Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - healthAdvertisement
ސިއްހަތުސްރީލަންކާ

ސްރީލަންކާގައި ހަލުއިކަމާއެކު ޑެންގޫ ފެތުރި، 45 މީހުން މަރުވެ، ބަލި ޖެހުނު މީހުން 65،000ން މައްޗަށް

9 ޖުލައި 2026 | ބުރާސްފަތި 09:04

ސްރީލަންކާގައި ޑެންގީ ހުން ހަލުވިކަމާއެކު ފެތުރި ހޮސްޕިޓަލްތަކަށް ބާރުބޮޑުވަމުންދާތީ، ބަލި ކޮންޓްރޯލްކުރުމަށް ވެކްސިން ތައާރަފުކުރުމާއި މަދިރި މަދުކުރާނެ އާ ގޮތްތައް އެ ގައުމުގެ ސަރުކާރުން ދަނީ ދިރާސާކުރަމުން. މި ބަލިމަޑުކަމުން ރައްކާތެރިވުމަށް ޚާއްސަ ޕްރޮގްރާމްތަކެއް ފަށާފައިވާއިރު، ސިއްހީ ޚިދުމަތްތައް ވަރުގަދަކުރުމަށްޓަކައި ހޮސްޕިޓަލްތަކުގެ ވަސީލަތްތަކާއި މުވައްޒަފުން އިތުރުކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުން.

ރާއްޖެ އެމްވީ | 9 ޖުލައި 2026 | ބުރާސްފަތި 09:04
ކޮލަމްބޯގައި ކުރިއަށްދާ ޑެންގޫ ހުން ކޮންޓްރޯލް ކުރުމުގެ ގައުމީ ކެމްޕޭނުގެ ތެރެއިން، 2026 ޖޫން 24 ވަނަ ދުވަހު އެ ސިޓީގެ މުނިސިޕަލްޓީގެ މުވައްޒަފަކު މީހުން ދިރިއުޅޭ ސަރަހައްދަކަށް މަދިރި މަރާ ބޭސް ޖަހަނީ.

ކޮލަމްބޯގައި ކުރިއަށްދާ ޑެންގޫ ހުން ކޮންޓްރޯލް ކުރުމުގެ ގައުމީ ކެމްޕޭނުގެ ތެރެއިން، 2026 ޖޫން 24 ވަނަ ދުވަހު އެ ސިޓީގެ މުނިސިޕަލްޓީގެ މުވައްޒަފަކު މީހުން ދިރިއުޅޭ ސަރަހައްދަކަށް މަދިރި މަރާ ބޭސް ޖަހަނީ. | ގެޓީ އިމޭޖަސް

ސްރީލަންކާގައި ހަލުއިކޮށް ފެތުރެމުންދާ ޑެންގޫ ހުމުގައި އަހަރުގެ މިހާތަނަށް މަރުވި މީހުންގެ އަދަދު 45 އަށް އަރާފައިވާ ކަމަށާއި، ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 65,034 އަށް އިތުރުވެފައިވާ ކަމަށް އެ ގައުމުގެ ނޭޝަނަލް ޑެންގޫ ކޮންޓްރޯލް ޔުނިޓް (އެން.ޑީ.ސީ.ޔޫ) އިން ބުނެފި އެވެ.

އެން.ޑީ.ސީ.ޔޫގެ އެކްޓިންގ ޑިރެކްޓަރު ޑޮކްޓަރު ކަޕިލާ ކަންނަންގަރާ ވިދާޅުވީ، ޖުލައި މަހުގެ ފުރަތަމަ އަށް ދުވަހުގެ ތެރޭގައި ބަލި ޖެހުނު މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން އެ މުއްދަތުގެ ތެރޭގައި މުޅި ގައުމުން 9,654 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ހަމައެކަނި މިދިޔަ އަންގާރަ ދުވަހު ވެސް 1,300 އެއްހާ ޑެންގޫ ކޭސް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ޑޮކްޓަރު ކަންނަންގަރާ ހާމަކުރެއްވި ގޮތުގައި، މިއަހަރު އެންމެ ގިނައިން ޑެންގޫ ކޭސްތައް ރިޕޯޓްކޮށްފައިވަނީ ގަމްޕަހާ ޑިސްޓްރިކްޓުންނެވެ. އެ ސަރަހައްދުން 13,332 މީހުންނަށް ބަލި ޖެހިފައިވާއިރު، ކޮލަމްބޯއިން 13,150 މީހުންނަށް ވަނީ ބަލި ޖެހިފަ އެވެ. މީގެ އިތުރުން މާތަރައިން 4,600 ކޭސް އަދި ކަޅުތަރައިން 4,354 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑެންގޫ ބަލިޖެހޭ މީހުން އިތުރުވުމާ ގުޅިގެން، ބޮޑެތި ބައެއް ހޮސްޕިޓަލްތައް މިހާރު އޮތީ ފުރިފައި ކަމަށާއި، މީގެ ސަބަބުން ސިއްހީ ޚިދުމަތްތަކަށް ބާރުބޮޑުވެ، ބޮޑެތި ދަތިތަކާ ކުރިމަތިވަމުންދާ ކަމުގެ އިންޒާރު ވެސް ޑޮކްޓަރު ކަންނަންގަރާ ވަނީ ދެއްވާފަ އެވެ.

ސްރީލަންކާގައި ފެތުރެމުންދާ ޑެންގޫގެ ނުރައްކަލާ ދެކޮޅަށް ކުރާ މަސައްކަތުގެ ދަށުން، ޑެންގޫ ވެކްސިން ތައާރަފުކުރުމާއި މަދިރި ކޮންޓްރޯލް ކުރުމަށް ސަރުކާރުން ދިރާސާކުރަމުންދާ ކަމަށް އެ ގައުމުގެ މިނިސްޓަރ އޮފް ހެލްތު އެންޑް މާސް މީޑިއާ ޑޮކްޓަރު ނަލިންދަ ޖަޔަތިއްސަ ވަނީ ވިދާޅުވެފަ އެވެ.

ހެލްތު މިނިސްޓްރީން އިންތިޒާމުކޮށްގެން ބޭއްވި ޑެންގޫއަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ޑެންގޫން ރައްކާތެރިވުމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށްޓަކައި ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ، ސައިންޓިފިކް ގޮތުން ސާބިތުވެފައިވާ އުސޫލުތައް ސަރުކާރުން ބަލަމުންދާ ކަމަށެވެ.

ޑޮކްޓަރު ޖަޔަތިއްސަ ވިދާޅުވީ، މިހާރު ދުނިޔޭގެ 41 ގައުމެއްގައި ބޭނުންކުރަމުންދާ، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ހުއްދަދީފައިވާ ޑެންގޫ ވެކްސިންތައް ތައާރަފުކުރުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. އަދި ބައެއް ގައުމުތަކުގައި ކާމިޔާބުކަމާއެކު ބޭނުންކުރަމުންދާ ބަޔޮލޮޖިކަލް މަދިރި ކޮންޓްރޯލް ކުރުމުގެ އުސޫލެއް ކަމަށްވާ "ވޮލްބާކިއާ" މެތަޑް ގާއިމުކުރުމުގެ ޕްލޭންތައް ވެސް ދިރާސާކުރަމުންދާ ކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.

މިއަހަރު ސްރީލަންކާގައި ރިޕޯޓްކޮށްފައިވާ ޑެންގޫ ކޭސްތަކުގެ 52.5 އިންސައްތަ ހިއްސާކުރަނީ ވެސްޓަން ޕްރޮވިންސް ކަމަށާއި، އޭގެ ތެރެއިން ކޮލަމްބޯ އަދި ގަމްޕަހާ ޑިސްޓްރިކްޓުން ކޮންމެ ސަރަހައްދަކުން 20 އިންސައްތަ ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޑެންގޫ ކޮންޓްރޯލް ކުރުމަށް އޮތް އެންމެ ފައިދާހުރި ދާއިމީ ހައްލަކީ މަދިރި އާލާވާ ތަންތަން ނައްތާލުން ކަމަށް ފާހަގަކުރައްވަމުން، މިހާރު ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ޒަމާނީ ވަސީލަތްތައް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ޑޮކްޓަރު ޖަޔަތިއްސަ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޑެންގޫއަކީ ހަމައެކަނި ސިއްހީ މައްސަލައެއް ނޫން ކަމަށާއި، އެއީ މިހާރު އިޖުތިމާއީ ބޮޑު ގޮންޖެހުމަކަށް ވެފައިވާ ކަމަށެވެ.

ސްރީލަންކާގައި 2017 ވަނަ އަހަރު ކުރިމަތިވި އެންމެ ނުރައްކާތެރި ޑެންގޫގެ ބަލިމަޑުކަމަށް އިޝާރާތް ކުރައްވަމުން ހެލްތު މިނިސްޓަރު ވިދާޅުވީ، އެ އަހަރު 187,000 އަށްވުރެ ގިނަ މީހުންނަށް ބަލިޖެހި، 447 މީހުން މަރުވި ކަމަށެވެ. މީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ސްރީލަންކާގައާއި މުޅި ދުނިޔޭގައި ވެސް ޑެންގޫ މަދިރި އާލާވުމަށް ފަހި މާހައުލެއް އުފެދިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. ނަމަވެސް، ބައްޔަށް ފަރުވާދިނުމުގެ ނިޒާމަށް އައިސްފައިވާ ކުރިއެރުންތަކާއެކު، 2009 ވަނަ އަހަރު އެކެއް އިންސައްތައިގައި ހުރި މަރުވާ މީހުންގެ ރޭޓް، މިހާރު 0.05 އާއި 0.06 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްކުރެވިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ހޮސްޕިޓަލްތަކުގައި ފަރުވާދޭ ވަސީލަތްތައް ފުޅާކުރުމުގެ ގޮތުން، ޑެންގޫއަށް ޚާއްސަ ވޯޑުތަކާއި، ބަލި ބޮޑުވާ މީހުންނަށް ޚާއްސަ ފަރުވާ ދިނުމަށް ހައި ޑިޕެންޑެންސީ ޔުނިޓްތައް (އެޗް.ޑީ.ޔޫ) ގާއިމުކުރުމަށް ސްރީލަންކާ ސަރުކާރުން ވަނީ ރާވާފަ އެވެ. އަދި މީގެ އިތުރުން އިތުރު ސްޕެޝަލިސްޓް ޑޮކްޓަރުންނާއި، މެޑިކަލް އޮފިސަރުންނާއި، ނަރުހުންގެ އިތުރުން އެހީތެރި މުވައްޒަފުން ވެސް މަސައްކަތަށް ނެރުމަށް ވަނީ ހަމަޖެހިފަ އެވެ.

ސްރީލަންކާޑެންގީ ޑޮކްޓަރު ކަޕިލާ ކަންނަންގަރާޑޮކްޓަރު ނަލިންދަ ޖަޔަތިއްސަކޮލޮމްބޯވޮލްބާކިއާ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

5

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

އިތުރަށް ކިޔާލަން

07 ޖުލައި 2026

ނިގަމްބޯ ޖަލުގެ ހަމަނުޖެހުމުގައި މަރުވި މީހުންގެ އަދަދު 27 އަށް އިތުރުވެއްޖެ

07 ޖުލައި 2026
ނިގަމްބޯ ޖަލުގެ ހަމަނުޖެހުމުގައި މަރުވި މީހުންގެ އަދަދު 27 އަށް އިތުރުވެއްޖެ
06 ޖުލައި 2026

ސްރީލަންކާ ޖަލުގައި ގައިދީންގެ ދެ ގުރޫޕެއްގެ މެދުގައި ހިނގި ހަމަނުޖެހުމުގައި މަދުވެގެން 26 މީހުން މަރުވެއްޖެ

06 ޖުލައި 2026
ސްރީލަންކާ ޖަލުގައި ގައިދީންގެ ދެ ގުރޫޕެއްގެ މެދުގައި ހިނގި ހަމަނުޖެހުމުގައި މަދުވެގެން 26 މީހުން މަރުވެއްޖެ
06 ޖުލައި 2026

ލަންކާގެ ކުޅުންތެރިއަކު ކްރިކެޓް ކުޅެން ހުއްޓާ ދަނޑުމައްޗަށް ވެއްޓި މަރުވެއްޖެ

06 ޖުލައި 2026
ލަންކާގެ ކުޅުންތެރިއަކު ކްރިކެޓް ކުޅެން ހުއްޓާ ދަނޑުމައްޗަށް ވެއްޓި މަރުވެއްޖެ
05 ޖުލައި 2026

ލަންކާގައި މީހަކު މަރާލި މައްސަލައެއްގައި ހޯދަމުންދިޔަ މީހަކު ރާއްޖެއިން ފޮނުވާލައިފި

05 ޖުލައި 2026
ލަންކާގައި މީހަކު މަރާލި މައްސަލައެއްގައި ހޯދަމުންދިޔަ މީހަކު ރާއްޖެއިން ފޮނުވާލައިފި
05 ޖުލައި 2026

ކުދިން މަސްތުވާތަކެތި ބޭނުންކުރޭތޯ ބެލުަމަށް ބެލެނިވެރިންނަށް ޓެސްޓް ކުރެވޭ ގޮތް ހެދުމަށް ސްރީ ލަންކާ ސަރުކާރުން ނިންމައިފި

05 ޖުލައި 2026
ކުދިން މަސްތުވާތަކެތި ބޭނުންކުރޭތޯ ބެލުަމަށް ބެލެނިވެރިންނަށް ޓެސްޓް ކުރެވޭ ގޮތް ހެދުމަށް ސްރީ ލަންކާ ސަރުކާރުން ނިންމައިފި
30 ޖޫން 2026

ސްރީލަންކާގައި ތެލުގެ އަގު ހެޔޮކޮށްފި

30 ޖޫން 2026
ސްރީލަންކާގައި ތެލުގެ އަގު ހެޔޮކޮށްފި
08 ޖޫން 2026

ތަޒްމީލު: ރާއްޖެއިން ސަރުކާރުގެ ކޮންޓްރޯލް ގެއްލެމުންދާ ބިރުވެރި މަންޒަރެއް ފެންނަން ހުރި

08 ޖޫން 2026
ތަޒްމީލު: ރާއްޖެއިން ސަރުކާރުގެ ކޮންޓްރޯލް ގެއްލެމުންދާ ބިރުވެރި މަންޒަރެއް ފެންނަން ހުރި
21 މެއި 2026

ސްރީލަންކާ އަށް ދަތުރުކުރާ ދިވެހީން އީޓީއޭ ހުށަހަޅަން ލާޒިމުކޮށްފި

21 މެއި 2026
ސްރީލަންކާ އަށް ދަތުރުކުރާ ދިވެހީން އީޓީއޭ ހުށަހަޅަން ލާޒިމުކޮށްފި
21 މެއި 2026

ލަންކާގައި ދިރިއުޅޭ ދިވެހީންނަށް ބިރު ދެއްކި މައްސަލައިގައި އެގައުމުގެ ފުލުހުންނާއި، ހައިކޮމިޝަން މެދުވެރިކޮށް މައުލޫމާތު ހޯދަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި

21 މެއި 2026
ލަންކާގައި ދިރިއުޅޭ ދިވެހީންނަށް ބިރު ދެއްކި މައްސަލައިގައި އެގައުމުގެ ފުލުހުންނާއި، ހައިކޮމިޝަން މެދުވެރިކޮށް މައުލޫމާތު ހޯދަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި
04 މެއި 2026

ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު ހަތް ފަހުމުނާމާއެއް ބަދަލުކޮށްފި

04 މެއި 2026
ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު ހަތް ފަހުމުނާމާއެއް ބަދަލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް