Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްތުވާތަކެތި

މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ ދިވެހިން ސްރީލަންކާއިން ހައްޔަރުކޮށްފި

26 ޖުލައި 2026 | އާދީއްތަ 07:02

މަސްތުވާތަކެތީގެ ބައިނަލްއަގުވާމީ ނެޓްވޯކްތަކާ ދެކޮޅަށް ސްރީލަންކާ ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި، މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ދެ ދިވެހިން ހައްޔަރުކޮށްފި. މި މައްސަލަ އެ ގައުމުގެ އިދާރާތަކުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، ހައްޔަރުކުރި މީހުންގެ ތަފްސީލާއި އަތުލައިގަތް މަސްތުވާތަކެތީގެ ބާވަތް އަދި ހާމަކޮށްފައެއް ނުވޭ.

ރާއްޖެ އެމްވީ | 26 ޖުލައި 2026 | އާދީއްތަ 07:02
ކޮލަމްބޯގެ ޕާލަމަންޓް ކައިރީގައި ތެލާއި އެހެނިހެން ޒަރޫރީ ތަކެތީގެ އަގު އިންތިހާއަށް އުފުލުމާއި، އެ ތަކެތި ލިބުން ދަތިވުމާ ގުޅިގެން 2022 އޭޕްރީލް 5 ވަނަ ދުވަހު ކުރިއަށްދިޔަ މުޒާހަރާގެ ބައިވެރިން އެ ސަރަހައްދަށް އެއްވެ ތިބިއިރު، ފުލުހުން އެ ސަރަހައްދު ބަލަހައްޓަނީ.

ކޮލަމްބޯގެ ޕާލަމަންޓް ކައިރީގައި ތެލާއި އެހެނިހެން ޒަރޫރީ ތަކެތީގެ އަގު އިންތިހާއަށް އުފުލުމާއި، އެ ތަކެތި ލިބުން ދަތިވުމާ ގުޅިގެން 2022 އޭޕްރީލް 5 ވަނަ ދުވަހު ކުރިއަށްދިޔަ މުޒާހަރާގެ ބައިވެރިން އެ ސަރަހައްދަށް އެއްވެ ތިބިއިރު، ފުލުހުން އެ ސަރަހައްދު ބަލަހައްޓަނީ. | ގެޓީ އިމޭޖަސް

އިންޑިއާ ކަނޑުގެ ސަރަހައްދުގައި ހިނގާ މަސްތުވާތަކެތީގެ ވަގުފާރީގެ މައްސަލަތަކާ މެދު ކަންބޮޑުވުން އިތުރުވެފައިވާ ދަނޑިވަޅެއްގައި، މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ދެ ދިވެހިން ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން ހައްޔަރުކޮށްފި ކަމަށް ލަންކާގެ ނޫހަކުން ރިޕޯޓުކޮށްފި އެވެ.

މަސްތުވާތަކެތީގެ ޣައިރުގާނޫނީ ހަރަކާތްތަކާ ދެކޮޅަށް ސްރީލަންކާގެ ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ ދިވެހިރާއްޖެއަށް ނިސްބަތްވާ ދެ ރައްޔިތުން ކަމަށް އެ ނޫހުން ކަށަވަރުކޮށްދީފައިވެ އެވެ. މި ހައްޔަރުކުމަކީ ސްރީލަންކާ މެދުވެރިކޮށް ހިންގާ ބައިނަލްއަގުވާމީ މަސްތުވާތަކެތީގެ ނެޓްވޯކްތައް ނައްތާލުމަށް އެ ގައުމުގެ ތަންފީޒީ އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު އޮޕަރޭޝަނެއް ކަމަށް ބުނެފައިވެ އެވެ.

މި މައްސަލައިގައި ހިމެނެނީ ކޮން ބާވަތެއްގެ މަސްތުވާތަކެއްޗެއް ކަމެއް އަދި ހައްޔަރުކުރި ދެމީހުންނާ ބެހޭ މައުލޫމާތެއް ވެސް އަދި އެމީހުންނާ ގުޅިފައިވާ ވަގުފާރީގެ ނެޓްވޯކް ފެތުރިފައިވާ މިންވަރެއް އަދި އެމީހުން ހައްޔަރުކުރީ ކޮންތާކުން ކަމެއް މިހާތަނަށް ސާފެއް ނުވެ އެވެ.

މި މައްސަލައިގެ ޝަރުއީ މަރުހަލާތައް ކުރިއަށްދާ ވަރަކަށް، އިތުރު ތަފްސީލުތައް ލިބޭނެ ކަމަށް ބެލެވޭ ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.

މަސްދަރު: ލަންކާނިއުސްޕޭޕާސް

މަސްތުވާތަކެތިސްރީލަންކާރާއްޖެ-ސްރީލަންކާ

އިތުރަށް ކިޔާލަން

13 ޖުލައި 2026

އައްޑޫ ސިޓީގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި، މަރަދޫ ބޯޅަދަނޑުގެ ބަންދު ކޮށްފި

13 ޖުލައި 2026
އައްޑޫ ސިޓީގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި، މަރަދޫ ބޯޅަދަނޑުގެ ބަންދު ކޮށްފި
10 ޖުލައި 2026

ހައިޓީގެ ގޭންގް ސަޕްރެޝަން ފައުޖަށް ސްރީލަންކާ ސިފައިން ގުޅިއްޖެ

10 ޖުލައި 2026
ހައިޓީގެ ގޭންގް ސަޕްރެޝަން ފައުޖަށް ސްރީލަންކާ ސިފައިން ގުޅިއްޖެ
09 ޖުލައި 2026

ސްރީލަންކާގައި ހަލުއިކަމާއެކު ޑެންގޫ ފެތުރި، 45 މީހުން މަރުވެ، ބަލި ޖެހުނު މީހުން 65،000ން މައްޗަށް

09 ޖުލައި 2026
ސްރީލަންކާގައި ހަލުއިކަމާއެކު ޑެންގޫ ފެތުރި، 45 މީހުން މަރުވެ، ބަލި ޖެހުނު މީހުން 65،000ން މައްޗަށް
09 ޖުލައި 2026

ޕޯސްޓް މެދުވެރިކޮށް ރާއްޖެ އަށް އެތެރެ ކުރަން އުޅުނު 5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި

09 ޖުލައި 2026
ޕޯސްޓް މެދުވެރިކޮށް ރާއްޖެ އަށް އެތެރެ ކުރަން އުޅުނު 5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި
07 ޖުލައި 2026

މަސްތުވާތަކެއްޗާއެކު މުރައިދޫ ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރު ހައްޔަރު ކޮށްފި

07 ޖުލައި 2026
މަސްތުވާތަކެއްޗާއެކު މުރައިދޫ ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރު ހައްޔަރު ކޮށްފި
07 ޖުލައި 2026

ނިގަމްބޯ ޖަލުގެ ހަމަނުޖެހުމުގައި މަރުވި މީހުންގެ އަދަދު 27 އަށް އިތުރުވެއްޖެ

07 ޖުލައި 2026
ނިގަމްބޯ ޖަލުގެ ހަމަނުޖެހުމުގައި މަރުވި މީހުންގެ އަދަދު 27 އަށް އިތުރުވެއްޖެ
06 ޖުލައި 2026

ސްރީލަންކާ ޖަލުގައި ގައިދީންގެ ދެ ގުރޫޕެއްގެ މެދުގައި ހިނގި ހަމަނުޖެހުމުގައި މަދުވެގެން 26 މީހުން މަރުވެއްޖެ

06 ޖުލައި 2026
ސްރީލަންކާ ޖަލުގައި ގައިދީންގެ ދެ ގުރޫޕެއްގެ މެދުގައި ހިނގި ހަމަނުޖެހުމުގައި މަދުވެގެން 26 މީހުން މަރުވެއްޖެ
06 ޖުލައި 2026

ލަންކާގެ ކުޅުންތެރިއަކު ކްރިކެޓް ކުޅެން ހުއްޓާ ދަނޑުމައްޗަށް ވެއްޓި މަރުވެއްޖެ

06 ޖުލައި 2026
ލަންކާގެ ކުޅުންތެރިއަކު ކްރިކެޓް ކުޅެން ހުއްޓާ ދަނޑުމައްޗަށް ވެއްޓި މަރުވެއްޖެ
05 ޖުލައި 2026

ލަންކާގައި މީހަކު މަރާލި މައްސަލައެއްގައި ހޯދަމުންދިޔަ މީހަކު ރާއްޖެއިން ފޮނުވާލައިފި

05 ޖުލައި 2026
ލަންކާގައި މީހަކު މަރާލި މައްސަލައެއްގައި ހޯދަމުންދިޔަ މީހަކު ރާއްޖެއިން ފޮނުވާލައިފި
05 ޖުލައި 2026

ކުދިން މަސްތުވާތަކެތި ބޭނުންކުރޭތޯ ބެލުަމަށް ބެލެނިވެރިންނަށް ޓެސްޓް ކުރެވޭ ގޮތް ހެދުމަށް ސްރީ ލަންކާ ސަރުކާރުން ނިންމައިފި

05 ޖުލައި 2026
ކުދިން މަސްތުވާތަކެތި ބޭނުންކުރޭތޯ ބެލުަމަށް ބެލެނިވެރިންނަށް ޓެސްޓް ކުރެވޭ ގޮތް ހެދުމަށް ސްރީ ލަންކާ ސަރުކާރުން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް