Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގޯތަމް އަދާނީ

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

28 އޯގަސްޓު 2026 | ހުކުރު 10:14

ނޭޕާލްގެ މަޝްހޫރު "ވައި ވައި" ބްރޭންޑްގެ ވެރިޔާ ވަރުން ޗައުދަރީ، އިންޑިއާގެ މަހުޖަނު ގޯތަމް އަދާނީއަކީ އޭނާގެ ފުރާނަ ސަލާމަތްކޮށްދިން މުހިންމު ފަރާތެއްގެ ގޮތުގައި ސިފަކޮށްފިއެވެ. އަދާނީއަކީ އޭނާގެ ވިޔަފާރީގެ މެންޓާއެއްގެ ގޮތުގައި ފާހަގަކުރަމުން، "ވައި ވައި" ބްރޭންޑް މިއަދު ދުނިޔޭގެ 100 އެއްހާ ގައުމަށް ފެތުރި، އެކި ދާއިރާތަކުން ވިޔަފާރި ފުޅާވެފައިވާކަން އޭނާ ބަޔާންކުރިއެވެ.

ރާއްޖެ އެމްވީ | 28 އޯގަސްޓު 2026 | ހުކުރު 10:14
ސީޖީ ކޯޕް ގްލޯބަލްގެ މެނޭޖިންގ ޑިރެކްޓަރު ވަރުން ޗައުދަރީ

ސީޖީ ކޯޕް ގްލޯބަލްގެ މެނޭޖިންގ ޑިރެކްޓަރު ވަރުން ޗައުދަރީ | އެންޑީޓީވީ

ނޭޕާލްގެ މަޝްހޫރު ނޫޑްލްސް ބްރޭންޑް "ވައި ވައި" އުފައްދާ ސީޖީ ކޯޕް ގްލޯބަލްގެ މެނޭޖިންގ ޑިރެކްޓަރު ވަރުން ޗައުދަރީ، ދިވެހިރާއްޖޭގައި އޭނާއަށް ދިމާވި ނުރައްކާތެރި ހާދިސާއަކުން ފުރާނަ ސަލާމަތްވީ އިންޑިއާގެ މަހުޖަނު ގޯތަމް އަދާނީގެ އެހީތެރިކަމާ އެކު ކަމަށް ބުނެފި އެވެ. ޗައުދަރީ ބުނި ގޮތުގައި ރާއްޖޭގައި އޭނާއަށް ދިމާވި "ބޮޑު އެކްސިޑެންޓަކާ" ގުޅިގެން، އޭނާ ރާއްޖެއިން ބޭރަށް ގެންދިއުމަށްޓަކައި ޑޮކްޓަރުންނާއެކު ޕްރައިވެޓް ޖެޓެއް ފޮނުވައިދިނީ އަދާނީ އެވެ.

އެންޑީޓީވީ ވޯލްޑް އަންވިކްޝާ ސަމިޓުގައި ވާހަކަދައްކަމުން ޗައުދަރީ ބުނީ، ގޯތަމް އަދާނީއަކީ ހަމައެކަނި ވިޔަފާރީގެ ދާއިރާއިން އޭނާ ނަމޫނާއެއްގެ ގޮތުގައި ބަލާ ފަރާތެއް ނޫން ކަމަށާއި، އޭނާގެ ފުރާނަ ސަލާމަތްވުމުގެ ޝުކުރުވެސް ހައްގުވަނީ އަދާނީއަށް ކަމަށެވެ.

Advertisement - newsAdvertisement

"އަޅުގަނޑު ބުނާނީ ގޯތަމް އަދާނީއަކީ އަޅުގަނޑުގެ މެންޓާއެއް (އިރުޝާދުދޭ ފަރާތެއް) ކަމަށް. އަދި އަޅުގަނޑު މިއަދު ދުނިޔޭގައި މިހުރީވެސް އޭނާގެ ސަބަބުން، އެދުވަހު ދިމާވި ހާދިސާއަށްފަހު،" ޗައުދަރީ ބުންޏެވެ. "ދިވެހިރާއްޖޭގައި އަޅުގަނޑަށް ވަރަށް ނުރައްކާތެރި އެކްސިޑެންޓެއް ދިމާވި. އެ ދުވަހު އަޅުގަނޑު އެ ގައުމުން ބޭރަށް ގެންދިއުމަށްޓަކައި ޑޮކްޓަރުންނާއެކު އޭނާ ޕްރައިވެޓް ޖެޓެއް ނުފޮނުވި ނަމަ، މިއަދު އަޅުގަނޑަށް ވާނެ ގޮތެއްވެސް ނޭނގޭ."

އަދާނީ އަށް ތައުރީފް ކުރަމުން ޗައުދަރީ ބުނީ އަދާނީއަކީ ވަރަށް އާދައިގެ ދިރިއުޅުމެއް އުޅުއްވާ ބޭފުޅެއް ކަމަށާއި، އޭނާއާ ބައްދަލުވާ ކޮންމެ ފަހަރަކީވެސް ވަރަށް އުފާވެރި އަދި ހިތްވަރު ލިބޭ ވަގުތުކޮޅެއް ކަމަށެވެ. އަދި އަދާނީ ކުރައްވާ ވިޔަފާރިއަކީ ތަސައްވަރުވެސް ނުކުރެވޭހާ ބޮޑު ވިޔަފާރިއަކަށް ވާއިރު، އެފަދަ ބޭފުޅެއްގެ އިރުޝާދު ލިބުމަކީ ކުރިއަށް ދިއުމަށް އޮތް ވަރަށް ބޮޑު ފުރުސަތެއްކަން އޭނާ ފާހަގަކުރި އެވެ.

ނަމަވެސް، ރާއްޖޭގައި މި އެކްސިޑެންޓް ހިނގީ ކޮން ތާރީޚެއްގައި ކަމެއް، އެކްސިޑެންޓް ދިމާވި ސަބަބެއް ނުވަތަ އޭނާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ޗައުދަރީ ހާމައެއް ނުކުރެ އެވެ.

"ވައި ވައި" ބްރޭންޑް އުފައްދާ އާއިލީ ވިޔަފާރީގެ ޑިރެކްޓަރެއްގެ ގޮތުގައި ހުރި ޗައުދަރީ ސިފަކުރި ގޮތުގައި، އެ ކުންފުންޏަކީ ނޭޕާލްގެ އުފެއްދުމެއް ބައިނަލްއަގުވާމީ ފެންވަރުގައި ކާމިޔާބު ހޯދި އެންމެ ފާހަގަކޮށްލެވޭ އެއް މިސާލެވެ. އޭނާ ބުނީ "ވައި ވައި" އަކީ ނޭޕާލަށް އުފަންވެ، އެއްވެސް ޕާސްޕޯޓަކާ ނުލައި މުޅި ދުނިޔެއަށް ދަތުރުކުރި ބްރޭންޑެއް ކަމަށެވެ. އަދި އޭނާއާއި އޭނާގެ ބޭބެ އުމުރުން ހަ އަހަރުގައި ބޯޑިންގ ސްކޫލަށް ކިޔަވަން ދިޔައިރު، ނޭޕާލުން އިންޑިއާއަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކިޔަވަން ދިޔަ ކުދިންގެ ފަރާތުން މި ބްރޭންޑް ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރިގެން ދިޔަކަން އޭނާ ފާހަގަކުރިއެވެ.

ޗައުދަރީ ބުނި ގޮތުގައި އިންޑިއާއަކީ އެ ކުންފުންޏަށް ވަރަށް މުހިންމު މާކެޓެކެވެ. "ވައި ވައި" މިހާރު ދުނިޔޭގެ 100 އެއްހާ ގައުމުގައި ވިއްކަމުންދާއިރު، މިއީ އެ ކުންފުނީގެ ވިޔަފާރި އެހެން ދާއިރާތަކަށް ފުޅާކުރުމަށް ލިބުނު ވަރަށް ބޮޑު ބާރެއް ކަމަށް އޭނާ ބުންޏެވެ.

"ވައި ވައި ނޫޑްލްސްއަށް ލިބުނު ކާމިޔާބީގެ ސަބަބުން، މިއަދު އަޅުގަނޑުމެންގެ ގްރޫޕުން ދުނިޔޭގެ ފެންވަރުގައި ތަފާތު 15 ދާއިރާއަކުން ވިޔަފާރި ކުރަމުންދޭ،" ޗައުދަރީ ބުންޏެވެ.

ވަރުން ޗައުދަރީގޯތަމް އަދާނީސީޖީ ކޯޕް ގްލޯބަލްވައި ވައިނޭޕާލް

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

3

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

28 އޯގަސްޓު 2026

ނޭޕާލުގެ ފެންބޮޑުވުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު މައްޗަށް، ހާހަކަށްވުރެ ގިނަ މީހުންގެ ޚަބަރެއްނެތް

28 އޯގަސްޓު 2026
ނޭޕާލުގެ ފެންބޮޑުވުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު މައްޗަށް، ހާހަކަށްވުރެ ގިނަ މީހުންގެ ޚަބަރެއްނެތް
28 އޯގަސްޓު 2026

ނޭޕާލުގައި ހިނގި ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން އެ ޤައުމުގައި ތިބި އެއްވެސް ދިވެއްސަކަށް އެހީތެރިކަން ބޭނުންވާނަމަ ފޮރިން މިނިސްޓްރީއަށް އެންގުމަށް އެދިއްޖެ

28 އޯގަސްޓު 2026
ނޭޕާލުގައި ހިނގި ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން އެ ޤައުމުގައި ތިބި އެއްވެސް ދިވެއްސަކަށް އެހީތެރިކަން ބޭނުންވާނަމަ ފޮރިން މިނިސްޓްރީއަށް އެންގުމަށް އެދިއްޖެ
26 އޯގަސްޓު 2026

ނޭޕާލަށް ކުރިމަތިވި ކުއްލި ފެންބޮޑުވުމުގެ ހާދިސާއެއްގައި އެތައް ބަޔަކު މަރުވެ، އެތައް ސަތޭކަ ބަޔަކު ގެއްލިއްޖެ

26 އޯގަސްޓު 2026
ނޭޕާލަށް ކުރިމަތިވި ކުއްލި ފެންބޮޑުވުމުގެ ހާދިސާއެއްގައި އެތައް ބަޔަކު މަރުވެ، އެތައް ސަތޭކަ ބަޔަކު ގެއްލިއްޖެ
14 އޯގަސްޓު 2026

ނޭޕާލްގެ ބޯޑަރު ކަނޑައަޅަން އިންޑިއާ އާއެކު އެއްބަސްވި މުއާހަދާގެ އަސްލު ލިޔުން ގެއްލިއްޖެ

14 އޯގަސްޓު 2026
ނޭޕާލްގެ ބޯޑަރު ކަނޑައަޅަން އިންޑިއާ އާއެކު އެއްބަސްވި މުއާހަދާގެ އަސްލު ލިޔުން ގެއްލިއްޖެ
11 އޯގަސްޓު 2026

އަދާނީގެ މައްޗަށް އުފުލި ޖިނާއީ ދައުވާތައް އެމެރިކާގެ ކޯޓަކުން ބާތިލްކޮށްފި

11 އޯގަސްޓު 2026
އަދާނީގެ މައްޗަށް އުފުލި ޖިނާއީ ދައުވާތައް އެމެރިކާގެ ކޯޓަކުން ބާތިލްކޮށްފި
29 ޖުލައި 2026

ސާކް ސަމިޓް ބޭއްވުމަށް ރައީސް މުޢިއްޒު ގޮވާލެއްވުމުން، އިންޑިއާއިން ރައްދުގައި ބުނީ ސަރަޙައްދީ އެއްބާރުލުން ގާއިމުކުރެވޭނީ ޓެރަރިޒަމުން ސަލާމަތްވެފައިވާ ހެޔޮނިޔަތް އޮތް މާހައުލެއްގައި ކަމަށް

15 ޖުލައި 2026

ނޭޕާލްގެ އެތެއް 14 އަހަރުގެ މުއްދަތެއްގެ ތެރޭގައި އެއް އާއިލާގެ ހަތަރު މެންބަރުން މަރާލައިފި

15 ޖުލައި 2026
ނޭޕާލްގެ އެތެއް 14 އަހަރުގެ މުއްދަތެއްގެ ތެރޭގައި އެއް އާއިލާގެ ހަތަރު މެންބަރުން މަރާލައިފި
08 އެޕްރީލު 2026

ވިލިމާލެ ފަޅުތެރެއަށް ފީނަން ގޮސް އުޅުނު ނޭޕާލް ޒުވާނެއް މަރުވެއްޖެ

08 އެޕްރީލު 2026
ވިލިމާލެ ފަޅުތެރެއަށް ފީނަން ގޮސް އުޅުނު ނޭޕާލް ޒުވާނެއް މަރުވެއްޖެ
13 މާރިޗު 2026

ކުރީގެ ހިޕް ހޮޕް އާޓިސްޓް ބަލެންދްރަ ޝާހްގެ ޕާޓީން ނޭޕާލްގެ އިންތިޚާބުގައި ބޮޑު އަޣުލަބިއްޔަތެއް ހޯދައިފި

13 މާރިޗު 2026
ކުރީގެ ހިޕް ހޮޕް އާޓިސްޓް ބަލެންދްރަ ޝާހްގެ ޕާޓީން ނޭޕާލްގެ އިންތިޚާބުގައި ބޮޑު އަޣުލަބިއްޔަތެއް ހޯދައިފި
16 ފެބުރުއަރީ 2026

މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ނޭޕާލްގެ 21 އަހަރުގެ އަންހެނެއް ހައްޔަރު ކޮށްފި

16 ފެބުރުއަރީ 2026
މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ނޭޕާލްގެ 21 އަހަރުގެ އަންހެނެއް ހައްޔަރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް