ކަމަށެވެ. މިފަދަ ހަމަލާތަކުގެ ސަބަބުން ނުވަތަ މުދާ އުފުލުމަށް ހުރަސްއެޅުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، އެމެރިކާގެ ޕެޓްރޯލް ޝެޑްތަކުން ވިއްކާ ތެލުގެ އަގުވެސް ބޮޑުވެގެންދާނެ އެވެ.

އެމެރިކާގެ ކަނޑުގެ ސިފައިންގެ އެހީތެރިކަމާއެކު، ސައުދީ، ކުވެއިތު، ގަތަރު އަދި ޔޫއޭއީގެ ތެޔޮ ކުންފުނިތަކުން ވަނީ އީރާނަށް ފާހަގަނުކުރެވޭ ގޮތް ހެދުމަށްޓަކައި ތެޔޮ ޓޭންކަރުތަކުގެ ޓްރާންސްޕޮންޑަރުތައް ނިއްވާލައިގެން ތެޔޮ އެކްސްޕޯޓްކުރަން ފަށާފަ އެވެ. ހަނގުރާމައިގެ ކުރީގެ މިންވަރަށްވުރެ މަދު ނަމަވެސް، މިހާތަނަށް އެ ގައުމުތަކުން ދަނީ ކޮންމެވެސް ވަރަކަށް ތެޔޮ ބޭރުކުރަމުންނެވެ.

ސައުދީ އަރަބިއްޔާއިން ވަނީ ދުވާލަކު ގާތްގަނޑަކަށް 5 މިލިއަން ފީފާ ތެޔޮ، އެ ގައުމުގެ އީސްޓް-ވެސްޓް ޕައިޕްލައިން މެދުވެރިކޮށް ރަތްކަނޑަށް ބަދަލުކޮށްފަ އެވެ. މިއީ ހުރްމުޒް ކަނޑުއޮޅީގެ ބަދަލުގައި ބޭނުންކުރާ މަގެކެވެ. މީގެ އިތުރުން މެދުއިރުމަތީގެ ތެޔޮ އުފައްދާ އެހެން ގައުމުތަކުންވެސް ދަނީ ދުވާލަކު 2 މިލިއަން ފީފާ ތެޔޮ އެހެން މަގުތަކުން ބޭރުކުރަމުންނެވެ.

އީރާނުން ވަނީ އެ ޓޭންކަރުތަކަށް ފާރަލަމުންދާ ކަމުގެ އިޝާރާތެއް ދީފަ އެވެ. އެގޮތުން ހުރްމުޒް ކަނޑުއޮޅީގައި އީރާނުން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފުވާ 45 އުޅަނދެއްގެ ލިސްޓެއް އާންމުކޮށް، އެ އުސޫލުތަކާ ހިލާފުވާ އުޅަނދުތަކަށް ކުރިއަށް އޮތް ތަނުގައި ޖޫރިމަނާކުރުމާއި، ހިފެހެއްޓުން ނުވަތަ މުދާ އަތުލުން ފަދަ ފިޔަވަޅުތައް ކުރިމަތިވާނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ.

ހަނގުރާމައިގެ ދާއިރާ ފުޅާކުރުން

އީރާނުން ދަނީ އެ ގައުމުގެ މިސައިލްތަކުން ދުރު ސަރަހައްދުތަކަށް ހަމަލާދީފާނެ ކަމުގެ ބިރުވެސް ދައްކަމުންނެވެ.

ހޯމަ ދުވަހު އީރާނުގެ ފޮރިން މިނިސްޓްރީން ވަނީ ބަލްގޭރިއާގެ ސަރަހައްދުން އެމެރިކާގެ ތެޔޮ އަޅާ ބޯޓުތައް ފުރަމުންދާކަން ފާހަގަކޮށް، ނޭޓޯގެ މެންބަރު ގައުމެއް ކަމަށްވާ ބަލްގޭރިއާއަށް ހަމަލާދީފާނެ ކަމުގެ އިންޒާރު ދީފަ އެވެ.

"އީރާނަށް ދޭ ކޮންމެ އުދުވާނީ ހަމަލާއެއް ފެށޭ ތަނަކަށް ނުވަތަ އޭގެ އަސްލަށް ހަމަލާދިނުމުގެ ގާނޫނީ ހައްގު އީރާނަށް ލިބިގެންވޭ،" ބަޣާއީ ނޫސްވެރިންނަށް ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހިންގާ އަސްކަރީ އުދުވާނަށް އެހީތެރިވެދޭ ކޮންމެ އަމަލަކީ، ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އެ އުދުވާނުގައި ބައިވެރިވުން ކަމަށް އީރާނުން ބަލާނެ ކަމަށެވެ.

މި ހަނގުރާމައިގެ ތެރޭގައި އީރާނުން ވަނީ 11 ގައުމަކަށް ހަމަލާދީފަ އެވެ. މީގެ ތެރޭގައި ގިނައީ ގަލްފް ސަރަހައްދުގެ ގައުމުތަކެވެ. ނަމަވެސް ސައިޕްރަސްގައި ހުންނަ އިނގިރޭސި އަސްކަރީ މަރުކަޒަކަށްވެސް އީރާނުން ހަމަލާދީފައިވާ ކަމަށް ބެލެވޭއިރު، އިންޑިއާ ކަނޑުގެ އެތައް ސަތޭކަ މޭލެއް ދުރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުމުގެ ގާބިލުކަންވެސް އީރާނުން ވަނީ ދައްކާފަ އެވެ.

އެމެރިކާގެ ބައިވެރިއެއް ކަމަށްވާ ބަލްގޭރިއާ ފަދަ ޔޫރަޕްގެ އިއްތިހާދުގެ އަދި ނޭޓޯގެ މެންބަރު ގައުމަކަށް ހަމަލާދިނުމަކީ ހަނގުރާމަ ވަރަށް ބޮޑަށް ފުޅާވެގެންދާނެ ކަމެކެވެ.

"އީރާނުގެ ރައްޔިތުންނާ ދެކޮޅަށް އެމެރިކާއިން ކުރާ އިގްތިސާދީ ހަނގުރާމައިގައި އެއްވެސް ގައުމަކުން ބައިވެރިވުން ނުވަތަ އެހީތެރިވުމަކީ، އެއީ އީރާނާ ދެކޮޅަށް ކުރެވޭ ހަނގުރާމައިގެ އަމަލެއް ކަމުގައި އީރާނުން ބަލާނެ،" ރިޒާއީ ވިދާޅުވި އެވެ.

ނިއުކްލިއާ ސިޔާސަތު މުރާޖައާކުރުން

އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އިސްރާއީލާއި އެމެރިކާއިން ތަކުރާރުކޮށް ހަމަލާދީ، އެ ގައުމުން ނިއުކްލިއާ ބޮން އުފައްދަން އުޅޭ ކަމަށް ތުހުމަތު ކުރި ނަމަވެސް، އީރާނުން އަބަދުވެސް ބުނަމުންދަނީ އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމަކީ ސުލްހަވެރި ބޭނުންތަކަށް ހިންގާ ޕްރޮގްރާމެއް ކަމަށެވެ.

ނިއުކްލިއާ ހަތިޔާރު އުފެއްދުން މަނާކުރައްވާފައިވާ އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ، އެމެރިކާއާއި އިސްރާއީލުން ގުޅިގެން އަވަހާރަކޮށްލުމާ ގުޅިގެން، އީރާނުގެ ރަސްމީ ދާއިރާތަކުގެ ވިސްނުން މިހާރު ވަނީ ބަދަލުވާން ފަށާފަ އެވެ. އެގޮތުން ނިއުކްލިއާ ހަތިޔާރު ނުއުފެއްދުމަށް އެއްބަސްވެފައިވާ "ނިއުކްލިއާ ނޮން-ޕްރޮލިފަރޭޝަން ޓްރީޓީ" (އެން.ޕީ.ޓީ) އިން ވަކިވުމުގެ ވާހަކަތައް މިހާރު ދަނީ ދެކެވެމުންނެވެ.

އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓްތައް ބުނާގޮތުން، ހަތިޔާރު އުފެއްދުމަށް ބޭނުންކުރެވިދާނެ ގާތްގަނޑަކަށް ބައި ޓަނުގެ މަތީ ދަރަޖައަށް ފައްކާކޮށްފައިވާ ޔުރޭނިއަމް އީރާނުގައި ރައްކާކޮށްފައި އެބަހުއްޓެވެ. އަދި އެތަކެތި ރައްކާތެރިކުރުމުގެ މަސައްކަތް އީރާނުން ވަނީ ވަރުގަދަކޮށްފަ އެވެ.

އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ވިދާޅުވާ ގޮތުގައި، އެން.ޕީ.ޓީ އެއްބަސްވުމުން ވަކިވުމާ ބެހޭ ބިލެއްގެ ބަހުސް މިހާރު ދަނީ ކުރިއަށެވެ. އާދީއްތަ ދުވަހު ރިޒާއީ ވަނީ އެ ގައުމުން ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ފުރުސަތު އޮތް ކަމަށް ބުނެ ވަރަށް މަދުން ނޫނީ ނުދޭ ފަދަ ބަޔާނެއް ދެއްވާފަ އެވެ.

"މުޅި ދުނިޔެ މިހާރު ބުނަމުން އެދަނީ އެން.ޕީ.ޓީގެ އެއްވެސް ބާރެއް ނެތް ހެއްޔޭ؟" ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވި އެވެ. "އެމެރިކާއިން މިފަދަ ހަނގުރާމައެއް ކުރަމުންދާއިރު، އަހަރެމެން އަމިއްލައަށް ނިއުކްލިއާ ހަތިޔާރު ނުއުފައްދަންވީ ކީއްވެގެންތޯ މީހުން ސުވާލުކުރޭ."

ހޭނުމާއި ބިރުދެއްކުން

މާހިރުން ބުނާގޮތުގައި ވޮޝިންޓަނުން އަޅަމުންދާ ހުރަސްތަކާއި، ދަތިކުރުމުގެ ފިޔަވަޅުތަކާއި އަދި އަސްކަރީ ފިޔަވަޅުތަކުގެ ސަބަބުންވެސް، އިގްތިސާދީ ލުއިތައް ހޯދުމާއި ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް ދެމެހެއްޓުމަށް އީރާނުން ގެންގުޅޭ މައިގަނޑު ސިޔާސަތުތައް ދޫކޮށްލާނެ ކަމަކަށް ނުބެލެވެ އެވެ.

"އީރާނަށް ކުރިމަތިވާ ދަތިތަކުގެ އަސަރު، ހަކަތައިގެ ސަޕްލައިއަށާއި އުމްރާނީ ވަސީލަތްތަކަށް އަދި ސަރަހައްދީ ވިޔަފާރިއަށް ނުރައްކާކޮށްގެން މުޅި ސަރަހައްދަށް ނުރައްކާ ފެތުރުމުގެ ގާބިލުކަން އެ ގައުމަށް އެބައޮތް،" ވޮޝިންޓަންގެ ސެންޓަރ ފޯ އިންޓަނޭޝަނަލް ޕޮލިސީގެ ސީނިއާ ފެލޯ ސީނާ ތޫސީ ސީއެންއެންއަށް ވިދާޅުވި އެވެ. "ވޮޝިންޓަނުން އީރާނުގެ އިގްތިސާދު ބަންދުކޮށްލަން މަސައްކަތްކުރާ ވަރަކަށް، އެކަމުގައި ގިނަ ގައުމުތަކެއްގެ އެހީތެރިކަން ބޭނުންވާނެ. އަދި އޭގެ ރައްދުގައި ތެހެރާނުން އެ ގައުމުތަކަށް ދޭ ފިއްތުންތައްވެސް އިތުރުވާނެ."

ތޫސީ ވިދާޅުވި ގޮތުގައި، މިވަގުތަށް އީރާނުގެ ރައްދަކަށް ވާނީ އިގްތިސާދީ ގޮތުން އާ މަގުތައް ހޯދުމާއި، ހަމަލާދީފާނެ ކަމުގެ ބިރު ދައްކައިގެން އެހެން ފަރާތްތައް ފަސްޖެއްސުމެވެ.

"ކުރެވެން އޮތް ކޮންމެ ގޮތަކުން އިގްތިސާދީ ގޮތުން ސަލާމަތްވާނެ މަގުތައް ހޯދަމުން، އީރާނުގެ އިގްތިސާދު މުޅިން ހުއްޓުވާލަން ކުރާ މަސައްކަތަކީ މުޅި ސަރަހައްދަށްވެސް އޭގެ ބޮޑު އަގު ދައްކަންޖެހޭނެ ކަމެއްކަން އެ ގައުމުން ދަނީ ސާފުކޮށްދެމުން."

އީރާންހުރްމުޒް ކަނޑުއޮޅިސްކޮޓް ބެސެންޓްއީރާން ހަނގުރާމައީރާން-އެމެރިކާ

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

3

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

27 އޯގަސްޓު 2026

ޓްރަމްޕްގެ މަންދޫބެއްގެ ގޮތުގައި ޕާކިސްތާންގެ އަސްކަރީ އިސްވެރިޔާ އީރާން އަށް ވަޑައިގެންނެވި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

27 އޯގަސްޓު 2026
ޓްރަމްޕްގެ މަންދޫބެއްގެ ގޮތުގައި ޕާކިސްތާންގެ އަސްކަރީ އިސްވެރިޔާ އީރާން އަށް ވަޑައިގެންނެވި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
27 އޯގަސްޓު 2026

މުސްލިމު ޤައުމުތަކުގެ އިޤްތިސާދީ ބާރު ވަރަށް ކުޑަ: އީރާންގެ ރައީސް ޕެޒެޝްކިއާން

27 އޯގަސްޓު 2026
މުސްލިމު ޤައުމުތަކުގެ އިޤްތިސާދީ ބާރު ވަރަށް ކުޑަ: އީރާންގެ ރައީސް ޕެޒެޝްކިއާން
27 އޯގަސްޓު 2026

އީރާންއާ ދެކޮޅަށް ޓްރަމްޕް އެޅުއްވި ފިޔަވަޅުތަކަށް ބަޣާއީ މަލާމާތްކުރައްވައިފި

27 އޯގަސްޓު 2026
އީރާންއާ ދެކޮޅަށް ޓްރަމްޕް އެޅުއްވި ފިޔަވަޅުތަކަށް ބަޣާއީ މަލާމާތްކުރައްވައިފި
27 އޯގަސްޓު 2026

މަޝްވަރާތަކާ އެކު ބުރާސްފަތި ދުވަހު ވެސް ތަލުގެ އަގު ދަށަށް

27 އޯގަސްޓު 2026
މަޝްވަރާތަކާ އެކު ބުރާސްފަތި ދުވަހު ވެސް ތަލުގެ އަގު ދަށަށް
27 އޯގަސްޓު 2026

އިސްރާއީލާއި އެމެރިކާއިން ހަމަލާދިން ނިއުކްލިއާ ސައިޓްތައް ބަލައި ފާސްކުރަން ހުއްދައެއް ނުދޭނަން: އީރާން

27 އޯގަސްޓު 2026
އިސްރާއީލާއި އެމެރިކާއިން ހަމަލާދިން ނިއުކްލިއާ ސައިޓްތައް ބަލައި ފާސްކުރަން ހުއްދައެއް ނުދޭނަން: އީރާން
26 އޯގަސްޓު 2026

އީރާާންގެ ވެރިންނަކީ ނުލަފާ ބައެއް، އެއްބަސްވުމަކަށް ނުދާނަން: ނަތަންޔާހޫ

26 އޯގަސްޓު 2026
އީރާާންގެ ވެރިންނަކީ ނުލަފާ ބައެއް، އެއްބަސްވުމަކަށް ނުދާނަން: ނަތަންޔާހޫ
26 އޯގަސްޓު 2026

އީރާން އަށް އިތުރު ހަމަލާއެއް ދިނުމުގެ ވިސްނުމެއް އެމެރިކާާގެ ނެތް: ރޫބިއޯ

26 އޯގަސްޓު 2026
އީރާން އަށް އިތުރު ހަމަލާއެއް ދިނުމުގެ ވިސްނުމެއް އެމެރިކާާގެ ނެތް: ރޫބިއޯ
26 އޯގަސްޓު 2026

ޓްރަމްޕްގެ ދަރިކަލުން ބެރޮން އަވަހާރަކޮށްލަން އީރާން އިން ހުށަހެޅީ 10 މިލިއަން ޑޮލަރު، ވީޑިއޯގައި އޮތީ "ބެރޮން ޓްރަމްޕް މަރާލާނީ ކޮންތާކު، ކިހިނެއް؟"

26 އޯގަސްޓު 2026
ޓްރަމްޕްގެ ދަރިކަލުން ބެރޮން އަވަހާރަކޮށްލަން އީރާން އިން ހުށަހެޅީ 10 މިލިއަން ޑޮލަރު، ވީޑިއޯގައި އޮތީ "ބެރޮން ޓްރަމްޕް މަރާލާނީ ކޮންތާކު، ކިހިނެއް؟"
26 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅި ހުޅުވުމުގެ އުންމީދާއެކު ތެލުގެ އަގު ދަށަށް

26 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅި ހުޅުވުމުގެ އުންމީދާއެކު ތެލުގެ އަގު ދަށަށް
26 އޯގަސްޓު 2026

މިސައިލް ހަމަލާތަ؟ ނޫނީ ދަތިކުރުމުގެ ފިޔަވަޅުތަ؟ އީރާން މައްސަލައިގައި ގަލްފްގެ ގައުމުތަކަށް ރަނގަޅީ ކޮން ގޮތެއް؟

26 އޯގަސްޓު 2026
މިސައިލް ހަމަލާތަ؟ ނޫނީ ދަތިކުރުމުގެ ފިޔަވަޅުތަ؟ އީރާން މައްސަލައިގައި ގަލްފްގެ ގައުމުތަކަށް ރަނގަޅީ ކޮން ގޮތެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް