Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނޭޕާލް

ނޭޕާލުގެ ފެންބޮޑުވުމުގައި ގެއްލުނު މީހުންގެ އަދަދު 3000އަށް އަރައިފި

29 އޯގަސްޓު 2026 | ހޮނިހިރު 10:58

ނޭޕާލާއި ޗައިނާގެ ބޯޑަރު ސަރަހައްދަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި މަރުވި މީހުންގެ އަދަދު 600 އަށްވުރެ މައްޗަށް އަރާފައިވާއިރު، ގެއްލިފައިވާ 3،000 އެއްހާ މީހުން ހޯދުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން ދަނީ ކުރަމުން. މި ހާދިސާގައި ހައިޑްރޯޕަވަރު މަޝްރޫއުތަކުގެ ގިނަ މުވައްޒަފުންތަކެއް ގެއްލިފައިވާއިރު، އަލުން ފެންބޮޑުވެދާނެ ކަމުގެ ބިރު އޮތުމުން މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި

ރާއްޖެ އެމްވީ | 29 އޯގަސްޓު 2026 | ހޮނިހިރު 10:58
2026 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 26 ވަނަ ދުވަހު ނޭޕާލްގެ ބޮޓެކޯޝީ ކޯރުގެ ފެންބޮޑުވުމުގެ ސަބަބުން، އެ ގައުމުގެ ނުވަކޮޓް ސަރަހައްދުގެ ކޯރުގެ އައްސޭރިފަށަށާއި އެ ސަރަހައްދުގެ ގެދޮރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ މަންޒަރު

2026 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 26 ވަނަ ދުވަހު ނޭޕާލްގެ ބޮޓެކޯޝީ ކޯރުގެ ފެންބޮޑުވުމުގެ ސަބަބުން، އެ ގައުމުގެ ނުވަކޮޓް ސަރަހައްދުގެ ކޯރުގެ އައްސޭރިފަށަށާއި އެ ސަރަހައްދުގެ ގެދޮރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ މަންޒަރު | ގެޓީ އިމޭޖަސް

ނޭޕާލާއި ޗައިނާގެ ހިމާލަޔާ ސަރަހައްދަށް ކުރިމަތިވި ފަރުބަދަމަތިން ކުއްލިއަކަށް ފެންގަނޑު ފައިބަގެން އައުމުގެ ސަބަބުން އަވަށްތައް ސުންނާފަތިވެ، ގެއްލިފައިވާ އެތައް ހާސް ބަޔަކު ހޯދުމުގެ މަސައްކަތް ހޮނިހިރު ދުވަހުވެސް ރެސްކިއު ޓީމުތަކުން ދަނީ ކުރަމުންނެވެ.

ދެ ގައުމުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ގެއްލިފައިވާ މީހުންގެ އަދަދު ހޮނިހިރު ދުވަހު ވަނީ 3،000 އާ ގާތްކޮށްފަ އެވެ. މިހާތަނަށް 633 މީހެއްގެ ހަށިގަނޑު ފެނިފައިވާއިރު، ބައެއް މީހުންގެ ހަށިގަނޑުތައް އޮޔާ ގޮސް އިންޑިއާއާ ހަމައަށް ފޯރުން އެކަށީގެންވާ ކަމުގެ ރިޕޯޓުތައް ވަނީ ލިބިފަ އެވެ.

ހަކަތަ އުފައްދާ ބޮޑެތި މަޝްރޫއުތައް ހިންގާ މި ސަރަހައްދުގައި، ނޭޕާލުގެ ޑިޒާސްޓާ އޮތޯރިޓީން ވަނީ ގެއްލިފައިވާ މީހުންގެ ލިސްޓަށް ހައިޑްރޯޕަވަރު މަޝްރޫއުތަކުގައި މަސައްކަތްކުރާ 933 މުވައްޒަފުން އިތުރުކޮށްފަ އެވެ. މި ލިސްޓުގައި އެކި ކަންކަމުގައި ފަރުބަދަތަކަށް އަރަން ގޮސްފައި ތިބި މީހުން ހިމެނެ އެވެ.

މި ހާދިސާއިން ސަލާމަތްވި މީހުން ބުނާ ގޮތުގައި އެމީހުންގެ ހުރިހާ މުދަލެއް ވަނީ ގެއްލިފަ އެވެ. މިހާރު އެމީހުން ތިބީ ގެއްލިފައިވާ އާއިލާގެ މެންބަރުންނަށް ވީނުވީއެއް އެނގޭނެ ވަގުތެއްގެ އިންތިޒާރުގައި، މުޅިން އަލުން ދިރިއުޅުން އާރާސްތުކުރަން ޖެހިފައިވާ ހިތްދަތި ހާލަތެއްގަ އެވެ.

"ކޯރު ކައިރީގައި ހުރި ހުރިހާ އަވަށްތަކެއް ވަނީ އޮޔާ ގޮސްފައި. އެއްވެސް އެއްޗެއް ބާކީއެއް ނެތް،" މި ހާދިސާއިން ސަލާމަތްވި ބުއްދީ ރާމް ދަންގޯލް އޭއެފްޕީއަށް ކިޔައިދިނެވެ.

ސަމްޖަނާ ތިންގް ބުނި ގޮތުގައި އޭނާގެ ގެއްލިފައިވާ ބޭބެގެ ހަބަރެއް ލިބޭތޯ އިންތިޒާރު ކުރަމުންދާތާ މިހާރު ތިން ދުވަސް ވެއްޖެ އެވެ. "އަހަރެމެންނަށް އެއްވެސް މައުލޫމާތެއް ނޭނގޭ. އުންމީދަކީ އޭނާ ސަލާމަތްތެރި ތަނެއްގައި ހުރުން،" އޭނާ ބުންޏެވެ.

'ބޮޑު' ނަފްސާނީ ބިރުވެރިކަމެއް

މިދިޔަ ބުދަ ދުވަހު ކުރިމަތިވި މި ކާރިސާގެ ސަބަބުން ލިބުނު ނަފްސާނީ ގެއްލުން ވަރަށް ބޮޑު ކަމަށާއި، ގާތްގަނޑަކަށް 93،000 މީހުންނަށް މީގެ އަސަރު ކޮށްފައިވާނެ ކަމަށް ރެޑް ކްރޮސް އިން ބުނެ އެވެ. އަދި މަރުވި މީހުންގެ އަދަދު މިއަށްވުރެ އިތުރުވާނެ ކަމަށް ބެލެވެ އެވެ.

ކާރިސާގެ އަސަރުކުރި ސަރަހައްދުތަކުން މީހުން ސަލާމަތްކުރުމަށް އިމަޖެންސީ ޓީމުތަކުން ދަނީ އަވަސް މަސައްކަތްތަކެއް ކުރަމުންނެވެ. އެ ސަރަހައްދުތަކަށް ލިބިފައިވާ ބޮޑެތި ގެއްލުންތަކުގެ ސަބަބުން ކާބޯތަކެއްޗާއި ފެނުގެ ސަޕްލައި ވަނީ ހުސްވާން ކައިރިވެފަ އެވެ.

ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތަށް އިތުރު ހުރަސްތަކެއް ކުރިމަތިވަމުންދަނީ، އެ ސަރަހައްދުތަކުގައި އަލުން ފެންބޮޑުވެދާނެ ކަމުގެ ބިރު އޮތުމުންނެވެ.

ގަނޑުފެނާއި ކިސަޑުގެ ސަބަބުން ބޮޑެތި ފެންގަނޑުތައް އުފެދިފައިވާއިރު، މީގެ ތެރެއިން އެއް ފެންގަނޑަކީ މީހުން ހޯދުމުގެ މަސައްކަތުގައި އުޅޭ ރެސްކިއު ޓީމުތަކަށް އޮތް ސީދާ ނުރައްކަލަކަށް ވަނީ ވެފަ އެވެ.

ނޭޕާލް ފުލުހުން ވަނީ "ޓިބެތުގެ ފަޅިން ފެން ހިފަހައްޓާފައިވާ ޑޭމެއް އަލުން ފަޅައިގެން ގޮސްފައިވާ" ކަމުގެ މައުލޫމާތު ލިބިފައިވާތީ، ހުރިހާ ރެސްކިއު މަސައްކަތްތެރިން ވަގުތުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވުމަށް އިލްތިމާސްކޮށްފަ އެވެ.

ޗައިނާ ސަރުކާރުން އެކަނި މައުލޫމާތު ހާމަކުރާ ޓިބެޓްގައި، އެންމެ ބޮޑަށް ގެއްލުންވި ގީރޮންގް ސަރަހައްދުގައި އަލުން ފެންބޮޑުވެދާނެ ކަމުގެ ބިރު އޮތުމުން، ބެއިޖިންގް އިން ވަނީ ރެސްކިއު އޮޕަރޭޝަން މެދުކަނޑާލާފަ އެވެ. ނަމަވެސް ފަހުން ވަނީ އެ ނުރައްކާ ކުޑަވެފައިވާ ކަމަށް ބުނެފަ އެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާ، ޒިންހުއާ އިން ހޮނިހިރު ދުވަހުގެ ހެނދުނު ރިޕޯޓުކުރި ގޮތުގައި އެ ސަރަހައްދުން ދެ އަވަށެއްގެ މީހުން ވަނީ ސަލާމަތްކޮށްފަ އެވެ.

'ހުރިހާ އެއްޗެއް އޮޔާ ގޮސްފި'

ބޯޑަރުގެ ނޭޕާލް ފަރާތުގައި، ތްރިޝޫލީ 3އޭ ހައިޑްރޯޕަވަރު މަޝްރޫއުގެ ޓަނަލް ތެރޭގައި ތާށިވެފައި ތިބި ބަޔަކު ސިފައިންނަށް ވަނީ ފެނިފަ އެވެ. މިހާރު ސިފައިން ދަނީ އެމީހުން ނެރުމަށްޓަކައި ޓަނަލަށް ވަދެވޭނެ މަގެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

"ދެ ހެލިކޮޕްޓަރު ވަނީ ފޮނުވާފައި، އެކަމަކު ޓަނަލަށް ވަންނަ ދޮރުތައް ހޯދުމަކީވެސް ވަރަށް އުނދަގޫ ކަމަކަށް ވާތީ މަސައްކަތް ވަނީ ގޮންޖެހުމަކަށް ވެފައި،" ސިފައިންގެ ތަރުޖަމާނު ރާޖާ ރާމް ބަސްނެތް އޭއެފްޕީއަށް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި އެ ސަރަހައްދުން މިހާތަނަށް 350 އެއްހާ މުވައްޒަފުންނާއި ރަށްވެހިން ވަނީ ރައްކާތެރިކަމާއެކު ސަލާމަތްކޮށްފަ އެވެ. ނަމަވެސް އެ ސަރަހައްދުގައި ތާށިވެފައި ތިބި ސަތޭކައަށްވުރެ ގިނަ މީހުން ސަލާމަތްކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

ތްރިޝޫލީ ވާދީގެ އެހެން ޑޭމް މަޝްރޫއުތަކުން ސަލާމަތްވި މުވައްޒަފުން ބުނި ގޮތުގައި، މި ކާރިސާ ކުރިމަތިވީ ހީވެސް ނުކުރާހާ ހަލުވި މިނެއްގަ އެވެ.

ބުއްދާ ތަމަންގް އޭއެފްޕީއަށް ކިޔައިދިން ގޮތުގައި އޭނާ ސަލާމަތްވީ ފެންގަނޑު އައި ވަގުތު ޑޭމްގެ ޓަނަލެއްގެ ތެރޭގައި ހުރުމުންނެވެ.

"އަނެއް ފަރާތުގައި މަސައްކަތް ކުރަން ތިބި ސީނިއާ އޮފިސަރުން އެންމެން ވަނީ އޮޔާ ގޮސްފައި،" 24 ގަޑިއިރަށްވުރެ ގިނަ އިރު ވަންދެން ތާށިވެފައި ހުރުމަށްފަހު ބުރާސްފަތި ދުވަހު ވައިގެ މަގުން ސަލާމަތްކުރި ތަމަންގް ބުންޏެވެ.

ހޮނިހިރު ދުވަހު ނޭޕާލުން ރިޕޯޓުކުރި ގޮތުގައި އެ ގައުމުން މަރުވި މީހުންގެ އަދަދު ވަނީ 626 އަށް އަރާފަ އެވެ.

ނޭޕާލުގައި ސަތޭކައަށްވުރެ ގިނަ ބޭރު ގައުމުތަކުގެ މީހުން ހިމެނޭހެން، ޖުމްލަ 2،426 މީހަކާ މިހާތަނަށް އެއްވެސް ގުޅުމެއް ނުވެ އެވެ.

ބޯޑަރުގެ އަނެއް ފަރާތުގައި އޮންނަ، ބޭރުގެ ނޫސްވެރިންނަށް ވަދެއުޅުމަށް ދަތި ޓިބެޓްގައި ހަތް މީހަކު މަރުވެ 554 މީހުން ގެއްލިފައިވާ ކަމަށް ޒިންހުއާ ނިއުސް އެޖެންސީން ހޮނިހިރު ދުވަހުގެ ހެނދުނު ވަނީ ރިޕޯޓުކޮށްފަ އެވެ.

މީގެ އިތުރުން، ޓިބެޓްގައި ތާށިވެފައި ތިބި 555 ފަތުރުވެރިންނާއި ޗައިނާގެ 499 ރައްޔިތުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ.

އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނި ގޮތުގައި، ނޭޕާލުން އޮހޭ ކޯރުތަކުގެ ތެރެއިން ހަތް މީހެއްގެ ހަށިގަނޑު ވަނީ ފެނިފަ އެވެ. ބެލެވޭ ގޮތުގައި މިއީ މި ފެންބޮޑުވުމުގެ ހާދިސާގައި މަރުވި މީހުންނެވެ.

ނޭޕާލްހިމާލަޔާފެންބޮޑުވުން

އެންމެ ހިނގާ

1

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

2

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

3

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

4

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

5

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

އިތުރަށް ކިޔާލަން

29 އޯގަސްޓު 2026

ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ރެޑް ކްރެސެންޓުން ފަންޑެއް ހުޅުވައިފި

29 އޯގަސްޓު 2026
ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ރެޑް ކްރެސެންޓުން ފަންޑެއް ހުޅުވައިފި
28 އޯގަސްޓު 2026

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

28 އޯގަސްޓު 2026
ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި
28 އޯގަސްޓު 2026

ނޭޕާލުގެ ފެންބޮޑުވުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު މައްޗަށް، ހާހަކަށްވުރެ ގިނަ މީހުންގެ ޚަބަރެއްނެތް

28 އޯގަސްޓު 2026
ނޭޕާލުގެ ފެންބޮޑުވުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު މައްޗަށް، ހާހަކަށްވުރެ ގިނަ މީހުންގެ ޚަބަރެއްނެތް
28 އޯގަސްޓު 2026

ނޭޕާލުގައި ހިނގި ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން އެ ޤައުމުގައި ތިބި އެއްވެސް ދިވެއްސަކަށް އެހީތެރިކަން ބޭނުންވާނަމަ ފޮރިން މިނިސްޓްރީއަށް އެންގުމަށް އެދިއްޖެ

28 އޯގަސްޓު 2026
ނޭޕާލުގައި ހިނގި ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން އެ ޤައުމުގައި ތިބި އެއްވެސް ދިވެއްސަކަށް އެހީތެރިކަން ބޭނުންވާނަމަ ފޮރިން މިނިސްޓްރީއަށް އެންގުމަށް އެދިއްޖެ
26 އޯގަސްޓު 2026

ނޭޕާލަށް ކުރިމަތިވި ކުއްލި ފެންބޮޑުވުމުގެ ހާދިސާއެއްގައި އެތައް ބަޔަކު މަރުވެ، އެތައް ސަތޭކަ ބަޔަކު ގެއްލިއްޖެ

26 އޯގަސްޓު 2026
ނޭޕާލަށް ކުރިމަތިވި ކުއްލި ފެންބޮޑުވުމުގެ ހާދިސާއެއްގައި އެތައް ބަޔަކު މަރުވެ، އެތައް ސަތޭކަ ބަޔަކު ގެއްލިއްޖެ
14 އޯގަސްޓު 2026

ނޭޕާލްގެ ބޯޑަރު ކަނޑައަޅަން އިންޑިއާ އާއެކު އެއްބަސްވި މުއާހަދާގެ އަސްލު ލިޔުން ގެއްލިއްޖެ

14 އޯގަސްޓު 2026
ނޭޕާލްގެ ބޯޑަރު ކަނޑައަޅަން އިންޑިއާ އާއެކު އެއްބަސްވި މުއާހަދާގެ އަސްލު ލިޔުން ގެއްލިއްޖެ
29 ޖުލައި 2026

ސާކް ސަމިޓް ބޭއްވުމަށް ރައީސް މުޢިއްޒު ގޮވާލެއްވުމުން، އިންޑިއާއިން ރައްދުގައި ބުނީ ސަރަޙައްދީ އެއްބާރުލުން ގާއިމުކުރެވޭނީ ޓެރަރިޒަމުން ސަލާމަތްވެފައިވާ ހެޔޮނިޔަތް އޮތް މާހައުލެއްގައި ކަމަށް

29 ޖުލައި 2026
ސާކް ސަމިޓް ބޭއްވުމަށް ރައީސް މުޢިއްޒު ގޮވާލެއްވުމުން، އިންޑިއާއިން ރައްދުގައި ބުނީ ސަރަޙައްދީ އެއްބާރުލުން ގާއިމުކުރެވޭނީ ޓެރަރިޒަމުން ސަލާމަތްވެފައިވާ ހެޔޮނިޔަތް އޮތް މާހައުލެއްގައި ކަމަށް
22 ޖުލައި 2026

އިންޑިއާގައި ހަދަމުން ދިޔަ ޓަނަލެއް ގޮވައި މަދުވެގެން 12 މީހުން މަރުވެއްޖެ

22 ޖުލައި 2026
އިންޑިއާގައި ހަދަމުން ދިޔަ ޓަނަލެއް ގޮވައި މަދުވެގެން 12 މީހުން މަރުވެއްޖެ
15 ޖުލައި 2026

ނޭޕާލްގެ އެތެއް 14 އަހަރުގެ މުއްދަތެއްގެ ތެރޭގައި އެއް އާއިލާގެ ހަތަރު މެންބަރުން މަރާލައިފި

15 ޖުލައި 2026
ނޭޕާލްގެ އެތެއް 14 އަހަރުގެ މުއްދަތެއްގެ ތެރޭގައި އެއް އާއިލާގެ ހަތަރު މެންބަރުން މަރާލައިފި
08 އެޕްރީލު 2026

ވިލިމާލެ ފަޅުތެރެއަށް ފީނަން ގޮސް އުޅުނު ނޭޕާލް ޒުވާނެއް މަރުވެއްޖެ

08 އެޕްރީލު 2026
ވިލިމާލެ ފަޅުތެރެއަށް ފީނަން ގޮސް އުޅުނު ނޭޕާލް ޒުވާނެއް މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް