Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނޭޕާލް

ނޭޕާލްގެ ފެންބޮޑުވުމުގެ ކާރިސާގައި މަރުވި މީހުންގެ އަދަދު 734 އަށް އަރައިފި

30 އޯގަސްޓު 2026 | އާދީއްތަ 05:56

ނޭޕާލްގެ ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އިން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބު ތަކަށް ބަލާއިރު، މި ކާރިސާގައި ގެއްލިގެން ހޯދަމުންދާ މީހުންގެ އަދަދު މިހާރު ވަނީ 2،498 އަށް އަރާފައި. ފެންބޮޑުވުމުގެ ސަބަބުން ބޯޑަރު ސަރަހައްދުގެ ގިނަ އަދަދެއްގެ ގެދޮރާއި އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މީހުން ސަލާމަތްކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 އޯގަސްޓު 2026 | އާދީއްތަ 05:56
ނޭޕާލް އަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ

ނޭޕާލް އަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ | ރޮއިޓާސް

ނޭޕާލް އާއި ޗައިނާ ގުޅޭ ބޯޑަރު ސަރަހައްދަށް މިދިޔަ ބުދަ ދުވަހު ކުރިމަތިވި ކުއްލި ފެންބޮޑުވުމުގެ ނުރައްކާތެރި ކާރިސާގައި މަރުވި މީހުންގެ އަދަދު 734 އަށް އަރާފައިވާ ކަމަށް އެ ޤައުމުގެ ކަމާ ބެހޭ އިދާރާތަކުން ހާމަކޮށްފި އެވެ.

މި ކާރިސާގައި ގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވާއިރު، އަދިވެސް އެތައް ހާސް ބަޔަކު ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ނޭޕާލްގެ ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި ކާރިސާގައި ގެއްލިގެން ހޯދަމުންދާ މީހުންގެ އަދަދު މިހާރު ވަނީ 2،498 އަށް އަރާފައި އެވެ. ފެންބޮޑުވުމުގެ ސަބަބުން ބޯޑަރު ސަރަހައްދުގެ ގިނަ އަދަދެއްގެ ގެދޮރާއި އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މީހުން ސަލާމަތްކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށެވެ.

މިދިޔަ ބުދަ ދުވަހު ކުއްލި ގޮތަކަށް ކުރިމަތިވި މި ފެންބޮޑުވުމަކީ ފަހުގެ ތާރީޚެއްގައި އެ ސަރަހައްދަށް ކުރިމަތިވި އެންމެ ނުރައްކާތެރި އެއް ގުދުރަތީ ކާރިސާ އެވެ. ފެންބޮޑުވުމުގެ ސަބަބުން ބައެއް އަވަށްތައް އެއްކޮށް ސުންނާފަތިވެފައިވާއިރު، މަގުތައް ބަންދުވުމުގެ ސަބަބުން އެހީ ފޯރުކޮށްދޭ ފަރާތްތަކަށް ބައެއް ސަރަހައްދުތަކަށް ދިޔުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައި އެވެ.

ނޭޕާލްގެ ސަރުކާރުން ބުނެފައިވަނީ ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތުގައި ސިފައިންނާއި ފުލުހުންގެ އިތުރުން، ދަރުމަވެރިން ވެސް ހަރަކާތްތެރިވަމުންދާ ކަމަށެވެ. ނަމަވެސް މޫސުން ގޯސްވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ހިނގަމުންދާތީ، މީހުން ހޯދުމުގެ މަސައްކަތަށް ބޮޑެތި ގޮންޖެހުންތަކެއް ދަނީ ކުރިމަތިވަމުންނެވެ.

މި ކާރިސާއާ ގުޅިގެން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ބޭނުންވާ ކާބޯތަކެއްޗާއި ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާ ބެހޭ އިދާރާތަކުން ދަނީ ކުރަމުންނެވެ. އަދި މަރުވި މީހުންގެ އަދަދު މިއަށް ވުރެ އިތުރުވުން އެކަށީގެންވާ ކަމަށް ވެސް އެ ޤައުމުގެ ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ.

މަސްދަރު: އަލް ޖަޒީރާ

ނޭޕާލްފެންބޮޑުވުން

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

3

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

އިތުރަށް ކިޔާލަން

29 އޯގަސްޓު 2026

ނޭޕާލުގެ ފެންބޮޑުވުމުގައި ގެއްލުނު މީހުންގެ އަދަދު 3000އަށް އަރައިފި

29 އޯގަސްޓު 2026
ނޭޕާލުގެ ފެންބޮޑުވުމުގައި ގެއްލުނު މީހުންގެ އަދަދު 3000އަށް އަރައިފި
29 އޯގަސްޓު 2026

ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ރެޑް ކްރެސެންޓުން ފަންޑެއް ހުޅުވައިފި

29 އޯގަސްޓު 2026
ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ރެޑް ކްރެސެންޓުން ފަންޑެއް ހުޅުވައިފި
28 އޯގަސްޓު 2026

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

28 އޯގަސްޓު 2026
ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި
28 އޯގަސްޓު 2026

ނޭޕާލުގެ ފެންބޮޑުވުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު މައްޗަށް، ހާހަކަށްވުރެ ގިނަ މީހުންގެ ޚަބަރެއްނެތް

28 އޯގަސްޓު 2026
ނޭޕާލުގެ ފެންބޮޑުވުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު މައްޗަށް، ހާހަކަށްވުރެ ގިނަ މީހުންގެ ޚަބަރެއްނެތް
28 އޯގަސްޓު 2026

ނޭޕާލުގައި ހިނގި ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން އެ ޤައުމުގައި ތިބި އެއްވެސް ދިވެއްސަކަށް އެހީތެރިކަން ބޭނުންވާނަމަ ފޮރިން މިނިސްޓްރީއަށް އެންގުމަށް އެދިއްޖެ

28 އޯގަސްޓު 2026
ނޭޕާލުގައި ހިނގި ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން އެ ޤައުމުގައި ތިބި އެއްވެސް ދިވެއްސަކަށް އެހީތެރިކަން ބޭނުންވާނަމަ ފޮރިން މިނިސްޓްރީއަށް އެންގުމަށް އެދިއްޖެ
26 އޯގަސްޓު 2026

ނޭޕާލަށް ކުރިމަތިވި ކުއްލި ފެންބޮޑުވުމުގެ ހާދިސާއެއްގައި އެތައް ބަޔަކު މަރުވެ، އެތައް ސަތޭކަ ބަޔަކު ގެއްލިއްޖެ

26 އޯގަސްޓު 2026
ނޭޕާލަށް ކުރިމަތިވި ކުއްލި ފެންބޮޑުވުމުގެ ހާދިސާއެއްގައި އެތައް ބަޔަކު މަރުވެ، އެތައް ސަތޭކަ ބަޔަކު ގެއްލިއްޖެ
14 އޯގަސްޓު 2026

ނޭޕާލްގެ ބޯޑަރު ކަނޑައަޅަން އިންޑިއާ އާއެކު އެއްބަސްވި މުއާހަދާގެ އަސްލު ލިޔުން ގެއްލިއްޖެ

14 އޯގަސްޓު 2026
ނޭޕާލްގެ ބޯޑަރު ކަނޑައަޅަން އިންޑިއާ އާއެކު އެއްބަސްވި މުއާހަދާގެ އަސްލު ލިޔުން ގެއްލިއްޖެ
29 ޖުލައި 2026

ސާކް ސަމިޓް ބޭއްވުމަށް ރައީސް މުޢިއްޒު ގޮވާލެއްވުމުން، އިންޑިއާއިން ރައްދުގައި ބުނީ ސަރަޙައްދީ އެއްބާރުލުން ގާއިމުކުރެވޭނީ ޓެރަރިޒަމުން ސަލާމަތްވެފައިވާ ހެޔޮނިޔަތް އޮތް މާހައުލެއްގައި ކަމަށް

15 ޖުލައި 2026

ނޭޕާލްގެ އެތެއް 14 އަހަރުގެ މުއްދަތެއްގެ ތެރޭގައި އެއް އާއިލާގެ ހަތަރު މެންބަރުން މަރާލައިފި

15 ޖުލައި 2026
ނޭޕާލްގެ އެތެއް 14 އަހަރުގެ މުއްދަތެއްގެ ތެރޭގައި އެއް އާއިލާގެ ހަތަރު މެންބަރުން މަރާލައިފި
08 އެޕްރީލު 2026

ވިލިމާލެ ފަޅުތެރެއަށް ފީނަން ގޮސް އުޅުނު ނޭޕާލް ޒުވާނެއް މަރުވެއްޖެ

08 އެޕްރީލު 2026
ވިލިމާލެ ފަޅުތެރެއަށް ފީނަން ގޮސް އުޅުނު ނޭޕާލް ޒުވާނެއް މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް