Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ

އެމްޑީޕީއަކީ އިސްރާއީލަށް ތާއީދުކުރާނެ ޕާޓީއެއް ނޫން، އަބަދުވެސް ތެދުވެ ތިބޭނީ މިނިވަންކަމަށްޓަކައި މަސައްކަތް ކުރަމުންދާ ފަލަސްތީނުގެ ރައްޔިތުންނާއެކު: ނަޝީދު

30 ޖުލައި 2026 | ބުރާސްފަތި 06:27

އެމްޑީޕީއަކީ އިސްރާއީލަށް ތާއީދުކުރާ ޕާޓީއެއް ކަމަށް ރައީސް މުއިއްޒު ކުރެއްވި ތުހުމަތުތައް ކުރީގެ ރައީސް ނަޝީދު ދޮގުކުރައްވައިފި. ރައީސްގެ ވާހަކަފުޅުތަކަށް ފާޑުވިދާޅުވަމުން ނަޝީދު ވިދާޅުވީ، ރާއްޖޭގެ ތަރައްގީގެ ބައިވެރިން ކަމަށްވާ ގަލްފުގެ އިސްލާމީ ގައުމުތަކަށް ގެއްލުންވާ ފަދަ މޭރުމަކުން ސަރުކާރުން ވާހަކަދެއްކުމަކީ ދައުލަތަށް ލިބޭނެ ބޮޑު ނިކަމެތިކަމެއް ކަމަށެވެ. އެހެންކަމުން މިފަދަ ޚާރިޖީ ސިޔާސަތުތަކުގެ ސަބަބުން ގައުމަށް ގެއްލުންވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި

ޖިނާން ޙުސައިން
ޖިނާން ޙުސައިން | 30 ޖުލައި 2026 | ބުރާސްފަތި 06:27
އެމްޑީޕީ ޖަލްސާ އެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނީ

އެމްޑީޕީ ޖަލްސާ އެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނީ | އެމްޑީޕީ

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަކީ އިސްރާއީލް އަށް ތާއީދުކުރާނެ ޕާޓީއެއް ނޫން ކަމަށާއި އެ ޕާޓީން އަބަދު ވެސް ތެދުވެ ތިބޭނީ މިނިވަން ކަމަށްޓަކައި މަސައްކަތް ކުރަމުންދާ ފަލަސްތީނުގެ ރައްޔިތުންނާއެކުގައި ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންގެންދާ ލާއިންސާނީ އަމަލުތަކަކީ ޓީވީތަކުން އަބަދުހެން ފެންނަ މަންޒަރުތަކެއް ކަމުން، އިސްރާއީލުން ހިންގަމުންދާ ލާއިންސާލީ އަމަލުތަކަށް ދިވެހި އެއްވެސް ރައްޔިތަކު ތާއީދު ނުކުރާނެ ކަމަށެވެ. އެމްޑީޕީން އަބަދު ވެސް ތިބޭނީ ފަލަސްތީނުގެ ރައްޔިތުންނާއެކުގައި ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ނަޝީދު މި މޭރުމުން ވިދާޅުވީ، މިދިޔަ އާދިއްތަ ދުވަހު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. އެމްޑީޕީގެ ވެރިކަންތަކުގައި ގެންގުޅެފައިވަނީ އިސްލާމީ ގައުމުތަކާ ދުރު އަދި ޕްރޯ އިސްރާއީލު ސިޔާސަތެއް ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ވަނީ ވަރަށް ސީރިއަސް ތުހުމަތުތަކެއް އެމްޑީޕީއަށް ކުރައްވައިފަ އެވެ. ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުތަކަށް ފާޑުވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ، ގައުމުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ޕޯޑިއަމަކަށް އަރާވަޑައިގެން އެމްޑީޕީއަށް ފާޑުވިދާޅުވިއިރު މި ހުންނެވުނީ ދައުލަތުގެ ނިޝާން ޖަހާފައިވާ ޕޯޑިއަމެއްގައިކަން ރައީސް މުއިއްޒުގެ ހަނދުމަފުޅުގައި ނެތް ކަމަށެވެ. ރައީސް މުއިއްޒު އެފަދަ މޭރުމަކުން އެމްޑީޕީއަށް ނިސްބަތްކޮށް ވާހަކަފުޅުދެއްކެވިއިރު، ކުރިފުޅުމަތީގައި ތިއްބެވި ފުލުހުންނާއި ސިފައިންގެ އިސްވެރިނާއި ދައުލަތުގެ އިސްވެރިން ތިއްބެވިކަން ވެސް ހަނދުމަފުޅުގައި ނެތް ކަަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރާއްޖެއާ ގާތް ގުޅުމެއް ބާއްވަމުން އަންނަ އިސްލާމީ އަދި ގަލްފްގެ ގައުމުތަކަށް އަމާޒުކޮށް، އީރާނުން ހަމަލާދިނުމަށް ހިތްވަރު ލިބޭ ފަދަ މޭރުމަކުން ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުތަކަށް ފާޑުވިދާޅުވަމުން ރައީސް ނަޝީދު ވަނީ އެކަމުގެ ސަބަބުން ގައުމަށް ލިބިދާނެ ގެއްލުމަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. ސައުދީ އަރަބިއްޔާ، ގަތަރު، ޔޫއޭއީ، ކުވެއިތު އަދި ބަހްރައިން ފަދަ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިންނަށް ގެއްލުންދިނުމަށް ހިތްވަރު ލިބޭ ފަދަ މޭރުރަމުން ރައީސް މުއިއްޒު ވާހަކަފުޅު ދެއްކެވުމަކީ ދިވެހި ދައުލަތަށާއި ދިވެހި ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެ، މި އަހަރު މާޗު މަހު އިރާނަށް އިޝާރާތްކޮށް، ވިދާޅުވެއްޖެ ރަނގަޅަށް ބޮން އަޅާށޭ. ރަނގަޅަށް ހަލާކުވަންދެން ބޮން އަޅާށޭ. އަޅަން މި ވިދާޅުވަނީ ކޮންތަނަކަށްތޯ؟ އަޅުގަނޑުމެންގެ އެކުވެރި އިސްލާމީ ގައުމުތަކަށް. ސައުދީއަށް، ގަތަރަށް، ބަހުރެއިންނަށް ކުވެއިތައް، ޔޫއޭއީއަށް، ގަލްފުގެ ގައުމުތަކަށް
މުހައްމަދު ނަޝީދު

ރާއްޖޭގެ ތަރައްގީގެ މަސައްކަތްތަކުގައި ސައުދީ އަރަބިއްޔާއާއި ގަލްފުގެ ގައުމުތަކުން އެހީތެރިވެދޭ މިންވަރަށް މަދު ގައުމަކުން މެނުވީ އެހީތެރިކަން ފޯރުކޮށްދީފައިނުވާ ކަމަށާއި، އެ ގައުމުތަކަށް ބޮން އަޅައި ސުންނާފަތިކުރަން ރައީސް މުއިއްޒު ގޮވާލެއްވީމާ ރާއްޖެއަށް ލިބޭ ގެއްލުން މާ ބޮޑުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ރައީސް މުއިއްޒު މިކަން ކުރެއްވީ އެމެރިކާއިން އޭޝިއާއަށް ކަނޑައަޅަޅުއްވާފައި ހުންނަވާ ހާއްސަ މަންދޫބު ރާއްޖޭގައި ހުންނަވަނިކޮށް ކަމަށާއި އެ ބޭފުޅާއާއި ބައްދަލުކުރެއްވުމުގެ ބަދަލުގައި ބައްދަލުވުން ކެންސަލްކުރެއްވުމަށް ފަހު، ދައުލަތުގެ ނިޝާން ޖަހާފައިވާ ރައީސް އޮފީހުގެ ޕޯޑިއަމް ބޭނުންކުރައްވައިގެން އެފަދަ މޭރުމަކުން ވާހަކަފުޅު ދެއްކެވުމުން ރައީސް ނަޝީދު ވަނީ ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އެމްޑީޕީޑރ. މުޙައްމަދު މުޢިއްޒުފަލަސްތީނު-އިސްރާއީލުމުހައްމަދު ނަޝީދު

އިތުރަށް ކިޔާލަން

29 ޖުލައި 2026

މިސަރުކާރު 2028 އާ ހަމައަށް ދެމިއޮވެވިދާނެތޯ ސުވާލު އުފެދޭ، އެއީ މިހާރު ރައްޔިތުން ތިބީ ފާލުން ނެއްޓި މަގުމައްޗަށް ނުކުންނަ ހިސާބުގައި: ނަޝީދު

29 ޖުލައި 2026
މިސަރުކާރު 2028 އާ ހަމައަށް ދެމިއޮވެވިދާނެތޯ ސުވާލު އުފެދޭ، އެއީ މިހާރު ރައްޔިތުން ތިބީ ފާލުން ނެއްޓި މަގުމައްޗަށް ނުކުންނަ ހިސާބުގައި: ނަޝީދު
29 ޖުލައި 2026

އަންނަ އަހަރުގެ ނޮވެންބަރު މަހު މާލޭ ވިޔަފާރި ބަނދަރު ތިލަފުށީގައި އޮޕަރޭޝަނަށް ގެނެވޭނޭކަމުގެ ފުރިހަމަ ޔަޤީންކަން ރައީސް ދެއްވައިފި

29 ޖުލައި 2026
އަންނަ އަހަރުގެ ނޮވެންބަރު މަހު މާލޭ ވިޔަފާރި ބަނދަރު ތިލަފުށީގައި އޮޕަރޭޝަނަށް ގެނެވޭނޭކަމުގެ ފުރިހަމަ ޔަޤީންކަން ރައީސް ދެއްވައިފި
29 ޖުލައި 2026

ރާއްޖެ އަންނަ ބޯޓުފަހަރަށް ބަނދަރުގެ ކީ-ވޯލްތަކުގެ ފެންވަރު ހުރިގޮތުން ކްރޭންތަކަށް ނޭރޭ މައްސަލަ ވަރަށް ބޮޑު: އެމްޑީޕީ

29 ޖުލައި 2026
ރާއްޖެ އަންނަ ބޯޓުފަހަރަށް ބަނދަރުގެ ކީ-ވޯލްތަކުގެ ފެންވަރު ހުރިގޮތުން ކްރޭންތަކަށް ނޭރޭ މައްސަލަ ވަރަށް ބޮޑު: އެމްޑީޕީ
29 ޖުލައި 2026

އެމްޕީއެލްގެ ހިންގުން ދަނީ ހުއްޓެމުން، ޕޯޓް އޮޕަރޭޓް ކުރާނެ ފައިސާ އެތަނުގައި ނެތް: އެމްޑީޕީ

29 ޖުލައި 2026
އެމްޕީއެލްގެ ހިންގުން ދަނީ ހުއްޓެމުން، ޕޯޓް އޮޕަރޭޓް ކުރާނެ ފައިސާ އެތަނުގައި ނެތް: އެމްޑީޕީ
29 ޖުލައި 2026

"ބިޔޯން އަގެއިން" ގެ ޝޯ މަނާކުރުމުން ރައީސް ނަޝީދުގެ ކަންބޮޑުވުން: ޒުވާނުން އެދޭ ކަންކަން ކުރެވެން ޖެހޭނެ!

29 ޖުލައި 2026
"ބިޔޯން އަގެއިން" ގެ ޝޯ މަނާކުރުމުން ރައީސް ނަޝީދުގެ ކަންބޮޑުވުން: ޒުވާނުން އެދޭ ކަންކަން ކުރެވެން ޖެހޭނެ!
29 ޖުލައި 2026

ސާކް ސަމިޓް ބޭއްވުމަށް ރައީސް މުޢިއްޒު ގޮވާލެއްވުމުން، އިންޑިއާއިން ރައްދުގައި ބުނީ ސަރަޙައްދީ އެއްބާރުލުން ގާއިމުކުރެވޭނީ ޓެރަރިޒަމުން ސަލާމަތްވެފައިވާ ހެޔޮނިޔަތް އޮތް މާހައުލެއްގައި ކަމަށް

28 ޖުލައި 2026

އަޑިނޭނގޭ އެއްބަސްވުމެއްގެ ދަށުން ޖިނާއީ ކުށްތައް ކޮށްފައިވާ ކުންފުންޏެއް މެދުވެރިކޮށް ރާއްޖެއިން ބިދޭސީންނަށް ދާއިމީ ރެސިޑެންސީ ވިއްކަން ސަރުކާރުން އުޅޭ މައްސަލަ މަޖިލިހަށް ވައްދައިފި، އެކަން މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާފައިވޭ

ޕީއެންސީގެ މަޖިލިސް މެންބަރުންގެ ބަސްމަގާއި އަމަލުތައް، ޖޯކަރެއްގެ ބަސްމަގާއި އަމަލުތަކާ އެއްވެސް ތަފާތެއް ނެތް!

28 ޖުލައި 2026
ޕީއެންސީގެ މަޖިލިސް މެންބަރުންގެ ބަސްމަގާއި އަމަލުތައް، ޖޯކަރެއްގެ ބަސްމަގާއި އަމަލުތަކާ އެއްވެސް ތަފާތެއް ނެތް!
27 ޖުލައި 2026

އޮސްޓްރޭލިއާ އިން ހިލޭދިން ޕެޓްރޯލް ބޯޓު ޚިދުމަތައް ނެރެން ގައުމީ ފެންވަރުގެ ކުލަގަދަ ރަސްމިއްޔާތެއް ބާއްވައިފި

27 ޖުލައި 2026
އޮސްޓްރޭލިއާ އިން ހިލޭދިން ޕެޓްރޯލް ބޯޓު ޚިދުމަތައް ނެރެން ގައުމީ ފެންވަރުގެ ކުލަގަދަ ރަސްމިއްޔާތެއް ބާއްވައިފި
27 ޖުލައި 2026

ސަރުކާރު ޖަވާބުދާރީ ކުރުމަށް ރައްޔިތުންނަށް ލިބޭ އެންމެ ބޮޑު ބާރަކީ އާރްޓީއައި، ނަމަވެސް މައުލޫމާތު ދިނުމަށް ހުރަސް އަޅަނީ ސަރުކާރު ޖަވާބުދާރީ ކުރުވިޔަ ނުދޭން: ފިޔާޒު

27 ޖުލައި 2026
ސަރުކާރު ޖަވާބުދާރީ ކުރުމަށް ރައްޔިތުންނަށް ލިބޭ އެންމެ ބޮޑު ބާރަކީ އާރްޓީއައި، ނަމަވެސް މައުލޫމާތު ދިނުމަށް ހުރަސް އަޅަނީ ސަރުކާރު ޖަވާބުދާރީ ކުރުވިޔަ ނުދޭން: ފިޔާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް