Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހައިޓީ

ހައިޓީގެ ގޭންގް ސަޕްރެޝަން ފައުޖަށް ސްރީލަންކާ ސިފައިން ގުޅިއްޖެ

10 ޖުލައި 2026 | ހުކުރު 14:27

ހައިޓީގައި ހަރަކާތްތެރިވާ ނުރައްކާތެރި ގޭންގުތައް ހުއްޓުވުމަށް އުފައްދާފައިވާ ބައިނަލްއަގުވާމީ ފައުޖު ވަރުގަދަކުރުމަށް 5،500 އަށްވުރެ ގިނަ މުވައްޒަފުން ހިމަނަން ނިންމާފައިވާއިރު، މި ފައުޖުގެ މައިގަނޑު އަމާޒަކީ އެ ގައުމުގެ ސަލާމަތީ ކަންކަން ކަށަވަރުކޮށް އިންތިޚާބެއް ބޭއްވުމަށް މަގުފަހިކުރުން.

ރާއްޖެ އެމްވީ | 10 ޖުލައި 2026 | ހުކުރު 14:27
ސްރީލަންކާގެ 78 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ އަސްކަރީ ޕެރޭޑުގެ ރިހާސަލްގައި، އެ ގައުމުގެ އަސްކަރިއްޔާގެ ޚާއްސަ ފައުޖު (ސްޕެޝަލް ފޯސަސް) ގެ ސިފައިން 2026 ފެބްރުއަރީ 3 ވަނަ ދުވަހު ކޮލަމްބޯގައި ހަރަކާތްތެރިވަނީ

ސްރީލަންކާގެ 78 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ އަސްކަރީ ޕެރޭޑުގެ ރިހާސަލްގައި، އެ ގައުމުގެ އަސްކަރިއްޔާގެ ޚާއްސަ ފައުޖު (ސްޕެޝަލް ފޯސަސް) ގެ ސިފައިން 2026 ފެބްރުއަރީ 3 ވަނަ ދުވަހު ކޮލަމްބޯގައި ހަރަކާތްތެރިވަނީ | ގެޓީ އިމޭޖަސް

ހައިޓީގައި ހަރަކާތްތެރިވާ ގޭންގުތައް ހުއްޓުވުމަށް އަލަށް އުފައްދާފައިވާ ބައިނަލްއަގުވާމީ ފައުޖު ކަމަށްވާ "ގޭންގް ސަޕްރެޝަން ފޯސް" (ޖީ.އެސް.އެފް) އާ ސްރީލަންކާގެ ސިފައިންގެ ޓީމެއް ގުޅިފައިވާ ކަމަށް އދ. ގެ ތާއީދާއެކު މަސައްކަތްކުރާ އެ އިދާރާގެ ތަރުޖަމާނަކު ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ.

އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން ތަރުޖަމާނު ވިދާޅުވީ، ސްރީލަންކާގެ ސިފައިންގެ ޓީމު ހައިޓީގެ ވެރިރަށް ޕޯޓް-އޯ-ޕްރިންސަށް އައިސްފައިވަނީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. ނަމަވެސް، ސަލާމަތީ ސަބަބުތަކަށްޓަކައި އެ ޓީމުގައި ހިމެނޭ ސިފައިންގެ އަދަދު ހާމަކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

މި ފައުޖު ވަރުގަދަކުރުމުގެ ގޮތުން ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި އިތުރު ސިފައިން އަންނާނެ ކަމަށް ބެލެވޭ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ. މި ފައުޖު ފުރިހަމަވާއިރު، ފުލުހުންނާއި ސިފައިން ހިމެނޭހެން ޔުނީފޯމް އެޅި 5،500 މުވައްޒަފުންނާއި، 50 މަދަނީ މުވައްޒަފުން މި ފައުޖުގައި ތިބޭނެ އެވެ.

މި ފައުޖުގެ މައިގަނޑު މަގުސަދަކީ ހައިޓީގެ ވެރިރަށުގެ ބޮޑު ބަޔަކާއި ގައުމުގެ މައިގަނޑު މަގުތަކުގެ ކޮންޓްރޯލް ނަގާފައިވާ ހަތިޔާރު އެޅި ގޭންގުތައް ނައްތާލުމަށް ހައިޓީގެ ގައުމީ ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މީގެ އިތުރުން، ގައުމުގެ މުހިންމު އިންފްރާސްޓްރަކްޗާތަކުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމާއި، އާންމު ރައްޔިތުންގެ ރައްކާތެރިކަން ގާއިމުކުރުމުގެ އިތުރުން، އިންތިޚާބެއް ބޭއްވުމަށް ބޭނުންވާ މާހައުލެއް ގާއިމުކުރުމަކީ ވެސް މި ފައުޖާ ހަވާލުކުރެވިފައިވާ ޒިންމާއެކެވެ.

އެމެރިކާ ބައްރުގެ އެންމެ ފަގީރު ގައުމު ކަމަށްވާ ހައިޓީގައި ބާރުގަދަ ގޭންގުތަކުން މީހުން މެރުމާއި، ރޭޕްކުރުމާއި، މުދާ ފޭރުމުގެ އިތުރުން މީހުން ރަހީނުކުރުން ފަދަ ޖަރީމާތައް ހިންގަމުންދާތީ، އެ ގައުމު އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައެވެ.

އދ. ގެ ހިއުމަން ރައިޓްސް ޗީފް ވޮލްކާރ ތާކް މިދިޔަ މަހު ވިދާޅުވި ގޮތުގައި، 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ގޭންގުތަކުގެ ހަމަނުޖެހުންތަކުގައި މަދުވެގެން 2،300 މީހުން މަރުވެ، 1،100 މީހުން ޒަޚަމްވެފައިވެއެވެ. އެހެންކަމުން، މި އާ ފައުޖަކީ މިވަގުތަށް "ވަރަށް ބޮޑަށް ބޭނުންވެފައިވާ" ފައުޖެއް ކަމަށް އޭނާ  .

އދ. ގެ ސަލާމަތީ މަޖިލީހުން މިދިޔަ އަހަރު އިއުލާންކުރި ޖީ.އެސް.އެފް އަކީ، ވަސީލަތްތަކާއި ބަޖެޓުގެ ދަތިކަން ކުރިމަތިވެފައިވާ "މަލްޓިނޭޝަނަލް ސެކިއުރިޓީ ސަޕޯޓް" (އެމް.އެސް.އެސް) މިޝަންގެ ބަދަލުގައި މަޑުމަޑުން މަސައްކަތްތަކާ ހަވާލުވާނެ ފައުޖެކެވެ.

ޖީ.އެސް.އެފް އަކީ ކުރީގެ މިޝަނަށްވުރެ ވަރުގަދަ ފައުޖަކަށް ހެދުމަށް އަމާޒު ހިފާފައިވީ ނަމަވެސް، މިހާތަނަށް މި ފައުޖުގައި ތިބީ ޗާޑް، މޮންގޯލިއާ، ޖަމައިކާ، ގުއަޓެމާލާ އަދި އެލް ސަލްވަޑޯރުން އައިސްފައިވާ 1،000 އަށްވުރެ މަދު ސިފައިންނެވެ.

ސްރީލަންކާ ގުޅުމާއެކު މި ފައުޖަށް ސިފައިން ފޮނުވި ގައުމުތަކުގެ އަދަދު މިހާރު ހަޔަކަށް އަރާފައިވާ ކަމަށާއި، މި ފައުޖުގެ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.

ޕޯޓް-އޯ-ޕްރިންސްގެ ދެކުނުން 20 ކިލޯމީޓަރު ދުރުގައި އޮންނަ ކެންސްކޮފް އަވަށަށް ބުދަ ދުވަހު ދިން ހަމަލާއެއްގައި، އެތައް ބަޔަކު މަރުވެ، ގިނަ އަދަދެއްގެ ގެދޮރުގައި އަލިފާން ރޯކޮށްލާފައިވާ ކަމަށް އެ ރަށުގެ މޭޔަރު ޖީން މަސިލޯން ބުރާސްފަތި ދުވަހު ރޭޑިއޯ ސްޓޭޝަނަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.

ސަލާމަތީ ހާލަތު ގޯސްވުމުގެ ސަބަބުން 2016 ވަނަ އަހަރުގެ ފަހުން ހައިޓީގައި އެއްވެސް އިންތިޚާބެއް ބޭއްވިފައެއް ނުވެ އެވެ.

ހައިޓީއަށް އެހީތެރިވުމަށް އދ. އިން 2026 ވަނަ އަހަރަށް އެކުލަވާލި 880 މިލިއަން ޑޮލަރުގެ އިންސާނީ އެހީގެ ޕްލޭނަށް މިހާތަނަށް ލިބިފައިވަނީ ބޭނުންވާ ފައިސާގެ ހަތަރުބައިކުޅަ އެއްބަޔަށްވުރެ ވެސް މަދު އަދަދެކެވެ. މިދިޔަ ޖޫން މަހު އެ ގައުމަށް ކުރެއްވި ޒިޔާރަތެއްގައި އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވަނީ، ދުނިޔޭގެ ގައުމުތަކުން ހައިޓީގެ ހާލަތަށް ފުރަގަސްދީފައިވާތީ އެކަމާ ހިތާމަކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ހައިޓީސްރީލަންކާގޭންގް ސަޕްރެޝަން ފޯސް

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

09 ޖުލައި 2026

ސްރީލަންކާގައި ހަލުއިކަމާއެކު ޑެންގޫ ފެތުރި، 45 މީހުން މަރުވެ، ބަލި ޖެހުނު މީހުން 65،000ން މައްޗަށް

09 ޖުލައި 2026
ސްރީލަންކާގައި ހަލުއިކަމާއެކު ޑެންގޫ ފެތުރި، 45 މީހުން މަރުވެ، ބަލި ޖެހުނު މީހުން 65،000ން މައްޗަށް
07 ޖުލައި 2026

ނިގަމްބޯ ޖަލުގެ ހަމަނުޖެހުމުގައި މަރުވި މީހުންގެ އަދަދު 27 އަށް އިތުރުވެއްޖެ

07 ޖުލައި 2026
ނިގަމްބޯ ޖަލުގެ ހަމަނުޖެހުމުގައި މަރުވި މީހުންގެ އަދަދު 27 އަށް އިތުރުވެއްޖެ
06 ޖުލައި 2026

ސްރީލަންކާ ޖަލުގައި ގައިދީންގެ ދެ ގުރޫޕެއްގެ މެދުގައި ހިނގި ހަމަނުޖެހުމުގައި މަދުވެގެން 26 މީހުން މަރުވެއްޖެ

06 ޖުލައި 2026
ސްރީލަންކާ ޖަލުގައި ގައިދީންގެ ދެ ގުރޫޕެއްގެ މެދުގައި ހިނގި ހަމަނުޖެހުމުގައި މަދުވެގެން 26 މީހުން މަރުވެއްޖެ
06 ޖުލައި 2026

ލަންކާގެ ކުޅުންތެރިއަކު ކްރިކެޓް ކުޅެން ހުއްޓާ ދަނޑުމައްޗަށް ވެއްޓި މަރުވެއްޖެ

06 ޖުލައި 2026
ލަންކާގެ ކުޅުންތެރިއަކު ކްރިކެޓް ކުޅެން ހުއްޓާ ދަނޑުމައްޗަށް ވެއްޓި މަރުވެއްޖެ
05 ޖުލައި 2026

ލަންކާގައި މީހަކު މަރާލި މައްސަލައެއްގައި ހޯދަމުންދިޔަ މީހަކު ރާއްޖެއިން ފޮނުވާލައިފި

05 ޖުލައި 2026
ލަންކާގައި މީހަކު މަރާލި މައްސަލައެއްގައި ހޯދަމުންދިޔަ މީހަކު ރާއްޖެއިން ފޮނުވާލައިފި
05 ޖުލައި 2026

ކުދިން މަސްތުވާތަކެތި ބޭނުންކުރޭތޯ ބެލުަމަށް ބެލެނިވެރިންނަށް ޓެސްޓް ކުރެވޭ ގޮތް ހެދުމަށް ސްރީ ލަންކާ ސަރުކާރުން ނިންމައިފި

05 ޖުލައި 2026
ކުދިން މަސްތުވާތަކެތި ބޭނުންކުރޭތޯ ބެލުަމަށް ބެލެނިވެރިންނަށް ޓެސްޓް ކުރެވޭ ގޮތް ހެދުމަށް ސްރީ ލަންކާ ސަރުކާރުން ނިންމައިފި
30 ޖޫން 2026

ސްރީލަންކާގައި ތެލުގެ އަގު ހެޔޮކޮށްފި

30 ޖޫން 2026
ސްރީލަންކާގައި ތެލުގެ އަގު ހެޔޮކޮށްފި
20 ޖޫން 2026

ބްރެޒިލްގެ އަސްލު ކުޅުން ފެންނާނީ ކޮން އިރަކުން؟

20 ޖޫން 2026
ބްރެޒިލްގެ އަސްލު ކުޅުން ފެންނާނީ ކޮން އިރަކުން؟
15 ޖޫން 2026

ވޯލްޑް ކަޕް މެޗުތައް ގަޑިއަށް ނުފެށެނީ ކީއްވެ؟

15 ޖޫން 2026
ވޯލްޑް ކަޕް މެޗުތައް ގަޑިއަށް ނުފެށެނީ ކީއްވެ؟
14 ޖޫން 2026

ސްކޮޓްލޭންޑުން 28 އަހަރަށްފަހު ވޯލްޑް ކަޕްގައި ކާމިޔާބު ފެށުމެއް

14 ޖޫން 2026
ސްކޮޓްލޭންޑުން 28 އަހަރަށްފަހު ވޯލްޑް ކަޕްގައި ކާމިޔާބު ފެށުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް