Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސްރީލަންކާ

ސްރީލަންކާ ޖަލުގައި ގައިދީންގެ ދެ ގުރޫޕެއްގެ މެދުގައި ހިނގި ހަމަނުޖެހުމުގައި މަދުވެގެން 26 މީހުން މަރުވެއްޖެ

6 ޖުލައި 2026 | ހޯމަ 14:26

ސްރީލަންކާގެ ނިގަމްބޯ ޖަލުގައި ހިނގި ނުރައްކާތެރި ހަމަނުޖެހުންތަކަކީ މަސްތުވާތަކެތީގެ ވިޔަފާރިއާ ގުޅުންހުރި ދެ ގުރޫޕެއްގެ ދެބަސްވުމަކުން ފެށުނު ކުރިމަތިލުންތަކެއް. ގައިދީން ޖަލުން ފިލަން މަސައްކަތް ކުރުމާ ގުޅިގެން ސަލާމަތީ ބާރުތަކުން ބާރުގެ ބޭނުންކޮށްފައިވާއިރު، މި ހާދިސާގައި ގިނަ ބަޔަކު މަރުވެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. މި މައްސަލަ ތަހުގީގު ކުރުމަށްޓަކައި ހާއްސަ ކޮމިޓީއެއް އެ ގައުމުގެ ކެބިނެޓުން މިހާރު ވަނީ އެކުލަވާލާފައި.

ރާއްޖެ އެމްވީ | 6 ޖުލައި 2026 | ހޯމަ 14:26
ކޮލަމްބޯ ކައިރީގައި އޮންނަ ނިގަމްބޯ ޖަލުގައި ގައިދީންނާއި ގާޑުންގެ މެދުގައި ރޭގަނޑު ހިނގި ކުރިމަތިލުންތަކާ ގުޅިގެން، 2026 ޖުލައި 6 ވަނަ ދުވަހު ސްރީލަންކާގެ އަސްކަރިއްޔާގެ އެލީޓް ފޯސްގެ ސިފައިން އެ ޖަލުގެ ބޭރުގައި ސަލާމަތީ ކަންކަން ބަލަހައްޓަނީ.

ކޮލަމްބޯ ކައިރީގައި އޮންނަ ނިގަމްބޯ ޖަލުގައި ގައިދީންނާއި ގާޑުންގެ މެދުގައި ރޭގަނޑު ހިނގި ކުރިމަތިލުންތަކާ ގުޅިގެން، 2026 ޖުލައި 6 ވަނަ ދުވަހު ސްރީލަންކާގެ އަސްކަރިއްޔާގެ އެލީޓް ފޯސްގެ ސިފައިން އެ ޖަލުގެ ބޭރުގައި ސަލާމަތީ ކަންކަން ބަލަހައްޓަނީ. | ގެޓީ އިމޭޖަސް

ސްރީލަންކާގެ ހުޅަނގުގައި ހުންނަ ޖަލެއްގައި ހިނގި ހަމަނުޖެހުންތަކެއްގައި މަދުވެގެން 26 މީހުން މަރުވެ، 100 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ. މަރުވި މީހުންގެ ތެރޭގައި ޖަލު ބަލަހައްޓާ ހަތަރު ގާޑުން ހިމެނެ އެވެ.

ކޮޅުނބުގެ އުތުރުން އޮންނަ އައްސޭރިފަށުގެ ރަށެއް ކަމަށްވާ ނިގަމްބޯގެ ޖަލުގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ހަމަނުޖެހުންތައް ފެށުނީ ގައިދީންގެ ދެ ގުރޫޕެއްގެ މެދުގައި ހިނގި ކުރިމަތިލުންތަކަކުންނެވެ.

އާދީއްތަ ދުވަހު ގައިދީން ޖަލުގެ ބަޑިތައް އަތުލައިގަތް ކަމަށް ތުހުމަތު ކުރެވެ އެވެ. އެ ދުވަހު ދެ މީހަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވި އެވެ. އޭގެ ފަހުން، ފިރިހެން ގައިދީންގެ ގުރޫޕުތަކާއި، ޖެހިގެން ހުރި ޔުނިޓެއްގައި ތިބި އަންހެން ގައިދީން ޖަލުގެ ފުރާޅުތަކަށް އަރައި، އެމީހުން މިނިވަން ކުރުމަށް ގޮވާލާފައިވެ އެވެ.

މި ހަމަނުޖެހުންތައް އަލުން ފެށުނީ ހޯމަ ދުވަހު ގައިދީން ޖަލުގެ ގޭޓުތަކުން ނުކުންނަން މަސައްކަތް ކުރުމާ ގުޅިގެންނެވެ. އެއާއެކު ސަލާމަތީ ބާރުތަކުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފެށިއިރު، ޖަލުގެ އެތެރެއިން ބަޑީގެ ގިނަ އަޑުތަކެއް ވަނީ އިވިފަ އެވެ.

ޖަލުގައި ހިނގި ހަމަނުޖެހުމުގައި މަދުވެގެން 26 މީހުން ވަނީ މަރުވެފައި

މި ހަމަނުޖެހުންތައް ހިނގަން މެދުވެރިވީ، ޖަލުގެ އެތެރޭގައި ހިންގާ މަސްތުވާތަކެތީގެ ވިޔަފާރިއެއްގެ މައުލޫމާތު ގައިދީއަކު ކަމާބެހޭ ފަރާތްތަކަށް ދިނުމާ ގުޅިގެން އުފެދުނު ދެބަސްވުމެއްގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޒަޚަމްވި ބައެއް މީހުން ނިގަމްބޯ ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، ބައެއް މީހުންގެ ހަށިގަނޑަށް ވަޒަން އަރާފައިވާ ކަމަށާއި، އަނެއް ބަޔަކު ޒަޚަމްވެފައިވަނީ ތޫނު އެއްޗެހިން ދީފައިވާ ހަމަލާތަކުގެ ސަބަބުން ކަމަށް އެ ހޮސްޕިޓަލުގެ ޑިރެކްޓަރު އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވި އެވެ. މީގެ އިތުރުން ބައެއް މީހުން ވަނީ ކޮޅުނބު ނޭޝަނަލް ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ.

މި ހާދިސާގެ ތެރޭގައި ޖަލުގެ ފުރާޅުގެ ބައެއް ވެއްޓި، އެތަނުގައި ތިބި ބައެއް އަންހެން ގައިދީންނަށް އަނިޔާވެފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ އޭއެފްޕީން ރިޕޯޓުކޮށްފައިވެ އެވެ.

ހޯމަ ދުވަހު ހާދިސާ ހިނގަމުންދިޔަ ވަގުތު، ގައިދީންގެ އާއިލާތަކުގެ ގިނަ ބަޔަކު ޖަލު ސަރަހައްދަށް އެއްވިއެވެ. އޭގެ ތެރެއިން ބައެއް މީހުން ބީބީސީ ސިންހަޅަ ސާވިސްއަށް މައުލޫމާތު ދެމުން ބުނީ، އެމީހުންގެ އާއިލާގެ މީހުން ތިބީ ކޮންތާކު ކަމެއް ނުވަތަ ދުނިޔޭގައި ތިބީ ކޮން ބައެއް ކަމެއް އަދި މަރުވީ ކޮން ބައެއް ކަމުގެ އެއްވެސް މައުލޫމާތެއް ކަމާބެހޭ ފަރާތްތަކުން ހިއްސާކޮށްފައި ނުވާ ކަމަށެވެ.

ސްރީލަންކާގެ ތޮއްޖެހިފައިވާ ޖަލުތަކުގައި ދޭތެރެއަކުން ހަމަނުޖެހުންތައް ހިނގި ނަމަވެސް، މިއީ ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ނުރައްކާތެރި ހަމަނުޖެހުމެވެ. މީގެ ކުރިން 2020 ވަނ އަހަރުގެ ޑިސެމްބަރު މަހު އެހެން ޖަލެއްގައި ހިނގި ހަމަނުޖެހުމެއްގައި 11 މީހުން މަރުވެ، 117 މީހުން ޒަޚަމްވި އެވެ.

އޭއެފްޕީގެ ތަފާސްހިސާބުތަކަށް ބަލާއިރު، އާދީއްތަ ދުވަހާ ހަމައަށް ސްރީލަންކާގެ ޖަލުތަކުގައި 41,250 ގައިދީން ތިއްބެވެ. މިއީ އެ ޖަލުތަކަށް ކަނޑައެޅިފައިވާ އާބާދީއަށްވުރެ ހަތަރު ގުނަ އިތުރު އަދަދެކެވެ.

ނިގަމްބޯ ޖަލުގައި ހިނގި ކުރިމަތިލުމަކީ މަސްތުވާތަކެއްޗާއި ނުރައްކާތެރި ކުށްތަކަށް އަރައިގަންނަ އިދިކޮޅު ދެ ގުރޫޕެއްގެ މެދުގައި ހިނގި ކަމެއް ކަމަށް ވިދާޅުވަމުން، އެ ގައުމުގެ މިނިސްޓަރ އޮފް ޖަސްޓިސް އެންޑް ނޭޝަނަލް އިންޓަގްރޭޝަން ހަރްޝަނާ ނާނަޔައްކާރަ ވިދާޅުވީ ޖަލު އޮފިޝަލުން ހަރަކާތްތެރިވީ އެ ހަމަނުޖެހުން ހުއްޓުވުމަށް ކަމަށެވެ.

ޖަލުގެ ގައިދީންގެ އަތަށް އެއްވެސް ހަތިޔާރެއް ލިބިފައިވޭތޯ އާއި، އެފަދަ ކަމެއް ހިނގާފައިވާނަމަ އެކަން ހިނގި ގޮތް ބެލުމަށް ތަހުގީގެއް ހިންގާނެ ކަމަށް މިނިސްޓަރު ނޫސްވެރިންނަށް މައުލޫމާތު ދެއްވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ދާއިރާގެ ވަޒީރުގެ ހައިސިއްޔަތުން ގައިދީންނާއި ޖަލު މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އޭނާގެ ޒިންމާއެއް ކަމަށާއި، އެ ރައްކާތެރިކަން ކަށަވަރު ނުކުރެވޭނަމަ އެއީ ބޮޑު މައްސަލައެއް ކަމަށެވެ.

ހޯމަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ނިންމާފައިވަނީ، ނިގަމްބޯ ޖަލުގައި ހިނގި މި ހަމަނުޖެހުން ތަހުގީގު ކުރުމަށް ހާއްސަ ކޮމިޓީއެއް އައްޔަން ކުރުމަށެވެ.

މި ހާދިސާގެ ރަސްމީ އަދި ފުރިހަމަ ތަހުގީގެއް ހިންގައި، ހާދިސާ ހިނގަން މެދުވެރިވި ސަބަބުތަކާއި، އިސްލާހު ކުރަންޖެހޭ ކަންކަމާއި، ކުރިމަގުގައި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް ހިމެނޭ ރިޕޯޓެއް ހުށަހެޅުމަށް ކެބިނެޓުން ވަނީ ފާސްކޮށްފަ އެވެ.

މި ކޮމިޓީގެ މުގައްރިރަކަށް އައްޔަން ކުރައްވާފައިވަނީ ރިޓަޔާޑް ސުޕްރީމް ކޯޓު ފަނޑިޔާރު ޕްރިޔަންތަ ފެނާންޑޯ އެވެ. 

މި ހާދިސާއާ ގުޅުންހުރި ހުރިހާ ހަގީގަތްތަކެއް ތަފްސީލީ ގޮތެއްގައި ބަލައި، އެ ކޮމިޓީން ހޯދާ ހޯދުންތަކާއި ލަފާ ސަރުކާރަށް ހުށަހެޅުމަށް ވަނީ ހަވާލުކޮށްފަ އެވެ.

ސްރީލަންކާޖަލު

އިތުރަށް ކިޔާލަން

06 ޖުލައި 2026

ލަންކާގެ ކުޅުންތެރިއަކު ކްރިކެޓް ކުޅެން ހުއްޓާ ދަނޑުމައްޗަށް ވެއްޓި މަރުވެއްޖެ

06 ޖުލައި 2026
ލަންކާގެ ކުޅުންތެރިއަކު ކްރިކެޓް ކުޅެން ހުއްޓާ ދަނޑުމައްޗަށް ވެއްޓި މަރުވެއްޖެ
05 ޖުލައި 2026

ލަންކާގައި މީހަކު މަރާލި މައްސަލައެއްގައި ހޯދަމުންދިޔަ މީހަކު ރާއްޖެއިން ފޮނުވާލައިފި

05 ޖުލައި 2026
ލަންކާގައި މީހަކު މަރާލި މައްސަލައެއްގައި ހޯދަމުންދިޔަ މީހަކު ރާއްޖެއިން ފޮނުވާލައިފި
05 ޖުލައި 2026

ކުދިން މަސްތުވާތަކެތި ބޭނުންކުރޭތޯ ބެލުަމަށް ބެލެނިވެރިންނަށް ޓެސްޓް ކުރެވޭ ގޮތް ހެދުމަށް ސްރީ ލަންކާ ސަރުކާރުން ނިންމައިފި

05 ޖުލައި 2026
ކުދިން މަސްތުވާތަކެތި ބޭނުންކުރޭތޯ ބެލުަމަށް ބެލެނިވެރިންނަށް ޓެސްޓް ކުރެވޭ ގޮތް ހެދުމަށް ސްރީ ލަންކާ ސަރުކާރުން ނިންމައިފި
30 ޖޫން 2026

ސްރީލަންކާގައި ތެލުގެ އަގު ހެޔޮކޮށްފި

30 ޖޫން 2026
ސްރީލަންކާގައި ތެލުގެ އަގު ހެޔޮކޮށްފި
08 ޖޫން 2026

ތަޒްމީލު: ރާއްޖެއިން ސަރުކާރުގެ ކޮންޓްރޯލް ގެއްލެމުންދާ ބިރުވެރި މަންޒަރެއް ފެންނަން ހުރި

08 ޖޫން 2026
ތަޒްމީލު: ރާއްޖެއިން ސަރުކާރުގެ ކޮންޓްރޯލް ގެއްލެމުންދާ ބިރުވެރި މަންޒަރެއް ފެންނަން ހުރި
31 މެއި 2026

މާފުށީ ޖަލުގައި ޤައިދީން ވިޔަފާރިކުރާ ފިހާރައިން ތަކެތި ނުލިބޭ މައްސަލަ ޙައްލުކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ކަރެކްޝަންސް

31 މެއި 2026
މާފުށީ ޖަލުގައި ޤައިދީން ވިޔަފާރިކުރާ ފިހާރައިން ތަކެތި ނުލިބޭ މައްސަލަ ޙައްލުކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ކަރެކްޝަންސް
25 މެއި 2026

ހުޅުމާލެގައި ކޮވިޑް-19 ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރި އިމާރާތް، ޖަލުގެ ޔުނިޓަކަށް ބަދަލުކޮށް ގައިދީން އެތަނަށް ބަދަލުކޮށްފި

25 މެއި 2026
ހުޅުމާލެގައި ކޮވިޑް-19 ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރި އިމާރާތް، ޖަލުގެ ޔުނިޓަކަށް ބަދަލުކޮށް ގައިދީން އެތަނަށް ބަދަލުކޮށްފި
21 މެއި 2026

ސްރީލަންކާ އަށް ދަތުރުކުރާ ދިވެހީން އީޓީއޭ ހުށަހަޅަން ލާޒިމުކޮށްފި

21 މެއި 2026
ސްރީލަންކާ އަށް ދަތުރުކުރާ ދިވެހީން އީޓީއޭ ހުށަހަޅަން ލާޒިމުކޮށްފި
21 މެއި 2026

ލަންކާގައި ދިރިއުޅޭ ދިވެހީންނަށް ބިރު ދެއްކި މައްސަލައިގައި އެގައުމުގެ ފުލުހުންނާއި، ހައިކޮމިޝަން މެދުވެރިކޮށް މައުލޫމާތު ހޯދަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި

21 މެއި 2026
ލަންކާގައި ދިރިއުޅޭ ދިވެހީންނަށް ބިރު ދެއްކި މައްސަލައިގައި އެގައުމުގެ ފުލުހުންނާއި، ހައިކޮމިޝަން މެދުވެރިކޮށް މައުލޫމާތު ހޯދަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި
03 މެއި 2026

ރައީސްގެ ލަންކާ ދަތުފުޅާ ގުޅިގެން ލަންކާގައި ހުންނަ ދިވެހި އެމްބަސީއިން ދިވެހިން ދިރިއުޅޭ ތަންތަނަށް ލަންކާ ފުލުހުން ފޮނުވައިގެން ބިރު ދައްކަނީ

03 މެއި 2026
ރައީސްގެ ލަންކާ ދަތުފުޅާ ގުޅިގެން ލަންކާގައި ހުންނަ ދިވެހި އެމްބަސީއިން ދިވެހިން ދިރިއުޅޭ ތަންތަނަށް ލަންކާ ފުލުހުން ފޮނުވައިގެން ބިރު ދައްކަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް