Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނޭޕާލް

ނޭޕާލްގެ ބޯޑަރު ކަނޑައަޅަން އިންޑިއާ އާއެކު އެއްބަސްވި މުއާހަދާގެ އަސްލު ލިޔުން ގެއްލިއްޖެ

14 އޯގަސްޓު 2026 | ހުކުރު 14:12

އިންޑިއާ އާއި ނޭޕާލާ ދެމެދު އުފެދިފައިވާ ބޯޑަރުގެ މައްސަލަ ހައްލުކުރުމަށް ބޭނުންވާ 1816 ވަނަ އަހަރުގެ "ސުގޯލީ މުއާހަދާ" ގެ އަސްލު ލިޔެކިޔުންތައް ނޭޕާލް ސަރުކާރަށް ނުފެނިގެން އުޅޭކަން އެ ގައުމުގެ ފޮރިން މިނިސްޓަރު ހާމަކުރައްވައިފި. ބޯޑަރު މައްސަލައިގައި ދެ ގައުމުގެ ގުޅުން ގޯސްވެފައިވާއިރު، ބޮޑުވަޒީރު ބަލެންދްރަ ޝާހު ވަނީ ދެ ގައުމުން ވެސް އެއް ގައުމު އަނެއް ގައުމުގެ ބިންތަކަށް އަރައިގަނެފައިވާ ކަމަށް ވިދާޅުވެފައި

ރާއްޖެ އެމްވީ | 14 އޯގަސްޓު 2026 | ހުކުރު 14:12
އިންޑިއާ އާއި ނޭޕާލް ގުޅޭ އިރުމަތީ ބޯޑަރު ސަރަހައްދުގައި އޮންނަ މެޗިނަގަރުގައި، އިންޑިއާއިން ނޭޕާލަށް ވަދެވޭ މަގުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ނޭޕާލްގެ ސަލާމަތީ ބާރުތަކުން 30 ސެޕްޓެމްބަރު 2015 ގައި ހަރަކާތްތެރިވަނީ

އިންޑިއާ އާއި ނޭޕާލް ގުޅޭ އިރުމަތީ ބޯޑަރު ސަރަހައްދުގައި އޮންނަ މެޗިނަގަރުގައި، އިންޑިއާއިން ނޭޕާލަށް ވަދެވޭ މަގުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ނޭޕާލްގެ ސަލާމަތީ ބާރުތަކުން 30 ސެޕްޓެމްބަރު 2015 ގައި ހަރަކާތްތެރިވަނީ | ގެޓީ އިމޭޖަސް

އިންޑިއާ އާއި ނޭޕާލާ ދެމެދު އުފެދިފައިވާ ބޯޑަރުގެ މައްސަލަ އިތުރަށް ގޯސްވެފައިވަނީ، ދެ ގައުމުގެ ބޯޑަރު ކަނޑައެޅުމަށް ސޮއިކޮށްފައިވާ އަސްލު މުއާހަދާގެ ލިޔުން ނޭޕާލަށް ނުފެނިގެން އުޅޭކަން އެ ގައުމުން ހާމަކުރުމާ ގުޅިގެން ކަމަށް ނޭޕާލުގެ ފޮރިން މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

ނޭޕާލުގެ ފޮރިން މިނިސްޓަރު ޝިޝިރު ކާނަލް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ވިދާޅުވީ، އެ މުއާހަދާގެ ރަސްމީ ލިޔެކިޔުންތައް އެ ގައުމުގައި ހުރިތޯ ނުވަތަ ނޫންތޯ ބެލުމަށް ކުރި މަސައްކަތުން، އެކަމާ ގުޅޭ ސާފު މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ.

"ސުގޯލީ މުއާހަދާ" އަކީ އެންގްލޯ-ނޭޕާލް ހަނގުރާމައިގައި ބްރިޓިޝް އީސްޓް އިންޑިއާ ކޮމްޕެނީ އަތުން ނޭޕާލް ބަލިވުމާ ގުޅިގެން 1816 ވަނަ އަހަރު ސޮއިކުރި މުއާހަދާއެކެވެ. މި މުއާހަދާގެ ސަބަބުން ނޭޕާލުގެ އިރުމައްޗާއި ހުޅަނގުން ބޮޑެތި ބިންތަކެއް ދޫކޮށްލަން ޖެހުމުން، އެ ގައުމުގެ ސަރަހައްދު ވަރަށް ބޮޑަށް ކުޑަވެގެން ދިޔައެވެ. މި ބިންތަކަކީ ފަހުން މިނިވަންވި އިންޑިއާގެ ބައެއްގެ ގޮތުގައި ހަމަޖެހިގެންދިޔަ ބިންތަކެވެ.

މިނިސްޓަރު ކާނަލް ވިދާޅުވީ ބައެއް މުއާހަދާތަކާ ގުޅޭ ރެކޯޑްތައް ގައުމީ އަރުޝީފުގައި ހުރިކަން އެނގެން އޮތް ނަމަވެސް، އެއީ ސީދާ ރަސްމީ އަސްލު މުއާހަދާތައް ކަމެއް ކަށަވަރުކުރެވޭނެ ސާފު މައުލޫމާތެއް ނެތް ކަމަށެވެ.

މި މުއާހަދާގެ ލިޔެކިޔުންތައް ހޯދުމުގެ މަސައްކަތް ފަށާފައިވަނީ 2016 ވަނަ އަހަރު އެވެ. އެއީ 1950 ވަނަ އަހަރުގެ "ޓްރީޓީ އޮފް ޕީސް އެންޑް ފްރެންޑްޝިޕް" މުއާހަދާ މުރާޖައާ ކުރުމަށް ނުވަތަ ބަދަލުކުރުމަށް ނޭޕާލާއި އިންޑިއާއާ ދެމެދު މަޝްވަރާތައް ފެށުމާ ގުޅިގެންނެވެ.

ނޭޕާލް ސަރުކާރުން އެ މުއާހަދާގެ އަސްލު ކޮޕީ ބަލަން ބޭނުންވި ނަމަވެސް، އެ ލިޔުން ނުފެނުމުގެ ސަބަބުން، މުއާހަދާ މުރާޖައާ ކުރާ ކޮމިޓީއަށް ސަރުކާރުން ހަވާލުކުރީ އޭގެ ދެވަނަ ކޮޕީއެކެވެ.

މިދިޔަ ޖުލައި މަހުގެ 22 ވަނަ ދުވަހު ނޭޕާލުގެ ނޭޝަނަލް އެސެމްބްލީގެ ކޮމިޓީއަކުން ބުނެފައިވަނީ، އަރުޝީފުތަކާއި، ކުތުބުޚާނާތަކާއި، މިއުޒިއަމްތަކުގެ އިތުރުން ސަރުކާރުގެ ކަމާބެހޭ އިދާރާތައް ބަލައި ފާސްކުރި ނަމަވެސް، 1816 ގެ ސުގޯލީ މުއާހަދާ ނުވަތަ 1950 ގެ މުއާހަދާގެ އަސްލު ކޮޕީ ފެނިފައިނުވާ ކަމަށެވެ.

ކަތުމަންޑޫގައި ބަލެންދްރަ ޝާހުގެ އާ ސަރުކާރު ގާއިމުވުމަށްފަހު، ބޯޑަރުގެ މައްސަލައިގައި އިންޑިއާއާ ދެކޮޅަށް ހަރުކަށި ބަސްމަގު ބޭނުންކުރަން ފެށުމާ ގުޅިގެން، ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ.

ޒަމާނުއްސުރެ އުފެދިފައިވާ މި ބޯޑަރުގެ މައްސަލަ ބިނާވެފައިވަނީ ނޭޕާލުގެ ހުޅަނގު ބިތުގައި އޮންނަ ކަލަޕާނީ، ލިމްޕިޔާދޫރާ އަދި ލިޕުލެކް ސަރަހައްދަށެވެ. ނޭޕާލުން ބުނާ ގޮތުގައި 1816 ވަނަ އަހަރުގެ މުއާހަދާގައި ބޯޑަރުގެ ގޮތުގައި ކަނޑައަޅާފައިވާ ކާލީ ކޯރު (މަހާކާލީ ކޯރު) އޮންނަ ގޮތުން، އެއީ ނޭޕާލުގެ ބިންތަކެވެ.

މި މައްސަލައިގައި ދެ ގައުމުގެ މެދުގައި އޮތް އެންމެ ބޮޑު ޚިލާފަކީ އެ ކޯރު ފެށޭ ހިސާބާ މެދު އުފެދިފައިވާ ޚިލާފެވެ. ދެ ގައުމުން ވެސް މިކަމުގައި ބުރަވަނީ ތަފާތު ތާރީޚީ ޗާޓުތަކަށާއި އެކި ގޮތްގޮތަށް ކުރެވޭ މާނަކުރުންތަކަށެވެ.

މި މައްސަލަ އިތުރަށް ހޫނުވީ، ދީނީ އަޅުކަމެއް ކަމަށްވާ ކައިލާޝް-މަންސަރޯވަރު ދަތުރުތައް އަލުން ފެށުމަށްޓަކައި، މައްސަލަޖެހިފައިވާ ލިޕުލެކް ވިޔަފާރި މަގު ހުޅުވުމަށް އިންޑިއާ އާއި ޗައިނާއިން އެއްބަސްވުމާ ގުޅިގެންނެވެ.

ބޮޑުވަޒީރު ބަލެންދްރަ ޝާހު ވަނީ، އިންޑިއާއިން ނޭޕާލުގެ ބިންތަކަށް އަރައިގަނެފައިވާ ކަމަށް ބުނާ އާންމު ވާހަކަތަކާ ޚިލާފަށް، ނޭޕާލުން ވެސް އިންޑިއާގެ ބިންތަކަށް އަރައިގަނެފައިވާ ކަމަށް ވިދާޅުވެ މައްސަލަ އިތުރަށް ގޯސްކުރައްވާފަ އެވެ. މަޖިލީހުގައި ދެއްވި ފުރަތަމަ ރަސްމީ ތަގުރީރުގައި އޭނާ ވިދާޅުވީ، ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެނގިވަޑައިގަތް ހަގީގަތަކީ، އިންޑިއާއިން ނޭޕާލުގެ ބިންތަކަށް އަރައިގަތުމުގެ އިތުރުން، ނޭޕާލުން ވެސް ގިނަ ސަރަހައްދުތަކެއްގައި އިންޑިއާގެ ބިންތަކަށް އަރައިގަނެފައިވާ ކަމެވެ.

މި ވާހަކަތަކާ ގުޅިގެން ނޭޕާލުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ނުރުހުން އަމާޒުވުމުން، ބޮޑުވަޒީރު އެ ވާހަކަތައް އަނބުރާ ގެންދެވުމަށް މެންބަރުން ވަނީ ގޮވާލައްވާފަ އެވެ.

ފޮރިން މިނިސްޓަރު ވިދާޅުވީ، ގައުމީ މަސްލަހަތަށް އިސްކަންދީގެން ނޭޕާލުން ސޮއިކޮށްފައިވާ ހުރިހާ މުއާހަދާތަކާއި އެއްބަސްވުންތައް މުރާޖައާ ކުރާނެ ކަމަށެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ނޭޕާލުން މިހާތަނަށް 655 މުއާހަދާއެއްގައި ސޮއިކޮށްފައިވާއިރު، އޭގެ ތެރޭގައި އަވަށްޓެރި ގައުމުތަކާއެކު ވެފައިވާ 412 ދޭދޭ އެއްބަސްވުން ހިމެނެ އެވެ.

އިންޑިއާ-ނޭޕާލްސުގޯލީ މުއާހަދާބަލެންދުރަ ޝާހްކާލީ ކޯރުނޭޕާލް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

29 ޖުލައި 2026

ސާކް ސަމިޓް ބޭއްވުމަށް ރައީސް މުޢިއްޒު ގޮވާލެއްވުމުން، އިންޑިއާއިން ރައްދުގައި ބުނީ ސަރަޙައްދީ އެއްބާރުލުން ގާއިމުކުރެވޭނީ ޓެރަރިޒަމުން ސަލާމަތްވެފައިވާ ހެޔޮނިޔަތް އޮތް މާހައުލެއްގައި ކަމަށް

29 ޖުލައި 2026
ސާކް ސަމިޓް ބޭއްވުމަށް ރައީސް މުޢިއްޒު ގޮވާލެއްވުމުން، އިންޑިއާއިން ރައްދުގައި ބުނީ ސަރަޙައްދީ އެއްބާރުލުން ގާއިމުކުރެވޭނީ ޓެރަރިޒަމުން ސަލާމަތްވެފައިވާ ހެޔޮނިޔަތް އޮތް މާހައުލެއްގައި ކަމަށް
15 ޖުލައި 2026

ނޭޕާލްގެ އެތެއް 14 އަހަރުގެ މުއްދަތެއްގެ ތެރޭގައި އެއް އާއިލާގެ ހަތަރު މެންބަރުން މަރާލައިފި

15 ޖުލައި 2026
ނޭޕާލްގެ އެތެއް 14 އަހަރުގެ މުއްދަތެއްގެ ތެރޭގައި އެއް އާއިލާގެ ހަތަރު މެންބަރުން މަރާލައިފި
08 އެޕްރީލު 2026

ވިލިމާލެ ފަޅުތެރެއަށް ފީނަން ގޮސް އުޅުނު ނޭޕާލް ޒުވާނެއް މަރުވެއްޖެ

08 އެޕްރީލު 2026
ވިލިމާލެ ފަޅުތެރެއަށް ފީނަން ގޮސް އުޅުނު ނޭޕާލް ޒުވާނެއް މަރުވެއްޖެ
13 މާރިޗު 2026

ކުރީގެ ހިޕް ހޮޕް އާޓިސްޓް ބަލެންދްރަ ޝާހްގެ ޕާޓީން ނޭޕާލްގެ އިންތިޚާބުގައި ބޮޑު އަޣުލަބިއްޔަތެއް ހޯދައިފި

13 މާރިޗު 2026
ކުރީގެ ހިޕް ހޮޕް އާޓިސްޓް ބަލެންދްރަ ޝާހްގެ ޕާޓީން ނޭޕާލްގެ އިންތިޚާބުގައި ބޮޑު އަޣުލަބިއްޔަތެއް ހޯދައިފި
16 ފެބުރުއަރީ 2026

މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ނޭޕާލްގެ 21 އަހަރުގެ އަންހެނެއް ހައްޔަރު ކޮށްފި

16 ފެބުރުއަރީ 2026
މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ނޭޕާލްގެ 21 އަހަރުގެ އަންހެނެއް ހައްޔަރު ކޮށްފި
21 ޑިސެމްބަރު 2025

ނޭޕާލް އަންހެނަކު ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު މާލެ އިން ހައްޔަރުކޮށްފި

21 ޑިސެމްބަރު 2025
ނޭޕާލް އަންހެނަކު ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު މާލެ އިން ހައްޔަރުކޮށްފި
05 ޑިސެމްބަރު 2025

ގެސްޓް ހައުސްއެއް ގައި މަރުވެފައި އޮއްވާ ފެނުނު ނޭޕާލް މީހާގެ ގޮހޮރުން ނެގީ 78 ޑްރަގް ބުލެޓް!

05 ޑިސެމްބަރު 2025
ގެސްޓް ހައުސްއެއް ގައި މަރުވެފައި އޮއްވާ ފެނުނު ނޭޕާލް މީހާގެ ގޮހޮރުން ނެގީ 78 ޑްރަގް ބުލެޓް!
27 ސެޕްޓެމްބަރު 2025

ހުޅުމާލޭގައި އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދިން ހާދިސާއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

27 ސެޕްޓެމްބަރު 2025
ހުޅުމާލޭގައި އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދިން ހާދިސާއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި
27 ސެޕްޓެމްބަރު 2025

ހުޅުމާލޭގައި 21 އަހަރުގެ ނޭޕާލް އަންހެނެއްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީފި

27 ސެޕްޓެމްބަރު 2025
ހުޅުމާލޭގައި 21 އަހަރުގެ ނޭޕާލް އަންހެނެއްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީފި
14 ސެޕްޓެމްބަރު 2025

ސަރުކާރު މަސައްކަތް ކުރަން ޖެހޭނީ ޖެން-ޒީން ގެ ވިސްނުމާ އެއްގޮތައް ކަމަށް ނޭޕާލުގެ އައު ބޮޑުވަޒީރު ވިދާޅުވެއްޖެ

14 ސެޕްޓެމްބަރު 2025
ސަރުކާރު މަސައްކަތް ކުރަން ޖެހޭނީ ޖެން-ޒީން ގެ ވިސްނުމާ އެއްގޮތައް ކަމަށް ނޭޕާލުގެ އައު ބޮޑުވަޒީރު ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް