Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝީދު

10 ދުވަހުގެ ތެރޭގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ތިރިކުރުމަށް ރައީސް ނަޝީދު ސަރުކާރަށް ގޮވާލައްވައިފި

12 އޯގަސްޓު 2026 | ބުދަ 13:12

ރާއްޖޭގައި ޑޮލަރުގެ ތާށިކަން ކުރިމަތިވެފައިވަނީ ސަރުކާރުގެ އިސްރާފު ބޮޑުވުމުން ކަމަށް ވިދާޅުވެ، ކުރިއަށް އޮތް 10 ދުވަސްތެރޭގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ތިރިކުރުމަށް ރައީސް ނަޝީދު ވަނީ ގޮވާލައްވައިފި. މީގެއިތުރުން ބާޒާރުގައި ތަކެތީގެ އަގު އިންތިހާއަށް އުފުލެމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، ރައްޔިތުންނަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށް އެމަނިކުފާނު ވަނީ ސަރުކާރަށް ގޮވާލައްވާފައި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 12 އޯގަސްޓު 2026 | ބުދަ 13:12
ބުދަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނީ

ބުދަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނީ | އެމްޑީޕީ ސެކްރިޓޭރިއެޓް

10 ދުވަހުގެ ތެރޭގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ތިރިކުރުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕަރސަން މުހައްމަދު ނަޝީދު، ރައީސް ޑރ މުހައްމަދު މުއިއްޒުގެ ކިބައިން އެދިވަޑައިގަންނަވައިފި އެވެ.

ބުދަ ދުވަހު އެމްޑީޕީގެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވަނީ ރާއްޖޭގައި ދިމާވެފައިވާ ޑޮލަރުގެ ތާށި ކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައި އެވެ. އެގޮތުން ޑޮލަރު ލިބުމުގައި ދަތިކަން އައިސްފައި މިވަނީ ސަރުކާރުގެ ހަރަދުތައް ބޮޑުވުމުގެ އިތުރުން ސަރުކާރުން ބޭކާރު ހަރަދުތައް ކުރާތީ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ވަނީ ޑޮލަރުގެ އަގު 10 ދުވަސް ތެރޭ 19 އަށް ތިރިކޮށް، އެއް މަސް ދުވަހުގެ ތެރޭގައި 17 ރުފިޔާއަށް ތިރިކުރެއްވުމަށް އެދިވަޑައިގަންނަވާފަ އެވެ.  

އަޅުގަނޑުމެން ރައީސް ޑރ. މުއިއްޒުގެ އަރިހުން މި އެދެނީ 10 ދުވަހުގެ ތެރޭގައި 19 ރުފިޔާއަށް ޑޮލަރުގެ އަގު ތިރި ކޮށްދެއްވާށޭ، 15.42 އެއް ވެސް ނޫނޭ އެނގޭތޯ ދޫކޮށްލީ 15.42. އެއް މަސް ދުވަހުގެ ތެރޭގައި 17 ރުފިޔާއަށް އެ ޑޮލަރުގެ އަގު ރައީސް ޑރ. މުއިއްޒު ތިރިކޮށްދެއްވާށޭ
މުހައްމަދު ނަޝީދު 

މީގެއިތުރުން ތަކެތީގެ އަގު ބޮޑުވަމުން އަންނަ ކަމަށް ވިދާޅުވެ، ރައީސް ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި އެވެ. އަދި ތަކެތީގެ އަގު ބޮޑުވުމަކީ ސިޔާސީ ކަންކަން ގޭތެރެއަށް ވައްދައިގެން މިނިސްޓަރުން ޓިކްޓޮކް ކުޅެންވީ ވަގުތެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ. 

އަޅުގަނޑު ދަންނަވާނީ ރައީސް ޑރ. މުއިއްޒު އަޅުގަނޑަށް ސާދަ ރުފިޔާއަށް ވުރެ ހެޔޮކޮށް ފިޔާ ކިލޯއެއް މިއަދު އަޅުގަނޑަށް ހޯދައްވައި ދެއްވާށޭ އެ ހުރި ފިހާރައެއް ޑރ. މުއިއްޒު، އަޅުގަނޑު ކައިރި ވިދާޅުވެއްޖެޔާ ހަމަ ވަރަށް އުފާ ވާނެ އަދި ކެބެޖް ކިލޯއެއް 105 ރުފިޔާއަށް ވުރެ ހެޔޮކޮށް އެއީ މިދިޔަ ހަފްތާގައި ކެބެޖް ކިލޯއެއް ޑރ. މުއިއްޒަށް އެނގި ވަޑައިގަންނަވާނެ، އަޅުގަނޑުމެން މިގަތީ 65 ރުފިޔާއަށް. ދޮންކިޔޮ ކިލޯއެއް 70 ރުފިޔާއަށް ވުރެ ހެޔޮކޮށް ޑރ. މުއިއްޒު ދެއްވާފިއްޔާ އަޅުގަނޑުމެން ގެޔަށް ހަމަ ގައިމު ވެސް ގަންނާނަން. ވަކި އާފަލެއް ފަސް ރުފިޔާ ފަންސާސް ލާރިއަށް ވުރެ ހެޔޮކޮށް ޑރ. މުއިއްޒު އަޅުގަނޑަށް ދެއްވާފިއްޔާ ވަރަށް އުފަލުން ކާނަން 
މުހައްމަދު ނަޝީދު 

ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެން ފަހުން ތަކެތީގެ އަގު ބޮޑުވުމާއި، ޑޮލަރު ލިބުމުގައި ދަތިތަތައް ދިމާވަމުން ދާތީ އާންމު ރައްޔިތުންގެ ކަންބޮޑުވުން ވަނީ އިތުރުވެފައި އެވެ. 

މުހައްމަދު ނަޝީދުއެމްޑީޕީ

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

20 އޯގަސްޓު 2026

ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު އޮތް ގޮތަށް ފާސްކުރުމަށް ގޮވާލާ، ސަރުކާރަށް ތާއީދުކުރާ މީހުންގެ ޕެޓިޝަނުގައި ސޮއިކުރުމަށް އެސްއޯއީތަކުގެ މުވައްޒަފުންނަށް އަންނަނީ މަޖުބޫރު ކުރަމުން: ރައީސް ނަޝީދު

10 އަހަރު ފޯކައިދޫ ފެނަކަ ބްރާންޗަށް ޚިދުމަތް ކުރި މުވައްޒަފަކު އެމްޑީޕީއަށް ސޮއިކުރުމުން ވަޒީފާއިން ވަކިކުރި ކަމުގެ ތުހުމަތު!

20 އޯގަސްޓު 2026
10 އަހަރު ފޯކައިދޫ ފެނަކަ ބްރާންޗަށް ޚިދުމަތް ކުރި މުވައްޒަފަކު އެމްޑީޕީއަށް ސޮއިކުރުމުން ވަޒީފާއިން ވަކިކުރި ކަމުގެ ތުހުމަތު!
18 އޯގަސްޓު 2026

އައްޑޫއިން ފެނިގެން ދަނީ ސަރުކާރުގެ ދެކޮޅުނުޖެހޭ ސިޔާސަތުތަކުގެ ސަބަބުން ތަރައްގީ ސޮއްސާލާފައިވާ މަންޒަރު: ޝާހިދު

18 އޯގަސްޓު 2026
އައްޑޫއިން ފެނިގެން ދަނީ ސަރުކާރުގެ ދެކޮޅުނުޖެހޭ ސިޔާސަތުތަކުގެ ސަބަބުން ތަރައްގީ ސޮއްސާލާފައިވާ މަންޒަރު: ޝާހިދު
17 އޯގަސްޓު 2026

ރައީސް މުއިއްޒު ސިޔާސީ ގޮތުން މާޔޫސްވެ ބަލިކަށިވެއްޖެ: ޑީޑީ

17 އޯގަސްޓު 2026
ރައީސް މުއިއްޒު ސިޔާސީ ގޮތުން މާޔޫސްވެ ބަލިކަށިވެއްޖެ: ޑީޑީ
17 އޯގަސްޓު 2026

ރާއްޖޭގެ އިޤްތިސާދީ ހާލަތު ބަދަލުކޮށް ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް ހޯދައިދެވޭނީ އެމްޑީޕީއަށް: ޝާހިދު

17 އޯގަސްޓު 2026
ރާއްޖޭގެ އިޤްތިސާދީ ހާލަތު ބަދަލުކޮށް ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް ހޯދައިދެވޭނީ އެމްޑީޕީއަށް: ޝާހިދު
14 އޯގަސްޓު 2026

އެމްޑީޕީގެ ވެރިކަން ނިމުމާއެކު މުޅި ރާއްޖޭގެ ތަރައްގީ އަދި އިގްތިސާދު ބިލާހަކަށްވެ ނެތިގޮސްފި: ނާޒިލް

14 އޯގަސްޓު 2026
އެމްޑީޕީގެ ވެރިކަން ނިމުމާއެކު މުޅި ރާއްޖޭގެ ތަރައްގީ އަދި އިގްތިސާދު ބިލާހަކަށްވެ ނެތިގޮސްފި: ނާޒިލް
14 އޯގަސްޓު 2026

މި ސަރުކާރުގެ ހިންގުންތެރިކަމަށް ބަލާއިރު ފެންނަނީ އެއްވެސް ކަހަލަ ލީޑަރޝިޕެއް ނެތް މަންޒަރު: ހިސާން

14 އޯގަސްޓު 2026
މި ސަރުކާރުގެ ހިންގުންތެރިކަމަށް ބަލާއިރު ފެންނަނީ އެއްވެސް ކަހަލަ ލީޑަރޝިޕެއް ނެތް މަންޒަރު: ހިސާން
14 އޯގަސްޓު 2026

ރާއްޖޭގެ ރައްޔިތުން އެދުނު ކޮންމެ ކަމެއް އިސްލާހުކޮށް ބަދަލުކޮށްލި ފަހުލަވާނުން ތިބީ އެމްޑީޕީގައި: ޝާހިދު

14 އޯގަސްޓު 2026
ރާއްޖޭގެ ރައްޔިތުން އެދުނު ކޮންމެ ކަމެއް އިސްލާހުކޮށް ބަދަލުކޮށްލި ފަހުލަވާނުން ތިބީ އެމްޑީޕީގައި: ޝާހިދު
14 އޯގަސްޓު 2026

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ޝާހިދު އިއުލާނުކުރައްވައިފި

14 އޯގަސްޓު 2026
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ޝާހިދު އިއުލާނުކުރައްވައިފި
14 އޯގަސްޓު 2026

ސަވާހިލި އަނބުރާ އައްޑޫގެ ރައްޔިތުންނާ ހަވާލުކުރާނަން: ޝާހިދު

14 އޯގަސްޓު 2026
ސަވާހިލި އަނބުރާ އައްޑޫގެ ރައްޔިތުންނާ ހަވާލުކުރާނަން: ޝާހިދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް