Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުނޭޕާލް

ނޭޕާލްގެ އެތެއް 14 އަހަރުގެ މުއްދަތެއްގެ ތެރޭގައި އެއް އާއިލާގެ ހަތަރު މެންބަރުން މަރާލައިފި

15 ޖުލައި 2026 | ބުދަ 13:44

ނޭޕާލްގެ "ދޫރްބޭ" ނަމަކަށް ކިޔާ ނުރައްކާތެރި އެތެއް، 14 އަހަރުގެ ތެރޭގައި އެއް އާއިލާއެއްގެ ހަތަރު މެންބަރުން މަރާލުމާ ގުޅިގެން އެ ގައުމުގެ ޖަނަވާރުން ބެލެހެއްޓުމުގެ ނިޒާމަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައި. ސެޓެލައިޓް ޓްރެކިން ބޭނުންކޮށްގެން އެ އެތް އުޅޭ ސަރަހައްދު ދެނެގަނެވުނު ނަމަވެސް، އިންސާނީ އާބާދީތަކަށް ވަދެ މިހާތަނަށް 25 މީހުން މަރާލާފައިވާ މި އެތުގެ ނުރައްކަލުން އާންމުން ސަލާމަތްކޮށްދިނުމުގައި ކަމާބެހޭ ފަރާތްތައް ވަނީ ނުކުޅެދިފައި.

ރާއްޖެ އެމްވީ | 15 ޖުލައި 2026 | ބުދަ 13:44
ނޭޕާލްގެ ދެކުނުގެ ސަރަހައްދުގައި އެކި ދުވަސްމަތިން ގިނަ ބަޔަކު މަރާލާފައިވާ ކަމަށް ތުހުމަތު ކުރެވޭ "ދޫރުބޭ" ނަމަކަށް ކިޔާ ނުރައްކާތެރި އެތް ޖަންގަލީގައި ހިނގާފައި ދަނީ.

ނޭޕާލްގެ ދެކުނުގެ ސަރަހައްދުގައި އެކި ދުވަސްމަތިން ގިނަ ބަޔަކު މަރާލާފައިވާ ކަމަށް ތުހުމަތު ކުރެވޭ "ދޫރުބޭ" ނަމަކަށް ކިޔާ ނުރައްކާތެރި އެތް ޖަންގަލީގައި ހިނގާފައި ދަނީ. | ގެޓީ އިމޭޖަސް

ނޭޕާލްގެ އެތެއް، 14 އަހަރުގެ ތެރޭގައި އެއް އާއިލާއެއްގެ ހަތަރު މެންބަރުން މަރާލުމާ ގުޅިގެން، އިންސާނުންނާއި ވަލު ޖަނަވާރުންގެ ކުރިމަތިލުންތައް އިތުރުވަމުންދާ އެ ގައުމުގެ ޖަނަވާރުން ބެލެހެއްޓުމުގެ ނިޒާމާ މެދު ސުވާލު އުފެދިއްޖެ އެވެ.

"ދޫރްބޭ" ގެ ނަމުން މަޝްހޫރުވެފައިވާ މި އެތް، 2012 ވަނަ އަހަރު ޗިތުވަން ނޭޝަނަލް ޕާކު ކައިރިން ޝަނިޗަރާ ބޯޓޭގެ މައިންބަފައިން ވަނީ މަރާލާފަ އެވެ.

އެހެން ހަމަލާއެއް އަތުވެދާނެ ކަމުގެ ބިރަށްޓަކައި، ބޯޓޭ ވަނީ އޭނާގެ އާއިލާއާއެކު ރަޕްތީ ކޯރު ހުރަސްކޮށް، އެތައް މޭލެއް ދުރުގައި އޮންނަ ޖަގަތުޕޫރު ސަރަހައްދަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ.

ނަމަވެސް، މި މަހުގެ ކުރީކޮޅު އެ އެތް ވަނީ އެމީހުންގެ އާ ގެއަށް ވަދެ، ބޯޓޭގެ 25 އަހަރުގެ ޅީދަރިފުޅު އާޝިކާ ބޯޓޭ އާއި ހަތަރު އަހަރުގެ ކާފަދަރިފުޅު ބާރަތު ބޯޓޭ މަރާލާފަ އެވެ.

"ބޮޑު ކޯރެއް ހުރަސްކޮށް ދިއުމުން އަހަރެމެންނަށް ރައްކާތެރިކަން ލިބޭނެ ކަމަށް އަހަރެމެން ގަބޫލުކުރިން. ނަމަވެސް މިހާ ގިނަ އަހަރުތަކެއް ފަހުން، ހަމަ އެ އެތް އަހަރެމެން ހޯދައި، ގެއަށް ވަދެ، އަހަރެންގެ ޅީދަރިފުޅާއި ކުޑަ ކާފަދަރިފުޅުގެ ފުރާނަ ގެންގޮސްފި،" ކަތަމަންޑޫ ޕޯސްޓަށް ދިން އިންޓަވިއުއެއްގައި ބޯޓޭ ބުންޏެވެ. "ދެން އަހަރެމެން ފިލަން ދާނެ އެއްވެސް ތަނެއް ނެތް."

ޗިތުވަން ނޭޝަނަލް ޕާކުގެ އިންފޮމޭޝަން އޮފިސަރު އަބީނާޝް ތާޕާ މަގަރް ވިދާޅުވި ގޮތުގައި، 2010 ވަނަ އަހަރުން ފެށިގެން ދޫރްބޭ ކިޔާ މި އެތް ވަނީ މަދުވެގެން 25 މީހުން މަރާލާފަ އެވެ. މިއާއެކު އެ ސަރަހައްދުގައި އެންމެ ގާތުން ބަލަމުންދާ ނުރައްކާތެރި އެތަކަށް އެ އެތް ވަނީ ވެފަ އެވެ.

ދޫރްބޭ މަރާލި މީހުންގެ ތެރޭގައި، ޕާކުގެ ތެރޭގައި ވަގަށް ޖަނަވާރު ހިފުން ހުއްޓުވުމުގެ އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވި ސިފައިންގެ ދެ މީހަކުވެސް ހިމެނެ އެވެ.

"މި ނުރައްކާތެރި ފިރިހެން އެތް އުޅޭ ނޫޅޭ ގޮތް ބެލުމަށް އަހަރެމެން ދަނީ ސެޓެލައިޓް ޓްރެކިން ކޮލާއެއް ބޭނުންކުރަމުން،" މަގަރް ވިދާޅުވި އެވެ. "އަހަރެމެންގެ ޑޭޓާ ލޮގްތަކުން ދައްކާ ގޮތުގައި ޖުލައި 4 ވަނަ ދުވަހު ހާދިސާ ހިނގި ސަރަހައްދުގެ ވަށައިގެން އެ އެތް އުޅެފައިވޭ."

މާހިރުން ފާހަގަކުރާ ގޮތުގައި، ދޫރްބޭގެ މި އަމަލުތަކުން ދައްކުވައިދެނީ އިންސާނީ އާބާދީތައް ފުޅާވެ، އެތްތަކުގެ ގުދުރަތީ މާހައުލާ މަސްހުނިވަމުން ދިއުމުގެ ސަބަބުން ކުރިމަތިވާ ބޮޑު ގޮންޖެހުމެވެ.

ފިރިހެން އެތްތައް ބޮޑުވުމުން އާންމުކޮށް އައިން ދޫކޮށް ދެއެވެ. ޒުވާން ފިރިހެން އެތްތައް ބާރުގަދަ އެތްތަކުގެ ސަބަބުން ޖަމާއަތުން ބޭރުވުމުން، އެ އެތްތައް އެކަނިމާއެކަނި ޖަންގަލީގެ އަރިމަތީގައާއި އަވަށްތަކުގެ ކައިރީގައި އުޅެން ފަށަ އެވެ. މީގެ ސަބަބުން އިންސާނުންނާ ދިމާވުމުގެ ފުރުސަތު ބޮޑުވެގެންދެ އެވެ.

ނޭޕާލްގެ ޗޫރޭ-ތަރާއީ ސަރަހައްދުގައި އިންސާނީ އާބާދީތަކާއި އެތްތަކުގެ މާހައުލު މަސްހުނިވުން ވަނީ އިތުރުވެފަ އެވެ. 'އެލެފަންޓް ކޮންޒަވޭޝަން އެކްޝަން ޕްލޭން 2025-35' އިން ދައްކާ ގޮތުގައި، އެ ސަރަހައްދުގައި އެތްތައް އުޅުމަށް އެކަށީގެންވާ މާހައުލުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ސަރަހައްދު އޮތީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުން ބޭރުގަ އެވެ.

ހަމައެކަނި ޗިތުވަން ސަރަހައްދުގައި ވެސް ވޭތުވެދިޔަ 11 އަހަރާއި ބައިގެ ތެރޭގައި ވަލު ޖަނަވާރުންގެ ހަމަލާތަކުގައި 127 މީހުން ވަނީ މަރުވެފަ އެވެ.

މީގެ 14 އަހަރު ކުރިން ދޫރްބޭ ބޯޓޭގެ މައިންބަފައިން މަރާލުމާ ގުޅިގެން، އެ އެތް ހިފުމަށް ނުވަތަ މަރާލުމަށް ކަމާބެހޭ ފަރާތްތަކުން އޮޕަރޭޝަނެއް ފެށި އެވެ. އެ ފަހަރު 93 ސިފައިން ބޭނުންކޮށްގެން ދޫރްބޭގެ ގަޔަށް ދެ ފަހަރު ބަޑިޖަހައި ޒަޚަމްކޮށްލި ނަމަވެސް، އެ އެތް ފަހުން ފެނިފައެއް ނުވެ އެވެ.

އެ އެތް އަލުން ފެނިފައިވަނީ 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން އެ އެތް އުޅޭ ތަން ބެލުމަށް ޓްރެކިން ކޮލާއެއް އެޅުވި ނަމަވެސް، އެ މަސައްކަތް ހުއްޓުމުން 2020 ވަނަ އަހަރު ދެވަނަ ކޮލާއެއް އަދި 2023 ވަނަ އަހަރު ތިންވަނަ ކޮލާއެއް ވަނީ އަޅުވާފަ އެވެ. މި ޓްރެކަރުން ކޮންމެ ގަޑިއިރަކު އެ އެތް އޮތް ތަން އަންގައިދެ އެވެ.

ބޯޓޭ އާއި އަވަށުގެ އެހެން މީހުން ބުނާ ގޮތުގައި، އެންމެ ފަހުން މިދިން ހަމަލާގެ އެތައް ދުވަހެއް ކުރިން ދޫރްބޭ އެ ސަރަހައްދުގައި އުޅެމުންދިޔަ އެވެ.

ނޭޕާލްޗިތުވަން ނޭޝަނަލް ޕާކުއިންސާން-އެތް ކުރިމަތިލުންއެތް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

08 އެޕްރީލު 2026

ވިލިމާލެ ފަޅުތެރެއަށް ފީނަން ގޮސް އުޅުނު ނޭޕާލް ޒުވާނެއް މަރުވެއްޖެ

08 އެޕްރީލު 2026
ވިލިމާލެ ފަޅުތެރެއަށް ފީނަން ގޮސް އުޅުނު ނޭޕާލް ޒުވާނެއް މަރުވެއްޖެ
13 މާރިޗު 2026

ކުރީގެ ހިޕް ހޮޕް އާޓިސްޓް ބަލެންދްރަ ޝާހްގެ ޕާޓީން ނޭޕާލްގެ އިންތިޚާބުގައި ބޮޑު އަޣުލަބިއްޔަތެއް ހޯދައިފި

13 މާރިޗު 2026
ކުރީގެ ހިޕް ހޮޕް އާޓިސްޓް ބަލެންދްރަ ޝާހްގެ ޕާޓީން ނޭޕާލްގެ އިންތިޚާބުގައި ބޮޑު އަޣުލަބިއްޔަތެއް ހޯދައިފި
16 ފެބުރުއަރީ 2026

މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ނޭޕާލްގެ 21 އަހަރުގެ އަންހެނެއް ހައްޔަރު ކޮށްފި

16 ފެބުރުއަރީ 2026
މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ނޭޕާލްގެ 21 އަހަރުގެ އަންހެނެއް ހައްޔަރު ކޮށްފި
21 ޑިސެމްބަރު 2025

ނޭޕާލް އަންހެނަކު ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު މާލެ އިން ހައްޔަރުކޮށްފި

21 ޑިސެމްބަރު 2025
ނޭޕާލް އަންހެނަކު ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު މާލެ އިން ހައްޔަރުކޮށްފި
05 ޑިސެމްބަރު 2025

ގެސްޓް ހައުސްއެއް ގައި މަރުވެފައި އޮއްވާ ފެނުނު ނޭޕާލް މީހާގެ ގޮހޮރުން ނެގީ 78 ޑްރަގް ބުލެޓް!

05 ޑިސެމްބަރު 2025
ގެސްޓް ހައުސްއެއް ގައި މަރުވެފައި އޮއްވާ ފެނުނު ނޭޕާލް މީހާގެ ގޮހޮރުން ނެގީ 78 ޑްރަގް ބުލެޓް!
27 ސެޕްޓެމްބަރު 2025

ހުޅުމާލޭގައި އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދިން ހާދިސާއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

27 ސެޕްޓެމްބަރު 2025
ހުޅުމާލޭގައި އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދިން ހާދިސާއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި
27 ސެޕްޓެމްބަރު 2025

ހުޅުމާލޭގައި 21 އަހަރުގެ ނޭޕާލް އަންހެނެއްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީފި

27 ސެޕްޓެމްބަރު 2025
ހުޅުމާލޭގައި 21 އަހަރުގެ ނޭޕާލް އަންހެނެއްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީފި
14 ސެޕްޓެމްބަރު 2025

ސަރުކާރު މަސައްކަތް ކުރަން ޖެހޭނީ ޖެން-ޒީން ގެ ވިސްނުމާ އެއްގޮތައް ކަމަށް ނޭޕާލުގެ އައު ބޮޑުވަޒީރު ވިދާޅުވެއްޖެ

14 ސެޕްޓެމްބަރު 2025
ސަރުކާރު މަސައްކަތް ކުރަން ޖެހޭނީ ޖެން-ޒީން ގެ ވިސްނުމާ އެއްގޮތައް ކަމަށް ނޭޕާލުގެ އައު ބޮޑުވަޒީރު ވިދާޅުވެއްޖެ
12 ސެޕްޓެމްބަރު 2025

ޖެން-ޒީ ލީޑަރުންގެ ރުހުމާ އެކު ނޭޕާލުގައި ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު ބޮޑުވަޒީރު ކަމަށް ގެނެސްފި

12 ސެޕްޓެމްބަރު 2025
ޖެން-ޒީ ލީޑަރުންގެ ރުހުމާ އެކު ނޭޕާލުގައި ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު ބޮޑުވަޒީރު ކަމަށް ގެނެސްފި
10 ސެޕްޓެމްބަރު 2025

ކަރަޕްޝަން އާ ދެކޮޅަށް ނޭޕާލްގެ ޒުވާނުން ކުރި މުޒާހަރާތަކާ އެކު ބޮޑުވަޒީރުގެ އިސްތިއުފާ - ދެންވާނީ ކިހިނެއް؟

10 ސެޕްޓެމްބަރު 2025
ކަރަޕްޝަން އާ ދެކޮޅަށް ނޭޕާލްގެ ޒުވާނުން ކުރި މުޒާހަރާތަކާ އެކު ބޮޑުވަޒީރުގެ އިސްތިއުފާ - ދެންވާނީ ކިހިނެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް