Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނޭޕާލް

ފެންބޮޑުވުމުގައި ނޭޕާލުން މަރުވި މީހުންގެ އަދަދު 1،000 އަށްވުރެ މައްޗަށް އަރައިފި

1 ސެޕްޓެމްބަރު 2026 | އަންގާރަ 10:36

ނޭޕާލާއި ޓިބެޓަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި ގެއްލުނު މީހުން ހޯދުމަށް ބައިނަލްއަގުވާމީ ޓީމުތަކުން ވަރުގަދަ އޮޕަރޭޝަނެއް ފަށާފައިވާއިރު، މަރުވި މީހުންގެ ހަށިގަނޑުތައް ދެނެގަތުމުގައި ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ. މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވި މި ހާދިސާގައި ހައިޑްރޯޕަވަރ މަޝްރޫއުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ކަމާބެހޭ އިދާރާތަކުން ދަނީ ހޮހަޅަތަކުގައި ތާށިވެފައިވާ މަސައްކަތްތެރިން ސަލާމަތްކުރުމަށް އާދަޔާ ހިލާފު މަސައްކަތްތަކެއް ކުރަމުން.

ނިއުސް ޓީމް
ނިއުސް ޓީމް | 1 ސެޕްޓެމްބަރު 2026 | އަންގާރަ 10:36
ނޭޕާލަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާތަކުގައި ގެއްލުނު މީހުންގެ އާއިލާތަކުން، އެ މީހުން ފެންނާނެ ކަމުގެ އުންމީދުގައި އިންތިޒާރުގައި މަޑުކޮށްގެން.

ނޭޕާލަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާތަކުގައި ގެއްލުނު މީހުންގެ އާއިލާތަކުން، އެ މީހުން ފެންނާނެ ކަމުގެ އުންމީދުގައި އިންތިޒާރުގައި މަޑުކޮށްގެން. | ގެޓީ އިމޭޖަސް

ނޭޕާލާއި ޓިބެޓް ގުޅޭ ބޯޑަރު ސަރަހައްދަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 1،000 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ނޭޕާލުގެ ކާރިސާތަކާ ބެހޭ އިދާރާއިން ހާމަކޮށްފި އެވެ. މި ހާދިސާގައި 3،900 އަށްވުރެ ގިނަ އިތުރު މީހުން ގެއްލިފައިވާކަމަށް ބެލެވޭއިރު، އޭގެ ތެރޭގައި ތްރިޝޫލީ ކޯރުގެ އައްސޭރީގައި ހުރި ހައިޑްރޯޕަވަރު މަޝްރޫއުތަކަށް ކޮނެފައިވާ ހޮހަޅަތަކުގެ ތެރޭގައި ތާށިވެފައިވާ ކަމަށް ބެލެވޭ 600 އަށްވުރެ ގިނަ މަސައްކަތްތެރިން ހިމެނެ އެވެ.

އެ ހޮހަޅަތަކުގައި ތާށިވެފައިވާ ތިބި ކަމަށް ބެލެވޭ މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް އިންޖިނޭރުން ދަނީ ހޮހަޅަތަކަށް އޮކްސިޖަން ފޮނުވަން މަސައްކަތް ކުރަމުންނެވެ. ކިސަޑާއި ހިލައިގެ ސަބަބުން ބަންދުވެފައިވާ ހޮހަޅައެއްގެ ތެރެއިން މީހުން ސަލާމަތްކުރާ ޓީމަކުން ވަދެފައިވީ ނަމަވެސް، އެތަނުން ދިރިހުރި އެއްވެސް މީހަކު ފެނިފައި ނުވާތީ އެ ޓީމު ވަނީ އަނބުރާ ނުކުމެފަ އެވެ. ނޭޕާލްގެ ބޮޑުވަޒީރު ބަލެންދްރަ ޝާހް ވިދާޅުވީ، ގެއްލިފައިވާ މީހުން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ދިރިތިބި 279 މީހަކު ސަލާމަތް ކުރެވިފައިވާ ކަމަށެވެ.

މީހުން ސަލާމަތްކުރުމުގެ މަސައްކަތް އިސްވެ ކުރިއަށްގެންދަނީ ޗައިނާއާއި ނޭޕާލްގެ އަސްކަރިއްޔާ ގުޅިގެން އެކުލަވާލާފައިވާ ބައިނަލްއަގުވާމީ ޓީމަކުންނެވެ. މީގެ އިތުރުން އިންޑިއާ، ކޮރެއާ އަދި އޮސްޓްރޭލިއާގެ މާހިރުންވެސް މި މަސައްކަތުގައި ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ފެންބޮޑުވި ވަގުތު ހައިޑްރޯޕަވަރ ޕްލާންޓުގައި މަސައްކަތް ކުރަމުންދިޔަ މީހެއްގެ އަންހެނުން ސީތާ ޕާންޑޭ މީޑިއާއަށް މައުލޫމާތު ދެމުން ބުނީ، ހޮލަޅައިގެ އެތެރޭގައި އޮކްސިޖަން ސިސްޓަމެއް ހުރުމުން، އޭނާގެ ފިރިމީހާ ދިރިހުރި ކަމުގެ އުންމީދު އަދިވެސް އޮތް ކަމަށެވެ.

ނޭޕާލަކީ ކަރަންޓު އުފެއްދުމަށް ހައިޑްރޯޕަވަރއަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމަކަށްވާއިރު، ފަރުބަދަަމަތީ ހިސާބުތަކުގެ ކޯރުތަކުގައި މިފަދަ މަޝްރޫއުތައް ތަރައްގީ ކުރުމަށް އެ ގައުމުން ގިނަ އަހަރުތަކެއް ވަނީ ހޭދަކޮށްފަ އެވެ. ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި، މަސައްކަތް ނިމިފައިވާ ނުވަތަ ކުރިއަށްދާ 11 މަޝްރޫއަކަށް ފެންބޮޑުވުމުގެ ހާދިސާގައި ވަނީ ގެއްލުން ލިބިފަ އެވެ. ގެއްލުނު މީހުން ސަލާމަތްކުރަން މަސައްކަތް ކުރަމުންދާ ފަރާތްތަކުން މިދިޔަ ހަފުތާ ބަންދުގައި ހޮހަޅަތަކަށް ވައި ފޮނުވަން ފެށި ނަމަވެސް، ތާށިވެފައިވާ މީހުންގެ އާއިލާތަކުން ބުނަނީ އެ މަސައްކަތް މިއަށްވުރެ މާ ކުރިން ފަށަންޖެހޭނެ ކަމަށެވެ.

ނޭޕާލްގެ ބޮޑުވަޒީރު ޝާހް ވިދާޅުވީ، މީހުން ސަލާމަތްކުރުމުގެ މަސައްކަތް މިހާރު ވަރުގަދަކޮށްފައިވާ ކަމަށެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މިއީ އާދައިގެ ފެންބޮޑުވުމުގެ ހާދިސާއެއް ނޫނެވެ. ހޯމަ ދުވަހުގެ ރޭ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޝާހް ވިދާޅުވީ، މި ހާދިސާއިން ދޭހަވަނީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާއެކު ހިމާލަޔާ ސަރަހައްދަށް ކުރިމަތިވެފައިވާ ނުރައްކާތައް އިތުރުވަމުންދާ ކަން ކަމަށެވެ. އަދި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މިފަދަ ކާރިސާތަކުގެ މައްސަލަ ބައިނަލްއަގުވާމީ މުޖުތަމައުގައި ވަރުގަދައަށް އުފުލަންޖެހޭ ވަގުތު ޖެހިއްޖެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ހޮހަޅަތަކުގެ ތެރޭގައި ތާށިވެފައިވާ ކަމަށް ބެލެވޭ މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެމުންދާ އޮސްޓްރޭލިއާގެ އިންޖިނޭރު އާނޯލްޑް ޑިކްސް ވިދާޅުވީ، ހޮހަޅަތަކުގެ ދޮރުތައް ހުރި ހިސާބުތައް ހޯދުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. ބީބީސީ ރޭޑިއޯގެ 'ވޯލްޑް އެޓް ވަން' ޕްރޮގްރާމުގައި ވާހަކަދައްކަމުން އޭނާ ވިދާޅުވީ، ހޮހަޅަތައް ހުރި ކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށާއި، މުޅި ސަރަހައްދު ފެންނަނީ ހަނދުގެ ސަތަހަ ފަދަ ފަޅު ތަނެއްގެ ގޮތުގައި ކަމަށެވެ.

އިންޓަނޭޝަނަލް ޓަނަލިންގ އެސޯސިއޭޝަންގެ ކުރީގެ ރައީސް ޑިކްސް ވިދާޅުވީ، ކަރަންޓު އުފައްދާ ޕްލާންޓުތައް ހުރި ތަންތަން ކަށަވަރުވުމުން، އެ ތަންތަނަށް ވަންނާނެ އެންމެ ރަނގަޅު ގޮތެއް ނިންމޭނެ ކަމަށެވެ. މީގެ ތެރޭގައި އާންމުކޮށް ހިމެނެނީ ބިންގަނޑު ކޮނުމާއި "ބޮޑެތި ހިލަގަނޑުތައް ގޮއްވާލުން" ކަމަށް އޭނާ ފާހަގަކުރިއެވެ. "ބޮޑެތި އިމާރާތްތަކަށްވުރެ ބޮޑެތި ހިލަގަނޑުތައް އެބަހުރި. މިއީ މީގެ ކުރިން ދުވަހަކުވެސް ފެނުނު މަންޒަރެއް ނޫން. މިއީ އާދަޔާ ހިލާފު މަސައްކަތެއް،" އޭނާ ވިދާޅުވި އެވެ.

މިހާތަނަށް ފެނިފައިވާ 900 ހަށިގަނޑުގެ ތެރެއިން ކާކުކަން ދެނެގަނެވިފައިވަނީ އެންމެ 4 އިންސައްތަ މީހުންގެ ކަމަށް ނޭޕާލްގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނަކު ބީބީސީއަށް މައުލޫމާތު ދެމުން ވިދާޅުވިއެވެ. ފެންބޮޑުވި ސަރަހައްދާ ވަރަށް ދުރުގައި އޮންނަ ޗިޓްވާން ޑިސްޓްރިކްޓުގެ ކޯރުގެ އައްސޭރިފަށަށް 300 އެއްހާ މީހުންގެ ހަށިގަނޑު ލައްގާފައިވާއިރު، އެތަނުގައި މިހާރު ދަނީ ވަގުތީ ގޮތުން މީހުން ވަޅުލުމުގެ މަސައްކަތް ކުރަމުންނެވެ.

ބީބީސީއަށް މައުލޫމާތު ދެއްވަމުން ޗީފް ޑިސްޓްރިކްޓް އޮފިސަރު ގަނޭޝް އަރްޔާލް ވިދާޅުވީ، ޑީއެންއޭ ޓެސްޓުން ކާކުކަން ދެނެގަނެވުމުން، އާއިލާތަކަށް އެމީހުންގެ ތިމާގެ މީހުންގެ ހަށިގަނޑު ނެގުމުގެ ފުރުސަތު ދެއްވާނެ ކަމަށެވެ. "އަޅުގަނޑުމެންގެ އަތުގައި ހަށިގަނޑުތައް ބަހައްޓާނެ އެކަށީގެންވާ ވަރަށް ފްރީޒަރެއް ނެތް. އެހެންވެ، އެންމެ ފަހު ގޮތެއްގެ ގޮތުން މި ޖެހުނީ ވަގުތީ ގޮތުން ވަޅުލެވޭނެ ނިޒާމެއް އިޚްތިޔާރު ކުރަން. މި ހާލަތު ކޮންޓްރޯލް ކުރުމުގައި އަޅުގަނޑުމެންނަށް ވަނީ ވަރަށް ބޮޑަށް ދަތިވެފައި،" އޭނާ ވިދާޅުވި އެވެ.

މި ދަނޑިވަޅުވައި، ފެންބޮޑުވުމުގައި ޓިބެޓުން މަރުވި މީހުންގެ ހަނދާނުގައި އެ ސަރަހައްދުގައި ރަސްމިއްޔާތެއް ބާއްވާފައިވެއެވެ. ފެންބޮޑުވުމުގެ ސަބަބުން ޓިބެޓުން ގެއްލުނު މީހުން ހޯދުމަށް ވެސް ޓީމުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ޗައިނާގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ޓިބެޓް ފަޅިން މަރުވި މީހުންގެ ރަސްމީ އަދަދަކީ 16 އެވެ. އަދި 546 މީހުން ގެއްލިފައިވާ ކަމަށް ވަނީ ރިޕޯޓްކޮށްފަ އެވެ. ނޭޕާލްގައި، ފެންބޮޑުވުމާ ގުޅޭގޮތުން ދޮގު މައުލޫމާތު ފަތުރާ ކަމަށް ބެލެވޭ އޮންލައިން ކޮންޓެންޓްތައް ނެގުމަށްވެސް ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ އަމުރުކޮށްފައެވެ.

މަސްދަރު: ބީބީސީ

ނޭޕާލްބަލެންދުރަ ޝާހްފެންބޮޑުވުން

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

30 އޯގަސްޓު 2026

ނޭޕާލްގެ ފެންބޮޑުވުމުގެ ކާރިސާގައި މަރުވި މީހުންގެ އަދަދު 734 އަށް އަރައިފި

30 އޯގަސްޓު 2026
ނޭޕާލްގެ ފެންބޮޑުވުމުގެ ކާރިސާގައި މަރުވި މީހުންގެ އަދަދު 734 އަށް އަރައިފި
29 އޯގަސްޓު 2026

ނޭޕާލުގެ ފެންބޮޑުވުމުގައި ގެއްލުނު މީހުންގެ އަދަދު 3000އަށް އަރައިފި

29 އޯގަސްޓު 2026
ނޭޕާލުގެ ފެންބޮޑުވުމުގައި ގެއްލުނު މީހުންގެ އަދަދު 3000އަށް އަރައިފި
29 އޯގަސްޓު 2026

ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ރެޑް ކްރެސެންޓުން ފަންޑެއް ހުޅުވައިފި

29 އޯގަސްޓު 2026
ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ރެޑް ކްރެސެންޓުން ފަންޑެއް ހުޅުވައިފި
28 އޯގަސްޓު 2026

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

28 އޯގަސްޓު 2026
ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި
28 އޯގަސްޓު 2026

ނޭޕާލުގެ ފެންބޮޑުވުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު މައްޗަށް، ހާހަކަށްވުރެ ގިނަ މީހުންގެ ޚަބަރެއްނެތް

28 އޯގަސްޓު 2026
ނޭޕާލުގެ ފެންބޮޑުވުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު މައްޗަށް، ހާހަކަށްވުރެ ގިނަ މީހުންގެ ޚަބަރެއްނެތް
28 އޯގަސްޓު 2026

ނޭޕާލުގައި ހިނގި ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން އެ ޤައުމުގައި ތިބި އެއްވެސް ދިވެއްސަކަށް އެހީތެރިކަން ބޭނުންވާނަމަ ފޮރިން މިނިސްޓްރީއަށް އެންގުމަށް އެދިއްޖެ

28 އޯގަސްޓު 2026
ނޭޕާލުގައި ހިނގި ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން އެ ޤައުމުގައި ތިބި އެއްވެސް ދިވެއްސަކަށް އެހީތެރިކަން ބޭނުންވާނަމަ ފޮރިން މިނިސްޓްރީއަށް އެންގުމަށް އެދިއްޖެ
26 އޯގަސްޓު 2026

ނޭޕާލަށް ކުރިމަތިވި ކުއްލި ފެންބޮޑުވުމުގެ ހާދިސާއެއްގައި އެތައް ބަޔަކު މަރުވެ، އެތައް ސަތޭކަ ބަޔަކު ގެއްލިއްޖެ

26 އޯގަސްޓު 2026
ނޭޕާލަށް ކުރިމަތިވި ކުއްލި ފެންބޮޑުވުމުގެ ހާދިސާއެއްގައި އެތައް ބަޔަކު މަރުވެ، އެތައް ސަތޭކަ ބަޔަކު ގެއްލިއްޖެ
14 އޯގަސްޓު 2026

ނޭޕާލްގެ ބޯޑަރު ކަނޑައަޅަން އިންޑިއާ އާއެކު އެއްބަސްވި މުއާހަދާގެ އަސްލު ލިޔުން ގެއްލިއްޖެ

14 އޯގަސްޓު 2026
ނޭޕާލްގެ ބޯޑަރު ކަނޑައަޅަން އިންޑިއާ އާއެކު އެއްބަސްވި މުއާހަދާގެ އަސްލު ލިޔުން ގެއްލިއްޖެ
29 ޖުލައި 2026

ސާކް ސަމިޓް ބޭއްވުމަށް ރައީސް މުޢިއްޒު ގޮވާލެއްވުމުން، އިންޑިއާއިން ރައްދުގައި ބުނީ ސަރަޙައްދީ އެއްބާރުލުން ގާއިމުކުރެވޭނީ ޓެރަރިޒަމުން ސަލާމަތްވެފައިވާ ހެޔޮނިޔަތް އޮތް މާހައުލެއްގައި ކަމަށް

29 ޖުލައި 2026
ސާކް ސަމިޓް ބޭއްވުމަށް ރައީސް މުޢިއްޒު ގޮވާލެއްވުމުން، އިންޑިއާއިން ރައްދުގައި ބުނީ ސަރަޙައްދީ އެއްބާރުލުން ގާއިމުކުރެވޭނީ ޓެރަރިޒަމުން ސަލާމަތްވެފައިވާ ހެޔޮނިޔަތް އޮތް މާހައުލެއްގައި ކަމަށް
15 ޖުލައި 2026

ނޭޕާލްގެ އެތެއް 14 އަހަރުގެ މުއްދަތެއްގެ ތެރޭގައި އެއް އާއިލާގެ ހަތަރު މެންބަރުން މަރާލައިފި

15 ޖުލައި 2026
ނޭޕާލްގެ އެތެއް 14 އަހަރުގެ މުއްދަތެއްގެ ތެރޭގައި އެއް އާއިލާގެ ހަތަރު މެންބަރުން މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް