Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޮޑި ސްޕޯޓްސް ކުލަބު

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2 ސެޕްޓެމްބަރު 2026 | ބުދަ 06:35

އަންގާރަ ދުވަހުގެރޭ ރޮޑްރިގޭޒް ވަނީ އޭނާގެ ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާ އެނބުރި ޤައުމަަށް ދާން ނިންމާފައިވާ ކަމަށް ބުނެފައި. އަދި އޭނާ ވަނީ މިހާރު އެނބުރި ޤައުމަށް ގޮސްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 ސެޕްޓެމްބަރު 2026 | ބުދަ 06:35
އޮޑިއާ ގުޅެން ރާއްޖެ އައި ރެއާލްގެ ކުރީގެ ކުޅުންތެރިޔާ ރޮޑްރިގޭޒް

އޮޑިއާ ގުޅެން ރާއްޖެ އައި ރެއާލްގެ ކުރީގެ ކުޅުންތެރިޔާ ރޮޑްރިގޭޒް | އޮޑި ސްޕޯޓްސް ކުލަބު

އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ އޮޑި ސްޕޯޓްސް ކުލަބަށް ގެނައި ހޯސޭ ރޮޑްރިގޭޒް ކުލަބު ދޫކޮށް ގޮސްފި އެވެ.

ރެއާލްގެ ކޯޗުކަމުގައި މީގެ ކުރިން ހޯސޭ މޮރީނިއޯ ހުރި ދުވަސްވަރު، ރޮޑްރިގޭޒް ވަނީ އެ ކުލަބުގައި ކުޅެފަ އެވެ. އޭނާ ވަނީ ސްޕެނިޝް ލީގުގެ އިތުރުން، ޔުއެފާ ޗެމްޕިއަންސް ލީގުގައި ވެސް ރެއާލް އަށް ކުޅެފަ އެވެ. 

އުމުރުން 31 އަހަރުގެ ރޮޑްރިގޭޒް ރާއްޖޭގެ އޮޑިއާ ގުޅެން އުޅޭކަމުގެ އަޑުތަކެއް މީގެ ކުރިން ސޯޝަލް މީޑިއާގައި އޮތީ ފެތުރިފަ އެވެ. އެ އަޑުތައް ފެތުރިފައި ވަނިކޮށް، މީގެ ދުވަސްކޮޅެއް ކުރިން ރޮޑްރިގޭޒް ރާއްޖެ އައިސްފައިވާއިރު، އޮޑިން ވަނީ އޭނާ އެ ކުލަބާ ގުޅޭ ކަމަށް ސޯޝަލް މީޑިއާގައި ވެސް އިއުލާނު ކޮށްފަ އެވެ. 

ނަމަވެސް، އަންގާރަ ދުވަހުގެރޭ ރޮޑްރިގޭޒް ވަނީ އޭނާގެ ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާ އެނބުރި ޤައުމަަށް ދާން ނިންމާފައިވާ ކަމަށް ބުނެފަ އެވެ. އަދި އޭނާ ވަނީ މިހާރު އެނބުރި ޤައުމަށް ގޮސްފަ އެވެ. ރޮޑްރިގޭޒްގެ އިންސްޓަގްރާމް ސްޓޯރީގައި ކޮށްފައިވާ ޕޯސްޓެއްގައި އޭނާ ބުނެފައި ވަނީ، އޭނާ އަށް ކުރި އިތުބާރާއި އޭނާއާ މެދު ބެހެއްޓި މެހުމާާންދާރީ އަށް އޮޑި އަށް ޝުކުރު އަދާކުރާ ކަމަށެވެ.

ރޮޑްރިގޭޒް އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ކޮށްފައިވާ ޕޯސްޓު

ރޮޑްރިގޭޒް އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ކޮށްފައިވާ ޕޯސްޓު | ސޯޝަލް މީޑިއާ

ރޮޑްރިގޭޒް ބުނީ އޮޑި އާއެކު ކުރިއަށް ނުދާން އޭނާ ނިންމާފައިވާ ކަމަށާއި، އެއީ އޭނާ ނަގަން ޖެހޭ ފިޔަވަޅު ނޫން ކަމަށް ޤަބޫލު ކުރާ ކަމަށެވެ. އޮޑިއާ ނުގުޅެ އެނބުރި ދާން ނިންމުމަކީ އޭނާ އަށް ވަރަށް އުނދަގޫވި ނިންމުމެއްކަން ފާހަގަކޮށް ރޮޑްރިގޭޒް ބުނީ، އެއީ އޭނާ އަށް އެންމެ ރަނގަޅު ޗޮއިސް ކަމަށެވެ. 

އޮޑިއާ ނުގުޅެ ރޮޑްރިގޭޒް އެނބުރި ޤައުމަށް ދިޔަ ނަމަވެސް، އެ ނިންމުން ނިންމަން ޖެހުނު ސަބަބެއް އޭނާ ހާމަކޮށްފައި ނުވެ އެވެ. އަދި މިކަމުގައި އޮޑިން ވެސް ވަކި އެއްޗެއް ބުނެފައި ނުވެ އެވެ. އޮޑިއާ ގުޅެން ރޮޑްރިގޭޒް ރާއްޖެ އައި ނަމަވެސް، އެ ކުލަބުގައި އެއްބަސްވުމުގައި އޭނާ ސޮއިކޮށްފައި ނުވާ ކަމުގެ މައުލޫމާތު ލިބިފައިވެ އެވެ.

އޮޑި ސްޕޯޓްސް ކްލަބްހޯސޭ ރޮޑްރިގޭޒް

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

5

އީރާނުން އަމިއްލައަށް އުފައްދާފައިވާ އެއާ ޑިފެންސް ސިސްޓަމްތަކުން ފަހުގެ ހަނގުރާމައިގައި ދުޝްމަނުންގެ 200 އަށްވުރެ ގިނަ މަތިންދާބޯޓު ވައްޓާލި

އިތުރަށް ކިޔާލަން

16 އޯގަސްޓު 2026

ބުރު ބަލިކޮށް އޮޑިން ކަޕް ވިނާސް ކަޕްގެ ތިން ވަނަ ހޯދައިފި

16 އޯގަސްޓު 2026
ބުރު ބަލިކޮށް އޮޑިން ކަޕް ވިނާސް ކަޕްގެ ތިން ވަނަ ހޯދައިފި
04 އޯގަސްޓު 2026

އޮޑި ބަލިކޮށް، މާޒިޔާ އިން ވެސް ފެށުން ރަނގަޅުކޮށްފި

04 އޯގަސްޓު 2026
އޮޑި ބަލިކޮށް، މާޒިޔާ އިން ވެސް ފެށުން ރަނގަޅުކޮށްފި
02 އޯގަސްޓު 2026

ނިއު ރޭޑިއަންޓް އާއި ބުރުގެ މެޗުން، ހޯމަ ދުވަހު ކަޕް ވިނާސް ކަޕް ފަށަނީ

02 އޯގަސްޓު 2026
ނިއު ރޭޑިއަންޓް އާއި ބުރުގެ މެޗުން، ހޯމަ ދުވަހު ކަޕް ވިނާސް ކަޕް ފަށަނީ
25 ފެބުރުއަރީ 2026

ސީޒަންގައި މާޒިޔާ ބަލިކުރި ފުރަތަމަ ޓީމުގެ ޝަރަފާ އެކު، އޮޑިން ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކޮށްފި

25 ފެބުރުއަރީ 2026
ސީޒަންގައި މާޒިޔާ ބަލިކުރި ފުރަތަމަ ޓީމުގެ ޝަރަފާ އެކު، އޮޑިން ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކޮށްފި
22 ފެބުރުއަރީ 2026

ބުރުގެ މައްޗަށް ކުރި ހޯދައި އޮޑި ފައިނަލް އަށް

22 ފެބުރުއަރީ 2026
ބުރުގެ މައްޗަށް ކުރި ހޯދައި އޮޑި ފައިނަލް އަށް
17 ފެބުރުއަރީ 2026

އީގަލްސް ބަލިކޮށް، އޮޑި ސެމީ ފައިނަލް އަށް

17 ފެބުރުއަރީ 2026
އީގަލްސް ބަލިކޮށް، އޮޑި ސެމީ ފައިނަލް އަށް
11 ފެބުރުއަރީ 2026

މާޒިޔާ އިން ބުރު ބަލިކުރިއިރު، ނިއު އާއި އޮޑި އެއްވަރު

11 ފެބުރުއަރީ 2026
މާޒިޔާ އިން ބުރު ބަލިކުރިއިރު، ނިއު އާއި އޮޑި އެއްވަރު
07 ފެބުރުއަރީ 2026

ފަސް ވަނަ ފަހަރަށް މާޒިޔާ އިން ލީގުގެ އައްޑަނަ އުފުލާލައިފި

07 ފެބުރުއަރީ 2026
ފަސް ވަނަ ފަހަރަށް މާޒިޔާ އިން ލީގުގެ އައްޑަނަ އުފުލާލައިފި
24 ޖެނުއަރީ 2026

ވިކްޓަރީ އަތުން މޮޅުވެ، އޮޑިން ދެ ވަނަ މަގާމު ދަމަހައްޓައިފި

24 ޖެނުއަރީ 2026
ވިކްޓަރީ އަތުން މޮޅުވެ، އޮޑިން ދެ ވަނަ މަގާމު ދަމަހައްޓައިފި
18 ޖެނުއަރީ 2026

ފަހު ވަގުތު ވެލެންސިއާ ބަލިކޮށް، އޮޑި ދެ ވަނައިގައި

18 ޖެނުއަރީ 2026
ފަހު ވަގުތު ވެލެންސިއާ ބަލިކޮށް، އޮޑި ދެ ވަނައިގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް