Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނޭޕާލް

ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ރެޑް ކްރެސެންޓުން ފަންޑެއް ހުޅުވައިފި

29 އޯގަސްޓު 2026 | ހޮނިހިރު 05:19

ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި 93،000 އަށްވުރެ ގިނަ މީހުންނަށް އަސަރުކޮށްފައިވާއިރު، މީގެ ތެރޭގައި ގިނަ ބައެއްގެ ގެދޮރާއި އުމްރާނީ ވަސީލަތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި. މި ހާލަތުން އަރައިގަތުމަށް ބައިނަލްއަގުވާމީ އެހީއަށް އެދިފައިވާތީ، މޯލްޑިވިއަން ރެޑް ކްރެސެންޓް އިން ހުޅުވި ފަންޑަށް ލިބޭ ފައިސާ އައިއެފްއާރުސީ މެދުވެރިކޮށް އެ ގައުމަށް ފޯރުކޮށްދިނުމަށް ވަނީ ނިންމާފައި. މި އެހީގެ ކެމްޕޭން 2026 ސެޕްޓެމްބަރު 3 ގެ ނިޔަލަށް ކުރިއަށްދާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 29 އޯގަސްޓު 2026 | ހޮނިހިރު 05:19
ނޭޕާލްގެ ނުވަކޮޓް ޑިސްޓްރިކްޓްގެ ތްރިޝޫލީއަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން، އެ ސަރަހައްދުގެ އިމާރާތްތަކާއި މުދަލުގެ މައްޗަށް ކިސަޑު ފެތުރިފައިވާ މަންޒަރު 2026 އޮގަސްޓް 27 ވަނަ ދުވަހު ޑްރޯން މެދުވެރިކޮށް ނަގާފައިވާ މި ފޮޓޯއިން ފެނޭ

ނޭޕާލްގެ ނުވަކޮޓް ޑިސްޓްރިކްޓްގެ ތްރިޝޫލީއަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން، އެ ސަރަހައްދުގެ އިމާރާތްތަކާއި މުދަލުގެ މައްޗަށް ކިސަޑު ފެތުރިފައިވާ މަންޒަރު 2026 އޮގަސްޓް 27 ވަނަ ދުވަހު ޑްރޯން މެދުވެރިކޮށް ނަގާފައިވާ މި ފޮޓޯއިން ފެނޭ | ރޮއިޓާސް

ނޭޕާލުގެ އުތުރުގެ ސަރަހައްދުތަކަށް ކުރިމަތިވި ކުއްލި ފެންބޮޑުވުމުގެ ކާރިސާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި "އެމްއާރުސީ ނޭޕާލް ސޮލިޑަރިޓީ ފަންޑު" ގެ ނަމުގައި މޯލްޑިވިއަން ރެޑް ކްރެސެންޓް އިން ހާއްސަ ފަންޑެއް  ހުޅުވައިފި އެވެ.

މި ފަންޑަކީ އެ ގައުމަށް ދިމާވެފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވި ފަންޑެކެވެ.

Advertisement - newsAdvertisement

މިދިޔަ އޯގަސްޓް މަހުގެ 26 ވަނަ ދުވަހު ނޭޕާލުގެ އުތުރުގެ ސަރަހައްދުތަކަށް ކުރިމަތިވި މި ނުރައްކާތެރި ފެންބޮޑުވުމުގެ ސަބަބުން އެ ގައުމުގެ ރަސުވާ އަދި ނުވަކޮޓް ޑިސްޓްރިކްޓަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

މިހާތަނަށް ލިބިފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި ކާރިސާގެ އަސަރު ގާތްގަނޑަކަށް 93،000 އަށްވުރެ ގިނަ މީހުންނަށް ކޮށްފައިވާނެ ކަމަށް ބެލެވެ އެވެ. މި ހާދިސާގައި ގިނަ އަދަދެއްގެ ގެދޮރު ހަލާކުވެ، ފާލަންތަކާއި މަގުތަކަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ބައެއް ސަރަހައްދުތައް ވަނީ މުޅިން އެކަހެރިވެފަ އެވެ.

މޯލްޑިވިއަން ރެޑް ކްރެސެންޓް އިން ހުޅުވި މި ފަންޑަށް ލިބޭ ހުރިހާ ފައިސާއެއް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް (އައިއެފްއާރުސީ) މެދުވެރިކޮށް ނޭޕާލް ރެޑް ކްރޮސް ސޮސައިޓީއަށެވެ.

އައިއެފްއާރުސީން ވަނީ މިދިޔަ އޯގަސްޓް މަހުގެ 27 ވަނަ ދުވަހު، ނޭޕާލަށް އެހީވުމަށް 25 މިލިއަން ސްވިސް ފްރޭންކް ހޯދުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އިލްތިމާސްކޮށްފަ އެވެ. މި އެހީ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ މިހާރު ކުރިމަތިވެފައިވާ ކުއްލި ހާލަތުން އަރައިގަތުމަށާއި ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އެ ސަރަހައްދުތައް އާރާސްތުކުރުމުގެ މަސައްކަތަށެވެ.

އާންމުންގެ ފަރާތުން ލިބޭ އެހީތެރިކަމަކީ ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ އާއިލާތަކަށް ބޭނުންވާ އަސާސީ ތަކެތި ފޯރުކޮށްދިނުމަށާއި އެ މީހުންގެ ދިރިއުޅުން އާންމު ހާލަތަކަށް ގެނައުމަށް ކުރެވޭ މަސައްކަތުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ އެހީއެއް ކަމަށް މޯލްޑިވިއަން ރެޑް ކްރެސެންޓް އިން ބުނެ އެވެ. އަދި އެހީގެ މިންވަރު ކިތަންމެ ކުޑަ ނަމަވެސް، އެއީ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ލިބޭނެ ބޮޑު ހިތްވަރެއްކަން އެ ޖަމިއްޔާއިން ފާހަގަކުރެ އެވެ.

ނޭޕާލްގެ ރައްޔިތުންނަށް އެހީވުމަށް ހުޅުވާލި މި ކެމްޕޭން ކުރިއަށްދާނީ 2026 ސެޕްޓެމްބަރު 3 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ވީހާވެސް ގިނަ ފަރާތްތަކުން މި ފަންޑަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މޯލްޑިވިއަން ރެޑް ކްރެސެންޓް އިން ވަނީ އެދިފަ އެވެ. 

ނޭޕާލްމޯލްޑިވިއަން ރެޑް ކްރެސެންޓްއައި.ސީ.އާރު.ސީފެންބޮޑުވުން

އެންމެ ހިނގާ

1

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

2

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

3

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

4

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

5

އީރާާންގެ ވެރިންނަކީ ނުލަފާ ބައެއް، އެއްބަސްވުމަކަށް ނުދާނަން: ނަތަންޔާހޫ

އިތުރަށް ކިޔާލަން

28 އޯގަސްޓު 2026

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

28 އޯގަސްޓު 2026
ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި
28 އޯގަސްޓު 2026

ނޭޕާލުގެ ފެންބޮޑުވުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު މައްޗަށް، ހާހަކަށްވުރެ ގިނަ މީހުންގެ ޚަބަރެއްނެތް

28 އޯގަސްޓު 2026
ނޭޕާލުގެ ފެންބޮޑުވުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު މައްޗަށް، ހާހަކަށްވުރެ ގިނަ މީހުންގެ ޚަބަރެއްނެތް
28 އޯގަސްޓު 2026

ނޭޕާލުގައި ހިނގި ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން އެ ޤައުމުގައި ތިބި އެއްވެސް ދިވެއްސަކަށް އެހީތެރިކަން ބޭނުންވާނަމަ ފޮރިން މިނިސްޓްރީއަށް އެންގުމަށް އެދިއްޖެ

28 އޯގަސްޓު 2026
ނޭޕާލުގައި ހިނގި ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން އެ ޤައުމުގައި ތިބި އެއްވެސް ދިވެއްސަކަށް އެހީތެރިކަން ބޭނުންވާނަމަ ފޮރިން މިނިސްޓްރީއަށް އެންގުމަށް އެދިއްޖެ
26 އޯގަސްޓު 2026

ނޭޕާލަށް ކުރިމަތިވި ކުއްލި ފެންބޮޑުވުމުގެ ހާދިސާއެއްގައި އެތައް ބަޔަކު މަރުވެ، އެތައް ސަތޭކަ ބަޔަކު ގެއްލިއްޖެ

26 އޯގަސްޓު 2026
ނޭޕާލަށް ކުރިމަތިވި ކުއްލި ފެންބޮޑުވުމުގެ ހާދިސާއެއްގައި އެތައް ބަޔަކު މަރުވެ، އެތައް ސަތޭކަ ބަޔަކު ގެއްލިއްޖެ
18 އޯގަސްޓު 2026

17 އަހަރުގެ ޚިދުމަތަށް ފަހު، ރެޑް ކްރެސެންޓުން އެޅީ މުސްތަގުބަލުގެ ބިންގާ

18 އޯގަސްޓު 2026
17 އަހަރުގެ ޚިދުމަތަށް ފަހު، ރެޑް ކްރެސެންޓުން އެޅީ މުސްތަގުބަލުގެ ބިންގާ
14 އޯގަސްޓު 2026

ނޭޕާލްގެ ބޯޑަރު ކަނޑައަޅަން އިންޑިއާ އާއެކު އެއްބަސްވި މުއާހަދާގެ އަސްލު ލިޔުން ގެއްލިއްޖެ

14 އޯގަސްޓު 2026
ނޭޕާލްގެ ބޯޑަރު ކަނޑައަޅަން އިންޑިއާ އާއެކު އެއްބަސްވި މުއާހަދާގެ އަސްލު ލިޔުން ގެއްލިއްޖެ
05 އޯގަސްޓު 2026

ސްރީލަންކާގައި މޫސުން ގޯސްވެ، އަށް މީހަކު މަރުވެ، 11،832 މީހުންނަށް ގެއްލުން

05 އޯގަސްޓު 2026
ސްރީލަންކާގައި މޫސުން ގޯސްވެ، އަށް މީހަކު މަރުވެ، 11،832 މީހުންނަށް ގެއްލުން
29 ޖުލައި 2026

ސާކް ސަމިޓް ބޭއްވުމަށް ރައީސް މުޢިއްޒު ގޮވާލެއްވުމުން، އިންޑިއާއިން ރައްދުގައި ބުނީ ސަރަޙައްދީ އެއްބާރުލުން ގާއިމުކުރެވޭނީ ޓެރަރިޒަމުން ސަލާމަތްވެފައިވާ ހެޔޮނިޔަތް އޮތް މާހައުލެއްގައި ކަމަށް

19 ޖުލައި 2026

ނިއުޔޯކުގެ މޭޔަރު: ނިއުޔޯކަށް ކުރައްވާ ދަތުރުފުޅުގައި ނަތަންޔާހޫ ހައްޔަރުކުރެވިދާނެ ގޮތެއް މިދަނީ ބަލަމުން

19 ޖުލައި 2026
ނިއުޔޯކުގެ މޭޔަރު: ނިއުޔޯކަށް ކުރައްވާ ދަތުރުފުޅުގައި ނަތަންޔާހޫ ހައްޔަރުކުރެވިދާނެ ގޮތެއް މިދަނީ ބަލަމުން
15 ޖުލައި 2026

ނޭޕާލްގެ އެތެއް 14 އަހަރުގެ މުއްދަތެއްގެ ތެރޭގައި އެއް އާއިލާގެ ހަތަރު މެންބަރުން މަރާލައިފި

15 ޖުލައި 2026
ނޭޕާލްގެ އެތެއް 14 އަހަރުގެ މުއްދަތެއްގެ ތެރޭގައި އެއް އާއިލާގެ ހަތަރު މެންބަރުން މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް