Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްރިކެޓް

ލަންކާގެ ކުޅުންތެރިއަކު ކްރިކެޓް ކުޅެން ހުއްޓާ ދަނޑުމައްޗަށް ވެއްޓި މަރުވެއްޖެ

6 ޖުލައި 2026 | ހޯމަ 12:22

ބޭރުވަލާގައި ކުރިއަށްދިޔަ ކްރިކެޓް މުބާރާތެއްގެ މެޗެއްގައި ކުޅެން ހުއްޓާ، އުމުރުން 46 އަހަރުގެ ޒުލްފިކާރު ނަމަކަށް ކިޔާ ކުޅުންތެރިއަކު ކުއްލި ގޮތަކަށް ދަނޑުމައްޗަށް ވެއްޓި މަރުވެއްޖެ. ހާޓް އެޓޭކެއް ޖެހިގެން ހިނގި ކަމަށް ބެލޭ މި ހާދިސާއާ ގުޅިގެން މުބާރާތުގެ ހުރިހާ މެޗުތަކެއް މިހާރު ވަނީ މެދުކަނޑާލާފައި.

ރާއްޖެ އެމްވީ | 6 ޖުލައި 2026 | ހޯމަ 12:22
ސްރީލަންކާގެ ކްރިކެޓް ކުޅުންތެރިޔާ ޒުލްފިކާރު (ނޫ ޖާޒީގައި، ކެމެރާއަށް ކުރިމަތިލައިގެން) ބެޓް ހިފައިން ޕިޗު މަތީގައި ހުއްޓާ ފެންނަ މަންޒަރެއް

ސްރީލަންކާގެ ކްރިކެޓް ކުޅުންތެރިޔާ ޒުލްފިކާރު (ނޫ ޖާޒީގައި، ކެމެރާއަށް ކުރިމަތިލައިގެން) ބެޓް ހިފައިން ޕިޗު މަތީގައި ހުއްޓާ ފެންނަ މަންޒަރެއް | ސްކްރީން އިމޭޖް

ސްރީލަންކާގެ ބޭރުވަލާގައި ސްކޫލެއްގެ އިސްދަރިވަރުންގެ ޖަމިއްޔާއަކުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ކްރިކެޓް މުބާރާތެއްގެ މެޗެއްގެ ތެރެއިން، އުމުރުން 46 އަހަރުގެ ކުޅުންތެރިއަކު ދަނޑުމައްޗަށް ވެއްޓި މަރުވެއްޖެ ކަމަށް ލަންކާގެ މީޑިއާ ތަކުން ރިޕޯޓު ކޮށްފި އެވެ.

މި ހާދިސާ ހިނގާފައިވަނީ ޒުލްފިކާރު ނަމަކަށް ކިޔާ ބެޓްސްމަނަކު ކުޅެން ހުއްޓާ، ކުއްލިއަކަށް ދަނޑުމައްޗަށް އޭނާ ވެއްޓުމާ ގުޅިގެންނެވެ.

މެޗުގެ ތެރެއިން ކުޅުންތެރިޔާ ދަނޑުމައްޗަށް ކުއްލި ގޮތަކަށް ވެއްޓޭ މަންޒަރު

ޒުލްފިކާރު ދަނޑުމައްޗަށް ވެއްޓުމާއެކު، މުބާރާތުގެ މެޑިކަލް ޓީމު އެތަނަށް ދިއުމުގެ ކުރިން ދެ ޓީމުގެ ކުޅުންތެރިންނާއި އަމްޕަޔަރުން ވަނީ އޭނާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކޮށްފަ އެވެ. އަދި ކުއްލި ފަރުވާ ދިނުމަށްޓަކައި ވަގުތުން އޭނާ ދަނޑުން ބޭރަށް ގެންދިޔަ ނަމަވެސް، އޭނާ މަރުވެއްޖެކަން ވަނީ ހާމަކޮށްފަ އެވެ.

ބެލެވޭ ގޮތުގައި ޒުލްފިކާރު މަރުވާން މެދުވެރިވީ ކުޅެން ހުއްޓާ ދިމާވި ހާޓް އެޓޭކެއްގެ ސަބަބުންނެވެ.

މި މެޗު ވަގުތުން ލައިވްކޮށް ދައްކަމުން ދަނިކޮށް ހިނގި މި ހިތާމަވެރި ހާދިސާއާ ގުޅިގެން، މުބާރާތް އިންތިޒާމުކުރި ފަރާތުން ވަނީ މުބާރާތުގެ ހުރިހާ މެޗުތަކެއް ވަކި މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލާފަ އެވެ.

ކްރިކެޓްސްރީލަންކާ

އިތުރަށް ކިޔާލަން

05 ޖުލައި 2026

ލަންކާގައި މީހަކު މަރާލި މައްސަލައެއްގައި ހޯދަމުންދިޔަ މީހަކު ރާއްޖެއިން ފޮނުވާލައިފި

05 ޖުލައި 2026
ލަންކާގައި މީހަކު މަރާލި މައްސަލައެއްގައި ހޯދަމުންދިޔަ މީހަކު ރާއްޖެއިން ފޮނުވާލައިފި
05 ޖުލައި 2026

ކުދިން މަސްތުވާތަކެތި ބޭނުންކުރޭތޯ ބެލުަމަށް ބެލެނިވެރިންނަށް ޓެސްޓް ކުރެވޭ ގޮތް ހެދުމަށް ސްރީ ލަންކާ ސަރުކާރުން ނިންމައިފި

05 ޖުލައި 2026
ކުދިން މަސްތުވާތަކެތި ބޭނުންކުރޭތޯ ބެލުަމަށް ބެލެނިވެރިންނަށް ޓެސްޓް ކުރެވޭ ގޮތް ހެދުމަށް ސްރީ ލަންކާ ސަރުކާރުން ނިންމައިފި
03 ޖުލައި 2026

2026 ވަނަ އަހަރުގެ އޭސީސީ 19 އަހަރުން ދަށުގެ އަންހެން ޕްރިމިއާ ކަޕްގައި ރާއްޖެ ވާދަކުރަނީ

03 ޖުލައި 2026
2026 ވަނަ އަހަރުގެ އޭސީސީ 19 އަހަރުން ދަށުގެ އަންހެން ޕްރިމިއާ ކަޕްގައި ރާއްޖެ ވާދަކުރަނީ
30 ޖޫން 2026

ސްރީލަންކާގައި ތެލުގެ އަގު ހެޔޮކޮށްފި

30 ޖޫން 2026
ސްރީލަންކާގައި ތެލުގެ އަގު ހެޔޮކޮށްފި
08 ޖޫން 2026

ތަޒްމީލު: ރާއްޖެއިން ސަރުކާރުގެ ކޮންޓްރޯލް ގެއްލެމުންދާ ބިރުވެރި މަންޒަރެއް ފެންނަން ހުރި

08 ޖޫން 2026
ތަޒްމީލު: ރާއްޖެއިން ސަރުކާރުގެ ކޮންޓްރޯލް ގެއްލެމުންދާ ބިރުވެރި މަންޒަރެއް ފެންނަން ހުރި
21 މެއި 2026

ސްރީލަންކާ އަށް ދަތުރުކުރާ ދިވެހީން އީޓީއޭ ހުށަހަޅަން ލާޒިމުކޮށްފި

21 މެއި 2026
ސްރީލަންކާ އަށް ދަތުރުކުރާ ދިވެހީން އީޓީއޭ ހުށަހަޅަން ލާޒިމުކޮށްފި
21 މެއި 2026

ލަންކާގައި ދިރިއުޅޭ ދިވެހީންނަށް ބިރު ދެއްކި މައްސަލައިގައި އެގައުމުގެ ފުލުހުންނާއި، ހައިކޮމިޝަން މެދުވެރިކޮށް މައުލޫމާތު ހޯދަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި

21 މެއި 2026
ލަންކާގައި ދިރިއުޅޭ ދިވެހީންނަށް ބިރު ދެއްކި މައްސަލައިގައި އެގައުމުގެ ފުލުހުންނާއި، ހައިކޮމިޝަން މެދުވެރިކޮށް މައުލޫމާތު ހޯދަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި
03 މެއި 2026

ރައީސްގެ ލަންކާ ދަތުފުޅާ ގުޅިގެން ލަންކާގައި ހުންނަ ދިވެހި އެމްބަސީއިން ދިވެހިން ދިރިއުޅޭ ތަންތަނަށް ލަންކާ ފުލުހުން ފޮނުވައިގެން ބިރު ދައްކަނީ

03 މެއި 2026
ރައީސްގެ ލަންކާ ދަތުފުޅާ ގުޅިގެން ލަންކާގައި ހުންނަ ދިވެހި އެމްބަސީއިން ދިވެހިން ދިރިއުޅޭ ތަންތަނަށް ލަންކާ ފުލުހުން ފޮނުވައިގެން ބިރު ދައްކަނީ
03 މެއި 2026

ލަންކާގައި ދިރިއުޅޭ ދިވެހީންނާއި ރައީސް މުއިއްޒު ބައްދަލު ކުރައްވަން ފޮނުވި ދައުވަތު، ހައި ކޮމިޝަނަރގެ ނަމުގައި!

03 މެއި 2026
ލަންކާގައި ދިރިއުޅޭ ދިވެހީންނާއި ރައީސް މުއިއްޒު ބައްދަލު ކުރައްވަން ފޮނުވި ދައުވަތު، ހައި ކޮމިޝަނަރގެ ނަމުގައި!
30 އެޕްރީލު 2026

ރައީސް މުޢިއްޒު މޭ މަހު 3 އިން 6 އަށް ލަންކާއަށް ވަޑައިގަންނަވަނީ

30 އެޕްރީލު 2026
ރައީސް މުޢިއްޒު މޭ މަހު 3 އިން 6 އަށް ލަންކާއަށް ވަޑައިގަންނަވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް