ރާއްޖޭގެ އިޤްތިސާދު މި ދަނީ ކަންބޮޑުވާ މިސްރާބަކަށް: ރައީސް ނަޝީދު
12 އޯގަސްޓު 2026 | ބުދަ 06:50ރާއްޖޭގައި ތަކެތީގެ އަގު އެއް ދުވަހުން އަނެއް ދުވަހަށް ބޮޑުވަމުންދާ ކަމަށް ފާހަގަ ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، އެ ހާލަތުގައި އެ ބުނެދެނީ ހައިޕަރ އިންފްލޭޝަން އުފެދިފައިވާ ކަމަށް. އެގޮތުން ހައިޕަރ އިންފްލޭޝަން އުފެދޭ ޤައުމުތަކަށް ވަރަށް ގިނަ އުނދަގޫތައް ދިމާވާނެ ކަމަށް ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، ޤައުމުގެ އިޤްތިސާދު ދަމަހައްޓައި، ރައްޔިތުންގެ އާންމު ހާލަތާއި ރައްޔިތުންގެ ތަނަވަސްކަން ހިފަހައްޓަން ވެސް އުނދަގޫ ވާނެ ކަމަށް


ބުދަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނީ | އެމްޑީޕީ
ދިވެހިރާއްޖޭގެ އިޤްތިސާދު މިހާރު މި ދަނީ ކަންބޮޑުވާ މިސްރާބަކަށް ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ އިޤްތިސާދު މިހާރު މި ދަނީ ކަންބޮޑުވާ މިސްރާބަކަށް ކަމަށާއި، އެކަމުގެ ސަބަބުން ދިވެހިންނަށް ދިމާވެދާނެ ދަތިތަކާ މެދު ވެސް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
ރާއްޖޭގައި ތަކެތީގެ އަގު އެއް ދުވަހުން އަނެއް ދުވަހަށް ބޮޑުވަމުންދާ ކަމަށް ފާހަގަ ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، އެ ހާލަތުގައި އެ ބުނެދެނީ ހައިޕަރ އިންފްލޭޝަން އުފެދިފައިވާ ކަމަށެވެ. އެގޮތުން ހައިޕަރ އިންފްލޭޝަން އުފެދޭ ޤައުމުތަކަށް ވަރަށް ގިނަ އުނދަގޫތައް ދިމާވާނެ ކަމަށް ފާހަގަ ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، ޤައުމުގެ އިޤްތިސާދު ދަމަހައްޓައި، ރައްޔިތުންގެ އާންމު ހާލަތާއި ރައްޔިތުންގެ ތަނަވަސްކަން ހިފަހައްޓަން ވެސް އުނދަގޫ ވާނެ ކަމަށެވެ.
ތަކެތީގެ އަގު މި ރޭޓުން އުފުލިގެން ގޮސް، ދިވެހި ރާއްޖޭގައި ހައިޕަރ އިންފްލޭޝަން، އެއީ ކޮންމެ ހަފުތާ އަކުން ފަންސާސް ޕަސެންޓަށް ތަކެތީގެ އަގު އުފުލުނީމާ، އާންމުކޮށް މާހިރުން އެ ހާލަތުގައި ބުނަނީ އެ އޮތީ ހައިޕަރ އިންފްލޭޝަން އުފެދިފައޭ. ހައިޕަރ އިންފްލޭޝަން އުފެދޭ ޤައުމުތަކަށް ވަރަށް އުނދަގޫ ވާނެ އިޤްތިސާދު ދަމަހައްޓަން ވެސް އަދި ރައްޔިތުންގެ އާންމު ހާލަތާއި، ރައްޔިތުންގެ ތަނަވަސްކަން ހިފަހައްޓަންމުހައްމަދު ނަޝީދު
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ އިން ޑޮލަރު މަދުވާ ސަބަބު ވަރަށް ސާފު ކަމަށެވެ. އެގޮތުން އެއީ ގިނައިން ޚަރަދު ކުރާތީ ދިމާވާ މައްސަލައެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެއާ އެކު ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރުގެ ޚަރަދު އެހާމެ ބޮޑު ކަމަށާއި، މިފަދަ ދަތި ދަނޑިވަޅެއްގައި ކުރަން ނުޖެހޭ އެތައް ކަމެއް މިވަގުތު ސަރުކާާރުން ކުރަމުން އަންނަ ކަމަށެވެ. އެއީ ވަރަށް ބޮޑު ބޭކާރު ކަމެއްގެ ގޮތުގައި ރައީސް ނަޝީދު ވަނީ ސިފަކުރައްވާފަ އެވެ.
ހަމަ އެއާ އެކު ރައީސް ނަޝީދު ވިދާޅުވީ، ދަރަނި އަނބުރާ ދެއްކުން ނުވަތަ ދަރަނި ރީސްޓްރަކްޗަރ ކުރުމުގެ އެއްވެސް މަސަައްކަތެއް ނުކުރެވި އޮތުމަކީ، ޑޮލަރުގެ އަގު މައްޗަށް ދަމުންދާ އަނެއް ސަބަބުން ކަމަށެވެ. އަދި ރާއްޖެ އަށް ޑޮލަރުގެ ބޮންޑެއް ނުވަތަ ލޯނެއް ހޯދައިި، އިޤްތިސާދަށް ރަނގަޅު އަދަދަކަށް ޑޮލަރު ގެނެވެން ނެތްކަން އަދި ނުގެނެވޭކަން ވެސް އެއީ ޑޮލަރުގެ އަގު މައްޗަށްދާ ސަބަބެއް ކަމަށެވެ.
ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 20 އިންސައްތަ ބޭންކުތަކަށް މާރުކުރުމަށް މަޖުބޫރު ކުރަން ނިންމަން އުޅޭ ނިންމުމަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، އަމިއްލަ ވިޔަފާރި އަށް ސަރުކާރުން ވަދެ އެކަންކަމާ ބެހި، އިތުރު ޤާނޫނުތައް ގެންނަ ކަމަށްވާ ނަމަ، ވިޔަފާރިވެރިން ފަހަތަށް ޖެހޭނެ ކަމަށާއި ރާއްޖެ އަށް އަންނަ އިންވެސްޓްމަންޓްތައް މަޑު ޖެހޭނެ ކަމަށެވެ. އަދި ރާއްޖޭގައި މިހާރު އިންވެސްޓްކޮށްގެން ތިބި ފަރާތްތަކުގެ ކަންބޮޑުވުން އިތުރު ވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރާއްޖޭގައި މިވަގުތު ޑޮލަރުގެ ތާށިކަން ވަރަށް ބޮޑުވެފައިވާއިރު، ރައީސް ނަޝީދު ވިދާޅުވީ ޑޮލަރުގެ ތާށިކަން އޮތް ވަގުތެއްގައި، އަތު ޖެހުނު ތަނަކުން ޑޮލަރު ހޯދަން އުޅުމަކީ ރަނގަޅު ކަމަކަށް ނުވާނެ ކަމަށެވެ. ރިސޯޓުތަކުގެ ވިޔަފާރި އަށް ދަތިވާ ގޮތަށް ސަރުކާރުގެ އަމަލުތައް ނުވަތަ ސިޔާސަތުތައް ބަހައްޓަން ފަށައިފި ނަމަ، ފަތުރުވެރިކަމުގެ ސިނާއަތަށް ލިބިދާނެ ގެއްލުން ވަރަށް ބޮޑު ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައި އެވެ.
ރާއްޖޭގައި މިހާރު ޑޮލަރު ލިބުމުގެ ތާށިކަން އިންތިހާ އަށް ބޮޑުވެފައިވާއިރު، އާންމު ރައްޔިތުން އަންނަނީ ގިނަ ޝަކުވާތަކެއް ކުރަމުންނެވެ. ކަޅު ބާޒާރުގައި ޑޮލަރު ލިބޭ އަގު 22 ރުފިޔާ އަށް މައްޗަށް ގޮސްފައިވާއިރު، ސަރުކާރުން ބުނަމުން އަންނަނީ ޑޮލަރުގެ އަގު މައްޗަށް ދަނީ ދެ މީޑިއާއެއްގައި ޖަހާ ސުރުޚީގެ ސަބަބުން ކަމަށެވެ.











