Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުނި މައްސަލަ

ރާއްޖޭގެ ރީތި ރަށްތައް ގޮނޑުތަކަކަށް ހެއްދުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: ނަޝީދު

30 ޖުލައި 2026 | ބުރާސްފަތި 06:44

ތިލަފުށީގައި ކުނި މެނޭޖްކުރުމުގެ ނިޒާމު ފެއިލްވެ، މާލެ ސަރަހައްދުގެ ކުނި ރާއްޖޭގެ އެހެން ރަށްތަކަށް އުކާލަން އުޅޭ ކަމަށް ބުނެ ކުރީގެ ރައީސް ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި. ޚާއްސަކޮށް ތިލަފުށީގެ ކުނިތައް ހދ. ކުނބުރުދޫއަށް ގެންދަން ނިންމި ނިންމުމާ ގުޅިގެން، އެ ސަރަހައްދުގެ ތިމާވެއްޓަށާއި ރައްޔިތުންގެ ސިއްހަތަށް ނުރައްކާވެދާނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 30 ޖުލައި 2026 | ބުރާސްފަތި 06:44
ގދ.ފިޔޯރީ އަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައި

ގދ.ފިޔޯރީ އަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައި | އެމްޑީޕީ

ކުނި ނައްތާލުމުގެ ނިޒާމު ފެއިލްވެފައިވާ ކަމަށާއި، ރާއްޖޭގެ ރީތި ރަށްތައް ގޮނޑުތަކަކަށް ހެއްދުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހުގެރޭ އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ، ތިލަފުށީގައި އަނެއްކާވެސް ކުނި އަންދަން ފަށާފައިވާ ކަމަށާއި، މާލޭގައި ކުނި ގިނަވެ ތިލަފުށްޓަށް ކުނި ނުގެންދެވޭ ހާލަތަށް ކަންކަން ގޮސްފައިވާ ކަމަށެވެ. އަދި މާލެ ސަރަހައްދަށް ރާއްޖޭގެ އާބާދީގެ 40 އިންސައްތަ ޖަމާކުރުމަށްފަހު، އެ ސަރަހައްދުގެ ކުނި އުކާލާ ތަންތަނުގެ ގޮތުގައި ރާއްޖޭގެ އެހެން ރަށްތައް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވި އެވެ.

ސަރުކާރުން ކުނި އުކާލުމުގެ ކަންކަން ތިލަދުންމައްޗަށް ބަދަލުކުރަން އުޅޭކަމަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ، އެއީ ކުނި އަޅަން އޮތް ރަށްތަކެއް ނޫން ކަމަށާއި، ކުނި އަޅާ ގޮނޑުތަކަކަށް ހަދައިގެން ނުވާނެ ކަމަށެވެ. 

މި ތަނުގައި ކުނި އަޅާން އޮތް ތަނެއް ނޫން، ރާއްޖޭގެ ރަށްތަކަކީ. އެއީ ރައްޔިތުން ދިރިއުޅޭ ތަންތަން. އެއީ ގޮނޑެއް ނޫން. ތިލަދުންމައްޗަކު ނެތް ގޮނޑެއް
މުހައްމަދު ނަޝީދު

މީގެ އިތުރުން، ތިލަފުށީގައި މިހާރު ހުރި ކުނި މެނޭޖްކުރާ މެޝިނަރީތައް ހަލާކުވެފައިވާ ކަމަށާއި، އެ ތަކެތި މަރާމާތު ކުރުމަށް ބޭނުންވާ ފައިސާ ސަރުކާރުގައި ނެތް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. 

ކުނީގެ މައްސަލައިގައި ނަޝީދު ކަންބޮޑުވުންފާޅު ކުރެއްވިއިރު،  ހުޅުމާލެ ރައްޔިތުން މިއަދު ތިބީ ކުނި ބޭރުކުރެވޭނެ އެއްވެސް ގޮތެއް ނެތި، ކޮޓަރިތަކުގައި ކުނި ޖަމާކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލިސް މެންބަރުން ވިދާޅުވެފައިވެ އެވެ. އަދި ތިލަފުށިން އެނދި ކުނިތައް ކުނބުރުދޫ އަށް ގެންދިއުމަށް ވެމްކޯ އިން ވަނީ ނިންމާފަ އެވެ. މި ނިންމުމާ ގިނަ ބަޔަކު ދެކޮޅު ހެދި ނަމަވެސް މިމައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ވެސް މަޖިލީހުން ވަނީ ބޭރު ކޮށްލާފަ އެވެ.

މި މައްސަލައިގައި ބުނެފައިވަނީ އެނދި ކުނިތައް ހދ. ކުނބުރުދޫ އަށް ގެންގޮސްފިނަމަ، އެ އަތޮޅުގެ ރައްޔިތުންގެ ސިއްހަތަށާއި ތިމާވެއްޓަށާއި އަދި މުޅި ސަރަހައްދުގެ ގުދުރަތީ ނިޒާމަށް އިޔާދަނުކުރެވޭނެ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ. އަދި ކުނބުރުދޫ އަކީ މިފަދަ ނުރައްކާތެރި ކުނި މެނޭޖްކުރެވޭނެ ފަދަ އުމްރާނީ ވަސީލަތްތައް ހުރި ރަށަކަށް ނުވާއިރު، މި ނިންމުން ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގައި މިނިވަންކަމާއެކު މަސައްކަތް ކުރާ މެންބަރުން ގޮވާލާފައިވެ އެވެ. 

ތިލަފުށިތިލަދުންމަތިމުހައްމަދު ނަޝީދުކުނި މައްސަލަ

އިތުރަށް ކިޔާލަން

30 ޖުލައި 2026

އެމްޑީޕީއަކީ އިސްރާއީލަށް ތާއީދުކުރާނެ ޕާޓީއެއް ނޫން، އަބަދުވެސް ތެދުވެ ތިބޭނީ މިނިވަންކަމަށްޓަކައި މަސައްކަތް ކުރަމުންދާ ފަލަސްތީނުގެ ރައްޔިތުންނާއެކު: ނަޝީދު

30 ޖުލައި 2026
އެމްޑީޕީއަކީ އިސްރާއީލަށް ތާއީދުކުރާނެ ޕާޓީއެއް ނޫން، އަބަދުވެސް ތެދުވެ ތިބޭނީ މިނިވަންކަމަށްޓަކައި މަސައްކަތް ކުރަމުންދާ ފަލަސްތީނުގެ ރައްޔިތުންނާއެކު: ނަޝީދު
29 ޖުލައި 2026

މިސަރުކާރު 2028 އާ ހަމައަށް ދެމިއޮވެވިދާނެތޯ ސުވާލު އުފެދޭ، އެއީ މިހާރު ރައްޔިތުން ތިބީ ފާލުން ނެއްޓި މަގުމައްޗަށް ނުކުންނަ ހިސާބުގައި: ނަޝީދު

29 ޖުލައި 2026
މިސަރުކާރު 2028 އާ ހަމައަށް ދެމިއޮވެވިދާނެތޯ ސުވާލު އުފެދޭ، އެއީ މިހާރު ރައްޔިތުން ތިބީ ފާލުން ނެއްޓި މަގުމައްޗަށް ނުކުންނަ ހިސާބުގައި: ނަޝީދު
29 ޖުލައި 2026

"ބިޔޯން އަގެއިން" ގެ ޝޯ މަނާކުރުމުން ރައީސް ނަޝީދުގެ ކަންބޮޑުވުން: ޒުވާނުން އެދޭ ކަންކަން ކުރެވެން ޖެހޭނެ!

29 ޖުލައި 2026
"ބިޔޯން އަގެއިން" ގެ ޝޯ މަނާކުރުމުން ރައީސް ނަޝީދުގެ ކަންބޮޑުވުން: ޒުވާނުން އެދޭ ކަންކަން ކުރެވެން ޖެހޭނެ!
29 ޖުލައި 2026

ތިލަފުށިން އެނދި ކުނިތައް ކުނބުރުދޫ އަށް ގެންދާތީ ކަންބޮޑުވުން ފާޅުކޮށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

29 ޖުލައި 2026
ތިލަފުށިން އެނދި ކުނިތައް ކުނބުރުދޫ އަށް ގެންދާތީ ކަންބޮޑުވުން ފާޅުކޮށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި
26 ޖުލައި 2026

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާއަށް ދައުވަތު އަރުވާފައި ނުވާތީ ރައީސް ނަޝީދުގެ ކަންބޮޑުވުން، ވިދާޅުވީ ޖަލުގައި ހުންނެވި ދުވަސްވަރު ވެސް ޖަލްސާއަށް ދައުވަތު ލިބިވަޑައިގެންނެވި ކަމަށް

ރައްޔިތުންގެ އުއްމީދުތަކުގައި ކުލަ ޖައްސައިދިނުމަކީ ގައުމީ މިނިވަންކަން ދެމެހެއްޓުމުގެ އެންމެ މުހިއްމު އެއް އަސާސް: ރައީސް ސޯލިހު

26 ޖުލައި 2026
ރައްޔިތުންގެ އުއްމީދުތަކުގައި ކުލަ ޖައްސައިދިނުމަކީ ގައުމީ މިނިވަންކަން ދެމެހެއްޓުމުގެ އެންމެ މުހިއްމު އެއް އަސާސް: ރައީސް ސޯލިހު
23 ޖުލައި 2026

އެމެރިކާއިން އިންޑިއާ ކަނޑުގެ ސަރަހައްދަށް ނުފޫޒު ފޯރުވަން ވަންނަ ދޮރާއްޓަކަށް ތިލަފުށި ބަނދަރު ހަދަނީބާ؟

23 ޖުލައި 2026
އެމެރިކާއިން އިންޑިއާ ކަނޑުގެ ސަރަހައްދަށް ނުފޫޒު ފޯރުވަން ވަންނަ ދޮރާއްޓަކަށް ތިލަފުށި ބަނދަރު ހަދަނީބާ؟
20 ޖުލައި 2026

ތިލަފުށީގައި ހުންނަ ވެމްކޯ ސަރަހައްދުގައި އާދިއްތަ ދުވަހުގެ ރޭ ބޮޑު އަލިފާނުގެ ހާދިސާއެއް، ކޮންޓްރޯލް ކުރެވުނީ ހޯމަ ދުވަހުގެ ހެނދުނު!

20 ޖުލައި 2026
ތިލަފުށީގައި ހުންނަ ވެމްކޯ ސަރަހައްދުގައި އާދިއްތަ ދުވަހުގެ ރޭ ބޮޑު އަލިފާނުގެ ހާދިސާއެއް، ކޮންޓްރޯލް ކުރެވުނީ ހޯމަ ދުވަހުގެ ހެނދުނު!
18 ޖުލައި 2026

ޑޮލަރުގެ އަގު ތިރި ވަންދެން އުމްރާނީ ހުރިހާ މަސައްކަތެއް ހުއްޓާލަން ޖެހޭ: ނަޝީދު

18 ޖުލައި 2026
ޑޮލަރުގެ އަގު ތިރި ވަންދެން އުމްރާނީ ހުރިހާ މަސައްކަތެއް ހުއްޓާލަން ޖެހޭ: ނަޝީދު
09 ޖުލައި 2026

ސައީދަށް ޕީއެންސީ އެކްޓިވިސްޓަކު ފޮނުވާ ސިޓީ

09 ޖުލައި 2026
ސައީދަށް ޕީއެންސީ އެކްޓިވިސްޓަކު ފޮނުވާ ސިޓީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް